"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އަފްރާޝީމް ޝިރުކަށް ގޮވާލަނީ – ޝިރުކުގެ ޢަމަލުކޮށް އެއަށް ގޮވާލާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙައެއް ނުވާނެއެވެ.

(ޑރ.އަފްރާޝީމްގެ އޯޑިއޯ ފަތުވާ ޞަފްޙާގެ އެންމެ ތިރީގައި)

    އިސްލާމްދީނުގެ މަތިވެރި ހިދާޔަތާއިގެން ކީރިތި ނަބިއްޔާ صلى الله عليه وسلم ވަޑައިގެންނެވީ މީސްތަކުން ޝިރުކުގެ ކަނު އަނދިރިކަމެއްގެ ތެރޭގައި ވަނިކޮށެވެ. މިގޮތުން ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ބުދަށް އަޅުކަން ކުރުމާއި އެއިލާހު ފިޔަވައި އެހެން ފަރާތްތަކުން އެހީއާއި މަދަދަށް އެދި ދުޢާ ކުރުންވަނީ އޭރު ޢާއްމުވެ މުޅި މުޖްތަމަޢުގައި ފެތުރިފައެވެ. ކީރިތި ނަބިއްޔާގެ ގޮވާލުމެއްކަމުގައިވީ ﷲ ތަޢާލާ ފިޔަވައި އަޅުކަން ކުރެވޭ ބުދުތަކާއި، އެހީއާއި މަދަދަށް އެދޭ ހުރިހައި ތަކެއްޗަކާއި ޤަބުރަށް އަޅުކަން ކުރުމުން ދުރުހެލިވުމަށެވެ.

    އާދެ ކޮންމެއަކަސް މިއޯޑިއޯ ކްލިޕްގައި ޑރ.އަފްރާޝީމް ދައްކާފައިވާ މިވާ ވާހަކަތަކާއި، މައްކާގެ މުޝްރިކުން ދައްކާފައިވާ ވާހަކަތަކާއި އެއްވެސް ތަފާތެއް ނެތެވެ. މިވާހަކަ މިވާހަކަ ބަޔާން ކުރައްވާ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވަނީ:

"مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى" (الزمر: 3)

"(އެމީހުން ބުނެތެވެ)، އަހަރުމެން ﷲ އާއި ގާތްވުމުގެ ގޮތުންމެނުވީ އެތަކެއްޗަށް އަޅުކަން ކުރާކަމުގައި ނުވަމެވެ."

     ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ދިރި ހުރި ޞާލިޙް އަޅެއް ލައްވައި ކަމަކަށް އެދި ދުޢާ ކުރުމާއި އޭނާ މަރުވުމަށްފަހު އޭނާގެ މަތިވެރިކަމުން މިވެނި އެވެނި ކަމެއް ކޮށްދެއްވުމަށް އެދި، އެހެން މީހުން ދުޢާ ކުރުމަކީ މުޅީން ތަފާތު ދެކަމެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ:

"وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ" (غافر:60)

"އަދި ތިޔަބައިމީހުންގެ ރައްބު ވަހީ ކުރައްވަތެވެ. ތިޔަބައިމީހުން ތިމަން الله އަށް ދުޢާ ކުރާހުށިކަމެވެ. އޭރުން ތިމަން ﷲ ތިޔަބައިމީހުންގެ ދުޢާތައް އިޖާބަ ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަން އިލާހަށް ދުޢާ ކުރުމަށް ކިބުރުވެރިވެގަންނަ މީހާ (ލަސްތަކެއްނުވެ)، ނިކަމެތި ވެގެންވާ ޙާލުގައި ޖަހަންނަމައަށް (ނަރަކައަށް) ވަންނަހުއްޓެވެ." (ސޫރަތުލް ޣާފިރް: 60)

    ދެން އަނެއްކާ އެހެންނޫނަސް، އިސްލާމްދީނުގައި އަޅުކަމުގެ އަޞްލަކީ ޞައްޙަ ދަލީލެއް ނުވާ ކޮންމެ އަޅު ކަމަކީ ބާޠިލް އެއްޗެކެވެ. ﷲއާއި އެއިލާހުގެ ނަބިއްޔާގެ ކިބައިން ޘާބިތު ނުވާ އެއްވެސް އަޅުކަމެއް އަލަށް ގެނެސްގެންފިނަމަ ނުވަތަ އީޖާދުކޮށްފިނަމަ އެކަމެއް ވަނީ އަނބުރާ ރައްދު ކުރެވިގެންނެވެ. އެބަހީ އެއީ މުޅީން ބާޠިލް އަޅުކަމެކެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"مَنْ عَمِلَ عَمَلا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ" (رواه البخاري ومسلم)

"ތިމަންކަލޭގެފާނުން އަންގަވާފައިވާ ގޮތާއި ޚިލާފަށް ކަމެއް ކުރާ މީހާ ދަންނައެވެ. ފަހެ އެކަމެއް ވަނީ ރައްދު ކުރެވިގެންނެވެ. (އެބަހީ އެކަމެއް ޤަބޫލު ކުރެވިގެން ނުވެއެވެ.)"

    އާދެ ޝިރުކުގެ ޢަމަލަކަށް ގޮވާލާ އަދި އެފަދަ ކަމެއް ކުރާ މީހެއްގެ ހުރިހާ ހެޔޮކަމެއް ﷲ ތަޢާލާ ބާޠިލް ކުރައްވައެވެ. އަދި އެމީހަކަށް ސުވަރުގެ ޙަރާމް ކުރައްވައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ:

" إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ" (المائدة: 72)

"އަދި ހަމަކަށަވަރުން ﷲ އަށް ޝިރުކުކޮށްފި މީހަކަށް، އެއިލާހު ސުވަރުގެ ޙަރާމް ކުރައްވައެވެ."

އެހެންކަމުން ޝިރުކު ކުރާ ނުވަތަ ޝިރުކަށް ގޮވާލާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެއެވެ. މިކަމަކީ އުއްމަތުގެ ކުރީގެ ދަންނަބޭކަލުންނާއި އަދި މިހާރުގެ ދަންނަ ބޭކަލުންވެސް އިޖްމާޢުވެފައިވާ މައްސަލައެކެވެ. ވީމާ ތިޔަ އެންމެހައި އަޚުންނާއި އުޚްތުންގެ ނަމާދަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލު ކުރެވިގެންވާ އަޅުކަމެއްކަމުގައި ވާން އެދޭނަމަ އެފަދަ މީހެއްގެ ފަހަތުގައި ނަމާދު ކުރުމުން ދުރުހެލިވެ ގަންނާށެވެ. އެހެންނޫންނަމަ އެއަޅުކަންތައްވާނީ ތިރީގައި މިއަންނަނިވި އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިން ވަޔަށް ބުރުއްސާލެވިގެންވާ ކުނޑިތަކެއް ފަދައިން އެއްވެސް ފައިދާއެއް ނުކުރަނިވި އަޅުކަމަކަށެވެ.

"وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُوراً" (الفرقان:23)

 

ދެން އޯޑިއޯ އަޑުއައްސަވާލައްވާ...

 

 

 

ނޯޓް: މިއީ ޔޫޓިއުބް އިން ނަގާފައިވާ ވީޑިއޯއެކެވެ.

blog stats
dheenee-dheenee-news@hotmail.com
 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)