|
ނަރަކައިން އެންމެ
ފަހުން ނެރެވި، ސުވަރުގެ ވެއްދެވޭ މީހާގެ
ޙާލަތު!
عبد
الله
بن
عبّاس
رضي
الله
عنه
ވިދާޅުވިއެވެ.
رسول
الله
ޙަދީޘްފުޅު ކުރެއްވިއެވެ. "އެންމެ ފަހުން ނަރަކައިން ނުކުންނަ މީހާ
ބައެއް
ފަހަރު ހިނގަމުން އަނެއްބައި
ފަހަރު ވެއްޓެމުން ކަހަލަ ގޮތަކަށް ނަރަކައިން ނުކުންނާނެއެވެ. އަދި
ބައެއް
ފަހަރު އޭނާގެ ހަށިގަނޑު އަނދަމުން ދާނެއެވެ. މިގޮތަށް އޭނާ
ނަރަކައިން ނުކުމެވުމުން ބުނާނެއެވެ. ތިމަން މިތަނުން ސަލާމަތް
ކޮށްދެއްވި ފަރާތަކީ ބަރަކާތް ލެއްވި ފަރާތެކެވެ. އެކަލާނގެ
ތިމަންނައަށް ކުރިއާއި ފަހުގެ އެއްވެސް މީހަކަށް ނުދެއްވާފަދަ
ނިޢުމަތްތައް ދެއްވައިފިއެވެ.

ދެން އޭނާއަށް ގަހެއް ދައްކަވާ ހުއްޓެވެ. އެހިނދު އޭނާ ބުނާނެތެވެ.
އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ އެގަހާއި ކައިރި
ކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާ ލިބިގަތުމަށާއި އެގަހުގެ ފެނުން
ފެން ބުއިމަށެވެ. ދެން މީގެ ފަހުން އެފަދަކަމަކަށް އެދި
ނުދަންނަވާނަމެވެ. ދެން
الله سبحانه وتعالى
އަންގަވާނެތެވެ. އޭ އާދަމުގެ ދަރިޔާއެވެ. ތިބާ މީގެ ކުރިންވެސް ވަނީ
ތިޔަފަދަ އަޙުދެއް ކޮށްފައެއް ނޫން ހެއްޔެވެ؟ ތިމަން
الله
އެކަން ކޮށްދެއްވައިފިނަމަ ތިބާ އަދިވެސް އިތުރަށް އެދޭނެއެވެ. އޭނާ
ބުނާނެއެވެ. ނޫނެކެވެ. އިތުރު އެއްވެސް އެއްޗަކަށް އެދި
ނުދަންނަވާނަމެވެ. އެގޮތަށް އަހުދު ހިއްޕެވުމަށްފަހު އެގަހުގެ ހިޔާ
ލިބިގަތުމަށާއި އެގަހުން ފެން ލިބިގަތުމަށް އެގަހާއި ކައިރި
ކޮށްދެއްވާނެއެވެ. އަދި އެއަޙުދު ހިއްޕެވިއިރި އޭނާއަށް އެގޮތުގެ
މަތީގައި ނުހުރެވޭނެ ކަންވެސް
الله سبحانه وتعالى
ރަނގަޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އޭނާގެ ޢުޛުރުވެސް
ޤަބޫލުކުރައްވައެވެ. އެއީ އޭނާއަށް އެފެންނަ ތަކެއްޗަކީ ކެތް
ނުކުރެވޭފަދަ ތަކެތިކަމުގައި ވާތީއެވެ.
ދެން ކުރީގެ ގަހަށްވުރެ ރީތި ގަހެއް އޭނާއަށް ދައްކަވާނެއެވެ. އޭނާ
ބުނާނެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ
އެގަހާއި ކައިރި ކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާ ލިބިގަތުމަށާއި
އެގަހުގެ ފެނުން ފެން ބުއިމަށެވެ. ދެން މީގެ ފަހުން އެފަދަކަމަކަށް
އެދި ނުދަންނަވާނަމެވެ.
