|
އިސްލާމްކަމަކީ ކޮބައިކަން ފަހެ އެނގޭ ހެއްޔެވެ؟
ލިޔުނީ:
آدم نشان المالديفي

إن
الحمد
لله
نحمده
ونستعينه
ونستغفره
ونعوذ
بالله
من
شرور
أنفسنا
ومن
سيئات
أعمالنا,
من
يهده
الله
فلا
مضل
له
ومن
يضلل
فلا
هادي
له.
وأشهد
أن
لا
إله
إلاّ
الله
و
أن
محمد
الرسول
الله,
وصلّ
الله
وسلّم
على
نبيِّنا
محمّد
وعلى
آله
وصحبه
وسلّم.
أما بعد:
قال الله تعالى:
"يَا
أَيُهَا
الذِّيْنَ
آمَنَُوا
اُدْخُلُواْ
فِي
السِّلْمِ
كَافَّةً
وَلاَ
تَتَّبِعُواْ
خُطُوَاتِ
الشَّيْطَانَ
إِنَّهُ
لَكُمْ
عَدُوٌّ
مُبِيْنَ"
(سورة
البقرة:
208)
"އޭ
އީމާންވެއްޖެ
މީސްތަކުންނޭވެ،
ތިޔަބައިމީހުން
އިސްލާމްދީނަށް ފުރިހަމައަށް ވަންނާށެވެ.
އަދި ޝައިޠާނާގެ
ފިޔަވަޅުތަކަށް ތަބަޢު ނުވާހުށިކަމެވެ. ހަމަކަށަވަރުން
އެޝައިޠާނާއަކީ ތިޔަބައިމީހުންގެ
މައްޗަށް ކަނޑައެޅި
ބަޔާންވެގެންވާ
ޢަދުއްވެކެވެ." (ސޫރަތުލް
ބަޤަރާ: 208)
الله
سبحانه
وتعالى
މިކައުނުގައިވާ ހުރިހާ އެއްޗެއް ހައްދަވައި މިދުނިޔޭގައި
އަޅުގަނޑުމެން އިންސާނުން
ލައްވާފައިމިވަނީ ފަހެ ކީއްވެތޯއެވެ؟ މިއީ އަޅުގަނޑުމެން މިހާރު
ވަރަށް ފުންކޮށް
ވިސްނަން ވެއްޖެ ކަމެކެވެ. މީގެ ޖަވާބު
الله
سبحانه
وتعالى
ކީރިތި
قرآن
ގައި ވަރަށް ޞަރީހަކޮށް ބަޔާން
ކުރައްވާ އަންގަވާފައި އެބަވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް
މިވަނީ
الله
سبحانه
وتعالىގެ
މިބަސްފުޅާއި މެދު ޣާފިލް ވެވިފައެވެ. އޭގައި އެބުނާާ އެއްޗަކާއި
މެދު ވިސްނަންވެސް
ބޭނުން ނުވެފައިމެ ކަހަލައެވެ.
الله
سبحانه
وتعالى
ވަޙީ
ކުރައްވަނީ:
"وَماَ
خَلَقْتُ
الجِنَّ
وَالإِنْسَ
إِلاَّ
لِيَعْبُدُونِ"
(سورة
الذاريات:
56)
"އަދި
ތިމަން
الله،
ޖިންނީންނާއި
އިންސީން (އެބަހީ
އިންސާނުން)
ތިމަން
الله
އަށް އަޅުކަން
ކުރުމަށް މެނުވީ ނުއުފައްދަމެވެ." (ސޫރަތުއް
ޛާރިޔާތު: 56)
ދިވެހިރާއްޖެއަކީ ސަތޭކަ ޕަސެންޓް
مسلم
ޤައުމެކޭ ބުނުމަކީ ވަރަށްވެސް
ހިތްދަތި ކަމެކެވެ. ސަތޭކަ ޕަސެންޓް މުސްލިމުން އުޅޭ
مسلم
ޤައުމަކުން ފެނިގެން ނުވާނޭ
އެތައް
عمل
ތަކެއް އަޅުގަނޑުމެންގެ
މިކުޑަކުޑަ މުޖްތަމަޢުގެ ތެރެއިންވެސް
މިދަނީ ފެނި
ޢާއްމުވަމުންނެވެ.
