"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ހަނަފަސް ޞަޙަރާއެއްގެ ތެރެއިން ގަޑިއެއް ފެނިއްޖެ ނަމަ...

ލިޔުނީ: ބިލާލް

(ޕީޑީއެފް ފައިލް ހުޅުވުމަށް)

ﷲ ތަޢާލާ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް، އަދިވެސް ތިޔަބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟

    ތިބާ ހަނަފަސް ޞަޙަރާއެއްގައި ހިނގުމުގެ ތެރޭގައި ވެލިގަނޑު މަތީގައި ގަޑިއެއް އޮއްވާ ފެނިއްޖެނަމަ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ތިބާ ނިންމާނީ އެގަޑިއަކީ ކޮންމެވެސް މީހަކު އަތުން ވެއްޓިފައި އޮތް އެއްޗެއް ކަމަށް ހެއްޔެވެ؟ ނޫނީ ތަފާތު ކެމިކަލް ރިއެކްޝަން ތަކެއް ހިނގާ، ގަޑީގައިވާ ދަނގަޑުގެ ބައިތައް އެކުވެ، ހަމަ ފުރިހަމަ ގަޑިއެއް އަމިއްލައަށް ހެދުނީ ކަމަށް ހެއްޔެވެ؟

    ޔަޤީނުންވެސް ސަލާމަތް ބުއްދި ހުރި އެއްވެސް އިންސާނަކު، އަމިއްލައަށް އެގަޑި ހެދުނު ކަމަށް ނުނިންމާނެއެވެ. ގަޑީގައިވާ ހުރިހާ ބައިތަކެއް އެގޮތަށް އަމިއްލައަށް އެކުވެ ހެދުމަކީ ބުއްދި ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ. ކިތަންމެ މިލިއަން އަހަރެއްވިއަސް، ކިތަންމެ ވަރަކަށް ވިދާ، އިރުގެ ދޯދިތައް އައިސް ޖެހިގެން ކިތަންމެ ރިއެކްޝަނެއް ހިނގިއަސް އެފަދަ ފުރިހަމަ ގަޑިއެއް އަމިއްލައަށް އުފެދުމަކީ ވާނެކަމެއް ނޫނެވެ. ޔަޤީނުންވެސް އެގަޑިއަކީ ޙަޤީޤަތްކަން އެނގޭ ފަދައިން އެގަނޑި ހެދި މީހަކު ވާނެކަން ހަމަ ކޮންމެ މީހަކުމެ އެއްވެސް އިތުރު ބަހަނާއެއް ނެތި ޤަބޫލު ކުރާނެއެވެ.

    ގަޑިއަށް ބަލާލިއިރު، ގަޑި ރަނގަޅަށް މަސައްކަތް ކުރާނަމަ، އެހެދި މީހެއްގެ ކުޅަދާނަކަމާއި މޮޅުކަމަށް ކޮންމެ މީހަކުވެސް އެއްބަސްވާނެއެވެ. ނަމަވެސް އިއްތިފާޤަކުން އެފަދަ ރަނގަޅު ގަޑިއެއް އުފަންވުމަކީ މުސްތަހީލު ކަމެކެވެ.

