"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދީނީ ފޮތް

 

كِتَابُ الطَّهَارَة

ޠަހާރަތުގެ ޙުކުމްތައް

އަޅުގަނޑުމެން ދިވެހިންނަކީ ޢާއްމުކޮށް ދީނީ ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ ބައެއްކަމުގައި ވިޔަސް، ދީނީ ގިނަ ޙުކުމްތައް އޮޅުން ފިލުވާދެވިފައި ނެތުމާއި އަދި ލިޔެވިފައި ހުރި ދީނީ ފޮތްތައް މަދުކަމާއިއެކު އެފަދަ ކަންކަން ރަނގަޅަށް އެނގިފައި ތިބި މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަދެވެ. ޚާއްޞަކޮށް އަޅުކަމުގެ ދާއިރާއާއި ޠަހާރަތުގެ ދާއިރާގެ ކަންތައްތައް ކުރަންޖެހޭގޮތް ގިނަމީހުންނަށް ރަނގަޅަށް ނޭނގެއެވެ. މިގޮތުން ޖުނުބުވެރިވުމުން ފުރިހަމައަށް ހިނައިގަންނަން އެނގެނީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު މީހަކަށެވެ. މިފަދަ މަޢުލޫމާތު ހޯދަން ބަލާލި ކަމުގައިވިޔަސް މިކަންކަން ދަނެގަނެވޭނޭ ރަނގަޅު ދީނީ ފޮތްތައް ލިބޭކަށް ނެތެވެ. ކޮންމެއަކަސް މިފޮތަކީ ޠަހާރަތުގެ މައްސަލަތަކުގައި މިހާތަނަށް ދިވެހިބަހުން ލިޔެވިފައިވާ އެންމެ ރަނގަޅު އެއް ފޮތް ކަމުގައި ފާހަގަ ކުރެވެއެވެ.

ފޮތުގެ މުއައްލިފް، އަލިއަޅުވާލާފައިވާ މައުޟޫތަކުގެ ތެރޭގައި ޠާހިރުވާން ބޭނުންކުރާ ފެނުގެ ބާވަތްތަކާއި އޭގެ ޙުކުމާއި، ނަޖިހަކީ ކޮބައިކަމާއި، ވުޟޫއާއި ބެހޭގޮތުން އެނގެން ޖެހޭ މުހިއްމު މައުލޫމާތުތަކާއި، ހިނައިގަތުމާއި، ތަޔައްމަމް ކުރުމާއި، ހައެޟު ނިފާސް އާއި އަދި މިނޫންވެސް ޠަހާރަތާއި ގުޅޭ ވަރަށް މުހިއްމު ބައިތައް ހިމެނެއެވެ. ފޮތުގައި ހިމެނޭ ބައިތައް ބެއްލެވުމަށް ފޮތުގެ 107ވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.

ފޮތުގެ ނަން: كِتَابُ الطَّهَارَة - ޠަހާރަތުގެ ޙުކުމްތައް.

ލިޔެ ޖަމާކުރީ: محمد إبراهيم (ނައިފަރު).

ޞަފްޙާގެ ޢަދަދު: 109 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 1.14 MB

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)