|
ތިބާ މުސްލިމެކޭ ބުނެ ހުރެ ހަވާ ނަފްސަށް
އަޅުކަން ނުކުރާށެވެ.
ލިޔުނީ:
آدم نشان المالديفي

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ މިކާއިނާތުގައިވާ
ހުރިހައި އެއްޗެއް ހައްދަވައި އިންސާނުންގެ ދިރިއުޅުމުގެ ޤާނޫނަކީ
ކީރިތި ޤުރުއާން ކަމުގައި ލެއްވެވި ގަދަފަދަ ކީރިތިވަންތަ ﷲ
ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ
އެއިލާހުގެ ޤާނޫނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ މުޙައްމަދު
(ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށެވެ. އަދި އެނަބިއްޔާގެ އާލު
ބައެތުންނާއި އެންމެހައި މިތުރު ޞަޙާބީން މިދުޢާގައި ޝާމިލް
ކުރަމެވެ.
ﷲ އަކީ މިދުނިޔެ ފެށިގެން ނިމެންދެން އަދި އަދި އޭގެ ކުރީގައާއި
ފަހުގައިވެސް ވާނޭ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އިންސާނާތޯއެވެ؟ އެއިލާހުގެ ޚަލްޤުތަކުންގެ ތެރެއިން ނިކަމެތި
މަޚްލޫގެކެވެ. ވިސްނުމާއި ބުއްދި ދެއްވިފައިވީ ކަމުގައި ވީނަމަވެސް
ކޮންމެ އިންސާނަކީވެސް އުނި މީހެކެވެ. އިންސާނާގެ ޠަބީޢަތުގައިވަނީ
އަމިއްލަ ނަފްސު އެދޭ ކަންތައްތައް ޙާޞިލް ކުރުމެވެ. އާދެ ކޮންމެ
ކަމެއްގައިވެސް އަމިއްލަ އެދުން ކުރިއަށް ނެރުމެވެ. ތިމާ ބޭނުން
ކަމެއް ކޮށްލުމަކީ ނުވަތަ ޙާޞިލް ކުރުމަކީ މަޤްޞަދަކަށް
ވެފައިވާއިރު، އޭގެ ސަބަބުން އަނެކުންނަށް ވާނޭ އުނދަގުލަކަށް ނުވަތަ
ގެއްލުމަކަށް، މަދު މީހަކު މެނުވީ ނުބަލައެވެ. އަދި ހަމަ އެހެންމެ
އެކަމަކީ ރަނގަޅު ނުވަތަ ނުރަނގަޅު، ޙަރާމް ނުވަތަ ޙަލާލް
ކަމެއްތޯވެސް ބަލާލުމެއް ނެތެވެ. ތިމާ ބޭނުންވާ ކަންތައް ޙާޞިލް
ކުރެވެންޏާ ނިމުނީއެވެ. ކުރުގޮތަކަށް ބަޔާންކުރާނަމަ އިންސާނާއަކީ
އަމިއްލަ އެދުމުން ފޯވެފައިވާ މީހެކެވެ.
ފަހެ މިފަދަ ބަޔަކު މިއުޅެނީ ﷲ ތަޢާލާގެ ޤާނޫނަކީ ޒަމާނާ ނުގުޅޭ
މީސްތަކުންނަށް ގެއްލުން ހުރި އެއްޗެއް ކަމުގައި ބުނެ އަމިއްލައަށް
ޤާނޫނުތައް ހެދުމަށެވެ. އާދެ އެއްކަލަ އުނި ސިކުނޑިތަކުންނެވެ.
މަތިވެރިވެގެންވާ އިލާހުގެ ޙުކުމްފުޅު ތަކުގެ މައްޗަށެވެ. ﷲ އާއި
އެއިލާހުގެ ރަސޫލާ ގެންނެވި ގޮތް ދޫކޮށް އެބައެއްގެ ނަފްސުތަކަށް
ފެންނަ ގޮތަށް (ހިތް އެދޭ ގޮތަށް) ކަންތައް ކުރާ މީހުންނަކީ
އެމީހުންގެ އިލާހެއް ކަމުގައި ހަވާ ނަފްސު ހަދައި އެއަށް ތަބާވެއްޖެ
މީހުންނެވެ. މިވާހަކަ ބަޔާން ކުރައްވައި ފުރުޤާން ސޫރަތުގައި ﷲ
ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"أَرَأَيْتَ
مَنِ اتَّخَذَ إِلَهَهُ هَوَاهُ أَفَأَنْتَ تَكُونُ عَلَيْهِ وَكِيلاً"
(الفرقان:43)
މާނައީ: "އެމީހެއްގެ ހަވާނަފްސަކީ އެމީހެއްގެ އިލާހު ކަމުގައި ހެދި
މީހަކު ކަލޭގެފާނު ދެކެވަޑައިގެންނެވިން ހެއްޔެވެ. ފަހެ އެފަދަ
މީހެއްގެ ކަންތައްތައް ބަލަހައްޓައި ހަމަޖައްސައިދޭ މީހެއް ކަމުގައި
ކަލޭގެފާނު ވެވަޑައިގަންނަވާނޫ ހެއްޔެވެ؟
ﷲގެ ޙުކުމްފުޅު ދޫކޮށް ތިމާމެންގެ ހިތްއެދޭ ގޮތްގޮތަށް
ޙުކުމްތައް ބަދަލްކޮށް ހަވާނަފްސަށް ތަބާވާ މީހުންނަށް އެއިލާހުގެ
ހުކުމްފުޅުތައް އަޑުއިވޭ ހެއްޔެވެ؟ ނުވަތަ އަޑުއިވުނަސް
ވިސްނޭހެއްޔެވެ؟ ގައިމުވެސް އަޑުއިވި ވިސްނޭނަމަ އެއަށް އިންކާރެއް
ނުކުރީހެވެ. ފުރުޤާން ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"أَمْ
تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ إِنْ هُمْ
إِلاَّ كَالأَنْعَامِ بَلْ هُمْ أَضَلُّ سَبِيلاً"
(الفرقان:44)
"އެމީހުންގެ ތެރެއިން ގިނަމީހުންނަށް އަޑުއިވޭކަމަށް ނުވަތަ
ވިސްނޭކަމަށް ކަލޭގެފާނަށް ހީފުޅުވޭތޯއެވެ. ފަހެ ނަޢަމް ސޫފިތަކެއް
ފަދަ ބައެއްކަމުގައި މެނުވީ އެމީހުން ނުވެއެވެ. އަދި ކިއެއްހެއްޔެވެ.
