|
ރަސޫލު
الله
صلى
الله
عليه
وسلمގެ
ޢީދު މީލާދު ފާހަގަ ކުރުން؟
ލިޔުނީ:
آدم نشان المالديفي

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ، އިސްލާމް ދީން ޙައްޤު ދީނެއް
ކަމުގައި ލައްވަވައި އެދީން ފުރިހަމަ ކުރެއްވެވި ގަދަ ކީރިތިވަންތަ
الله
سبحانه
وتعالى
އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޙައްޤުގޮތް
ބަޔާން ކޮށްދެވަވައި، ޝިރުކާއި އެންމެހައި މުންކަރާތްތަކާއި ޚުރާފީ
ކަންތައްތަކާއި ބިދުޢަތަކުން ދުރުހެލިވުމަށް ގޮވާލެއްވުމަށްޓަކައި،
މިއުއްމަތަށް ކައު ކުރެއްވި ކީރިތި ނަބިއްޔާ
محمد
صلى
الله
عليه
وسلم
އަށެވެ. އަދި މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ އާލު
އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތަށް
ތަބާވެގެންތިބި އެންމެހައި މީސްތަކުން ޝާމިލު ކުރަމެވެ.
الله
تعالى
ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
"وَمَا
آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا
وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ"
(الحشر:
7).
މާނައަކީ:
"އަދި ރަސޫލު
الله
صلى
الله
عليه
وسلم
އެކަމަކާއިގެން ވަޑައިގެންނެވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން
ހިފަހައްޓާށެވެ. އަދި ނަހީ ކުރެއްވި ކޮންމެ ކަމަކުން
ދުރުހެލިވެގަންނާށެވެ. އަދި ތިޔަބައިމީހުން
الله
އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން
اللهއީ
ޢުޤޫބާތް (ޢަޛާބު) ދިނުމުގައި ގަދަފަދަވެގެންވާ އިލާހެވެ."
ރަސޫލު
الله
صلى
الله
عليه
وسلم
ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"وإياكم
ومحدثات
الأمور؛
فإن
كل
محدثة
بدعة
وكل
بدعة
ضلالة"
وفي
رواية:
"وكل
ضلالة
في
النار"
(رواه
الإمام
أحمد
والنسائي).
މާނައަކީ:
"އަދި ދީނުގެ ކަންތައްތަކުގެ ތެރެއިން، އަލަށް އުފެދޭ ކަންތައްތަކުން
ތިޔަބައިމީހުން ދުރުހެލިވެގަންނާށެވެ. ފަހެ ކޮންމެ އައު ކަމަކީ
ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." އަދި
އެހެން ރިވާޔަތެއްގައިވެއެވެ. "އަދި ކޮންމެ މަގުފުރެދުމެއްވަނީ
ނަރަކައިގައެވެ."
ފަހެ
ރަސޫލު
الله
صلى
الله
عليه
وسلم
އަވަހާރަވެވަޑައިގެންނެވި ފަހުން ހަތަރު ޤަރުނު (400 އަހަރު)
ވަންދެން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރެވިފައެއް ނުވެއެވެ.
އެކަލޭގެފާނު ދެކެ ނިހާޔަތަށް ލޯބިފުޅުވާ އަނބިއަނބި ކަނބަލުންނާއި
އެކަލޭގެފާނުގެ އެއްވެސް ދަރިކަލަކުވެސް ނުވަތަ ދަރިކަނބަލަކުވެސް
އެދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނުގެ އެންމެ
އަރިސް، އަދި އެކަލޭގެފާނަށްޓަކައި މުޅި ޖާނާއި މާލު ހޭދަކޮށްގެން
ތިބި މަތިވެރި އަޞްޙާބު ބޭކަލުން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ
ކުރައްވާފައެއްް ނުވެއެވެ. އަދި އޭގެފަހުން އައި އެންމެ ހެޔޮ
ދެޤަރުނު ކަމުގައިވާ ތާބިޢީންނާއި އަތްބާޢުއް ތާބިޢީންގެ
ޒަމާނުގައިވެސް އެކަމެއް ކޮށްފައެއް ނެތެވެ. އުއްމަތުގެ އެންމެ
މަޝްހޫރު ހަތަރު އިމާމުން ވެސް (އިމާމް އަބޫ ޙަނީފާ، މާލިކް، ޝާފިޢީ
އަދި އަޙުމަދު ބިން ޙަންބަލް، މިބޭކަލުންވެސް) އެދުވަސް ފާހަގަ
ކުރައްވާފައެއް ނުވެއެވެ. އަދި ސަލަފުންގެ ޢިލްމުވެރިންވެސް މިކަން
ކޮށްފައެއް ނެތެވެ.
