"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ފިރިހެނުންނާއި އަންހެނުން ހަމަހަމައެއް ނުވާނެ!

الشيخ أبو بكر إبراهيم علي (ބަކުރުބެ)

ސައިޓްގެ މުޝްރިފްގެ ކުޑަ ބަސްކޮޅެއް.

الحَمد للهِ والصّلاةُ والسلامُ علَى نبينا محمَّدٍ وعلَى آله وصحبه أجمعِين. أما بعد:

އާދެ މިފޮތަކީ އަޅުގަނޑުމެންގެ ބައްޕައެއްފަދަ ލޮބުވެތި ޝެއިޚް أبو بكر إبراهيم علي (ބަކުރުބެ)، މަތީގައި ބަޔާންވެފައި އެވާ މައުޟޫޢުއަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލައި އިންސާފު ކުރައްވާފައިވާ ފޮތެކެވެ. މިމައްސަލާގައި ދެބަސްވެ އިދިކީލަވާ ފަރާތްތަކަށް، ޝެއިޚް ޖަވާބު ދެެއްވާފައިވަނީ  އެހާމެ ފެންވަރުމަތީ ބުންވަރުގަދަ ގޮތަކަށެވެ. ޢަމްދުން ރައްދު ޖަވާބު ދިނުން ދަތިގޮތަކަށެވެ. މިފޮތުގެ މުހިއްމުކަމުން، މިސައިޓުގައި ޝާޢިއުކުރުމަށްޓަކައި ޝެއިޚުއަށް ގުޅައި އިޛުނަ ހޯދައިގެން މިބުރަ މަސައްކަތް ފެށީއެވެ. ކޮންމެއަކަސް ޝެއިޚަކީ އަޅުގަނޑުގެ ބައްޕައެއްފަދަ މީހަކަށްވުމުން ވަރަށް ގިނައިރު ވާހަކަ ދެކެވުނެވެ. އަދި ސައިޓުގެ މަޤްޞަދާއި ލިޔުންތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމުން ޝެއިޚު ވިދާޅުވީ ވަރަށް ހިތްވަރާއިއެކު މިމަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އަދި މިފަދަ ބައިވަރު މައުޟޫޢުތަކަށް ލިޔެފައިވާ ލިޔުންތައް ޝެއިޚްގެ އަތުގައި ހުރުމާއިއެކު އެތަކެތި ދިވެހި ރައްޔަތުންނާއި ހަމައަށް ފޯރުކޮށްދީ ޙައްޤު ބަސް ފެތުރުމަށެވެ. اللهم احفظه من كل سوء وبلاء.

މިފޮތުގެ ދިގުމިނަކީ ގާތްގަނޑަކަށް. އޭ4 ސައިޒްގެ 27 ޞަފްޙާއެވެ. ފޮތެއްގެ ގޮތުގައި ރަނގަޅަށް ތައްޔާރު ނުކޮށް އަވަހަށް ސައިޓުގައި މިހިމަނާލީ، ދީނުގެ ޢިލްމުވެރިންގެ ނަމުގައި ތިބެ ބަޔަކު ފަތުރަމުންދާ އެއްވެސް އަޞްލެއްނުވާ ފަލްސަފާވެރި ވާހަކަތަކަށް އަވަސް ރައްދެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މިފޮތުގައި އިޞްލާޙުކުރަން ޖެހޭ ތަނެއް ވާނަމަ އެތަނެއް ރަނގަޅުކޮށް، ފުރިހަމަ ފޮތެއްގެ ޞިފައިގާ ގެނެސްދިނުމުގެ މަސައްކަތް، ﷲ ތަޢާލާގެ ވާޤިފުޅާއިއެކު އަޅުގަނޑުމެން މިދަނީ ކުރަމުންނެވެ. މިގޮތުން ފޮތުގެ މައުޟޫޢާއި ގުޅޭ ފުރިހަމަ ބަނޑޭރިގަނޑެއް ތައްޔާރުކޮށްދޭން ބޭނުންްފުޅުވާ އަޚުންނާއި އުޚްތުންނަށް އެކަމަށް މަރުޙަބާ ކިޔާ ވާހަކަ ދަންނަވަމެވެ. ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތީމެވެ. މައުޟޫޢާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

ފިހުރިސްތު

01. މުޤައްދިމާ

02. فصل 1 - ފިރިހެނުންނާއި، އަންހެނުން ހަމަހަމަވާ ކަމުގައި ބުނުމަކީ الله އާއި، އެކަލާނގެ رَسولއާގެ ބަސްފުޅު ދޮގުކުރުން.

03. فصل 2 - ފިރިހެނުންނަކީ އަންހެނުންގެ ވެރިންނެވެ.

04. فصل 3 - އަންހެނުންނަށް رسُول ކަން ނުދެއްވައި!

05. فصل 4 - ފިރިހެނުންނަށްވުރެ އަންހެނުން ދެގޮތުން އުނިވާނެ!

06، فصل 5 - ދިރިއުޅުމުގެ މަސައްކަތްކުރަން ފިރިހެނުންނަށް ވަކި މައިދާނެއް. އަންހެނުންނަށް ވަކި މައިދާނެއް.

