''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

ސައިޓުގެ މަޤްޞަދާއި ބޭނުން.

Download Fonts. Mv Eemaan XP, Faruma, Traditional Arabic

 

 Best viewed in

މުޙިއްމު ސައިޓްތައް

 

 

 

 

 އެންމެފަހު ބަދަލު: 01 ربيع الأول 1433هــ - 24 ޖެނުއަރީ 2012، އަންގާރަ

ޚާއްޞަ ދެންނެވުމެއް!

މިވެބްސައިޓުގެ ސާރވާ ބަދަލުކޮށް އަދި ވެބްސައިޓަށް އާބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރެވެމުންދާތީ، ސައިޓުގައި ހިމެނޭ ބައެއް ލިޔުންތަކާއި އަދި އެނޫންވެސް ތަކެތި ބެއްލެވުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވެއެވެ. ވީމާ މިކަމަށް އެންމެހައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ، ﷲގެ ވާގިފުޅާއިއެކު ކުރިއަތް އޮތް ހަފްތާ ތެރޭގައި މުޅިން އާ ބަދަލުތަކާއި އެކު ވެބްސައިޓް އަލުން ވުޖޫދަށް ގެނައުމަށެވެ. إن شاء الله.

______________________________________________________

އޮޅުވާ ނުލައްވާށެވެ. ލާދީނީ ބައެއްކަމަށް ނިސްބަތް ކުރުމާއި ތަކްފީރު ކުރުމަކީ (ކާފަރުކޮށް މުރުތައްދެކޭ ބުނުމަކީ) ތަފާތު ދެކަމެކެވެ. - ދެވަނަ ބައި

- "ލާދީނީ" މިބަހުގެ މާނައަކީ ކޮބާ؟ އަދި ލާދީނީ މީހެކޭ ނުވަތަ ބައެކޭ، މިހެން ބުނެއުޅެނީ ކީއްވެ؟

ލާދީނީ މީހެކޭ ނުވަތަ ބައެކޭ ނުވަތަ ސަރުކާރެކޭ ބުނުމުން، އެއްވެސް ޙާލެއްގައި އެބުނެވެނީ އެގޮތަށް އެނިސްބަތް ކުރެވޭ އެންމެންނަކީ ކާފަރުން ކަމުގައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. ނުބައިކަންތައްތައް ކުރާ ނުވަތަ ޙަރާމް ކުރެވިފައިވާ ކަންތައްތައް ކުރާ ކޮންމެ މީހަކާ ދިމާލަށްވެސް ލާދީނީ މީހެކޭ، ޢާޢްމުކޮށް ދިވެހި ބަހުގައި ބުނެއެއް ނޫޅެއެވެ. އެއާއި ޚިލާފަށް މިފަދައިން ނިސްބަތްކުރެވެނީ އިސްލާމްދީނުގައި ކަނޑައެޅި ބަޔާންވެފައިވާ ކަންތައްތަކާއިމެދު ނަފްރަތްތެރިކަމާއި ރުޅިވެެރިކަން ފާޅުކޮށް އެކަންތައްތަކަށް އިންކާރުކޮށް، ފާޅުގައި އެކަންކަމާއި އިދިކޮޅަށް ވާހަކަތައް ދައްކާ އަޑުއުފުލާ އުޅޭ މީސްމީހުންނަށެވެ. މިގޮތުން ބަލާއިރު އިސްލާމްދީން ޤަބޫލުނުކޮށް ދީނުން ބޭރުވެ، ދީނާއި އިދިކޮޅަށް އަޑުއުފުލާ މީހުން ހިމެނޭނީ ލާދީނީ މީހުންގެ ތެރޭގައެވެ.

އިތުރަށް ވިދާޅުވޭ...