ދަންނާށެވެ. ރަސޫލު
الله
صلى
الله
عليه
وسلم
އުފަންވެވަޑައިގަތީ ސީދާ ކޮން ދުވަހެއްގައިކަމެއް ސާފުކޮށް އެނގޭކަށް
ނެތެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހާއިމެދު
ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް އިޚްތިލާފްވެ ވަޑައިގެންފައެވެ.
މިގޮތުން އެކަލޭގެފާނު އުފަންވެވަޑައިގަތީ ރަބީޢުލް އައްވަލް މަހުގެ
ދެވަނަ ދުވަސް ނުވަތަ އަށްވަނަ ދުވަސް ނުވަތަ ނުވަވަނަ ދުވަސް ނުވަތަ
ބާރަވަނަ ދުވަސް ނުވަތަ ސަތާރަވަނަ ދުވަސް ނުވަތަ ބާވީސްވަނަ ދުވަސް
ކަމާއިމެދުގައި ތާރީޚް ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް އިޚްތިލާފްވެ
ވަޑައިގަންނަވާފައެވެ. މިއިންވެސް ދަލީލުކޮށްދެނީ އެކަލޭގެފާނުގެ
ޢީދު މީލާދު ފާހަގަ ކުރުމަކީ ކުރަން އޮތްކަމެއް ނޫންކަމެވެ.
އަޅުގަނޑުމެން ވިސްނާލުމުންވެސް އެނގޭ ޙަޤީޤަތަކީ، އެއްވެސް މީހަކު
އެމީހެއްގެ ލޯބިވާ މީހަކު މަރުވުމުން، އެމީހެއްގެ އުފަންދުވަސް
ފާހަގަކޮށް ނޫޅޭ ކަމެވެ. އެހެން އެކަން ކުރާކަމުގައި ވާނަމަ، ދެން
ތިޔަބޭފުޅުން އެފަދަ މީހަކާއިމެދު ވިދާޅުވާނީ ކީކޭތޯއެވެ؟
މިދުވަހާއިމެދު ވިސްނާލާއިރު އަޅުގަނޑުމެންނަށް ސާފުކޮށް
ފެންނަންއޮތީ ރަސޫލު ﷲ
صلى
الله
عليه
وسلم
އަވާހާރަވެވަޑައިގެންފައިވަނީ މިދުވަހުގައި ކަމެވެ. އާދެ ރަބީޢުލް
އައްވަލްމަހުގެ 12 ވަނަ ދުވަހުގައި ކަމެވެ.
ކޮންމެއަކަސް
މިކަމަކީ މީލާދީން 10 ވަނަ ޤަރުނުގައި (ޙިޖްރީން 4 ވަނަ ޤަރުނުގައި)
މިޞްރުގައި އޮތް ޝިޔަޢީ ދައުލަތެއް ކަމުގައިވާ ފާޠިމީން ފަށާފައިވާ
ކަމެކެވެ. އެމީހުންނަކީ ޢަބްދުالله
ބުން މައެމޫން އަލް-ޤައްދާޙްއެވެ، ކިޔުނު ޔަހޫދީއެއްގެ
ދަރިފަސްކޮޅުގެ ބައެކެވެ. އެމީހުން، އެމީހުންނަކީ މަހުދީން ކަމަށް
ދަޢުވާކޮށް އަދި މުސްލިމުންނަކީ (ސުންނަތް ޖަމާޢަތުގެ
އަހުލުވެރީންނަކީ) މަގުފުރެދިފައި ތިބި ބައެއް ކަމަށް ޙުކުމް
ކުރިއެވެ. މިޝިޔަޢީންގެ ނުބައި ނުލަފާކަން ހުރި މިންވަރަކީ، އެމީހުން
اللهގެ
ނަބިއްޔާގެ ޞަޙާބީބޭކަލުންގެ ތެރެއިން އަބޫ ބަކުރު، ޢުމަރު، ޢާއިޝާ
(رضي الله عنهم أجمعين)
އަދި މިނޫންވެސް ވަރަށް ގިނަ ޞަޙާބީންނަކީ ކާފަރުން ކަމުގައި ހަދައި
އެބޭކަލުންނަށް ނިސްބަތްކޮށް ނުބައިނުލަފާ ދޮގު ބުހުތާނުހަދައި،
އެއްޗެހި ކިޔައި ހަދާފައިވެއެވެ. އަދި މިޞްރުގެ މީހުން ތަރާވީޙް
ނަމާދު ކުރުމުން މަނާ ކުރުވިއެވެ. އަދިވެސް މިބައިމީހުންގެ ނުބައި
ނުލަފާކަން ހުރި މިންވަރު ނިމުނީކީއެއް ނޫނެވެ. މިފާޠިމީންގެ
ދުވަސްވަރު މިޞްރު މީހުން ބުޅަލާއި، ކުއްތާއާއި މަރުވެފައިވާ (މުޅަ)
ޖަނަވާރުގެ މަސް ކައި އުޅުނެވެ. އަދި ނުވިތާކަށް އެމީހުންގެ
ޅަދަރީންގެ މަސްވެސް ކައިއުޅުނުކަމުގައި ވިއެވެ.
