''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފަށް ޙުކުމްތައް ހަދައި، އެއަށް ޙުކުމް ކުރުމަކީ މުރުތައްދުވެ ދީނުން ބޭރުވާނޭ ކަމެކެވެ.

"كتاب التوحيد"

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلالاً بَعِيداً" (النساء: 60)

މާނައީ: "ކަލޭގެފާނަށް ބާވައިލެވުނު ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލެވުނު ފޮތްތަކަށް އީމާންވެގެންވާކަމަށް ދަޢުވާކުރާ ބަޔަކު ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެބައިމީހުންގެ މައްސަލަ ޠާޣޫތަށް ހުށައަޅައި ޠާޣޫތުލައްވައި ޙުކުމް ކުރުވުމަށް އެބައިމީހުން އެދެތެވެ. އެކަމަކު އެބައިމީހުންނަށް އަމުރުކުރެވިގެންވަނީ އެ ޠާޣޫތަށް ކާފަރުވުމަށެވެ. އަދި ޝައިޠާނާ އެދެނީ އެބައިމީހުން ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރައްދައިލުމަށެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

" وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُوداً * فَكَيْفَ إِذَا أَصَابَتْهُمْ مُصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّهِ إِنْ أَرَدْنَا إِلَّا إِحْسَاناً وَتَوْفِيقاً" (النساء: 61-62)

މާނައީ: "އަދި އެބައިމީހުންނަށް، ގެ ފޮތަށާއި رسول الله صلّى الله عليه وسلّم ގެ އަރިހަށް (ޙުކުމްކުރުމަށްޓަކައި) އަންނާށޭ ބުނެވިއްޖެ ހިނދު މުނާފިޤުން ކަލޭގެފާނުގެ ކިބައިން މޫނު އަނބުރައިލާތަން ކަލޭގެފާނަށް ފެނިލައްވާނެއެވެ. ފަހެ، އެބައިމީހުން ކުރި ޢަމަލުތަކުގެ ސަބަބުން އެބައިމީހުންނަށް މުޞީބާތެއް ޖެހިއްޖެ ހިނދު އެބައިމީހުންގެ ޙާލު ކިހިނެއްވާނެ ބާވައެވެ! ދެން އެބައިމީހުން ކަލޭގެފާނުގެ އަރިހަށް އައިސް ގަންދީ ހުވާކުރާ ޙާލު ބުނާނެތެވެ. (މީސްތަކުންގެ މެދުގައި) ޞުލްޙައަށާއި ހަމަޖެހުމަށް މެނުވީ އަހުރެމެން ނޭދެމުއެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

"وَإِذَا قِيلَ لَهُمْ لا تُفْسِدُوا فِي الأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ" (البقرة: 11)

މާނައީ: "އަދި އެބައިމީހުންނަށް، ބިންމަތީގައި ފަސާދަ ނުކުރާށޭ ބުނެވިއްޖެހިނދު އެބައިމީހުން ބުނާނެތެވެ. އަހަރުމެންނަކީ ހަމައެކަނި އިސްލާޙުކުރާ މީހުންނެވެ."

އަދިވެސް އެކަލާނގެ ވަހީކުރައްވާފައިވެއެވެ.

" وَلا تُفْسِدُوا فِي الأَرْضِ بَعْدَ إِصْلاحِهَا وَادْعُوهُ خَوْفاً وَطَمَعاً إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ" (الأعراف: 56)

މާނައީ: "އަދި ތިޔަބައިމީހުން ބިންމަތީގައި، އެބިންމަތި އިޞްލާޙުވުމަށްފަހު، ފަސާދަނުކުރާށެވެ. އަދި އަށް (އެކަލާނގެ ޢަޛާބަށް) ބިރުވެތިވެ، (އެކަލާނގެ ރަޙްމަތަށް) އެދޭޙާލު ދުޢާކުރާށެވެ. ހަމަކަށަވަރުން ގެ ރަޙްމަތްފުޅު އިޙުސާންތެރިންނާ ކައިރިވެގެންވެއެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

" أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً لِقَوْمٍ يُوقِنُونَ" (المائدة: 50)

މާނައީ: "އެބައިމީހުން އެއެދެނީ ޖާހިލިއްޔަތުގެ ޙުކުމަށްހެއްޔެވެ؟ އަދި ( އަށް) ޔަޤީންކުރާ ބަޔަކަށް އަށްވުރެ، ޙުކުމްކުރުމުގެގޮތުން ހެޔޮވެގެންވަނީ ކާކުހެއްޔެވެ؟"

މާތްﷲ ރުއްސުންލެއްވި عبدالله بن عمر ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.

"لاَ يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعاً لِمَا جِئْتُ بِهِ" (قال النوري: حديث صحيح، رويناه في كتاب الحجّة بإسناد صحيح)

މާނައީ: "ތިޔަބައިމީހުންކުރެ އެކަކުވެސް، އެމީހަކު ހިތްއެދޭ ހުރިހާކަމެއް ތިމަންކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތާ ތަބާވެއްޖައުމަށް ދާންދެން، އީމާންވިކަމުގައި ނުވެއެވެ." الإمام النووي -رحمه الله- ވިދާޅުވިއެވެ. މިއީ ޞައްޙަ ޙަދީޘްފުޅެކެވެ. އަދި كتاب الحُجَّة ގައި މިޙަދީޘްފުޅު ޞައްޙަ ސަނަދާއިއެކު އަހުރެންނާ ހަމައަށް ރިވާވެގެން އައިސްފައިވެއެވެ.)

އަދި إمام شعبي -رحمه الله- ވިދާޅުވިއެވެ. "މުނާފިޤަކާއި ޔަހޫދީއެއްގެ މެދުގައި އަރާރުމެއްހިނގިއެވެ. މިހެން މިކަން ހިނގުމުން ޔަހޫދީކަލޭގެ ބުނެފިއެވެ. އަހުރެމެންގެ މިމައްސަލައިގެ ފައިސަލާ ކުރެއްވުމަށްޓަކައި ދާނީ މުޙައްމަދުގެފާނުގެ އަރިހަށެވެ. އެހެނީ ހަމަކަށަވަރުން އެކަލޭގެފާނު ރިޝްވަތު ނުހިއްޕަވާކަން މީނާއަށް އެގެއެވެ. މުނާފިޤުކަލޭގެ ބުނެފިއެވެ. އަހުރެމެންގެ މިމައްސަލައިގެ ފައިސަލާ ކުރުވުމަށްޓަކައި ދާނީ ޔަހޫދީންގެ ގާތަށެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުން ރިޝްވަތު ހިފާކަން މީނާއަށް އެގެއެވެ. ދެން ކޮންމެއަކަސް މިދެމީހުން އެންމެފަހުން އިއްތިފާޤުވީ މައްސަލައިގެ ފައިސަލާ ކުރުވުމަށްޓަކައި ބަނޫޖުހައިނާގެ ބުރަންމާނީއެއްގެ ގާތަށް ދިއުމަށެވެ. ދެންފަހެ މިއާޔަތްބާވައި ލެއްވިއްޖެއެވެ. "أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ......" (النساء: 60) (أخرجه ابن جرير الطّبري)

