|
ނަމާދުގައި އަޑުހަރުކޮށް
بِسْم
ކިއުމަކީ
سُنَّة
އާއި ދުރުގޮތް.
الشيخ أبو بكر إبراهيم علي (ބަކުރުބެ)

ފައިލް ޑައުންލޯޑް ކުރައްވާ...
بسم اللّـه الرحمن الرحيم
(1)
أنَسُ
رَضِيَ
الله
عَنْهގެ
އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
((صَلَّيْتُ
مَعَ
رَسُولِ
اللَّهِ
صَلَّى
اللَّهُ
عَلَيْهِ
وَسَلَّمَ
وَأَبِي
بَكْرٍ
وَعُمَرَ
وَعُثْمَانَ
فَلَمْ
أَسْمَعْ
أَحَدًا
مِنْهُمْ
يَقْرَأُ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ))
[صَحِيْحُ
مُسْلِم:
605
]
މާނައީ: "أنَسގެފާނު
ވިދާޅުވިއެވެ. އަހުރެން
رَسُوْل
اللهِ
صلى
الله
عليه
وسلمގެ
އަރިހުގައި ނަމާދު ކުރީމެވެ. އަދި
أَبُو
بَكر,
عُمَر
އަދި
عُثْمَان
رَضِيَ
الله
عَنْهُم
މިބޭބޭކަލުންގެ އަރިހުގައި އަހަރެން ނަމާދު ކުރީމެވެ. މިއިން
އެއްބޭކަލަކުވެސް
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ވިދާޅުވާއަޑު އަހުރެން ނުއަހަމެވެ."
މިއެވެ.
(2)
أنَس
ގެފާނުންގެ އަނެއް ރިވާޔަތް:
((قَالَ
صَلَّيْتُ
خَلْفَ
النَّبِيِّ
صَلَّى
اللَّهُ
عَلَيْهِ
وَسَلَّمَ
وَأَبِي
بَكْرٍ
وَعُمَرَ
وَعُثْمَانَ
فَكَانُوا
يَسْتَفْتِحُونَ
بِالْحَمْد
لِلَّهِ
رَبِّ
الْعَالَمِينَ
لاَ
يَذْكُرُونَ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
فِي
أَوَّلِ
قِرَاءَةٍ
وَلاَ
فِي
آخِرِهَا))
[صَحِيْحُ
مُسْلِم
: 606
]
މާނައީ: "أنَسގެފާނު
ވިދާޅުވިއެވެ.
نَبِيُّ
الله
صلى
الله
عليه
وسلمގެ
ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ. އަދި
أَبُو
بَكرގެފާނުންގެ
އަދި
عُمَرގެފާނުންގެ
އަދި
عُثْمَانގެފާނު
(رَضِيَ
الله
عَنْهُم)،
މިބޭބޭކަލުންގެ ފަހަތްޕުޅުގައި އަހުރެން ނަމާދު ކުރީމެވެ.
މިބޭބޭކަލުން ކިޔަވާ ވިދާޅުވުން ފައްޓަވަނީ
ألْحَمْد
لِلَّهِ
رَبِّ
الْعَالَمِينَ
އިންނެވެ. މިބޭބޭކަލުން ކިޔަވާ ވިދާޅުވުން ފައްޓަވާއިރުވެސް އަދި
ނިންމަވާ އިރުވެސް
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ކިޔަވާ ވިދާޅުވާ ކަމުގައި ނުވެއެވެ..(އެއަޑު ނުއިވެއެވެ)."
މިއެވެ.
(3)
((عَنِ
ابْنِ
عَبْدِ
اللَّهِ
بْنِ
مُغَفَّلٍ
يَزِيدَ
بْنِ
عَبْدِ
اللَّهِ
قَالَ
سَمِعَنِي
أَبِي
وَأَنَا
أَقُولُ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
فَقَالَ
أَيْ
بُنَيَّ
إِيَّاكَ
وَالحَدَث
قَالَ
وَلَمْ
أَرَ
أَحَدًا
مِنْ
أَصْحَابِ
رَسُولِ
اللَّهِ
صَلَّى
اللَّهُ
عَلَيْهِ
وَسَلَّمَ
كَانَ
أَبْغَضَ
إِلَيْهِ
حَدَثًا
فِي
الْإِسْلامِ
مِنْهُ
فَإِنِّي
قَدْ
صَلَّيْتُ
مَعَ
رَسُولِ
اللَّهِ
صَلَّى
اللَّهُ
عَلَيْهِ
وَسَلَّمَ
وَمَعَ
أَبِي
بَكْرٍ
وَعُمَرَ
وَمَعَ
عُثْمَانَ
فَلَمْ
أَسْمَعْ
أَحَدًا
مِنْهُمْ
يَقُولُهَا
فَلَا
تَقُلْهَا
إِذَا
أَنْتَ
قَرَأْتَ
فَقُلْ
الْحَمْدُ
لِلَّهِ
رَبِّ
الْعَالَمِينَ
))
[
مُسْنَدُ
أَحْمَد
: 16184]
މާނައީ:
عَبْدِ
اللَّهِ
بْنِ
مُغَفَّلٍ
-يَزِيد
بْنِ
عَبْدِ
اللَّه-ގެ
އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން
(ނަމާދުގައި)
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
އަޑުހަރުކޮށް ކިޔަވާއަޑު އަހުރެންގެ ބައްޕައަށް
އިވިވަޑައިގެންނެވިއެވެ. ދެން ފަހެ ބައްޕަ ވިދާޅުވިއެވެ. އޭ
އަހުރެންގެ ދަރިފުޅާއެވެ. ދީނުގައި ނެތްކަމެއް އަލަށް
އުފެއްދުމާއިމެދު (بِدْعَة
ހެދުމާއިމެދު) ކަލޭ ބިރުވެތިވެ ހުޝިޔާރުވާށެވެ. އަދި ވިދާޅުވިއެވެ.