ފަހެ
މިބައިމީހުން، މިބައިމީހުންގެ އެދީނަށް މީހުން ވައްދައި އަދި
އެމީހުންނަކީ ރަސޫލު
الله
صلى
الله
عليه
وسلم
ދެކެ ލޯބިވާ ބައެއްކަމުގައި ދެއްކުމަށް ރަސޫލު
الله
صلى
الله
عليه
وسلمގެ
ޢީދު މީލާދު ފާހަގަ ކުރަންފެށިއެވެ. އާދެ ނަޞާރާއިންވެސް ޢީސާ
عليه السلامގެ
ޢީދު މީލާދު ފާހަގަ ކުރާ ފަދައިންނެވެ. އެހެންކަމުން ދަންނާށެވެ.
މިފަދަ ނުބައި ނުލަފާ ބަޔަކު
اللهގެ
ނަބިއްޔާއާއި ބެހޭގޮތުން ރަނގަޅު ކަމެއް ކުރާނެހެން ހީވޭތޯއެވެ؟ ވީމާ
ވަކި އަޅުގަނޑުމެން، މިދުވަސް ފާހަގަ ކުރުން ހުއްދަވާނެތޯއެވެ؟
ކޮންމެއަކަސް މިދުވަހަކީ އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވި
ދުވަސް ކަމުގައިވުމުން އެބައިމީހުން މިދުވަސް ފާހަގަ މިކުރަނީ
އެކަލޭގެފާނުގެދެކެ ލޯބިން ކަމާއިމެދު ޝައްކެވެ. އެމީހުން މިދުވަސް
ފާހަގަ މިކުރަނީ ކީރިތި ނަބިއްޔާ އަވަހާރަވުމުން އެކަމުގެ އުފަލުގައި
ކަމަށްވުން ގާތެވެ.
والله أعلم.
الله
އާއި އެއިލާހުގެ ނަބިއްޔާއަށް ލޯބިކުރާ ކަމުގައިވާނަމަ ޢަމަލު
ކުރަންވީގޮތް ޤުރުއާނާއި ކީރިތި ނަބިއްޔާގެ ސުންނަތުގައި ވަނީ
އަންގަވާފައެވެ.
الله
تعالى
ވަޙީކުރައްވާފައި ވެއެވެ.
"
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ
اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ"
(آل عمران:
31).
މާނައަކީ:
"ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން
اللهދެކެ
ލޯބިވާ ކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް
ތަބާވާށެވެ. އޭރުން
الله
تعالى
ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ
ފާފަތައް ފުއްސަވާ ދެއްވާނެއެވެ."
އިމާމް
ޝާފިޢީ
رحمه
الله،
އެކަލޭގެފާނުގެ މަޝްހޫރު ޅެން ބައިތެއްގައި ވިދާޅުވެފައި ވެއެވެ.
