|
އިސްލާމްދީނާއި ޖިހާދު.

އޯޑިއޯ
ޑައުންލޯޑް ކުރެއްވުމަށް
މިލިޔުންކޮޅަށް ފިއްތަވާލައްވާ.
މި ދަރުސްއަކީ އިސްލާމްދީނުގައި ޖިހާދުގެ މަޤާމާއި
ބެހޭގޮތުން
ބަންޑާރަ މިސްކިތުގައި އަލްއަޚް އާދަމް ނިޝާން ދެއްވާފައިވާ
ދަރުސްއެކެވެ. މިދަރުސްގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ވަރަށް
ރަނގަޅަށް ޖިހާދުގެ މަތިވެރިކަން ބަޔާންކޮށްދީފައިވެއެވެ. އަދި
ހަމައެހެންމެ އެޖިހާދު ދޫކޮށްލުމުގެ ސަބަބުން އިސްލާމީ އުއްމަތަށް
ފާވެފައިމިވާ ނިކަމެތިކަމާއިބެހޭގޮތުންވެސް ވަރަށް ފުރިހަމައަށް
އަލިއަޅުވާލާފައިވެއެވެ.
މިއަދު މުސްލިމުން މިވަނީ ނިކަމެތިވެ ކާފަރު ދައުލަތްތަކުގެ ބާރުގެ
ދަށުގައި އަޅުވެތިވެފައެވެ. އާދެ ޑިމޮކްރަސީގެ ބިލާހީ ހުވަފެނުގައި
މުސްލިމުންގެ ތެރެއިން ގިނަބަޔަކު މިވަނީ މިއަދު ޖެހިފައެވެ. ﷲ
ތަޢާލާގެ ކަލިމަފުޅަކީ އެންމެ މަތިވެރި ކަލިމަފުޅު ކަމުގައި ހަދައި
މުސްލިމުންގެ އަތުން ބީވެ ގޮސްފައިވާ އިސްލާމީ ޝަރީޢަތް އަލުން
އަނބުރާ ގެނެސް އެތަންފީޛު ކުރުމަށްޓަކައި ޖިހާދު ކުރަމުންދާ
މީހުންނަކީ ހައްދުފަހަނާޅާފައިވާ ބައެއް ކަމުގައި ވެއްޖެއެވެ.
މިއަދު ދީން އުނގެނިގެން ތިބި ގިނަ ބަޔަކުވެސް، ޖިހާދާއި ބެހޭގޮތުން
ވާހަކަދެއްކުމަށް ވަނީ ފަސްޖެހިފައެވެ. އަދި ކިއެއްހެއްޔެވެ. އޭގެ
ތެރެއިން އެއްބަޔަކު ނުކުމެ މިތިބީ އިސްލާމީ ޝަރީޢަތާއި އިދިކޮޅު
ހަދައި، ޑިމޮކްރަސީގެ ގޮތްތަކަށް ޙުކުމް ކުރުމަށް ގޮވާލާ
ވެރިންތަކާއި އެކު އެމީހުން ރުހޭނޭހައި ގޮތަކަށް ޖިހާދާއި ބެހޭގޮތުން
ފަތުވާތައް ދޭށެވެ. ރަތްލާޖެހި ކާފަރުންގެ އުފެއްދުމެއް ކަމުގައިވާ،
އދ (ޔޫއެން) އާއި އަދި ދެންވެސް ކާފަރު ދައުލަތްތައް
ރުއްސުމަށްޓަކައި ދީނުގައި ޝަރުޢުވެފައިވާ މަތިވެރި ޖިހާދުވެސް
މިވަނީ އެމީހުން ބޭނުން ގޮތަކަށް ތައުވީލުކޮށް މާނަ އޮޅުވާލައި
ހަދާފައެވެ. އެމީހުންނަށް ވެގެންވާނަމަ ޤުރުއާނުގައި އެކަމާއި
ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތައް ފޮހެލައި ކީރިތި ނަބިއްޔާގެ
އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅުތައްވެސް ފޮހެލީހެވެ. ﷲ ތަޢާލާ
ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"كُتِبَ
عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَكُمْ"
(البقرة: 216)
"ފަހެ
ތިޔަބައިމީހުން
އެކަންތަކަށް ނުރުހޭކަމުގައިވާ ޙާލު ތިޔަބައިމީހުންގެ މައްޗަށް
ހަނގުރާމަ
ކުރުން ފަރުޟު
ކުރައްވައިފިއެވެ."
އަދިވެސް
اللهُ
ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ
انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الأَرْضِ
أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الآخِرَةِ فَمَا مَتَاعُ
الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلاَّ قَلِيلٌ"
(التوبة:38)
މާނައީ: "އޭ
އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ﷲގެ މަގުގައި
ޖިހާދުކުރުމަށް ނިކުންނާށޭ ބުނެވިއްޖެހިނދު، ތިޔަބައިމީހުން ބިމަށް
ބަރުހެލިވެފައި ތިޔަ ތިބެނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުން
އާޚިރަތަށްވުރެ މިދުނިޔޭގެ ޙަޔާތަށް (ވެރިކަމާއި ޖާހާއި މަންސަބާއި
މުދަލާއި ގޯތި ގެދޮރާއި އަނބީންނާއި ދަރީންނާއި މިފަދަ ހުރިހާ
ކަމަކަށް) އެދެނީހެއްޔެވެ؟ ފަހެ
ދުނިޔޭގެ އުފަލާއި އަރާމަކީ، އާޚިރަތަށް ބަލާއިރު މަދު އެތިކޮޅެއް
ކަމުގައި މެނުވީ ނުވެއެވެ."
_____________________________________________________
މިމައުޟޫއާއި ގުޅޭ ލިޔުންތައް.
-
އެމީހުން އެނުރުހެނީ ﷲގެ މަގުގައި ޖިހާދު
ކުރާތީއެވެ.
-
ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ
މަތިވެރިކަން.
-
ވިސްނާވަޑައިގެން ތިއްބަވާށެވެ!!!!
-
ޙަޤީޤީ ހައްދުފަހަނާޅާފައިވާ މީހުންނަކީ
ކޮބައި ހެއްޔެވެ؟
|