07. فصل 6 - އަންހެނުންގެ جِهاد

08. فصل 7 - ފިރިހެނުންނަށް وَظِيْفَة މަދުވުން.

09. فصل 8 - ފިރިހެނުން ކުރަމުންދާ ބުރަ މަސައްކަތުގެ ދަރުމަ، އަންހެނުންނަށްވެސް ލިބިދާނެފަދަ ގޮތެއް މިއޮތީ.

10. فصل 9 - އެއީ އޮޅުމެއް ނުވަތަ އޮޅުވާލުމެއް.

11. فصل 10 - ރަނގަޅު ނޫން سُرُخِي އެއް

12. فصل 11 - جَامِعُ الأَزْهَرُ ގެ فَتْوَى ކޮމެޓީގެ ރުއިން.

13.  ނިންމައިލަމުން...

 

بسم الله الرّحمن الرّحِيم

مقدمَة

الحَمد للهِ ربِّ العالمينَ والصّلاةُ والسلامُ علَى محمَّدٍ ابن عَبدِاللهِ وعلَى آله وصحبه أجمعِين. وبَعد:

إسلام دينގެ ފަރާތުން دِفاع ކޮށް دينގެ عَدَاوَة ތެރިންގެ حَمَلَة ތަކުން إسلام دين حِماية ކުރުމަކީ ކޮންމެ إسلامއެއްގެ واجِب އެކެވެ. އެމީހެއްގެ ފެންވަރު ހުރި ވަރަކުންނެވެ. މިހެން ކަންހުރީތީ މިފަހަކަށް އައިސް ދުނިޔޭގައި ތިބި އިސްލާމް ދީނުގެ عداوة ތެރިންގެ ރޭވުމުންނާއި، އަދި إسلامން އެމީހުންގެ عداوة ތެރިންގެ ބަހަށް ހެއްލުމުގެ ސަބަބުންނާއި އަދި ހަމަ އެޔާއެކު إسلامންގެ نبىއާގެ إرشاد އަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން إسلام ދީނުގެ އެތައް ގިނަ ކަންތައްތައް މިހާރު މިވަނީ އޮޅުން ނުފިލާ ވަރަށް އޮޅި حقّ ނުحقّ އަށް ބަދަލުވެ، باطِل ކުރިއަރައި، صحّ ގޮތް ނިވައިކުރުމުގެ ތެރޭގައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމެއް ކަމުގައި އަޅުގަނޑު މިފާހަގަކޮށްލަނީ ފިރިހެނުންނާއި، އަންހެނުން ހަމަހަމަ ކަމުގައި ލަވާ ހަޅޭގެ އަޑެވެ. އަޅުގަނޑު ބެލި ފޮތްތަކުގެ ތެރެއިން މާތް رسول صلى الله عليه وسلمގެ ސީރަތުން، އަދި إسلامންގެ ހެޔޮ قرن ތަކުގެ تاريخންވެސް، އަދި އެއްވެސް حدِيث ފޮތަކުންވެސް މިދެބައިމީހުން އަޅުގަނޑުމެން މިޒަމާނުގައި މިއެދޭގޮތަށް ހަމަހަމަ ވެގެން ވާތީ ނުފެނެއެވެ. މިހެންވެ، މިކަމާމެދު ކޮންމެވެސް تحقيق އެއް ކޮށް معلومات ކޮޅެއް ޖަމާކޮށް، އެ معلومات ކޮޅު މާތްވެގެންވާ أخ ންނާއި، أُخت ންނަށް ހުށަހަޅައިލާހިތް ވެގެން އަންނަނިވި ކަރުދާސް ތައް ލިޔެލީމެވެ. ދުނިޔޭގެ އެންމެން ނުރުހުނަސް އަދި މިޒަމާނުގެ ތަރައްޤީއަށް ނުފެތެޔޭ ބުންޏަސް އަދި ސަރުކާރުގެ ޕޮލިސީ އާއި އިދިކޮޅުވެޔޭ ބުންޏަސް  އަޅުގަނޑު ދެކޭ حقّ ބަހެއް ބުނެލުމުގެ މިނިވަންކަން އަޅުގަނޑަށް އޮންނަންވާނެ ކަމަށް ފެނެއެވެ. إسلام ދީނުގެ حقّ ގައެވެ. أخ ންނާއި، أُخت ންނަށް ހެޔޮއެދިގެންނެވެ. އަދި އެންމެ ކުރިން اގެ حضرةން ދަރުމަޔާއި، ثواب އެދިގެންނެވެ. މާތް الله އަޅަމެންނަށް ހެޔޮބަސް އަހައި، ހެޔޮ ތަކެތި ވިސްނައި، ހެޔޮ ރަނގަޅު ގޮތަށް އުޅުމުގެ ހެޔޮ توفِيق ދެއްވާނދޭވެ. آمِين. إنّهُ علَى ما يشاء قدِير. و صلّى الله وسلّم علَى محمدٍ وآله وصحبه أجمعين.