|
ތައުޙީދު ފޮތް
އަޅުގަނޑުމެންނަކީ
މުސްލިމުންނޭ، ހަމައެކަނި ދުލުން ބުނުމަކުން
ފުއްދާލެވޭކަށް ނެތެވެ. މުސްލިމުންނަށް ވާއިރު ﷲ
ތަޢާލާ އެއްކައުވަންތަ ކުރަން އެބަޖެހެއެވެ.
އާދެ ތައުޙީދު ރަނގަޅަށް މަޢުރިފާކޮށް
ދެނެގަންނަން އެބަޖެހެއެވެ. އެހެންކަމުގައި
ނުވެއްޖެނަމަ އަޅުގަނޑުމެން، މުޖްތަމަޢުގެ
ތެރޭގައި އަޅުކަންތައްތައް ކަމުގައި ދެކިގެން
ކޮށްއުޅޭ ގިނަ ކަންތައްތަކަކީ ރަނގަޅު ކަންކަން
ކަމުގައި ދެކި، އެޢަމަލުތައް ކޮށްގެން ﷲ
ތަޢާލާގެ ޙަޟްރަތަށް ދާއިރު ނަރަކައަށް ދާން
ޖެހުމަކީ ގާތް ކަމެކެވެ. އާދެ އެހެންކަމުން ﷲ
ތަޢާލާ އެއްކައުވަންތަ ކުރުމަކީ ކޮބައިގަން
ދެނެގަތުމާއި އެކު އޭގެ އިދިކޮޅު އަދި
އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބާޠިލް ކޮށްލާ
ޝިރުކަކީ ކޮބައިކަންވެސް އެނގެން އެބަޖެހެއެވެ.
ﷲ ތަޢާލާވަނީ ޝިރުކު ކުރާ މީހުންނަށް ސުވަރުގެ
ޙަރާމް ކުރައްވާފައެވެ.
މިފޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި އެންމެ ފުރަތަމަ ތައުޙީދަކީ
ކޮބައިކަމާއި، ތައުޙީދުގެ އަހުލުވެރީންގެ މަތިވެރިކަމާއި ތައުޙީދާއި
ގުޅޭ އިތުރު އެތައް ބައިވަރު މައްސަލަތަކެއް ހިމެނެއެވެ. އަދި
ހަމައެއަށްފަހު ޝިރުކަކީ ކޮބައިކަމާއި ޝިރުކުގެ އެކި
ވައްތަރުތައްވެސް ބަޔާން ކުރެވިފައިވެއެވެ. މިގޮތުން ސިޙުރު
ހެދުމާއި، ތަވީދު އެޅުމާއި، ޤަބުރަށް ވިޔަސް ނުވަތަ ﷲ ތަޢާލާ
ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނަދުރު ބުނުމާއި، ފާލު
ބެލުމާއި، ކަހީނުކަން ކުރުމާއި މިފަދަ އެތައް ކަމެއްވެސް ހިމެނެއެވެ.
އަދި ހަމައެހެންމެ ﷲ ތަޢާލާގެ ޙުކުމްފުޅުތަށް ނޫން އެހެން އެއްޗަކުން
ޙުކުމް ކުރުމުގެ ޙުކުމާއި، ﷲ އާއި އެއިލާހުގެ ރަސޫލާއަށް ފުރައްސާރަ
ކުރާ މީހުންގެ ޙުކުމާއި ޞޫރަ ކުރަހާ މީހުންގެ ޙުކުމާއި އަދި މިނޫން
އެތައް ބައިވަރު މައުޟޫތައްވެސް ހިމެނެއެވެ. މިފޮތުގައި ހިމެނޭ
ހުރިހައި ބައިތައް ބެއްލެވުމަށް
ފޮތުގެ
196ވަނަ ޞަފްޙާގައިވާ ފިހުރިސްތު
ބައްލަވާށެވެ.
|
ފޮތުގެ ނަން:
كتاب
التوحيد
-
ތައުޙީދު ފޮތް
ތަރުޖަމާ:
محمد إبراهيم
(ނައިފަރު). |
ޞަފްޙާގެ ޢަދަދު:
200 ޞަފްޙާ (A4
ސައިޒް).
ފައިލް ސައިޒް:
2.78
MB |
|