|
ހިތް
ގައުވަނީ ކީއްވެ؟
ޢަބްދު
ﷲ މުޙައްމަދު އިބްރާހިމް

އަލްއިމާމް އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ.
ހިތްގާވަނީ ހަތަރުކަމެއް ހައްދު ފަހަނައަޅައިގެންނެވެ. ކެއުން،
ނިދުން،
ބޭކާރު
ވާހަކަ ދެއްކުން،
ވިޔާނުދާ މީހުންނާ އެކު އުޅުން.
ބަލިވެފައިވާ ހަށިގަނޑަށް ކެޔުމާއި ބުއިމުން މަންފާ ނުކުރާ ފަދައިން
ޝަހުވަތާއި އެދުންވެރިކަމުން ބަލިމަޑުކަން ޖެހިފައިވާ ހިތަކަށް
ނަޞީޙަތާއި ހަނދުމަކޮށްދިނުމަކުން ފައިދާއެއް ނުކުރާނެއެވެ.
އަދި
ވިދާޅުވެފައިވެއެވެ. ހިތްސާފުކުރަން އެދޭމީހާ އެމީހެއްގެ
ޝަހުވަތްތަކުގެ މައްޗަށް މާތް ﷲ އަށް އިސްކަން ދޭށެވެ. އެހެނީ
ހަމަކަށަވަރުން ޝަހުވަތްތަކުން ވަށާލެވިފައިވާ ހިތް ޝަހުވަތްތަކާ
ގުޅިފައިހުރި މިންވަރަކުން މާތް ﷲ އާ ކުއްތަންވުން ދުރުވާނެއެވެ.
އަދި
ވިދާޅުވިއެވެ. ހިތް ފަސާދަވަނީ ބިރެއްނެތި،
ކަމެއް ޖެހިދާނެ ކަމާމެދު ފަރުވާލެއް ނުބެހެއްޓުމާއި،
ޣާފިލުކަމުންނެވެ. އަދި ހިތް އިޞްލާޙުކޮށް ދިރުވައިދެނީ ( ﷲ އަށް )
ބިރުވެތިވުމާއި އެކަލާންގެ ހަނދުމަކުރުމުންނެވެ.
އިބްރާހިމުލް
ޚަވާޞް ވިދާޅުވެފައިވެއެވެ. ހިތުގެ ފަރުވާ ފަސްކަމެއްގައިވެއެވެ.
1-
މާނައަށް ވިސްނުމާއެކު ޤުރުއަން ކިޔެވުން
2-
ބަނޑު
ހުސްވުން
3-
ރޭގަނޑުގެ ނަމާދު (ދަމު ނަމާދު) ކުރުން
4-
ދަން
ދެބައިވުމަށްފަހު ﷲ އަށް ކުއްތަންވުން
5-
ހެޔޮލަފާ ޞާލިޙް އަޅުންނާއެކު އުޅުން
-ނިމުނީ- |