ﷲ އާއި އެއިލާހުގެ ކީރިތި ނަބިއްޔާ
محمّد صلى الله عليه وسلّمގެ
ޙުކުމްފުޅުތަކަށް އިންކާރުމުގައި ހައްދުފަހަނާޅާ ގޮސްފައިވާ، އެތައް
ދަރީންނެއް މިއަދު މިފަސްގަނޑުގައި މިވަނީ އުފެދިފައެވެ. ދީނުގެ
ކަންކަމަކީ އެމީހުންގެ ގާތުގައި ޒަމާނާ ނުގުޅޭ "ކަޓު، ބޯދާ"
ކަންކަންކަމުގައި މިވަނީ ހަދާފައެވެ.
މީގެ ތެރެއިން އެއް ބަޔަކު އިސްލާމްދީން ދޫކޮށް މުރުތައްދުވެފައިވާ
އިރު، އަނެއް ބަޔަކު އިސްލާމްދީނުގެ ޙުކުމްތަކާއި އިންކާރުކޮށް
ފުރައްސާރަ ކުރާ ޙާލުވެސް ދަޢުވާ ކުރަމުން އެދަނީ ތިމަންމެންނަކީވެސް
"އިސްލާމުން، މުސްލިމުން" ކަމުގައެވެ. ފަހެ ޢަޖާއިބުވެ އަންތަރީސް
ނުވާނޭހެއްޔެވެ. ޢަޤީދާ އޮޔާ ދުއްވާލާ، ތިމާ ހިތުހުރި ގޮތަކަށް އުޅެ،
ހިތުހުރި ކަމެއް ކުރަމުން ދާއިރު މުސްލިމެއް ކަމުގައިވާނީ ފަހެ ކޮން
ބީދައަކުން ހެއްޔެވެ؟ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"فَلا
وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ
بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا
قَضَيْتَ وَيُسَلِّمُوا تَسْلِيماً"
(النساء:65)
މާނައީ:
"ފަހެ
އެހެންނަކުން ނޫނެވެ!
ކަލޭގެފާނުގެ
ވެރިރަސްކަލާނގެ ގަންދެއްވައި
ވަޙީކުރައްވަމެވެ.
އެއުރެންގެ މެދުގައި އުފެދިފައިވާ ދެބަސްވުމުގައި،
ކަލޭގެފާނު
ޙުކުމްވެރި
ކޮށްފުމަށް ދާންދެން،
އެއުރެންގެ
ތެރެއިން އެކަކުވެސް
އީމާންވީކަމުގައި
ނުވާނެއެވެ.
ދެން
ކަލޭގެފާނު ނިޔާކުރެއްވި ގޮތާއިމެދު
އެއުރެންގެ ހިތްތަކުގައި،
އެއްވެސް ކަހަލަ
ނުރުހުންތެރިކަމެއް
އޮވެގެން ނުވާނެއެވެ.
އަދި އެބައިމީހުން
(އެ
ނިޔާއަށް)
ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާން
ވާނެއެވެ."
ކޮންމެއަކަސް
އަޅުގަނޑުމެންގެ ރާއްޖޭގައި،
الله سبحانه وتعالىގެ
މަތިވެރި ކަލާމްފުޅާއި މިއުއްމަތުގެ މާތް ނަބިއްޔާ
محمّد صلى الله عليه وسلّمގެ
ސުންނަތާއި
ޚިލާފް އެތައް ކަމެއް ދަނީ ކުރެވެމުންނެވެ. އަދި
قرآن
އާއި ސުންނަތް ނެތިކޮށް ފަނާކޮށްލުމަށްޓަކައި އިސްލާމްދީނުގެ
ނަމުގައާއި
އަދި އެނޫންވެސް ގޮތްގޮތަށް، މިތަނުގައި
އިސްލާމްދީން ފޮހެލައި އެހެން ދީނެއް
ފެތުރުމަށްޓަކައި އެތައް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި
މިހާރުވެސްދަނީ
ކުރެވެމުންނެވެ.