އިސްލާމްދީނުގައި
بِدْعَة
ހެދުމަށްވުރެ (އެބަހީ ދީނުގައި ނެތްކަންކަން އުފައްދާ ދީނުގެ
ތެރެއަށް ވެއްދުމަށްވުރެ) ބޮޑަށް
އެބޭކަލުން ކޯފާވެވަޑައިގަންނަވާ ކަމެއްނެތް ކަމުގައިނުވާ އެއްވެސް
ބޭކަލަކު
رَسُولُ
الله
صلى
الله
عليه
وسلمގެ
أصحاب
ބޭކަލުންގެތެރެއިން އަހުރެން
ނުދެކެމެވެ. (އެބަހީ އެބޭކަލުން އެއްމެބޮޑަށް ކޯފާވެ
ވަޑައިގަންނަވަނީ އިސްލާމު ދީނުގައި ނެތްކަމެއް ދީނުގެ ތެރެއަށް
ވެއްދުމެވެ.
بِدْعَة
ހެދުމެވެ.) ފަހެ ހަމަކަށަވަރުން
رَسُولُ
الله
صلى
الله
عليه
وسلمގެ
ފަހަތްޕުޅުގައި އެކަލޭގެފާނުންގެ އަރިހުގައި އަދި
أبُو
بكْرގެ
އަރިހުގައި އަދި
عُمَرގެފާނުންގެ
އަރިހުގައި އަދި
عُثْمَانُގެ
އަރިހުގައި
(رَضِى
الله
عَنْهُم)
މިއެންމެ ބޭކަލުންގެ އަރިހުގައި އަހުރެން ނަމާދު ކުރީމެވެ. ފަހެ
އެއިން އެއްބޭކަލަކުވެސް އަޑުހަރުކޮށް
بِسْمِ
ކިޔާއަޑު އަހުރެން ނުއަހަމެވެ. ފަހެކަލޭވެސް އަޑުހަރުކޮށް
بِسْمِ
ނުކިޔާށެވެ. ކަލޭ
ކިޔަވަންޏާ
ألْحَمْد
لِلَّهِ
رَبِّ
الْعَالَمِينَ
މިތަނުން ކިޔަވަން ފަށާށެވެ.
މިއެވެ.
އިސްވެދިޔަ ދެތިން
حَدِيْث
އަށް ބަލާއިރު އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި
الحَمْد
ކިޔަވާއިރު އަޑުހަރުކޮށް
بِسْمِ
ކިއުމަކީ
رَسُولُ
الله
صلى
الله
عليه
وسلمގެ
އަރިހުން ސާބިތުވާކަމެއް ނޫނެވެ. މިބާބުގައި ވާރިދުވެފައިވާ އެއްމެ
صَحَّ
ދެحَدِيْث
އަކީ ކުރީގައި ބަޔާންކޮށްފައި އެވާ
صَحِيْحُ
مُسْلِمގެ
ދެحَدِيْث
އެވެ.
އަދި ދެންއެވާ
عَبْدِ
اللَّهِ
بْنِ
مُغَفَّلٍގެ
حَدِيْث
އަކީ ވެސް
صَحَّ
حَدِيْث
އެކެވެ. މިތިން
حَدِيْثން
އޮޅުމެއް ނެތި ބަޔާންކޮށްދެނީ އަޑުހަރުކޮށް ކިޔަވާ
ނަމާދުތަކުގައިވެސް
ألْحَمْد
ވިދާޅުވާއިރު
رَسُولُ
الله
صلى
الله
عليه
وسلم،
بِسْمِ
ބާރަށް ވިދާޅުނުވާކަމެވެ. އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ
خُلَفَاء
الرَّاشِدންވެސް
އަޑުހަރުކޮށް
بِسْمِ
ވިދާޅުނުވާކަން ނުހަނު
صَرِيْحކޮށް
އިސްވެދިޔަ ދެތިން
حَدِيْثން
ރަގަޅަށް ސާބިތުވެއެވެ. އަދި
أسْوَد
ކިޔާ ބޭކަލަކު ވިދާޅުވިއެވެ.
عُمَرގެފާނުންގެ
ފަހަތްޕުޅުގައި ހަތްދިހަ ނަމާދު އަހުރެން ކުރީމެވެ. އެކަލޭގެފާނު
އަޑުހަރުކޮށް
بِسْمِ
ވިދާޅުނުވެއެވެ. (މިވާހަކަތައް
نَيْلُ
الأوَطَار
ކިޔާފޮތުގައިވެސް އެބައޮތެވެ. އެއީ މުޅިދުނިޔެއަށް މަޝްހޫރު
ފޮތެކެވެ.)
بِسْمِ
އަޑުހަރުކުރުމާއި ސިއްރުން ކިއުމާއިމެދު ވަރަށް ގިނަ
عِلْمވެރިންގެ
މެދުގައި ވާހަކަދެކެވިފައި އެބަހުއްޓެވެ. އެކިފެންވަރުގެ
حَدِيْث
ވެސް ގެނެވިފައިވެއެވެ. އެހުރިހާ
حَدِيْث
މިވަރު ކަރުދާހެއްގައި ޖަމާނުކުރެވޭނެއެވެ. ވީމާ ދެން އަޅުގަނޑު
މިބަލައިލަނީ
بِسْمِ
އަޑުހަރުކޮށް ކިއުމަށް ވިދާޅުވާ ބޭކަލުން އެކަމަށް ގެންނަވާ ބައެއް
ދަލީލެވެ. އޭގެތެރެއިން ފުރަތަމައީ:
(4)
صَحِيْحُ
البُخَارِىގެ
5046
ވަނަ
حَدِيْث
އެވެ. އެއީ:
((سُئِلَ
أَنَسٌ
كَيْفَ
كَانَتْ
قِرَاءَةُ
النَّبِيِّ
صَلَّى
اللَّهُ
عَلَيْهِ
وَسَلَّمَ
فَقَالَ
كَانَتْ
مَدًّا
ثُمَّ
قَرَأَ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
يَمُدُّ
بِسْمِ
اللَّهِ
وَيَمُدُّ
بِالرَّحْمَنِ
وَيَمُدُّ
بِالرَّحِيمِ))
މާނައީ: "رَسُولُ
الله
صلى
الله
عليه
وسلمގެ
ކިޔަވާ ވިދާޅުވުން ހުންނަގޮތާއިމެދު
أَنَسގެފާނާއި
ސުވާލުވެވުނެވެ. ފަހެ
أَنَسގެފާނު
ވިދާޅުވިއެވެ. އެކަލޭގެ ފާނުންގެ ކިޔަވާ ވިދާޅުވުން ހުންނަނީ
مَدُّ
ކޮށެވެ. (ދަންމަވާލައިފައެވެ.) ދެން
أَنَسގެފާނު
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ.
