|
ބީވެގެން ގޮސްފައިވާ އަޅުކަމެއް!
ﷲ ތަޢާލާ އަޅުގަނޑުމެން ހައްދަވާ މިދުނިޔެ
މަތީގައި ލައްވަވާފައިވަނީ ކުޅި މަޖަލަކަށް
ކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ
މީހުންނަށް ހީވާ ކަހަލައެވެ. ހޭބޯ ނާރާ
ދުވާލާއި ރޭގަނޑުގެ ވަގުތުތައް
ހޭދަކުރަމުންދަނީ ތިމާގެ ހިތުގެ އެދުންތައް
ފުރިހަމަ ކުރުމާއިގެންނެވެ. ﷲ ތަޢާލާ
ރުއްސަވާ ކަމެއްތޯ ނުވަތަ ނުރުއްސަވާ
ކަމެއްތޯވެސް ބެލުމެއް ނެތިއެވެ. މިއަދު
އިންސާނާގެ ދިރިއުޅުމުގެ ބޮޅު
ބިނާވެފައިވަނީ، މާއްދިއްޔަތުގެ މައްޗަށް
އެކަންޏެވެ. ދިރިއުޅެނީ ކައިބޮއެ
އުޅުމަށެވެ. ކައިބޮއެ އުޅެނީ މަސައްކަތް
ކުރުމަށެވެ. މަސައްކަތް ކުރަނީ
ދިރިއުޅުމަށެވެ. ތިމާގެ ހެއްދެވުމާއި
މަރުވުމާއި އަދި އާޚިރަތާޢިމެދު ވިސްނާ
ފިކުރު ކުރުމެއް ނެތެވެ.
|
ފޮތުގެ ނަން:
ބީވެގެން
ގޮސްފައިވާ އަޅުކަމެއް!
ލިޔުއްވީ:
محمد سرحان |
ޞަފްޙާގެ ޢަދަދު:
10 ޞަފްޙާ (A5
ސައިޒް).
ފައިލް ސައިޒް:
265
KB |
|