ހަޤީގަތުގައި
އަދިވެސް
ގިނަ ދިވެހީންނަކީ
އިސްލާމްދީނަށް ލޯބިކުރާ،
އިސްލާމްދީނުގެ ކަންތައްތައް ހޯދާ ބަލަން
ބޭނުންވެފައި
ތިބި ބަޔެކެވެ.
އެހެންނަމަވެސް ގިނަ ދުވަސް ތަކަކަށް މިކަންތައްތައް ހޯދާ
ބެލުމުގެ މަގު
ބަންދުވެފައިވުމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހި
ރައްޔިތުން މިވަނީ ޖާހިލުކަމެއް
(ނޭނގުމެއް)ގެ
ތެރޭގައެވެ.
އޭ ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ! ޙަޤީގަތަކީ މިއީކަމުގައި ވާއިރު، އަޅުގަނޑުމެން
ނިދާފައި މިވާ
ޖާހިލުކަމުގެ
ނިދިން
ހޭލަން އެބަޖެހެއެވެ.
މިހެން ދެންނެވުމުން ފަހަރެއްގައި މިކަމަކީ
މާބޮޑުކަމެއް ކަމުގައި
ހީނުވެ
ހިނގައިދާނެއެވެ. އެހެންކަމުން
އަޅުގަނޑު ތިޔަ
އެންމެހައި އަޚުންނާއި އުޚްްތުންނަށް ނަޞޭޙަތްތެރި މިވަނީ
ތިބާއަކީ ފުރިހަމަ މުސްލިމެއް ކަމުގައި ވާން އެދޭ މީހެއް ނަމަ،
ތިރީގައި މިބަޔާންކުރާ
ކަންތައްތަކާއި މެދު އަމިއްލަ ނަފްސާއި ސުވާލުކޮށްލުމަށެވެ. އެއީ
ހަމަ
ހަޤީގަތުގައިވެސް އަޅުގަނޑުމެން
الله سبحانه وتعالى
އަށް އީމާންވެ
މުސްލިމުންނޭ ކިޔާއިރު، މުސްލިމަކަށް ވުމަށްޓަކައި ފުރިހަމަވާން ޖެހޭ
ޝަރުތުތައް
އަޅުގަނޑުމެންގެ ކިބައިގާ ފުރިހަމަ ވެފައި ވޭތޯ އެންމެ ފަހަރަކަށް
ނަމަވެސް
ބަލާލުމަށެވެ.
އިސްލާމްދީނޭ ބުނެ ކޮންމެ
މީހަކުވެސް ދަޢުވާ ކުރާއިރު އިސްލާމްކަމަކީ ކޮބައިކަން އެނގެނީ
ކިތައް ބޭފުޅުންނަށް
ބާއެވެ؟ އީމާން ކަމަކީ ކޮބައިކަން އެނގެނީ ކިތައް ބޭފުޅުންނަށް
ބާއެވެ؟ އަދި
ހަމައެހެންމެ
إحسان
ކަމަކީ ކޮބައިކަން އެނގެނީވެެސް،
ފަހެ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ!
ޙަޤީޤަތް ހޯދަން
ބޭނުންފުޅުނަމަ އެންމެ ފުރަތަމަ އަމިއްލަ ނަފްސާއި ސުވާލު
ކޮށްލައްވާށެވެ.