بِسْمِ
اللَّهِ
މިكَلِمَة
ދައްމަވާ ލައްވައެވެ. އަދި
الرَّحْمَنِ،
މިކަލިމަ ދައްމަވާލައްވައެވެ. އަދި
الرَّحِيمِ،
މިކަލިމަ ދައްވާލައްވައެވެ.
މިއެވެ.
ނަމަވެސް ދަންނަވަމެވެ. މިحَدِيْث
އަކީ
رَسُولُ
الله
صلى
الله
عليه
وسلمގެ
ކިޔަވާވިދާޅުވުން ސިފަކުރެއްވުމަށް
أَنَسގެފާނު
ވިދާޅުވި މިސާލެކެވެ. އެހެންވެ
ابْنُ
حَجَر
އެވާހަކަ
فَتْح
البَارِى
ގައި މިحَدِيْث
އާއިމެދު ވާހަކަދައްކަވަމުން ލިއުއްވާފައި ވެއެވެ.
ابْنُ
حَجَرގެ
ވާހަކަކޮޅު ތަރުޖަމާ މިލިޔެލަނީ
އެވެ. ޝައްކުވާ މީހަކުވިއްޔާ
فَتْح
البَارِىގެ
5
ވަނަ
جلدގެ
91
ވަނަ
صفحة
ބައްލަވާށެވެ.
ابْنُ
حَجَر
ވިދާޅުވިއެވެ. އެވާހަކައިގެ
حَاصِلއަކީ
ހަމަކަށަވަރުން އެކަލޭގެފާނު
بِسْمِ
ވިދާޅުވަންޏާ ދައްމަވާލައްވާ ކަމުގެ ސިފަ ކުރެއްވުމަކުން ކޮންމެ
ركْعَة
އެއްގައި
ألْحَمْد
ވިދާޅުވާއިރު
بِسْمِ
އަޑުހަރުކޮށް ވިދާޅުވުން ލާޒިމުކުރާކަމެއް ނޫނެވެ.
އަދިހަމަކަށަވަރުން އެވާހަކަ އައިސްފައިވަނީ މިސާލު ދެއްކުމުގެ
ސޫރައިގައެވެ. ފަހެ އެހެން ބަޔާންކުރެއްވުމަކުން ކޮންމެ ފަހަރަކު
بِسْمِ
އަޑުހަރުކޮށް ކިއުން
عَيَّنْ
ވެގެން ނުވެއެވެ. އަދި މިކަމުގެ އެގުންވަނީ
ﷲގެ
حَضْرَة
ގައެވެ. މިއެވެ. މިއީ
ابْنُ
حَجَرގެ
ވާހަކަކޮޅުގެ ތަރުޖަމާއެވެ.
ވީމާ އިސްވެދިޔަ މި
حَدِيْث
އަކީ
بِسْمِ
އަޑުހަރުކޮށް ކިޔަންވާނެކަމުގެ
صَريْح
ދަލީލެއްނޫނެވެ. އަދި ކިއެއްތޯއެވެ. މިއީ ހަމައެކަނި ކިޔަވާ
ވިދާޅުވުން ސިފަކޮށްދެއްވުމެކެވެ. ދެން
بِسْمِ
އަޑުހަރުކޮށް ކިޔަން ވާނެކަމުގެ މައްޗަށް ވާހަކަދައްކާ މީހުންގެ
އަނެއް
حَدِيْث
އަކީ،
(5)
((رَوَى
ابْنُ
جُرَيْجٍ
عَنْ
عَبْدِ
اللَّهِ
بْنِ
أَبِي
مُلَيْكَةَ
عَنْ
أُمِّ
سَلَمَةَ
أَنَّهَا
ذَكَرَتْ
أَوْ
كَلِمَةً
غَيْرَهَا
قِرَاءَةَ
رَسُولِ
اللَّهِ
صَلَّى
اللَّهُ
عَلَيْهِ
وَسَلَّمَ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
الْحَمْدُ
لِلَّهِ
رَبِّ
الْعَالَمِينَ
الرَّحْمَنِ
الرَّحِيمِ
مَلِكِ
يَوْمِ
الدِّينِ
يُقَطِّعُ
قِرَاءَتَهُ
آيَةً
آيَةً
))
]ابُوادَاود:
3487[
މާނައީ: "أُمُّ
سَلَمَةގެ
އަރިހުން
أَبِي
مُلَيْكَةَގެ
އަރިހުން
عَبْدِ
اللَّهގެ
އަރިހުން
ابْنُ
جُرَيْج
ރިވާކުރެއްވިއެވެ. ހަމަކަށަވަރުން
رَسُولُ
الله
صلى
الله
عليه
وسلمގެ
ކިޔަވާ ވިދާޅުވުން ހުންނަނީ ކިހިނެއްތޯ
أُمُّ
سَلَمَةއާއި
ސުވާލު ވެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނުންގެ ކިޔަވާ
ވިދާޅުވުން ހުންނަނީ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ،
الْحَمْدُ
لِلَّهِ
رَبِّ
الْعَالَمِينَ،
الرَّحْمَنِ
الرَّحِيمِ،
مَلِكِ
يَوْمِ
الدِّينِ،
يُقَطِّعُ
قِرَاءَتَهُ
آيَةً
آيَةً
މިފަދައިންނެވެ. އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުން ހުންނަނީ
ވަކިވަކިންނެވެ. އާޔަތަކުން އާޔަތަކުންނެވެ. (بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ވިދާޅުވެފާ ދޭތެރެ ދުރުކޮއްލައްވާ
الْحَمْدُ
لِلَّهِ
رَبِّ
الْعَالَمِينَ
ވިދާޅުވެއެވެ. ދެން ދުރުކޮއްލައްވާ
الرَّحْمَنِ
الرَّحِيمِ
ވިދާޅުވެއެވެ. ދެން
مَلِكِ
يَوْمِ
الدِّينِ
ވިދާޅުވެއެވެ."
މިއެވެ.
މިحَدِيث
އަކީވެސް އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ ސިފަ
ބަޔާންކުރައްވާފައިވާ
حَدِيث
އެކެވެ.