އަދި ބައެއް ޢިލްމު ވެރިން ވިދާޅުވިއެވެ. "މިއާޔަތް ބާވައިލެވުނީ (މައްސަލައެއްގައި) އަރައިރުންވީ ދެމީހުންނާބެހޭގޮތުންނެވެ. ފަހެ އެދެމީހުންކުރެ އެކަކު ބުނެފިއެވެ. އަހަރުމެންގެ މިމައްސަލަ ހުށައަޅާނީ ރަސޫލާގެ އަރިހަށެވެ. އަނެކަކު ބުނެފިއެވެ. އަހަރުމެންގެ މައްސަލަ ހުށައަޅާނީ (ޔަހޫދީންގެ ސަރުދާރު) كعب بن أشرف އަށެވެ. (ދެންފަހެ، މައްސަލައާއި ބެހޭގޮތުން رسول الله صلّى الله عليه وسلّم ފައިސަލާކުރެއްވުމަށްފަހު އެދެމީހުންކުރެ އެކަކު އެކަލޭގެފާނުގެ ފައިސަލާއަށް ނުރުހުމުން) ދެން އެންމެ ފަހުން މިދެމީހުން عمر ގެފާނަށް މައްސަލަ ހުށައަޅައިފިއެވެ. އަދި އޭގެ ތެރެއިން އެކަކު މައްސަލަ ހިނގިގޮތުގެ ވާހަކަ عمر ގެފާނަށް  ރަނގަޅަށް ކިޔައިދީފިއެވެ. ފަހެ، رسول الله صلّى الله عليه وسلّم ގެ ފައިސަލާއަށް ނުރުހުނު މީހާއަށް ޢުމަރުގެފާނު ވިދާޅުވިއެވެ. ކަންތައް ހިނގައި ދިޔައީ އޭނާ އެބުނިގޮތަށް ހެއްޔެވެ؟ މީނާ ބުނެފިއެވެ. އާއެކެވެ. ހަމައެހެން ބުނުމާއެކު ޢުމަރުގެފާނު އޭނާގެ ކަރުގައި ކަނޑިން ޖައްސަވައި އޭނާ ޤަތުލުކޮށްލައްވައިފިއެވެ." (أخرجه الثّعلبي)

 

މިބާބުގައި އެކުލެވޭ މަސްއަލަތައް

1.               ނިސާ ސޫރަތުގެ 60 ވަނަ އާޔަތުގެ ތަފްސީރު. އަދި ޠާޣޫތުގެ މާނަ ވިސްނުމުގެ މައްޗަށް އާޔަތުން މަދަދު ހާސިލުވުން.

2.               ބަޤަރާ ސޫރަތުގެ 11 ވަނަ އާޔަތުގެ ތަފްސީރު.

3.               الأعراف ސޫރަތުގެ 56 ވަނަ އާޔަތުގެ ތަފްސީރު.

4.               އަލްމާއިދާ ސޫރަތުގެ 50 ވަނަ އާޔަތުގެ ތަފްސީރު.

5.               "أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ......" މިއާޔަތް ބާވައިލެއްވުނު ސަބަބާއި ބެހޭގޮތުން إمام شعبي -رحمه الله- ވިދާޅުވެފައިވާ ބަސްފުޅު.

6.               ތެދުވެރި އީމާންކަމާއި، ދޮގުވެރި އީމާންކަމުގެ ތަފްސީރު.

7.               މުނާފިޤު ކަލޭގެއާ މެދު ޢުމަރުގެފާނު ކަންތައްކުރެއްވި ގޮތުގެ ވާހަކަ ބަޔާންވުން.

-ނިމުނީ-

 

ނޯޓް: މިލިޔުމަކީ شيخ الإسلام محمد بن عبد الوهاب ގެ "كتاب التوحيد"ގެ ދިވެހި ތަރުޖަމާ، (ޝެއިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު، ކުރައްވާފައިވާ ތަރުޖަމާ) އިން ނަގާފައިވާ ލިޔުމެކެވެ. މިފޮތް މިސައިޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. މިލިޔުން ފޮތުގައި ބަޔާންކުރެވިފައިވަނީ އަންނަނިވި ބާބުގެ ނަމުގައެވެ.   " ﷲގެ އަންނަނިވި ވަޙީބަސްފުޅުގެ ވާހަކަ ނަންގަތް ބާބު أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ......"

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)