ދީނުގެ ފުރަތަމަ ރުކުން ކަމުގައިވާ
ޝަހާދަތުގެ ދެކަލިމަ އެއްވެސް އޮޅުމެއްނެތި ޔަޤީންކަމާއިއެކު ދުލުން
ކިޔާލަން
އެނގެނީ ކިތައް ބޭފުޅުންނަށް ބާވައެވެ؟ އަދި ދެން އޭގެ މާނަ
ކޮބައިތޯއެވެ؟
ހިތުގައިވަނީ ޝައްކު އުފެދިފައި ދެއްތޯއެވެ؟ އިންސާނާ
الله سبحانه وتعالى
އަށް އީމާންވެ
މުސްލިމަކަށް ވުމަށްޓަކައި ދީނުގެ ދޮރުން ވަނުމަށްޓަކައި ބޭނުންވާ
ތަޅުދަނޑިއަކީ
މިއީ ކަމުގައި ވާއިރު، ޝަހާދަތުގެ މިދެކަލިމައާއި މެދު
އަޅުގަނޑުމެންގެ ޙާލަކީ
މިއީއެވެ.
ދެން ދީނުގެ ދެވަނަ ރުކުން
ކަމުގައިވާ ނަމާދަށް ބަލާލަމާތޯއެވެ. ފަހެ ނަމާދަކީ އެއަޅުކަމަކާއި
ނުލާ އެހެން
އެއްވެސް އަޅުކަމެއް ޤަބޫލުނުކުރެވޭ އަޅުކަމެކެވެ.
އަދި ހަމަ އެހެންމެ މުސްލިމް
އަޅާއާއި ކާފިރުކަމާއި އަދި ޝިރްކާއި ދެމެދުގައިވާ ހުރަހަކީވެސް
ނަމާދެވެ. ނަމާދަކީ
ތަކްބީރް (الله
އަކްބަރް)
އަކުން ފެށޭ އަދި
ތަސްލީމް (ސަލާމް) އަކުން ނިމޭ އެއްޗެކެވެ. އެހެންނަމަވެސް
ފުރިހަމައަށް ނަމާދުގައި
ކިޔަންޖެހޭ ހުރިހައި ދުޢާތަކާއި އެކުގައި ނަމާދު ފުރިހަމައަށް ކުރަން
އެނގެނީ
އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށްބާވައެވެ؟
ފަހެ ނަމާދުގެ ރުކުން ތަކަކީ
ކޮބައި ހެއްޔެވެ؟ އަދި އޭގެ ތެރެއިން ވާޖިބު ކަންތައްތަކާއި ސުންނަތް
ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ ހަށަމް ބަނުމަށްފަހު ކިޔާ ދުޢާ،
ރުކޫއިން ތެދުވެ
ކިޔާ ދުޢާ، ދެ ސަޖިދަ ދެމެދުގައި ކިޔާ ދުޢާ އަދި އައްތަޙިއްޔާތުގައި
ކިޔާ ދުޢާ
އެނގިލައްވާތޯއެވެ؟؟؟
ޙަޤީގަތުގައި އަޅުގަނޑުމެން
އެންމެންވެސް ފުރިހަމައަށް ނަމާދު ކުރާނެ ގޮތް ދަސްކުރަން
ބޭނުންވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ލަދުވެތިކަމާއި އަދި
ދީނީ ކަންތައްތައް އޮޅުންފިލުވުމަށް
އޮތްމަގު ހަނިވުމުގެ ސަބަބުން އެކަންކަން އެނގިފައި އަދި އެނގެން
ނެތީއެވެ.
ކުޑައިރު، ނަމާދުގައި ކިޔާ ތަކެތި ދަސްކުރަނީ މަންމަމެން
އަމުރުކޮށްގެން ނުވަތަ
ސްކޫލުން ބާރު އަޅައިގެންނެވެ.
ނަމާދު ކުރުމުން ލިބޭ ޘަވާބާއި
އަދި ނުކުރުމުން ލިބޭ ޢަޛާބާއި ބިރުވެރިކަން އެނގިފައި ނެތުމުގެ
ސަބަބުން
ނަމާދުގައި ކިޔުމަށް ދަސްކުރި އެއްކަލަ ދުޢާތައް ވަނީ ހަނދާން
ނެތިގޮސްފައި
ދެއްތޯއެވެ!!!