بِسْمِ
ބާރަށް ކިޔުމުގެ ބާބެއްނޫނެވެ. އަދި މިحَدِيثގެ
އިސްވެދިޔަ ސަނަދަކީ
صَحَّ
ނޫން ސަނަދެއްކަމަށް ބައެއް
عَالِمން
ވާހަކަ ދައްކާފައިވެއެވެ. މިحَدِيثގެ
ސަނަދު ސީދާކޮށް ސަނަދު
صَحَّ
ކޮށް
الدَّار
قُطْنِي
ރިވާ ކުރައްވާފައިވާއިރު ފުރަތަމަ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ވިދާޅުވެފައިނެތެވެ. ހަމައެފަދައިން
التِّرمِذِى
ރިވާކުރެއްވި އިރުވެސް
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ވިދާޅުވެފައިނެތެވެ. މިހުރިހާގޮތަކުން ބެލީމާވެސް ސާބިތުވަނީ މިحَدِيث
އަކީ އެކަލޭގެފާނުންގެ ކިޔަވާ ވިދާޅުވުމުގެ ސިފަ ބަޔާންކޮށްދޭ
حَدِيث
އެއްކަމެވެ. މިވާހަކަތައް ވަރަށް ތަފްސީލުކޮއް
نَيْلُ
الأوْطَار
ކިޔާފޮތުގައި ބަޔާން ކުރައްވާފައިވެއެވެ.
ދެންއޮތް އަނެއް
حَدِيث
އަކީ
أبُو
هُرَيْرَةގެ
حَدِيث
އެކެވެ. އެއީވެސް އަޑުހަރުކޮއް
بِسْمِ
ކިޔޭނެކަމަށް ވާހަކަދައްކާ މީހުންގެ
دَلِيل
އެކެވެ.
(6)
އެحَدِيثގެ
نَصُّ
ދިގުކަމުން ބައެއް ލިޔެލަމެވެ. ދެން ލިޔާނީ މާނައެވެ. އެއީ
نُعَيْمُ
الْمُجْمِر
ރިވާކުރައްވާފައިވާ
حَدِيث
އެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
((صَلَّيْتُ
وَرَاءَ
أَبِي
هُرَيْرَةَ
فَقَرَأَ
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ثُمَّ
قَرَأَ
بِأُمِّ
الْقُرْآنِ
حَتَّى
إِذَا
بَلَغَ
غَيْرِ
الْمَغْضُوبِ
عَلَيْهِمْ
وَلا
الضَّالِّينَ
فَقَالَ
آمِينَ
فَقَالَ
النَّاسُ
آمِينَ
وَيَقُولُ
كُلَّمَا
سَجَدَ
اللَّهُ
أَكْبَرُ.........الحديث))
]النسائى[.
حَدِيثގެ
މާނަ އެކަށް:
"نُعَيْمُ
الْمُجْمِر
ވިދާޅުވިއެވެ.
أبُو
هُرَيْرَة
رَضِيَ
الله
عَنْهގެ
ފަހަތްޕުޅުގައި އަހުރެން ނަމާދުކުރީމެވެ. ފަހެ އެކަލޭގެފާނު
بِسْمِ
اللَّهِ
الرَّحْمَنِ
الرَّحِيمِ
ކިޔަވާވިދާޅުވިއެވެ. ދެން
الْحَمْدُ،
وَلاَ
الضَّالِّينَ
އާއި ހަމައަށް ކިޔަވާވިދާޅުވެފައި
آمِين
ވިދާޅުވިއެވެ. އަދި ސަޖިދަކުރައްވާ ކޮންމެ ހިނދެއްގައްޔާއި
އިށީންދެވަޑައިގެންފާ ތެދުވެވަޑައިގަންނަވާ ކޮންމެ
ހިނދެއްގައި
اللَّهُ
أَكْبَرُ
ވިދާޅުވެއެވެ. ދެން ސަލާމްދެއްވާފައި ވިދާޅުވިއެވެ.
ތިމަންކަލޭގެފާނުންގެ ނަފްސުފުޅު އެކަލާނގެ އަތްޕުޅުގައިވާ ކަލާނގެ
ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ކަލޭމެނަށް މިނަމާދު
ކޮށްދިނީ ހަމަކަށަވަރުންވެސް
رَسُولُ
الله
صلى
الله
عليه
وسلم
ނަމާދުފުޅު ކުރެއްވި ގޮތަށެވެ."
މިއެވެ.
ދަންނައެވެ. މިحَدِيث
އަކީވެސް އެތަކެއް ވާހަކަވާ
حَدِيثއެއް
ކަމަށް
عِلمُ
ވެރިން
ބަޔާން ކުރައްވާފައި ވެއެވެ.
نَيْلُ
الأوْطَارُ
އެވެ، ކިއުނުފޮތުގައި
العَلاَّمَة
الشَّوْكَانِى
ވިދާޅުވެފައި ވަނީ "أبُو
هُرَيْرَة
رَضِيَ
الله
عَنْهގެ
حَدِيثން
ބަޔާންކޮށްދެއްވަނީ ނަމާދުގެ ބައެއްކަންތަކެވެ. ވީމާ
حَدِيث
އަކީ
تأوِيْل
ކުރެވޭ
حَدِيث
އެކެވެ.
صَحِيْحُ
مُسْلِمގެ
حَدِيث
އާއި
تَعَارُضُ
ވެސްވެއެވެ. އަދި
نُعَيْمُ
الْمُجْمِر
މިحَدِيث
އެހެން ރިވާޔަތަކުން ގެންނެވިއިރު
بِسْمِ
ގެންނަވާފައި ނުވާކަމަށްވެއެވެ."
ކޮންމެއަކަސް ނަމާދުގައި
الْحَمْدُ
ކިޔަވާއިރު
ِِبِسْمِ
ބާރަށް ކިޔެވިކަމަށް ވާރިދުވެފައިވާ ހުރިހާ ބަސްފުޅުތަކަކީ
صَرِيْح
ނޫން ބަސްފުޅުތަކެކެވެ. އެވާހަކަ
ابْنُ
تَيْمِيَّة
މިކަމާމެދު ވަރަށްދިގު
بَحْثُ
ކުރައްވާ ދިގު
تَحْقِيْق
ތަކައްފަހު ވިދާޅުވީ
ِبسْمِ
ބާރަށް ކިއުމަށް އައިސްފައިހުރި ހުރިހާ ބަސްފުޅުތަކަކީ
صَرِيْح
ނޫން ބަސްފުޅު ކަމަށެވެ.