    ގަޑިއެއް ފިޔަވައި ދެން ވަޤުތު އަންގައި ދިނުމަށް އެހީވެދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އިރު އަރާ ވަޤުތާއި އިރު އޮއްސޭ ވަޤުތު އަންގައި ދިނުމަށް އެހީވެދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އިރު އަރާ ވަޤުތާއި އިރު އޮއްސޭ ވަޤުތު މިޘާލަކަށް ނަގަމާ ހެއްޔެވެ. މިވަޤުތުތަކަކީ ވަކި ޤަވާޢިދެއްގެ ދަށުން ބަދަލުވަމުން އަންނަ އެއްޗެކެވެ. އެހެންކަމުން އިރު އަރާނެ ވަޤުތާއި އޮއްސޭނެ ވަޤުތު މާކުރިން ސައިންސްވެރިންނަށް ބަޔާންކުރަން އެނގެއެވެ. މިކަމުންވެސް ދޭހަކޮށްދެނީ އެވަޤުތުތަކަކީ ވަކި އުޞޫލަކަށް ތަބާވާ އެއްޗެއް ކަމެވެ. އިރު އަރާ ވަޤުތާއި އޮއްސޭނެ ވަޤުތު މިހާ ފުރިހަމަ ޤަވާޢިދަކަށް ތަބާވާގޮތަށް ހެއްދެވީ ކޮން ފަރާތެއް ހެއްޔެވެ؟ ގަޑިއަކަށް އޭތި އަމިއްލައަށް ނުހެދެވޭ އިރު، އިރު އަރާނެ ވަޤުތާއި އޮއްސޭނެ ގޮތް އެހާ ފުރިހަމައަށް ހަމަ އަމިއްލައަށް މަސައްކަތް ކޮށްފާނެ ހެއްޔެވެ؟ ނޫނީ މިގޮތަށް ފުރިހަމަ ޤަވާޢިދެއްގެ ދަށުން ކޮންމެ ދުވަހަކު އިރު އަރާ އޮއްސެނީ ހަމަ އިއްތިފާޤަކުން ހެއްޔެވެ؟

ﮈ  ﮉ  ﮊ  ﮋ  ﮌ  ﮍ   ﮎ  ﮏ  ﮑ  ﮒ  ﮓ (المؤمنون: ٨٠)

"ﷲ އަކީ މީސްތަކުންގެ ދިރުއްވަވައި (އެބަހީ ފުރާނަ އަޅުއްވަވައި) އަދި މަރުހިއްޕަވާ އިލާހެވެ. އަދި ރޭދުވާ ތަފާތު ކުރެއްވެވީވެސް ހަމަ އެއިލާހެވެ. ފަހެ ތިޔަބައިމީހުންނަށް އެކަން ނުވިސްނެނީ ހެއްޔެވެ؟"

    އިރާއިމެދު ވިސްނާލަ ބަލާށެވެ. އަހަރެމެންނަށް އިރުގެ ސަބަބުން ފައިދާއެއް މިކުރަނީ އޭތި އަހަރެމެންނާއި ހުންނަން ޖެހޭ އެންމެ ރަނގަޅު ދުރުމިނުގައި ހުންނަ ކަމުންނެވެ. އިރާއި ދުނިޔެއާއި ދޭތެރޭގެ ދުރުމިނަކީ ގާތްގަނޑަކަށް 93 މިލިޔަން މޭލެވެ. މިއަށްވުރެ އިރު ކައިރިވެއްޖެނަމަ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް އަނދާ އަޅިއަށް ހަދާލަފާނެއެވެ. އަދި މިއަށްވުރެ ކުޑަތަންކޮޅެއް ނަމަވެސް އިރާއި ދުނިޔެއާއި މެދު ވާ ދުރުމިން އިތުރުވެއްޖެނަމަ މުޅި ދުނިޔެ ގަނޑުފެން ގަނޑަކަށް ބަދަލުވެދާނެއެވެ. މިހެން މިކަންކަން ހުރިއިރު ސުވާލަކީ، އިރު ދުނިޔެއާއި މިފަދަ ފުރިހަމަ ދުރުމިނެއްގައި ލެއްވެވީ ކޮން ފަރާތެއް ހެއްޔެވެ؟ އެއީ އަމިއްލައަށް ކުރި ކަމެއް ހެއްޔެވެ؟ ނޫނީ ހަމަ އިއްތިފާޤެއް ހެއްޔެވެ؟

އިރާއި ނުލައި ގަސްގަހަކަށް ނުހެދެވޭނެއެވެ. ގަސްގަހާ ގެހި ނުވާނަމަ ޖަނަވާރާއި އިންސީން ބަނޑަށް މަރުވެދާނެއެވެ. މިސަބަބަށްޓަކައި އިރު ހަމަ އަމިއްލައަށް އަހަރެމެންނަށްޓަކައި އުފެދުނީ ހެއްޔެވެ؟