އަދި މިއީ އަޅުކަންތައްތަކުގެ
ތެރެއިން މަދު މިންވަރެކެވެ. ދެން އިސްލާމް ކަމުގެ ފަސް ރުކުނުގެ
ތެރެއިން ބާކީ
ތިން ރުކުން ކަމުގައިވާ ޒަކާތް ދިނުމާއި ރޯދަ ހިފުމާއި އަދި ޙައްޖުގެ
އަޅުކަމާއި
ބެހޭ ގޮތުން
އަޅުގަނޑުމެންނަށް އެނގެނީ
ކިހާވަރަކަށް ބާވައެވެ؟
الله سبحانه وتعالى
ކީރިތި
قران
ގައި ކަނޑައެޅިގެން އަންގަވާފައިވާ
ގޮތުގައި
الله سبحانه وتعالى
އަށް ޝިރްކު
ކުރާ އެއްވެސް އަޅެއްގެ ފާފަ ނުފުއްސަވައެވެ. މިގޮތުން ވަޙީ
ކުރައްވަނީ:
"إِنَّ
اللهَ
لاَ
يَغْفِرُ
عَنْ
يُشْرَكَ
بِهِ
وَيَغْفِرُ
مَا
دُونَ
ذَلِكَ
لِمَنْ
يَشَاءُ"
(سورة
النساء:
48)
"ހަމަކަށަވަރުން
الله
سبحانه
وتعالى،
އެކަނލާގެއަށް
ޝިރްކު ކުރާ
އެއްވެސް
މީހެއްގެ
ފާފަ ނުފުއްސަވާ ހުއްޓެވެ.
އަދި އެނޫން އެހެން ހުރިހާ ފާފަތަކަށް، އެކަލާނގެ އިރާދަކުރެއްވި
އަޅަކަށް
ފާފަ
ފުއްސަވާ
ދެއްވައެވެ."
(ސޫރަތުއް-ނިސާ:
48)
މިހެންކަމުގައިވާއިރު
ޝިރުކަކީ ކޮބައިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް
ބޭފުޅުންނަށް
ބާވައެވެ؟ މިއީ ޙައްތަހާވެސް އޮޅުންފިލުވަން ބޭނުންވެފައި ހުރި
ސުވާލުތަކެކެވެ.
އަދި މިއީ ދީނުގެ ތެރެއިން ވަރަށްވެސް ކުޑަ މިންވަރެކެވެ.
ފަހެ މިހުރިހާ ކަންތައްތަކަކީވެސް ހަމަ
އަޅުގަނޑުމެން އެންމެންވެސް އެނގެން ބޭނުންވާ ކަންތައްތަކެވެ.
މިކަންތައްތައް ނޭނގޭނަމަ،
ބައެއްގެ ތެރޭގައި މިކަމާއިމެދު ވާހަކަ ދެކެވެމުން ދާއިރު އަމިއްލަ
ނަފްސާއި މެދުވެސް މަލާމާތް
ހީވޭ ދެއްތޯއެވެ.
އެހެންކަމުން ތިމާއަކީ ﷲއަށް އީމާންވާ މީހެކޭ ހަމައެކަނި
ދުލުން ބުނެލާ މީހެއް ކަމުގައި ނުވާށެވެ. މާދަމާ ﷲ ތަޢާލާގެ
ޙަޟްރަތަށް މަޙްޝަރު ކުރެވޭއިރު ތިބާއަކީ އީމާންވީ މީހެއް ނޫންކަމަށް
ނިޔާ ކަނޑައެޅިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ﷲ ތަޢާލާ
ވަޙީ ކުރައްވާފައިވެއެވެ.
"وَمِنَ
النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الآخِرِ
وَمَا هُمْ بِمُؤْمِنِينَ"
(البقرة:8)
"އަދި
މީސްތަކުންގެ ތެރޭގައި ތިމަންމެން ﷲއަށާއި އާޚިރަތް ދުވަހަށް
އީމާންވަމޭ ބުނާ ބަޔަކު ވެއެވެ. އެހެނެއްކަމަކު އެބައިމީހުންނީ ﷲ
އަށް އީމާންވީ ބައެއްކަމުގައި ނުވެއެވެ."
