"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދީނީ ފޮތް

كُلُّ بِدْعَةٍ ضَلاَلَةٌ

ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

  އިސްލާމީ މަސްރަޙަށް އިންސާފުގެ ނަޒަރަކުން ބަލާލައިފިނަމަ، ފެނިގެންދަނީ ޙައްޤުމަގު ދޫކޮށް އެހެން ދެމަގަކުން މީސްތަކުން ދާތަނެވެ. މީގެ ތެރެއިން އެއްމަގުގެ އަހުލުވެރިންނަކީ ހުޅަގުގެ އޮއިވަރުގައިޖެހި، ނަޞާރާއިންގެ ދަޅަތަކަށް ހެއްލި، އިސްލާމީ ރިވެތި އަޚުލާޤުން ބަރީއަވެފަައިވާ ޒުވާނުންތަކެކެވެ. އަނެއްމަގުގެ އަހުލުވެރިންނަކީ، ދީނުގެވެރިފަރާތުން އަންގަވާފައިނުވާ ގޮތްތަކަކުން ދީންވެރިވެ، އެގޮތްތައް އެއީ ދީންކަމުގައި ހަދައިގެން އަޅުވެރިވެފައިވާ ބައެކެވެ. މިފޮތުގައި މުއައްލިފް އަލިއަޅުވާ ލައްވާފައިވަނީ މިބައިމީހުންނާ ބެހޭގޮތުންނެވެ.

އަޅުގަނޑުމެން ރާއްޖޭގައި ދީން ކިޔަވައިގެން ތިބިކަމަށް ބުނާ އަދި ޝެއިޚުންކަމަށް ނިސްބަތްވާ އެތައް ބަޔަކުވެސް، އަޅުގަނޑުމެންގެ ކާބަފައިން ކުރީގައި ކޮށްއުޅުނު ބިދުޢަތަކާއި އަދި އެނޫންވެސް ކަންތައްތަކަކީ ކުރުން އެންމެ ރަނގަޅު ދީނީ ކަންކަން ކަމުގައި ހަދައި ހުއްދަ ކުރެއެވެ. ވީމާ ކޮންމެ އަޚަކާއި އުޚްތަކުވެސް އެފަދަ ކަންކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ދެނެގަތުމަށްޓަކައި، މިމައުޟޫގެ ފޮތްތައް ކިޔުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މިފޮތުގައި ހިމެނޭ ބައިތައް ބެއްލެވުމަށް ފޮތުގެ 107ވަނަ ޞަފްޙާގައިވާ ފިހުރިސްތު ބައްލަވާށެވެ.

ފޮތުގެ ނަން:  كُلُّ بِدْعَةٍ ضَلاَلَةٌ

               ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

ލިޔެ ޖަމާކުރީ: محمد إبراهيم (ނައިފަރު).

ޞަފްޙާގެ ޢަދަދު: 44 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 902 KB

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)