    އިރު އެރުމަށް އަހަރެމެން ބޭނުންވެއެވެ. ދުވާލުގައި އިރުގެ އަލިކަން އަހަރެމެން ބޭނުންވެއެވެ. ހަމައެހެންމެ އިރު އޮއްސުންވެސް އެއީ ވަރަށް މުހިއްމު ކަމެކެވެ. އިރުގެ ހޫނުކަމުން އިރުކޮޅަކަށް ނަމަވެސް ސަލާމަތްވާ ގަޑިއަކީ ރޭގަނޑެވެ. ފިނި އަދި އަނދިރި ރޭގަނޑެއް އަހަރެމެން ނިދުމަށްޓަކައި މުހިއްމެވެ. މިފަދަ ފުރިހަމައަށް އިރު މަސައްކަތް ކުރާ ގޮތަށް ލެއްވެވީ ފަހެ ކޮން ފަރާތެއް ހެއްޔެވެ؟

ﭑ  ﭒ  ﭓ    ﭔ  ﭕ  ﭖ  ﭗ   ﭘ  ﭙ      ﭚ     ﭛ      ﭜ  ﭝ  ﭞ   ﭟ  ﭠ  ﭡ  ﭣ  ﭤ  ﭥ   ﭦ  ﭧ  ﭨ   ﭩ  ﭪ  ﭫ  ﭬ       ﭭ  ﭮ   ﭯ   ﭰ  ﭱ  ﭲ  ﭳ    ﭴ  ﭵ  ﭶ  ﭷ   ﭸ  ﭺ  ﭻ  ﭼ  (القصص: ٧١ - ٧٢)

"ކަލޭގެފާނު ވިދާޅުވާށެވެ. ޤިޔާމަތާއި ޖެހެންދެން ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު ދިގު ދަންމަވައިފިނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނޭ ފަރާތެއް، ތިޔަބައިމީހުން ނިކަން ތިމަންކަލޭގެފާނަށް ބުނެދީބަލާށެވެ. (އަދި) ކަލޭގެފާނު ވިދާޅުވާށެވެ. ޤިޔާމަތާއި ޖެހެންދެން ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް ދުވާލު ދިގު ދަންމަވައިފިނަމަ، ތިޔަބައިމީހުން އަރާމުކޮށް ނިދުމަށްޓަކައި، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ރޭގަނޑު ގެނެސްދޭނޭ ފަރާތެއް، ތިޔަބައިމީހުން ނިކަން ތިމަންކަލޭގެފާނަށް ބުނެދީބަލާށެވެ. ފަހެ ތިޔަބައިމީހުންނަށް އެތަން ނުފެންނަނީ ހެއްޔެވެ؟"

    ހަމައެހެންމެ އަހަރެމެންނަށް އިރުގެ ހޫނުކަމާއި ވަށައިގެންވާ ޖައްވުގެ ރައްކާތެރިކަން ދެއްވިފަދައިން، އަހަރެމެން ރީތިކަމަށް ލޯބި ކުރާތީ އިރުއަރާ އޮއްސުން ޑިޒައިން ކުރެއްވި ފަރާތްވަނީ އެ ދެމަންޒަރަކީ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭހާ ހައިރާން ކުރަނިވި، ރިވެތި މަންޒަރެއްކަމުގައި ލައްވަވާފައެވެ.