شَيْخُ
الإسْلاَم
ابْنُ
تَيْمِيَّةގެ
އެދިގު
بَحْثُ
އަޅުގަނޑުގެ މިކުރު ވާހަކަކޮޅުގައި ހިމަނައި ނުގަނެވޭނެއެވެ.
އެހެންވެ އެކަލޭގެފާނުންގެ އެއް
عِبَارَة
އަޅުގަޑު ތިޔަބޭފުޅުންނަށް ދަންނަވާނަމެވެ.
އެއީ
(وَقَد
اتَّفَقَ أهْلُ الْمَعْرِفَةِ بِالْحَدِيْثِ عَلَى أنَّه لَيْسَ فِى
الجَهْرِبِهَا حَدِيْثٌ صَرِيْحٌ وَلَمْ يَرْوِ أهْل السُّنَنِ
المَشْهُوْْر كَأَبِى داود وَالتِّرمِذِى وَالنَّسَائِى شَيْئاً
مِنْ ذالِكَ)
މާނައީ :
عِلمُ
الْحَدِيْثގެ
مَعْرِفَة
ވެރިކަމުގެ އަހުލުވެރިން – އެބަހީ
حَدِيث
އާއި ބެހޭ
عِلمُ
ދެނެގަތުމުގެ އަހުލުވެރިން-
اتِّفَاق
ވެފައިވަނީ ނަމާދުގައި އަޑުހަރުކޮށް
ِِبسْمِ
ކިއުމާމެދު އެއްވެސް
حَدِيث
އެއް
صَرِيْح
ކޮށް ނެތްކަމުގެ މައްޗަށެވެ. އަދި
مشْهُوْر
ވެގެންވާ
سُنَنُގެ
ފޮތްތަކުގައި ރިވާކުރައްވާފައި ނުވާކަމަށެވެ. އެއީ
أبُوداود
ފަދަ
التِّرمِذِى
ފަދަ
َالنَّسَائِى
ފަދަ ފޮތްފޮތެވެ. އެއިން އެއްވެސް ފޮތެއްގައި
صَرِيْح
އެއްވެސް ބަސްފުޅެއް ނެތެވެ. މިއެވެ. (މީގެ ތެރެއިން
النَّمْل
سُوْرَةُގެ
ތިރީސްވަނަ އާޔަތް އިސްތިސްނާވާނެއެވެ. އެސޫރަތުގެ އެހެން އާޔަތްތައް
ނަމާދުގައި ބާރަށް ކިޔަވަންޏާ އެއާޔަތްވެސް ބާރަށް
ކިޔަވަންވާނެއެވެ.)
ކޮންމެއަކަސް
بِسْمِ
އަޑުހަރުކޮށް ކިއުން ކަނޑައެޅިގެން އޮތް ހުރިހާ ބަސްފުޅުތަކަށް
ރައްދު ކުރައްވާފައި،
شَيْخُ
الإسْلاَم ابْنُ تَيْمِيَّة
ވިދާޅުވަނީ
صَحَّ
ގޮތުގައި އަޑުހަރުކޮށް
بِسْمِ
ވިދާޅުވިކަމުގައި އިތުރު އެކަލޭގެފާނުންގެ ފަރާތްޕުޅުން ސާބިތު
ނުވާކަމަށެވެ. ދެން މިވާހަކަތަކުގެ
تَفْصِيْلُ
އެދޭ މީހަކުވިއްޔާ
شَيْخُ الإسْلاَم ابْنُ تَيْمِيَّةގެ
مَجْمُوْع فَتَاوَىގެ
22 (ބާވީސް)
ވަނަ
جِلْد
ބައްލަވާށެވެ. އަދި ހަމައެޔާއި އެކު
العَلاَّمَة
مُحَمّد
عَلي
الشَّوْكَانِى
ހައްދަވާފައިވާ
نَيْلُ
الأوْطَارގެ
بِسْمِ
ކިއުމުގެ
بَحْثُ
ކިއުއްވާށެވެ.
ދެންފަހެ
صَحِيْحُ
مُسْلِم
ގައި
އެވާ
أَنَسގެފާނުންގެ
حَدِيث
އަކީ މިمَوْضُوْع
ގައިވާ
صَحَّ
حَدِيث
އެވެ. އެކަލޭގެފާނު ފަށްފަށުން އެކިރިވާޔަތުން އެحَدِيث
ރިވާކުރައްވާ އެވިދާޅުވަނީ
رَسُوْل
اللهِ
صلى
الله
عليه
وسلم
ވެސް އަދި
خُلَفَاء
الرَّاشِدُންވެސް
އަޑުހަރުކޮށް
بِسْمِ
ބާރަށް ވިދާޅުވާ އަޑު އެކަލޭގެފާނު ނާއްސަވާ ކަމުގައެވެ.