تَعْصِي الإِلَهَ وَأَنْتَ تُظْهِرُ حُبَّهُ
هَذَا مَحَالٌ فِي الْقِيَاسِ بَدِيْعٌ
لَوْ كَانَ حُبُّكَ صَادِقًا لأَطَعْتَهُ
إِنَّ الْمُحِبَّ لِمَنْ يُحِبُّ
مُطِيْعٌ
މާނައަކީ:
"ތިބާ
الله
އަށް އުރެދޭ ޙާލު އެއިލާހުދެކެ ލޯބިވާކަމަށް ފާޅުކުރެއެވެ.
(ނުވަތަ
ދައްކައެވެ.)
ތިޔައީ ޤިޔާސީގޮތުން (އަޅާކިޔުމުގެ ގޮތުން) އެއްގޮތަކަށްވެސް
ދިމާނުވާ، މުޅިން މުސްތަޙީލު އަދި އައު ކަމެކެވެ. ތިބާ ތިޔަވާ
ލޯތްބަކީ ޙަޤީޤީ ލޯބިކަމުގައި ވާނަމަ، ތިބާ އެއިލާހަށް
ކިޔަމަންތެރިވެ ތަބާވީހެވެ. ފަހެ ލޯބިވާ މީހަކުވަނީ އެމީހަކު
އެލޯބިވީ މީހަކަށް ކިޔަމަންތެރިވެ ތަބާވާ މީހެއް ކަމުގައެވެ."
މީގެ
ޙަޤީޤަތަށް ބަލާލަމާތޯއެވެ.
الله
سبحانه
وتعالى
ފަރުޟު ކުރެއްވި ފަސްނަމާދު އަޅާފައި، މިއުޅެނީ އެއްކަލަ 'މާލޫދު'
ކެއްކުމުގައެވެ. ދުވަހަކު މިސްކިތައް ނަމާދަށް ނޭރިކަމުގައިވިޔަސް
މާލޫދުކާން ހަރުގެއަށް ދެވެއެވެ. ނުވަތަ އެކަމުގެ އުފަލުގައި ބާއްވާ
ޖަލްސާތަކަށާއި ޙަފްލާތަކަށް ކުލަކުލައިގެ ފާޑުފާޑުގެ ހެދުންތަކާއި
ޓައީތައް އަޅައިގެން ދެވެއެވެ. ފަހެ ކަންހިނގާ ގޮތަކީ މިއީކަމުގައި
ވާއިރު، މިދުވަސް ފާހަގަ ކުރަނީ،
الله
އާއި އެއިލާހުގެ ނަބިއްޔާ ދެކެ ވާލޯތްބެއްގެ ބޮޑުކަމުން ކަމުގައި
ޤަބޫލު ކުރާނީ ކިހިނަކުންތޯއެވެ؟
އެހެންކަމުން ތިބާއަކީ، ޤުރުއާނާއި
اللهގެ
ނަބިއްޔާގެ ސުންނަތަށް ތަބާވާ މުއުމިނެއްތޯ، ތިބާގެ އަމިއްލަ
ނަފްސާއި ސުވާލު ކޮށްލައްވާށެވެ. ރަސޫލު
الله
صلى
الله
عليه
وسلم
ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلاَّ مَنْ أَبَى
قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي
دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى"
(البخاري،باب الاعتصام بالكتاب والسنة،ح:6737).
މާނައަކީ:
"ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ސުވަރުގެ ވަނުމަށް އިންކާރު
ކުރި މީހުން ފިޔަވައި އެހެން ހުރިހާ އެންމެން ސުވަރުގެ
ވަންނަހުއްޓެވެ. އެހިނދު ޞަޙާބިއްޔަ ބޭކަލުން ދެންނެވިއެވެ.
'ސުވަރުގެ ވަނުމަށް އިންކާރު ކުރަނީ ފަހެ ކާކު ހެއްޔެވެ؟' ދެން
ރަސޫލު
صلى
الله
عليه
وسلم
ވިދާޅުވިއެވެ. 'ތިމަން ކަލޭގެފާނަށް ކިޔަމަންތެރިވި މީހަކު ސުވަރުގެ
ވަންނަހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ
ދަންނައެވެ. ފަހެ އޭނާ ސުވަރުގެ ވަނުމަށް އިންކާރުކޮށްފިއެވެ.'"
وصلى الله وسلّم على نبيِّنا محمّد وعلى آله وصحبه
وسلّم.
والحمد لله رب العالمين.
-ނިމުނީ- |