އެމީހުންނީ އެނަޢަމް ސޫފިތަކަށްވުރެވެސް ބޮޑަށް މަގުފުރެދިފައިވާ
ބައެކެވެ."
އިންސާނީ ޙައްޤުތަކޭ މިނިވަންކަމޭ ކިޔައި އަޑު އުފުލާއިރު އެންމެ
ފުރަތަމަ އަދާކުރަންވީ ނެތުމުގެ ތެރެއިން ތިބާ ހެއްދެވި ﷲގެ
ޙައްޤުތައް ނޫންހެއްޔެވެ؟ ތިބާއަށް އެއިލާހުގެ އަމުރުފުޅުތައް
ބޮލާލާޖެހުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ތިބާ
ދިރިއުޅުމަށްޓަކައި ފުރާނައާއި ރިޒްޤާއި
އަނބިދަރީންނާއި އަދި
މިނޫން ހުރިހާ
ތަކެއްޗެއްވެސް ދެއްވެވީ ﷲ ނޫންތޯއެވެ؟
ޖަނަވާރުންވެސް އެތަކެއްޗަށް ކާންދޭމީހާ ދަނެއެވެ. އޭނާއަށް
ކިޔަމަންތެރި ވެއެވެ. ނަމަވެސް އިންސާނާ
މިވަނީ އެއަށްވުރެވެސް ދަށު
ދަރަޖައަކަށް ވެއްޓިފައެވެ. އެތަކެއްޗެއްވުރެވެސް ބޮޑަށް
މަގުފުރެދިފައެވެ. ރައްބެއް ރަސޫލެއް އީމާނެއް ކުފުރެއް ޝިރުކެއް
ނިފާގެއް ނުދަނެތެވެ. ތިމާ ހެއްދެވި ރައްބުގެ ޙައްޤުތައް އަދާ
ނުކުރާތާނގައި، އަދި ކުށެއްނެތް މައުސޫމް އެތައް މުސްލިމުންނެއްގެ
ޙައްޤުތައް ހޯދައިދިނުމުގެ ބަދަލުގައި އަދި ހަމައެހެންމެ
އެބައިމީހުންނަށް ބާއްވައިލެއްވުނު ފޮތައް ޙުކުމް ކުރުމުގެ ޙައްޤު
ހޯދައިދިނުމުގެ ބަދަލުގައި މަސައްކަތް ކުރަމުން މިދަނީ ބޮޑެތި
ފާފަތަކާއި ޖަރީމާތަކަށް އަރައިގަންނަ މީހުންނާއި ކާފަރުންގެ
ޙައްޤުތައް ހޯދައިދިނުމަށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއި އެވެ.
މިފަދަ މީހުންނާއި ބެހޭގޮތުން ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީފުޅު
ކުރައްވާފައިވެއެވެ.
"
وَإِذَا قِيلَ لَهُمْ لا تُفْسِدُوا فِي الأَرْضِ قَالُوا إِنَّمَا
نَحْنُ مُصْلِحُونَ"
(البقرة:11)
"ތިޔަބައިމީހުން
ބިމުގައި ފަސާދަ ނުކުރާށޭ އެބައިމީހުންގެ ގާތުގައި ބުނާ ހިނދު
އެބައިމީހުން ބުނެއުޅެތެވެ. ތިމަންމެންނީ ހަމަ އިޞްލާޙުކުރާ
ބަޔަކީމެވެ."
"أَلا
إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لا يَشْعُرُونَ"
(البقرة:12)
"ދަންނާށެވެ!
ފަސާދަ ކުރާބަޔަކީ ހަމައެއީއެވެ.
އެކަމަކު އެމީހުން އެކަމެއް ނުދަނެތެވެ."
"وَإِذَا
قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا
آمَنَ السُّفَهَاءُ أَلا إِنَّهُمْ هُمُ السُّفَهَاءُ وَلَكِنْ لا
يَعْلَمُونَ"
(البقرة:13)
"އަދި
މީސްތަކުން (އެބަހީ: ރަސޫލު
الله
صلى
الله
عليه
وسلّم
އާއި އެކަލޭގެފާނުގެ ޞަޙާބިއްޔަ
ބޭކަލުން) އީމާންވި ފަދައިން ތިޔަބައިމީހުން އީމާންވާށޭ ބުނެވޭ ހިނދު
އެމީހުން
ބުނެތެވެ. ބުއްދިހަމަނުވާ މޮޔައިން އީމާންވި ފަދަައިން އަހުރެމެން
އީމާންވާނޭ
ހެއްޔެވެ؟ ދަންނާށެވެ! ބުއްދިހަމަނުވާ މޮޔައިންނަކީ ހަމަ
އެބައިމީހުންނެވެ.
އެހެނެއްކަމަކު އެމީހުންނަކަށް އެކަމެއް ނޭނގެއެވެ."
ޖަނަވާރުންވެސް އެތަކެއްޗަށް
|