أَنَسގެފާނަކީ
ކާކުކަން އަޅުގަނޑުމެން ދަންނަންވާނެއެވެ. އެއީ
رَسُوْل
اللهِ
صلى
الله
عليه
وسلمގެ
އަރިހުގައި
خَادِمއެއްގެ
ގޮތުގައި ދިގު މުއްދަތަކު ހުންނެވި އަދި އަރިހުގައި އަބަދު
ކަހަލައިން އުޅުއްވި މާތްބޭކަލެކެވެ. ދެން
رَسُوْل
اللهِ
صلى
الله
عليه
وسلم
އަވަހާރަވުމުން
خُلَفَاء
الرَّاشِدُންގެ
ޒަމާނުގައިވެސް ހުންނެވި އުމުރުފުޅު ދިގު ބޭކަލެކެވެ. މިކަލޭގެފާނު
ނުހަނު ސާފުކޮށް ގަޑުބަޑެއްނެތި އެވިދާޅުވަނީ މާތްވެގެންވާ
رَسُوْلއާ
އާއި
خُلَفَاء
الرَّاشِدُންގެ
ނަމާދުގައި
الْحَمْدُ
ވިދާޅުވާއިރު އަޑުހަރުކޮށް
بِسْمِ
ވިދާޅުވާއަޑު ނުއިވޭކަމަށެވެ. ދެންފަހެ
ابُوادَاودގެ
4583 ވަނަ
حَدِيث
ކަމުގައިވާ
العِرْبَاضُ
بُن
سَارِيَة
ގެ
حَدِيث
ގައިވާ:
((فَعَلَيْكُمْ
بِسُنَّتِي
وَسُنَّةِ
الْخُلَفَاءِ
الْمَهْدِيِّينَ
الرَّاشِدِينَ
تَمَسَّكُوا
بِهَا
وَعَضُّوا
عَلَيْهَا
بِالنَّوَاجِذِ
وَإِيَّاكُمْ
وَمُحْدَثَاتِ
الْأُمُورِ
فَإِنَّ
كُلَّ
مُحْدَثَةٍ
بِدْعَةٌ
وَكُلَّ
بِدْعَةٍ
ضَلَالَةٌ))
މިބަސްފުޅަٍށް
އަޅުގަނޑުމެން ސަމާލުވުންހުއްޓެވެ. މިعِبَارةގެ
މާނައީ: "ކަލޭމެންނަށް ވާޖިބުވެގެންވަނީ
ތިމަންކަލޭގެފާނުންގެ
سُنَّة
ގައި ވާގޮތަށް ހެދުމެވެ. އަދި
خُلَفَاء
الرَّاشِدُންގެ
ގޮތުގައި ހިފުމެވެ. (އެއައްވުރެ ދުރަށް ނުދިއުމެވެ.) އަދި އޭގައި
ކޮލު ދަތްތަކުން ދަތްއަޅައި ދޫނުވާ ވަރަށް ހިފަހައްޓާށެވެ. (އެބަހީ
އެހެން ގޮތްގޮތް ނުހަދާ މިދެއްކެވި ވަރަށް ހިފަހައްޓާށެވެ.) އަދި
ހަނދާންކޮށް ދީނުގައި އަލަށް އުފެދޭ ކަންކަމާމެދު ބިރުވެތިވެ
ހުޝިޔާރު ވާށެވެ. ހަކަށަވަރުން އަލަށް އުފެދޭ ކޮންމެ ކަމަކީ
بِدْعَة
އެކެވެ. އަދި ކޮންމެ
بِدْعَة
އަކީ މަގުފުރެދުމެކެވެ.
މިއެވެ.
މިހެން މިކަންހުރިއިރު މިމައްސަލާގައި އަޅުގަޑުމެންނަށް މިވަނީ
ނުހަނު
صَحَّ
ކޮށް
رَسُوْل
اللهِ
صلى
الله
عليه
وسلمގެ
ސުންނަތާއި
خُلَفَاء
الرَّاشِدُންގެ
ސުންނަތް ފެނިފައެވެ. އެހެންވެ އަޅުގަޑުމެންގެ މައްޗަށް ވާޖިބުވާނީ
އޭގައި ހިފުމެވެ. ނަމާދުގައި
الْحَمْدُ
އަޑުހަރުކޮށް ކިޔަސް
بِسْمِ
އަޑުހަރުކޮށް ނުކިއުމެވެ. އަދި
بِسْمِ
އަޑުހަރުކޮށް ކިއުން
بِدْعَة
އަކަށް ވެދާނެކަމަށެވެ. އެހެންވެ މިލިއުމުގައިވާ ތިންވަނަ
حَدِيث
ކަމުގައިވާ
عَبْدِ
اللَّهِ
بْنِ
مُغَفَّلٍގެ
حَدِيث
ގައި އެކަމަށް އިޝާރާތް ވެގެން އެވަނީއެވެ. އެކަލޭގެފާނު
އެކަލޭގެފާނުންގެ ދަރިކަލުން
بِسْمِ
އަޑުހަރުކޮށް ވިދާޅުވީމާ އެވަނީ އެކަމާ ކޯފާވެގެން
(يَابُنَيَّ
إيَّاكَ
وَالْحَدَث)
މިعِبَارَة
ދަރިފުޅަށް
ވިސްނައި ދެއްވާފައެވެ. އެބަހީ
އޭދަރިފުޅާއެވެ. ދީނުގައި އަލަށް ކަންތައް އުފެއްދުމާއިމެދު
ބިރުވެތިވާށެވެ. މިއެވެ. މިބަސްފުޅުން މުރާދުވަނީ
الْحَمْد
ކިޔާއިރު
بِسْمِ
އަޑުހަރުކޮށް ކިއުންއެއީ
بِدْعَة
އެކޭ ވިދާޅުވުންނޫން ދެން އެހެންކޮންކަމެއް ހެއްޔެވެ.؟ ދެން
އޭގެފަހުގައި އެކަލޭގެފާނުވެސް އެވަނީ
أنَسގެފާނުންގެ
حَدِيث
އާއި ހަމައެއްގޮތަށް ވިދާޅުވެފައެވެ.
رَسُوْل
اللهِ
صلى
الله
عليه
وسلم
ވެސް
خُلَفَالرَّاشِدُންވެސް
އަޑުހަރުކޮށް
بِسْمِ
ވިދާޅުވާ އަޑު ނާއްސަވާ ކަމަށެވެ. ދެން މިހާސާފުކޮށް އެގެންއޮތް
ކަމެއްގައި އޮޅުވާލުމެއް އޮޅުވާލައި އިސްވެދިޔަ
صَرِيْحُ
مَعْلُومَات
އާއި އިދިކޮޅަށް އެންމެހާ އިމާމުންނަށް އަމުރު ކުރެއްވުމަކީ
ހިތާމަހުރިކަމެކެވެ. އިމާމުންނަށް އަމުރު ކުރެއްވުމަކީ އެންމެނަށް
އަމުރު ކުރެއްވުމެކެވެ. ހަމަސީދާ
صَرِيْح
ކޮށް ސުންނަތުން ސާބިތުވާ ރަގަނގަޅު ގޮތް ދޫކޮށް ރަގަނގަޅަށް
ސާބިތުނުވާ ނުވަތަ އެއަށްވުރެ ފަނޑުކޮށް ދެރަކޮށް ފެންނަން އޮތް
ކަމެއްކުރުމަށް އަމުރު ކުރެއްވުން ނޫންތޯއެވެ. ސުންނަތާއި ދުރަށް
މީސްތަކުންނަށް އަމުރުކުރެއްވުމެކެވެ. ހިތާމަހުރިކަމެކެވެ.