އެހެންކަމުން އާޚިރަތުގެ ޙަޔާތް ބާއްޖަވެރިވާން އެދޭ މީހަކުނަމަ،
މިދުނިޔޭގައި ވަޤުތު އޮއްވާ އަވަހަށްވީ މިކަންކަން އުނގެނި
ދަސްކުރާށެވެ. ކުރިއާ އަޅާ ބަލާއިރު މިހާރު ދީނުގެ ކަންކަން
އެނގިދެނިވުމުގެ މަގު މިވަނީ ވަރަށް ބޮޑުތަން ފަސޭހަވެފައެވެ. ވީމާ
ކުރީގައި ދެއްކިކަހަލަ ޢުޛުރެއް މިހާރަކު ދެއްކޭކަށެއް ނޯންނާނެއެވެ.
ހޭބޯ ނާރާ މަސައްކަތް ކުރަންވީ އާޚިރަތުގައި ދާން އޮތް ގޯތި ޚަރާބު
ކޮށްފައި ދުނިޔަވީ ދިރިއުޅުން ފާގަތި ކުރާކަށް ނޫނެވެ. ގަދައަޅާ
މަސައްކަތް ކުރަންވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބިގަތުމަށެވެ.
މަރުއައިސް ޖެހޭނެ އިރެއް އަޅުގަނޑުމެންގެ ތެރެއިން ހަމަ
އެކަކަށްވެސް ނޭނގެއެވެ. ކުރަންވީ ހެޔޮ ޢަމަލުތައް ނުކޮށް ހުއްޓާ
މަރު އައިސް ކުރިމަތިލައިފިނަމަ، ހެޔޮޢަމަލު ކުރުމަށް އަލުން
ދުނިޔެއަށް ފޮނުއްވާ ދޭށޭ ބުނާ ބައެއް ކަމުގައި ނުވެ މިހާރުއްސުރެ
އަވަހަށް ދީނީ ކަންކަމަށް ސަމާލުކަންދީ އެކަންކަން އުނގެނި ހަދާށެވެ.
"قُلْ
إِنْ
كُنْتُمْ
تُحِبُّونَ
اللهَ
فَاتَّبِعُونِي
يُحْبِبْكُمُ
اللهُ
وَيَغْفِرْلَكُمْ
ذُنُوبَكُمْ"
(سورة
آل
عمران:
31)
މާނައީ:
"ކަލޭގެފާނު
ވިދާޅުވާށެވެ، ތިޔަބައިމީހުން
الله
سبحانه
وتعالى
އަށް (ޙަޤީގަތުގައިވެސް)
ލޯބިވާނަމަ ތިމަން ކަލޭގެފާނަށް ތަބަޢުވާށެވެ. އޭރުން
الله
سبحانه
وتعالى
ތިޔަބައިމީހުންދެކެ
ލޯބިވެ ވޮޑިގަންނަވާނެއެވެ.
އަދި އޭރުން އެއިލާހު ތިޔަބައިމީހުންގެ ފާފަތަކަށް، ފާފަ ފުއްސަވާ
ދެއްވާ ހުއްޓެވެ."
(ސޫރަތު
އާލަ-ޢިމްރާން:
31)
ޔާ ﷲ.
އަޅަމެން
އެންމެންނަކީވެސް ފުރިހަމަ ގޮތުގައި އިނބަ ﷲއާއި އިނބަ ﷲގެ
ނަބިއްޔާއަށް އީމާންވެ ކިޔަމަންތެރިވާ ބައެއް ކަމުގައި ލައްވާން
ދޭވެ. އަދި އަޅަމެން އެންމެންނަކީ އިނބަ އިލާހުގެ ޝަރީޢަތް، އެއްވެސް
ނުރުހުންތެރިކަމެއް ނެތި ފުރިހަމައަށް ބަލައިގަންނަ ބަޔަކު ކަމުގައި
ލައްވަވާ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބޭ މީހުންގެ ތެރެއިން
ލާއްވާންދޭވެ.
آمين يا رب العالمين.
وصلى
الله
وسلّم
على
نبينا
محمد
وعلى
آله
وصحبه
وسلّم.
- ނިމުނީ -
|