الله سبحانه وتعالى
އޭނާއަށް އަންގަވާނެތެވެ. އޭޭ އާދަމުގެ ދަރިޔާއެވެ! ތިބާ ވަނީ މީގެ
ކުރިންވެސް ތިޔަފަދަ އަޙުދެއް ކޮށްފައެއް ނޫންހެއްޔެވެ؟ ތިބާ
އެގަހާއި ކައިރި ކޮށްދެއްވައިފިނަމަ އަދިވެސް އިތުރަށް އެދޭނެއެވެ.
ދެން އަނެއްކާވެސް އިތުރަށް އެދި ނުދަންނަވާނެކަމަށް އަޙުދު ކުރުމުން
އެގަހާއި ކައިރި ކުރެވޭނެއެވެ. އެއަޙުދު ކުރިއިރުވެސް އެގޮތްމަތީ
ނުހުރެވޭނެކަން
الله سبحانه وتعالى
ރަނގަޅަށް ދެނެވޮޑިގެންވެއެވެ.
ދެން އެއަށްފަހު ކުރީގެ ދެގަހަށްވުރެ މާރީތި ދެގަސް ސުވަރުގޭގެ
ދޮރުމަތިން ފެންނަ ހުއްޓެވެ. އޭނާ ބުނާނެއެވެ. އޭ ހައްދަވައި
ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ އެގަހާއި ކައިރި
ކޮށްދެއްވާނދޭވެ! އެއީ އެގަހުން ހިޔާ ލިބިގަތުމަށާއި އެގަހުން ފެން
ބުއިމަށެވެ. ދެން އިތުރު އެއްޗަކަށް އެދި ނުދަންނަވާނަމެވެ. ދެން
الله سبحانه وتعالى
އަންގަވާނެތެވެ. ތިބާ މީގެ ކުރިންވެސް ތިޔަފަދަ އަޙުދެއް ނުކުރަމު
ހެއްޔެވެ؟

ދެން
الله سبحانه وتعالى
އޭނާ އެގަހާއި ކައިރި ކޮށްދެއްވާނެއެވެ.
އެގަހާއި ކައިރިވުމުން ސުވަރުގޭގެ
އަހުލުވެރިންގެ އަޑުފަށްގަނޑު އޭނާއަށް
އިވެން ފަށައިފާނެއެވެ. އެހިނދު އޭނާ
ބުނާނެއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި
ރަސްކަލާކޯއެވެ! މިއަޅާ ސުވަރުގެއަށް
ވައްދަވާން ދޭނވެ. ދެން
الله سبحانه وتعالى
ދަންނަވާނެއެވެ. އޭ އާދަމުގެ ދަރިޔާއެވެ!
ތިބާގެ ކިބައިން ނުބައި ކަންތައްތައް ތިމަން
الله سبحانه وتعالى
ފިޔަވައި ދުރުކޮށްދެއްވާނެ ދެވަނަ ފަރާތެއް
ވޭހެއްޔެވެ؟ ތިބާއަށް ދުނިޔެއާއި އެފަދަ
އެހެން ދުނިޔެއެއް ދެއްވައިފިނަމަ ރުހޭނަން
ހެއްޔެވެ؟ އޭނާ ބުނާނެތެވެ. އޭ ހައްދަވާ
ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ހުރިހާ
ޢާލަމްތައް ހެއްދެވި ފަރާތްކަމުގައި
ވޮޑިގެންވާ ހާލު އިނބަ
الله
ސަމާސަ ކުރައްވަނީތޯއެވެ. އެހިނދު
الله سبحانه وتعالى
ދަންނަވާނެތެވެ. މިއީ ސަމާސާއެއް ނޫނެވެ.
ތިމަން
الله سبحانه وتعالى
އެދިވަޑައިގަންނަވާ ގޮތަށް ކަންތައް
ކުރެއްވުމުގެ ކުޅަދުންވަންތަ ކަން
ލިބިވޮޑިގެންވަމެވެ."
(أخرجه
مسلم)
ނޯޓް:
މިލިޔުމަކީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.
|