ﮪ  ﮫ  ﮬ  ﮭ  ﮮ  (سورة الرحمن: ١٣)

"ތިޔަބައިމީހުންގެ (އިންސީންނާއި ޖިންނީންގެ) ވެރި ރައްބުގެ ނިޢުމަތްތަކުގެތެރެއިން، ތިޔަބައިމީހުން ތިޔަ ދޮގު ކުރަނީ ފަހެ ކޮން ނިޢުމަތްތަކެއް ހެއްޔެވެ؟"

    އަހަރެމެންނަށް އަލިކަމާއި ހަކަތައާއި ރައްކާތެރިކަމާއި ރީތިކަން ދެއްވި ފަރާތަށް އަހަރެމެން ޝުކުރުވެރިވެ އުޅުން ޙައްޤެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންގެ ތެރެއިން ބަޔަކު، އާދެ މިސަތޭކައިން ސަތޭކަ އިސްލާމީ ފަސްގަނޑުގައިވެސް ﷲ ވޮޑިގެންވާކަން، ޤަބޫލުނުކުރާ ބަޔަކު އުޅޭކަމެވެ. އެމީހުން ހަނަފަސް ޞަޙަރާއެއްގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރާ، ނުހަނު ރީތި ގަޑިއެއް ފެނިއްޖެނަމަ ނިންމާނީ ކޮންގޮތަކަށް ބާވައެވެ؟ އެގަޑި އުފެދުމުގެ އަޞްލަކީ އެގަޑި ހެދި މީހާކަމަށް އެމީހުން ފަހެ ނުނިންމާނެ ބާވައެވެ؟ އެގަޑި ހެދި މީހަކީ ކުޅަދާނަ އަދި ރީތިކަމަށް ލޯބިކުރާ މީހެއްކަމަށް ކަނޑައެއް ނާޅާނެ ހެއްޔެވެ؟ ހަމަ މިޘާލުން އަހަރެމެންނާއި އަހަރެމެން ވަށައިގެންމިވާ ހުރިހާ ރިވެތި، ފުރިހަމައަށް މަސައްކަތް ކުރާ އެއްޗެހި ހެއްދެވި ފަރާތެއް ވާނެކަމަށް، ފަހެ އަދިވެސް ޤަބޫލު ކުރާކަށް ނުވޭ ހެއްޔެވެ؟ އެތަކެތި އުފެދުނީ ހަމަ އަމިއްލައަށް ހެއްޔެވެ؟

... ﯸ  ﯹ  ﯺ  ﯻ  ﯼ... (فاطر: ٣)

"ފަހެ ﷲ ފިޔަވައި އެހެން ޚާލިޤަކު (އެބަހީ ނެތުމުގެ ތެރެއިން އެއްވެސް އެއްޗެއް އުފައްދަވާ ފަރާތެއް) ވޭހެއްޔެވެ؟"

-ނިމުނީ-

 

ނޯޓް: މިލިޔުމަކީ http://kulhudhuffushi.com އިން ނަގާފައިވާ ލިޔުމެކެވެ. މިލިޔުމުގެ އަޞްލު މައުޟޫގެ ކުރިޔަށް އަޅުގަނޑުމެން އެވަނީ "ހަނަފަސް" އިތުރުކޮށްފައެވެ. އަދި މައުޟޫގެ ތިރީގައިވާ: "ﷲ ތަޢާލާ ފިޔަވައި ޙައްޤު އިލާހެއް ނުވާކަމަށް، އަދިވެސް ތިޔަބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟"، މިލިޔުންކޮޅަކީވެސް އަޅުގަނޑުމެން އިތުރުކޮށްފައިވާ ބައެކެވެ. އަދި ހަމައެހެންމެ މިލިޔުން އިތުރަށް ފުރިހަމަކޮށްލުމުގެ ގޮތުން ޤުރުއާނުގެ އާޔަތްތަކާއި އޭގެ މާނަވެސް އެވަނީ އިތުރު ކުރެވިފައެވެ.

އިތުރު ފައިދާ: މިލިޔުމުގައިވާ އައްރަޙްމާން ސޫރަތުގެ ﮪ  ﮫ  ﮬ  ﮭ  ﮮ  ، މިއާޔަތް، ﷲ ތަޢާލާވަނީ އެސޫރަތުގައި 31 ފަހަރު (ތަފާތު އެތައް ތަނެއްގައި) ތަކުރާރު ކުރައްވައި، ވަޙީ ކުރައްވާފައިވެއެވެ.

dheenee-news@hotmail.com

blog stats
 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)