އަދި މިބާވަތުގެ އަމުރު
حَاكِم
ކުރެއްވީމާ
حَاكِمގެ
އަމުރޭ
مَصْلَحَةއޭ
ކިއުމަކީ އާދަމުގެފާނޭ ފަޅޮލޭ ކިއުން ކަހަލަ ކަމެކެވެ. (އެއީ
ކަމެއްގެ
مَعْلُومَات
ނެތި އެކަމެއްގެ ޚަބަރު ދިނުމެވެ.) އަދި އެފަދަ ނުކިއްސަރު
އަމުރުތަކަށް ތާއީދުކޮށް އެގޮތް ގަދަކުރުމަށް މަސައްކަތްކުރާ
މީހުންނަކީ
عِلمވެރިންނޭ
ކިޔަސް އެއީ ދީނުގެ
مَعَالِمُ
އުވާލަން މަސައްކަތް ކުރާމީހުންނެވެ. މިހެނީ އަޅުކަމަކީ މިނިވަން
އެއްޗެކެވެ. އަޅުކަމުގެ އެއްވެސްކަމެއް
حَاكِم
އަށް ފެންނަގޮތަކަށް ހެދުން ހުއްދަވާނެ ބަސްފުޅެއް ނުފެނެއެވެ.
އޭނާއަށް
إخْتِيَار
ހުރިކަންކަމުގައި އަމުރުކުރެއްވީމާ އޭނާއަށް ކިޔަމަންވުން ވާޖިބު
ވާނެއެވެ.
حَاكِم
އަށް
إخْتِيَار
ހުރި ކަންތައްކަމުގައި
عِلَمވެރިން
ވިދާޅުވަނީ
مَدَنِى
مَصْلَحَة
ތަކާއި ސިޔާސީ ކަންކަމާއި ހަނގުރާމައިގެ ކަންކަންފަދަ ކަންކަމެވެ.
މިކަންކަން އޭނާއަށް ފެންނަ ގޮތަކަށް އިސްފަސް ކުރެވިދާނެއެވެ.
ޒާތްޒާތުގެ ބަދަލުވެސް ގެނެވިދާނެއެވެ.
دينގެ
މުޅި
أصْلُ
އާއި ތަފާތު ނުވާ ގޮތުންނެވެ. މިބާވަތުގެ ކަންކަމަކީ ޒަމާނާއި މަކާން
ތަފާތު ވުމުން ތަފާތު ކުރެވިދާނެ ކަންކަމެވެ. ނަމަވެސް އަޅުކަމާއި
عَقِيْدةގެ
ކަންކަމަށް ގޮތްގޮތް ހެދުމުގެ
إخْتِيَارو
حَاكِم
އަށް އޮވެއެކޭ އެއްވެސް
عَالِمއަކު
ވިދާޅުވެފައެއް ނެތެވެ. މިހެނީ
عَقِيْدةގެ
ކަންކަމާއި
عِبَادَةُގެ
ކަންކަން، އެބަހީ އަޅުކަމުގެ ކަންކަން އައިސްފައި ވަނީ
تَفْصِيْل
ކޮށް ނުހަނު
وَاضِح
ކޮންނެވެ. އެއްވެސް މީހަކަށް އެއިން ކަމެއް އުނިއިތުރުމުގެ
إخْتِيَار
އަކާއި ނުލައެވެ.
حَاكِم
ކިއެއްކުރަންތޯއެވެ. ޚުދު
رَسُولއާ
އަށްވެސް ﷲ ދެއްވި
إخْتِيَارއަކުން
މެނުވީ އެބާވަތުގެ ކަންކަމުގައި ގޮތްގޮތް ނުހެދޭނެއެވެ. (سَيِّد
سَابِقُގެ
فِقْهُ
السُّنَّة
އިންވެސް ބައްލަވާށެވެ.)
عَقِيْدة
އާއި
عِبَادَةُގެ
ކަންކަމުގައި
حَاكِم
އަމުރު ކުރެއްވީމާ ކުރުން ވާޖިބުވާނީ
رَسُولއާގެ
ފަރާތުން ފެންނަގޮތާއި
خِلافُ
ނުވާ ކަންކަމުގައެވެ. އަދި
رَسُولއާގެ
هِدَايَة
ރަގަނޅަށް ފެންނާން އޮއްވާ އެޔާއި
خِلافُ
ވާގޮތަށް
حَاكِم
އަމުރު ކުރެއްވިޔަސް އެއަމުރަށް ކިޔަމަންވާން ޖެހޭނެކަން އަންގައިދޭ
އާޔަތެއް ނުވަތަ
حَدِيثއެއް
އޮންނާނެއެކޭ ހީއެއްނުވެއެވެ. އޮތްނަމަ ފޮތެއް އަދި
رَسُولއެއްގެ
ބޭނުމެއް ނެތެވެ. ދެން އޭރުން އެމެރިކާގެ ކޮންޑަލީޒާ ރައީސަށް
ފެންނަގޮތާއި އެއްގޮތަށް
إسْلام
ދީނުގެ ކަންތައްތައް ބަދަލުވެގެން ހިނގައިދާނެއެވެ.
حَاكِمގެ
އަމުރަށް ކިޔަމަންވުމުގެ
قَواعِد،
أَبُوبَكْرُ
الصٍّدٍّيْقގެ
خُطُبَةގެ
ބަސްފުޅުން ދަސްކުރައްވާށެވެ.
(أطِيْعُوْنِيْ
مَا
أََطَعُثُ
الله
وَرَسُولَهُ
إِنْ
عَصَيْثُ
الله
وَرَسُولَهُ
فلاَ
طَاعَةَ
لِيْ
عَلَيْكُمْ)
މިބަސްފުޅަކީ އެކަލޭގެފާނު
خَلِيْفَة
ކަމަށް އިސްވެވަޑައިގެންފާ
أُمَّة
އަށް
مُخَاطَبُ
ކުރެއްވި ފުރަތަމަ
خُطُبَةގެ
عِبَارَة
އެވެ.
