|
ޙަޤީޤީ
ހައްދުފަހަނާޅާފައިވާ މީހުންނަކީ
ކޮބައި ހެއްޔެވެ؟

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސާނީ ދިރިއުޅުމުގެ
ހުރިހާކަމެއްގެވެސް ޙައްދުތައް ކަނޑައަޅައި، އެޙައްދުތަކުން ބޭރުވާ
މީހަކީ ޙައްދު ފަހަނާޅާފައިވާ މީހެއް ކަމުގައި ލެއްވެވި ގަދަފަދަ
ކީރިތިވަންތަ ﷲ
ސުބްޙާނަހޫ ވަތަޢާލާ
އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ
ކުރަނީ އެބޭކަލެއްގެ ސުންނަތައް ތަބާވެއްޖެ ކޮންމެ މީހަކީ
ބޮޑުވެގެންވާ ކާމިޔާބު ލިބުމަކުން ކާމިޔާބު ލިބިއްޖެ މީހެއްކަމަށް ﷲ
ތަޢާލާ ވަޙީ ކުރައްވަވައި، މިއުންމަތައް ކައު ކުރެއްވެވި މާތް ސާހިބާ
މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށެވެ. މިޞަލަވާތާއި
ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި،
ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން
ތިބި
އަދި ޙައްޤު މަގުގައި ޖިހާދު ކުރަމުންދާ
އެންމެހައި މީސްތަކުން ޝާމިލު ކުރަމެވެ.
ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް، އަޑުއިވެމުން މިދަނީ ދީނީ
ގޮތުން ޙައްދުފަހަނާޅައި ދާ ވާހަކައެވެ. ފަހެ ޙައްދުފަހަނާޅައި
ދިޔުމަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި
ގޮތަށް ޢަމަލު ކޮށް އެއިލާހުގެ ފޮތަށް ޙުކުމް ކުރުން ހެއްޔެވެ؟
އެހެންކަމުގައިވާނަމަ
އަވަހަށް ޙައްދު ފަހަނާޅާފައިވާ މީހަކަށް ވާށެވެ. މީހުން
އެއީ،
އިސްލާމިސްޓެކޭ ނުވަތަ ފަންޑަމެންޓަލިސްޓެކޭ ނުވަތަ ވައްހާބީ އެކޭ
ނުވަތަ ރެޑިކަލް މުސްލިމެކޭ ނުވަތަ ޓެރަރިސްޓެކޭ
ކިޔަސް އެންމެ ރަނގަޅެވެ.
މުއުމިނުންގެ ޞިފަތައް ބަޔާން ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ،
المؤمنون
ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ.
"قَدْ أَفْلَحَ الْمُؤْمِنُونَ"
(المؤمنون:1)
"ހަމަ ކަށަވަރުން މުއުމިނުންނަށް
ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ."
"الَّذِينَ
هُمْ فِي صَلاتِهِمْ خَاشِعُونَ" (المؤمنون:2)
"އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުތަކުގައި (ﷲ އަށް) ބިރުވެތިވާ
މީހުންނެވެ."
"وَالَّذِينَ
هُمْ عَنِ اللَّغْوِ مُعْرِضُونَ" (المؤمنون:3)
"އަދި އެބައިމީހުންނީ ހަޑިމުޑުދާރު ބޭކާރު ވާހަކަތަކަށް ފުރަގަސްދިން
ބައެކެވެ."
"وَالَّذِينَ
هُمْ لِلزَّكَاةِ فَاعِلُونَ"
(المؤمنون:4)
"އަދި އެބައިމީހުންނީ ޒަކާތް ދީ އުޅުނު ބައެކެވެ."
"وَالَّذِينَ
هُمْ لِفُرُوجِهِمْ حَافِظُونَ"
(المؤمنون:5)
"އަދި އެބައިމީހުންނީ، އެބައިމީހުންގެ ފަރުޖުތައް (ޒިނޭ ކުރުމާއި
އެނޫންވެސް އެހެން ފާޙިޝް ޢަމަލުތަކުން) ރައްކާތެރި ކުރި
މީހުންނެވެ."
"إِلاّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ
أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ"
(المؤمنون:6)
"އެއީ އެބައިމީހުންގެ އަނބީންނާއި އަދި އެބައިމީހުންނަށް
މިލްކުވެގެންވާ އަޅު އަންހެނުންގެ ކިބައިން މެނުވީއެވެ. ފަހެ
އެބައިމީހުންނަށް
(އެކަމުގައި) މަލާމާތް ލިބިގެން ނުވެއެވެ."
"فَمَنِ
ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ"
(المؤمنون:7)
"އެނޫން އެހެން ގޮތެއް ބޭނުންވެއްޖެ ބަޔަކު ދަންނާށެވެ. ފަހެ
އެފަދަ
ބަޔަކީ އެއީ ޙައްދު ފަހަނާޅާފައިވާ
މީހުންނެވެ."
މަތީގައި ބަޔާންވެ އެދިޔަ އާޔަތްތަކުން ޙައްދު ފަހަނާޅާފައިވާ
މީހުންނަކީ ކޮބައިކަން
ވަރަށް
ރަނގަޅަށް އެނގި
ޘާބިތުވެއްޖެއެވެ.
އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން
މުސްލިމުންގެ ނަމުގައި ތިބެ ޤުރުއާނާއި ސުންނަތައް ތަބާވާ މީހުންނަށް
މަލާމާތްކޮށް ފުރައްސާރަ ކުރަމުންދާކަމެވެ. މީސްތަކުންގެ ދޫދޫ މަތިން
ފެށިގެންގޮސް
ނޫސް މަޖައްލާތަކާއި ރޭޑިއޯއާއި ޓީވީއަށް ދާން ދެންވެސް އޮތީ
މިކަމެވެ.
ޙަޤީޤަތަކީ މިކަމުގައި މަޝްޣޫލުވެ އުޅޭ ގިނަ މީހުންނަކީ މަތީގައި
ބަޔާންވެ ދިޔަ އާޔަތްތަކުގައިވާ ފަދައިން ﷲ ތަޢާލާގެ
އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ހެއްދެވިހައި ފާޙިޝް
ކަންތައްތަކަށް އަރައިގަންނަމުންދާ ބައެއް ކަމުގައި ވާކަމެވެ. ޚުދު
އެމީހުންނަށްވެސް،
އެމީހުން އެތިބީ ޙައްޤުގައި ނޫންކަން
އެނގެއެވެ.
އެހެންނަމަވެސް އެފަދަ މީހުންގެ ދޫތަކުންނާއި ގަލަންތަކުންނާއި
ޢަމަލުތަކުން ފުރައްސާރަކޮށް ޖެއްސުންކޮށް ގޯނާކުރަމުން މިދަނީ ﷲއާއި
އެއިލާހުގެ ނަބިއްޔާއަށް ތަބަޢުވަމުންދާ މީހުންނަށެވެ. އަދި
އިސްލާމްދީނުގެ ދިފާޢުގައި އެމީހުންގެ ގެދޮރާއި އަނބިދަރީންނާއި
ގާތްތިމާގެ މީހުންނާއި ރައްޓެހީންނާއި ދުނިޔެވީ އުފާތަކާއި
މަޖާތަކާއި އެއްފަރާތްކޮށް، ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ އެއިލާހުގެ
ރުހިވޮޑިގަތުން ލިބުމަށް އެދި ޖިހާދު ކުރަމުންދާ މުޖާހިދުންނަށެވެ. ﷲ
ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"أَمْ حَسِبَ الَّذِينَ
يَعْمَلُونَ السَّيِّئَاتِ أَنْ يَسْبِقُونَا سَاءَ مَا يَحْكُمُونَ"
(العنكبوت:4)
މާނައީ:
"ނުބައިކަންތައްތައް
ކުރާމީހުން، ތިމަން ﷲގެ ޢުޤޫބާތަށް ފިލައިގެން ދެވިދާނޭކަމަށް
ހީކުރީހެއްޔެވެ؟ ފަހެ އެމީހުން އެކުރާ ޙުކުމް ހާދަހާ
ނުބައިވެގެންވެއެވެ."
ކޮންމެއަކަސް
ﷲ
ތަޢާލާއަށް އުރެދި
އަދި
ބޮޑެތި ފާފަތަކާއި ޖަރީމާތަކަށް އަރައިގަނެ
އުޅޭ
މީހުން،
މުއުމިނުންނާއި ދިމާލަށް ބުނެ އުޅޭނޭކަމަށް މުޠައްފިފީން
ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ.
"وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ
لَضَالُّونَ"
(المطففين:32)
"އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ
އެއީީ މަގުފުރެދިފައި
ތިބި
(ޙައްދު
ފަހަނާޅާފައި
ތިބި)
ބައެކެވެ."
ދަންނާށެވެ! ޙަޤީޤީ ޙައްދު ފަހަނާޅާފައިވާ މީހުންނަކީ
ނަމާދުތައް އަޅައި ރޯދަ ނުހިފައި ޒަކާތް ނުދީ މިދުނިޔެމަތީގައި
ހެއްދެވިހައި ނުބައި ނުލަފާ ފާޙިޝް ކަންތައްތަކަށް އަރައިގަނެ ﷲ އާއި
އެއިލާހުގެ ރަސޫލާއާއި މުއުމިނުތަކުންނަށް މަލާމާތާއި ފުރައްސާރަކޮށް
ޖޯކު ޖަހާ ހަދާމީހުންނެވެ. ފަހެ އެބައިމީހުންނަށް ދުނިޔެމަތީގައިވެސް
އަދި އާޚިރަތުގައިވެސް ކާމިޔާބެއް ނެތެވެ.
ރަނގަޅެވެ. ދީނުގައި ޝަރުޢު ކުރައްވާފައިވާ
ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް އެމީހުންގެ ޚިޔާލާއި ފިކުރާއި
ނުގުޅޭ ބަޔަކީ ކާފަރުން ކަމުގައި ހަދާ،
މުސްލިމުންގެ ލެޔާއި މުދަލާއި
އަނބި ދަރީން ހުއްދަ ކުރާ މީހުންވެސް
މުސްލިމުންގެ ތެރޭގައި
އެބައުޅެއެވެ.
