"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދީނީ ފޮތް

ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާގައި ޞަޙާބީން.

  މިއުއްމަތަށް އައި އެންމެ ހެޔޮވެގެންވާ ބޭކަލުންނަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން ކަމާމެދަކު ޝައްކެއްނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، މިއުއްމަތުގެ އެހެން ހުރިހާ އެންމެންގެ މައްޗަށް އެ ބޭކަލުން މަތިވެރިކުރައްވާފައެވެ. އެއީ އޭގެފަހުން ދުވަހަކުވެސް ނާންނާނެ ފަދަ މަތިވެރި، ޤަދަރު ލިބިގެންވާ ބައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބޭކަލުންނަށް ދުޢާކުރުމާއި، އެބޭކަލުންނާމެދު ހެޔޮކޮށް ހީކުރުމާއި، އެބޭކަލުންގެ އަބުރާ ޢިއްޒަތް ދިފާޢުކުރުން ދީނީކަމެއްގެ ގޮތުގައި ލައްވާފައެވެ. ސުންނަތް ޖަމާޢަތުގެ އަހުލުވެރިން (أهل السنة والجماعة) ދަންނައެވެ. އެބައިމީހުންނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި އެކަލޭގެފާނުގެ ޞަޙާބީންގެ މަންހަޖަށް ތަބާވެ، އެގޮތުގައި ސާބިތުވެތިބި މީހުންނެވެ.

   މިފޮތް ލިޔުމުގައި މައިގަނޑު މަޞްދަރަކަށް ބަލާފައިވާނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ عبدالمحسن بن حمد العباد البدر (حفظه الله تعالى) ލިޔުއްވަވާފައިވާ "عقيدة أهل السنة والجماعة في الصحابة الكرام رضي الله عنهم وأرضاهم" މިފޮތެވެ.

ފޮތުގެ ނަން:  ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާގައި ޞަޙާބީން.

ލިޔުއްވީ:    محمد سنان

ޞަފްޙާގެ ޢަދަދު: 31 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 1.06 MB

dheenee-news@hotmail.com

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)