މި
عِبَارَةކޮޅުގެ
މާނައީ: "އަހުރެން
الله
އަށާއި އެކަލާންގެ
رَسُولއާ
އަށް ކިޔަމަންވެގެންވާ ކަންކަމުގައި (އަދި ކިޔަމަންވެގެންވަންޏާ)
ކަލޭމެން އަހުރެންނަށް ކިޔަމަންވާށެވެ. އަދި އަހުރެން
الله
އަށާއި އެކަލާންގެ
رَسُولއާ
އަށް އުރެދިއްޖެއްޔާ ދެން އަހުރެންނަށް ކިޔަމަންވުމެއް ކަލޭމެންގެ
މައްޗަކަށްނެތެވެ." މިއެވެ.
ވީމާ
حَاكِم
ކޮންމެފަދަ އަމުރެއް ކުރެއްވިޔަސް އެއަށް ކިޔަމަންވާން
މަޖުބޫރުވާނެކަމަށް ވާހަކަ ދައްކާ ގަދަކުރަމުންދާ މީހުންނަކީ
عِلْمވެރިކަމަށް
ނިސްބަތްވިޔަސް ޖާހިލު މީހުންނެވެ. އަދި މަސްލަހަތު ގެއްލޭނޭ ކިޔައި
حَقُّ
ބަސް ފާޅުނުކުރުމީ
دِيْن
އާއި
قَوْم
ފާސިދުކުރުމެވެ. އެއަކު މަސްލަހަތެއް ނޯންނާނެއެވެ. އެއީ ޝައިތާނާގެ
އޮޅުވާލުމެވެ.
ދެންއަދި މިކަމަކީ އެބަހީ
الْحَمْد
ކިޔާއިރު
بِسْمِ
ސިއްރުން ކިޔެވުމަކީ
عِلْمވެރިންގެ
أغْلَبِيَّة
ކީއްކުރަންތޯއެވެ. އެއަށްވުރެ މާމައްޗަށް ސާބިތުވާ ކަމެކެވެ. އަދި
الْحَمْد
ކިޔާއިރު ބާރަށް
بِسْمِ
ކިއުން ސާބިތުނުވާކަމަށް ދީނުގެ ބޮޑެތި
عِلْمވެރިން
އެވިދާޅުވަނީ ނޫންތޯއެވެ. ދެން އަދި
أصْحَابُ
ބޭކަލުންގެ
ފަރާތްޕުޅުން ނުވަތަ
تَابِعِيންގެ
ފަރާތްޕުޅުން ނުވަތަ
إمَام
ވެރި ބޭކަލުންގެ ފަރާތްޕުޅުން އެބޭކަލުން
بِسْمِ
އަޑުހަރުކޮށް ވިދާޅުވިކަން ސާބިތުވަންޏާވެސް އެއީ އެބޭކަލުންގެ
إجْتِهَاد
އާއި އެބޭކަލުންނަށް ފެނިވަޑައިގަންނަވާ ގޮތެވެ. އެބޭކަލުންގެ ބަސް
އަޅުގަޑުމެން އިސްކުރަންޖެހޭނީ
رَسُولއާ
އާއި ދެންخُلَفَاء
الرَّاشِدُންގެ
ބަސްފުޅެއް ނުވަތަ
عَمَلُ
ފުޅެއް ފެންނަން ނެތިއްޔާއެވެ.
رَسُول
ކަމުގެ
مَقَام
އާއި ދަރަޖަ އޮޅުވައި ނުލައްވާށެވެ. އެمَقَام
އާއި ހަމަހަމަވާނެ އެހެން
مَقَامއެއް
ނުވެއެވެ. އަދި ޒަމާނުއްސުރެ ތަނަކު ބަޔަކު ކަމެއްކުރުމަކީ އެކަމެއް
صَحَّ
ކަމުގެ ދަލީލެއް ނޫނެވެ.
ދެން އަދި ވިސްނަންޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. މާތްވެގެންވާ
رَسُوْل
اللهِ
صلى
الله
عليه
وسلم،
حَدِيث
ކުރައްވާފައިވާ
حَدِيث
އެއްގެ މާނައިގާ ވެއެވެ. "ހަރުފަ އޭގެ
ހޮރަށް ދެމޭގޮތަށް އިސްލާމް ދީން
المَدِيْنَةގެ
ތެރެއަށް ދެމޭނެއެވެ."
އެحَدِيث،
مسجد النبوي
ގައި ރަންކުލައިގެ އަކުރަކުން ލިޔެވިފައި ވަނިކޮށް އަހުރެންވެސް
ކީމެވެ. ވީމާ މިދުވަސްވަރު
مَدِيْنَة
ގައި ނުކުރާ، މިބާވަތުގެ ކަމެއްކުރާއިރު ކޮންމެވެސް ވަރަކަށް
ވިސްނަންވާނެއެވެ.
حَدِيثގައި
އެވަނީ ޔޫރަޕް ވާހަކައެއް އަދި އެފްރިކާ ވާހަކައެއް ނުވަތަ އެމެރިކާ
ވާހަކައެއް ނޫނެވެ.
مَدِيْنَةގެ
ވާހަކައެވެ. އެހެންވެ މަދީނާގެ
حَرَم
ގައި އަޑުހަރުކޮށް
بِسْمِ
ކިޔާނަމަ ރަނގަޅެވެ. އޭރުން އަޑުހަރުކޮށް
بِسْمِ
ކިޔާނަމަ އެއީވެސް
حَدِيث
އެއްގެ އަލީގައި ކުރާކަމެކޭ ބުނެވިދާނެވެވެ.
ދެންފަހެ މިކަމާބެހޭ ގިނަވާހަކަ ހުރުމާއި އެކުވެސް ދެންއިހަށް
ކުރުކުރީއެވެ. އެއްމެހައި
أخُ
ންނާއި
أخْتُ
ނަށް މާތްވެގެންވާ
رَسُوْل
اللهِ
صلى
الله
عليه
وسلم
ގެންނެވި ތެދުމަގުގައި ތިއްބެވުމަށް
وَصِيَّة
ކުރަމެވެ.
اللهُمَّ
اجْعَلْنَا
مِمَّنْ
يَسْتَمِعُوْنَ
القَوْلَ
فَيَتَّبِعُوْ
أحْسَنَه.
.....
آمِيْن |