______________________________________________________

އޮޅުވާ ނުލައްވާށެވެ. ލާދީނީ ބައެއްކަމަށް ނިސްބަތް ކުރުމާއި ތަކްފީރު ކުރުމަކީ (ކާފަރުކޮށް މުރުތައްދެކޭ ބުނުމަކީ) ތަފާތު ދެކަމެކެވެ. - ފުރަތަމަ ބައި

- މިސަރުކާރަކީ ލާދީނީ ސަރުކާރެކޭ ނުވަތަ ބައެކޭ ބުނާ ސަބަބަކީ ކޮބާ؟

އެއްކައުވަންތަ ﷲ ތަޢާލާއަށް ޝަރީކުކުރެވޭ، އެބުދުތަކަކާއި އިދިކޮޅަށް އަޅުގަނޑުމެންގެ ކީރިތި ނަބިއްޔާ ހަނގުރާމަ ކުރެއްވެވި ބުދުތައް އަޅުގަނޑުމެންގެ ދިވެހި އިސްލާމީ ފަސްގަނޑުގައި ބަހައްޓައި، "ބުދު ހުންނާނީ ބަހައްޓާފައޭ ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއޭ" ބުނެ މިކަމަށް ފަޚުރުވެރިވަމުންދާ ޙާލު މިމީހުން މިކުރަމުންދާ ކަންތައްތަކަކީ މިއީ ދީނީ ކަމަކީ ތޯއެވެ؟ ނޫންނަމަ މިއަށް ކިޔާނީ ލާދީނީ ނޫން ދެން ވަކި ކޮން އެއްޗެއްތޯއެވެ؟ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ ފަރުޟު ނަމާދުތައް، ނަމާދު ވަޤުތުވުމުން ތިމާމެން ތިބި، ނަމާދު ކުރުން ހުއްދަ ކޮންމެ ތަނެއްގައި، މޫދު ފެނުން ނުވަތަ އެއްގަމު ފެނުން ވިޔަސް ވުޟޫކޮށްގެން އެނަމާދުތައް ކުރުމަކީ ޙައްދުފަހަނާޅާފައިވާ ކަމެކޭ ބުނުމަކީ ދީނީ ކަމަކީ ތޯއެވެ؟ ނޫންނަމަ މިއަށް ކިޔާނީ ލާދީނީ ނޫން ދެން ވަކި ކޮން އެއްޗެއްތޯއެވެ؟

އިތުރަށް ވިދާޅުވޭ...

______________________________________________________

ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަނީ އެމް.ޑީ.ޕީ. ތަ ނޫނީ އެން.ޑީ.ޕީ. ތަ؟

މިއީ ރާއްޖޭގެ ރަށެއްގައި ހިނގި ހަޤީޤީ ހާދިޘާއެކެވެ. ތިޔަބޭފުޅާ ބޭނުންނަމަ ކިއުއްވާލެވުމަކުން މައްސަލައެއްނެތެވެ. އެއްދުވަހަކު ޒުވާނަކު އޭނާގެ ރަށުގައި އުޅުއްވާ ވަރަށް ތަޖުރިބާކާރު މުސްކުޅިބޭކަލަކުގެ ގާތުގައި ބޭބެ އުޅެނީ ކޮންޕާޓީއެއްގަތޯ ސުވާލުކުރިއެވެ. ޖަވާބުގައި އެބޭބެ ދެންނެވީ: "އަހަރެން އުޅެނީ އެން.ޑީ.ޕީ.ގައި ކަމަށެވެ." ޖަވާބު އަޑުއަހާފައި އެއްކަލަ ޒުވާނާ ގާތަށް ވަރަށް ހިނި އަތުވެއްޖެއެވެ. އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. އެބޭބެވެސް ޖަވާބު ތަކުރާރުކޮށްލިއެވެ. އަނެއްކާވެސް ޒުވާނާ ސުވާލުތަކުރާރުކުރިއެވެ. މިފަހަރި ބޭބޭގެ ރުޅިއިސްކުރައްވާ ވަރަށް ބާރަށް އެޒުވާނާގެ ގާތަށް ޖެހިލާފަ ބުނުންވިއޭ: "ބަލަ އަހރެން އުޅެނީ މިހާރު ދިވެހިރާއްޖޭގައި ވެރިކަށް ކުރާ އެން،ޑީ.ޕީ.ގައެވެ. ކަލެއަށް އެން.ޑީ.ޕީ.ވެސް ނޭނގެނިދޯއެވެ. ނިކަށް ދުނިޔެއަށް ލޯހުޅުވިބަލާށޭ."

އިތުރަށް ވިދާޅުވޭ...

______________________________________________________

 

އަދުގެ ސަރުކާރުން ގޮވަމުންދާ މެދުމިނުގެ ޙަޤީޤަތް!