އެކަމަކު މިކަން
މިހާބޮޑަށް ފެތުރި ޢާއްމުވާން ޖެހުނު
ސަބަބުތަކަށްވެސް ބަލާލަން އެބަޖެހެއެވެ. މިކަންތައް
މެދުވެރިވާން މިޖެހުނީ މީސްތަކުން ޤުރުއާނާއި ސުންނަތައް ކުރާ
ފުރައްސާރައިގެ
ސަބަބުންނާއި އަދި
ޚާއްޞަކޮށް
އިސްލާމީ ގިނަ ޤައުމުތަކުގެ ވެރީންގެވެސް ނުބައި
ނުލަފާ ޖައްބާރު ކަމުންނެވެ. އެމީހުންވަނީ އިސްލާމީ ޝަރީޢަތް ދޫކޮށް
ކާފަރުންނަށް އަޅުވެތިވެ އެމީހުންގެ ގޮތްތައް ފަތުރާ މުޅި އިސްލާމީ
އުއްމަތް ފުނޑުފުނޑު ކޮށްލާފައެވެ. އެންމެހައި ފާޙިޝް ކަންތަކާއި
މުންކަރާތްތަކަށް މަގުފަހި ކޮށްދީފައެވެ. އަދި ނުވިތާކަށް ދުނިޔޭގެ
ޝައިޠާނީ ބާރުތަކުން އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލުމަށް
ފަށާފައިވާ ހަނގުރާމާގައި އެބައިމީހުންނާއި އެއްބައިވެ އަތުކުރި
އޮޅާލާފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ދަންނާށެވެ. ޙައްޤުގޮތް މިއޮތީ ޤުރުއާނާއި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމްގެ ސުންނަތުން ސާފުކޮށް ފެންނާށެވެ. ބަޔަކު ކިތަންމެ
ވަރަކަށް
މަލާމާތްކޮށް ފުރައްސާރަ ކުރިކަމުގައި
ވިޔަސް ޢިއްޒަތްވަނީ އެގޮތުގައި
ހިފެހެއްޓި ބަޔަކަށެވެ. ﷲ ތަޢާލާ
المنافقون
ސޫރަތުގައި ވަޙީ
ކުރައްވާފައިވެއެވެ.
"وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ
الْمُنَافِقِينَ لا يَعْلَمُونَ" (المنافقون:8)
"ދަންނާށެވެ. އެންމެހައި ޢިއްޒަތެއް ވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ
އަށާއި އަދި މުއުމިނުތަކުންގެ މައްޗަށެވެ. އެހެނެއްކަމަކު
މުނާފިޤުންނަކަށް އެކަމެއް ނޭނގެއެވެ."
ކޮންމެއަކަސް ﷲ ތަޢާލާ އަޅުގަނޑުމެން މިދުނިޔެ މައްޗަށް
ފޮނުއްވަވާފައި މިވަނީ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އެއީ
އެއިލާހުގެ އަޅުތަކުންގެ ތެރެއިން، ﷲއާއި އެއިލާހުގެ ރަސޫލާ ތެދުކޮށް
އީމާންވީ ކޮންބައެއްތޯއާއި އަދި ދޮގުކޮށް ކާފަރުވީ ކޮންބައެއްތޯ
އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.
ﷲ
ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"أَحَسِبَ النَّاسُ أَنْ
يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ(*)
وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ
اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ"
(العنكبوت:3&2)
"ފަހެ މީސްތަކުން އެމީހުން އީމާންވެއްޖައީމޭ ބުނުމުން، އެމީހުން
އިމްތިޙާނު ކުރުމަކާއި ނުލާ ދޫކޮށްލެވޭނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟
އަދި ހަމަކަށަވަރުން ތިމަން އިލާހު، އެމީހުންގެ ކުރީގެ
(އުއްމަތްތަކުގެ) މީހުން އިމްތިޙާނު ކުރެއްވީމެވެ. ފަހެ
ހަމަކަށަވަރުން އީމާންކަމުގައި ތެދުވެރިވި މީހުން އެއިލާހު
ދެނެވޮޑިގެންވެއެވެ. އަދި އެކަން ދޮގުކުޅަ މީހުންވެސް އެއިލާހު
ދެނެވޮޑިގެން ވެއެވެ."
ލޮބުވެތި
އަޚުންނާއި އުޚްތުންނޭވެ. ތިމާގެ މަރު އައިސް ތިމާއާ ބައްދަލުވުމުގެ
ކުރިން ޙައްޤަކީ ކޮބައިތޯ ހޯދާ ބަލާށެވެ. ބަޔަކު މީހުން ދައްކާ
ވާހަކައަކަށް ނުވަތަ ކުރާ މަލާމާތަކަށް ފުރައްސާރައަކަށް ޖެހިލުން
ނުވާށެވެ. ދެދުނިޔޭގައިވެސް ބާއްޖަވެރިކަމަށް އެދޭނަމަ ޤުރުއާނާއި
ސުންނަތަށް އަވަހަށް ރުޖޫޢަވާށެވެ.
وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين.
-ނިމުނީ- |