"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

فضل الذكر
ޛިކްރު ކުރުމުގެ މަތިވެރިކަން.

(ﷲ ތަޢާލާއަށް ޛިކުރު ކުރުމުގެ މަތިން ހަނދުމަނައްތާ ނުލާށެވެ.)


قال الله تعالى"فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلا تَكْفُرُونِ" (البقرة:152)

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "ފަހެ ތިމަން ﷲ މަތިން ހަނދުމަ (ޛިކްރު) ކުރާށެވެ. އޭރުން ތިމަން ﷲ ތިޔަބައިމީހުން މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަން ﷲ އަށް ޝުކުރުވެރިވެ، ތިޔަބައިމީހުންނީ ތިމަން ﷲއަށް ކުފުރުވެރިވާ ބައެއް ކަމުގައި ނުވާށެވެ."

 
قال النبي صلى الله عليه وسلم" ألا أنبئكم بخير أعمالكم وأزكاها عند مليككم , وأرفعها في درجاتكم , وخير لكم من إعطاء الذهب والورق , ومن أن تلقوا عدوكم فتضربوا أعناقهم ويضربوا أعناقكم ؟ قالوا : بلى يا رسول الله , قال ذكر الله" رواه أبو داوود

ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ ތެރެއިން، ތިޔަބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުގައި އެންމެ ހެޔޮ އަދި އެންމެ ހުސްޠާހިރުވެގެންވާ ޢަމަލަކީ ކޮބައިކަން ތިމަން ކަލޭގެފާނު ޚަބަރު ދެއްވަމުހެއްޔެވެ؟ އަދި އެކަން ތިޔަބައިމީހުންގެ ދަރަޖަތައް މަތިވެރި ކުރުވައެވެ. އަދި އެކަން ތިޔަބައިމީހުން ރަނާއި ރިހިން ހޭދަކުރާ ހޭދަކުރުމަށްވުރެ ހެޔޮވެގެން ވެއެވެ. އަދި އެކަން ތިޔަބައިމީހުންގެ ޢަދުއްވުންނާއި (ކާފަރުންގެ ތެރެއިން) ކުރިމަތިލައި އެމީހުންގެ ކަނދުރާތައް ކަނޑައި އަދި އެމީހުން ތިޔަބައިމީހުންގެ ކަނދުރާތައް ކެނޑުމަށްވުރެ ވެސް ހެޔޮކަން ބޮޑުވެގެން ވެއެވެ. ޞަޙާބިއްޔަ ބޭކަލުން ދެންނެވޫއެވެ. 'ﷲގެ ރަސޫލާއެވެ. އާދޭހެވެ.' ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 'އެއީ ﷲ ތަޢާލާއަށް ޛިކްރު ކުރުމެވެ.'"

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)