ބައްލަވާލައްވާ...

______________________________________________________

ތިބާ ތެދު ކުރަނީ ކޮން މުޙައްމަދެއްގެ ބަހެއް؟

އަޑުއައްސަވާ ލައްވާ...

______________________________________________________

. އޯޑިއޯ .

ދީނީ ޝިޢާރުތަކަށް ކުރެވެމުންދާ ފުރައްސާރަ

މިޕްރޮގްރާމަކީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި އިސްލާމީ ޝިޢާރުތަކަށް ކުރެވެމުންދާ ފުރައްސާރައާއި ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ ރޭޑިއޯ އެޓޯލްއިން ގެނެސްދިން އަނެއް ފިކުރުގެ މިހަފްތާގެ ޕްރޮގްރާމްއެވެ. މިޕްރޮގްރާމްގައި އަލިއަޅުވާލެވިފައިވަނީ  23 ޑިސެމްބަރުގެ ބޮޑު އެއްވުމުގައި ނަޞްރުގެ މައިދާނުގައި ތޮށި މައްޗަށް ފައިބާ ވުޟޫކޮށް ހުރި ތަނަށް ތިރިވެ ނަމާދު ކުރުމުން، އެކަމަކީ ހައްދުފަހަނާޅާފައިވާ ޢަމަލެކޭ ބުނި ބުނުމަށް ރައްދު، އަދި ހަމަ އެދުވަހު ﷲ އަކްބަރު ކިޔައި ތަކްބީރުގެ މަތިވެރި އަޑު އުފުލުމުން އެއީ ވެސް ހައްދު ފަހަނާޅާދިއުން ކަމަށާއި ބޭރުގެ ފަރާތްތައް ބިރުގަންނާނެ ކަމެއް ކަމަށް ބުނެފައިވާ ބުނުމުގެ ރައްދު. އަދި ދީން ޙިމާޔަތް ކުރުމަށް ނިކުތް މީހުނާ އިދިކޮޅަށް ތެދުވެ މެދު މިނޭ ކިޔައި، މިދައްކަމުންދާ ވާހަކަތަކުގެ ޙަޤީޤަތް ހިމެނޭ.

އަޑުއައްސަވާ ލައްވާ...

 

ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަނީ އެމް.ޑީ.ޕީ. ތަ ނޫނީ އެން.ޑީ.ޕީ. ތަ؟

އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި ދިމާލަށް ވައްހާބީންނޭ ކިޔާ، ފުރައްސާރަ ކުރަމުން ދާއިރު!؟...

މާޅޮހު ނަސީރުގެ: ޖާރިޔާއިންގެ ފަހަށް، ދެންއޮތީ ނަޢަމް ސޫފިޔަކަށް ސަވާރުވުން، މިލިޔުމަށް ރައްދެއް.

 ދީނުގެ ކަންކަމަށް ބޯލަނބަންވީ، ސައިޓިސްޓިފިކަލީ ގޮތުން އެކަންކަމުގެ ފައިދާ އެނގުމުންނެއް ނޫނެވެ.

ޢަރަބި އަންހެނުން ޒުވާންކަން މަތީ ދެމިތިބުމުގެ ސިއްރު.

 
 
 
 
 

dheenee-news@hotmail.com

 މިހާތަނަށް ސައިޓަށް ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ޖުމްލަ ޢަދަދު:

web counter

» Belief of the Salaf concerning the Holy Qur’aan.

» Is it permissible for her to wear a little makeup when a suitor comes to see her?.

» He broke his fast when he was observing a naafil fast in order to accept an invitation to a meal; will he be rewarded for his intention to fast and accepting the invitation?.

» He divorced his wife, and her ‘iddah has finished, can he remarry her without returning to the court?.

» Developing an iPhone program on a personal computer contrary to the agreement with the Apple company.

» It is not permissible to forsake a Muslim because of differences in points of view.

» Ruling on making water reach the throat when rinsing the mouth.

» He gets a contract to do some work then hires people to do it for less pay.

» After their mother died they were not sure whether she used to pay zakaah on the basis of weight or estimation; what should they do?.

» Ruling on playing pool billiards and the loser paying for the table rental.

 

 

 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1433 (2012)