|
ސޫރަތުލް ފާތިޙާގެ ތަފްސީރު.
ސޫރަތުލް ފާތިޙާއަކީ ޤުރުއާނުގެ މަންމަގެ
ނަމުން ނަންދެވިފައިވާ ސޫރަތަކަށް ވާހިނދު
އަދި ހަމައެހެންމެ އެއީ ކޮންމެ ފަރުޟު
ނަމާދެއްގައިމެ ތަކުރާރުކޮށް ކިޔާ ސޫރަތެއް
ކަމުގައިވާއިރު، މިސޫރަތުގެ ފުރިހަމަ
މާނައާއި ތަފްސީރު ދެނެގަތުމަކީ
އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ
މީހަކަށްވެސް ލާޒިމުކަމެކެވެ. އެހެނީ
އެކަމުގެ ސަބަބުން ތިމާއަށް ނަމާދުގައި
އިތުރަށް ޚުޝޫޢަތްތެރިވެވި ﷲ އާއި
ކުއްތަންވުމަށް މަގުފަހިވެގެން ދާނެއެވެ.
މިފޮތަކީ
ޑރ.ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން،
ދަރުމަ މަޖައްލާއަށް ލިޔުއްވާފައިވާ ކީރިތި
ޤުރުއާނުގެ ތަފްސީރުގެ ސިލްސިލާ
ލިޔުންތަކުގެ ތެރެއިން 2004 ވަނަ އަހަރު
ނޮވެމްބަރ މަހު އެމަޖައްލާއަށް
ލިޔުއްވާފައިވާ ސޫރަތުލް ފާތިޙާގެ
ތަފްސީރެވެ. މިގޮތުން އެންމެހައި ލޮބުވެތި
އަޚުންނާއި އުޚްތުންނަށް ފަސޭހައިން
ކިޔާލެވޭނޭ ފަދަ ގޮތަކަށް ގެނެސްދިނުމުގެ
ގޮތުން އަޅުގަނޑުމެންގެ ވަރަށް ގާތް އަޚަކު
މިވަނީ އެލިޔުން އަލުން ޓައިޕްކޮށް ފޮތެއްގެ
ގޮތުގައި ތައްޔާރު ކޮށްފައެވެ.
|
ފޮތުގެ ނަން:
ސޫރަތުލް
ފާތިޙާގެ ތަފްސީރު.
ލިޔުއްވީ:
د/
عبد الستار عبد الرحمن. |
ޞަފްޙާގެ ޢަދަދު:
33 ޞަފްޙާ (A5
ސައިޒް).
ފައިލް ސައިޒް:
281
KB |
|