|
-
ﷲ
އާއި އެއިލާހުގެ ރަސޫލާއަށް ޖެއްސުން ކުރުމަށް ނޫޅޭށެވެ!
ހިތާމައަކީ ޤުރުއާނާއި ސުންނަތް އަޅުގަނޑުމެންގެ އަތްމަތީގައި
ސާފުކޮށް ފެންނަން އޮއްވާވެސް، ތިމާ ބޭނުން ގޮތެއް ޚިޔާރު ކޮށް
އެގޮތަކީ ރަނގަޅު ގޮތްކަމުގައި ހެދުމަށް މަސައްކަތް ކުރާކަމެވެ.
ޙަޤީޤަތަކީ ދީނީ ކަންތައްތަކަށް ފުރައްސާރަކޮށް މަލާމަތް ކުރާ
މީހުންނަށްވެސް ޚުދު އެމީހުން އެތިބީ ޙައްޤުގައި ނޫންކަން
އެނގޭކަމެވެ. އަދި އެގޮތުގައި ތިބެ މަރުވެއްޖެއްޔާ ސަލާމަތްކަމެއް
ނެތްކަންވެސް ދަނެތެވެ. އެހެންނަމަވެސް ޝައިޠާނާ ބޮލަށް ސަވާރު
ވެފައިވާލެއް ބޮޑުކަމުން ޙައްޤަށްވުރެ ބާޠިލްގޮތް ރީތިވެފައި ވަނީ
އެވެ. ކަމެއް ކުރުމަށް އަމުރު ކުރުމުން އެކަމެއް ނުކޮށް ދޫކޮށްލައި،
ކަމެއް ނަހީކޮށް މަނާ ކުރުމުން އެކަމަކަށް އަރައިގަތުމަކީ ފަހެ މިއީ
ޖެއްސުން ކުރުމަށް އުޅެމީހުންގެ ފާޑެއް ނޫންތޯއެވެ؟
______________________________________________________
-
އަޅުގަނޑުމެންނަކީ ކޮން
ޢަޤީދާއެއްގެ ބައެއް؟
މިއަދު އިސްލާމީ އުންމަތުން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ
ވަރަށްވެސް ހިތާމަވެރި މަންޒަރު ތަކެކެވެ. މުސްލިމު އެތައް
ފަރުދުންތަކެއް މިވަނީ އެމީހުންގެ ޢަޤީދާ އޮޔާ ދުއްވާލައި،
އިސްލާމްކަމާއި އީމާންކަމާއި އަދި މިނޫންވެސް ދީނުގެ އެތައް
ޙުކުމްތަކަކީ އެމީހުންގެ ހަވާ ނަފްސުގެ އެދުންތަކާއި އެއްގޮތަށް
މާނަކުރާ އެއްޗެއް ކަމުގައި ހަދާފައެވެ. އެމީހުން ދެކެނީ ހަމައެކަނި،
ދުލުކުރިން ޝަހާދަތުގެ ދެކަލިމަ ކިޔާލުމުން ފުރިހަމަ މުސްލިމަކަށްވެ
އީމާންކަން ފުރިހަމަވީ ކަމަށެވެ.
______________________________________________________
- އިސްލާމްދީނުގެ ދިފާޢުގައި
ދިވެހިން.
(އޯޑިއޯ)
މިޕްރޮގްރާމަކީ 23 ޑިސެމްބަރ 2011ގައި - އިސްލާމްދީނުގެ ޙިމާޔަތުގައި
ދިވެހިން - މިބޮޑު އެއްވުމާއި ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ
ވަރަށް ޚާއްޞަ ޕޮރޮގްރާމެކެވެ. މިޕްރޮގްރާމްގައި އަޅުގަނޑުމެން
ކާބަފައިން އިސްލާމްދީނަށް ކުރި ގަދަރު، އޭރުގެ ވެރީންނާއި
ރަސްރަސްކަލުން އިސްލާމްދީނުގެ ޙުކުމްތައް ތަންފީޛު ކުރެއްވުމަށް
ދެއްވަވާފައިވާ އަހަމިއްޔަތުކަން، ކާބަފައިން ދީނާއި ޤައުމުގެ
ދިފާޢުގައި ވެވަޑައިގެންނެވި ޤުރުބާނީއާއި ކުރެއްވެވި މަތިވެރި
ޖިހާދުތަކުގެ ވާހަކަ ދިވެހި ތާރީޚުން. މިތަނުގައި ލާދީނިއްޔަތު
ފެތުރުމަށް ކުރެވެމުންދާ އެކިއެކި މަސައްކަތްތަކާއި އެކަންކަމަށް
ވާގިވެރިވަނީ ކޮން ބައެއްކަން. ބޮޑު އެއްވުމަށް ނިކުތުމަށް
މަޖުބޫރުވި ސަބަބު. ބޮޑު އެއްވުމާއި އިދިކޮޅު ފަރާތްތަކުން
ފަތުރަމުންދާ ބުހުތާނު ދޮގު ވާހަކަތަކަށް ރައްދު. އަދި ކޮންމެ
މުސްލިމަކަށްވެސް ވަރަށް އަގުހުރި ނަޞޭޙަތްތަކެއް ހިމެނޭ.
______________________________________________________
-
މުޅި މީޑިއާ ވަހުޝީ ވެފައި.
ނޫސްވެރިކަމުގެ ފާހެއް ލިބުމަކީ، އެކިއެކި މިޝަންތަކާއި
އޮޕަރޭޝަންތަކުގެ ނަމުގައި ﷲ ތަޢާލާ ޙަރާމް ކުރައްވާ ނަހީ
ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަތުމަށް ލިބޭ ހުއްދައެއް
ނޫނެވެ. އަދި އެކަންތައްތައް ރީތިކޮށް ޒީނަތްތެރިކޮށް ފަޚުރުވެރިވެ
މީސްތަކުންގެ ތެރޭގައި ފަތުރަން ލިބޭ ހުއްދައެއްވެސް ނޫނެވެ. އަދި
އެއީ ތިިމާގެ ޢަމަލުތަކުގެ ފަތް ނުލިޔެވި އުފުލިގެން ދާނޭ
ސަބަބެއްވެސް ނޫނެވެ.
______________________________________________________
-
އުންމަތުގެ ޢިއްޒަތާއި ކަރާމަތް ދިޔައީ ޙަޤީޤަތުގައި ވެސް ޖިހާދު
ދޫކޮށްލުމުންނެވެ.
މީސްތަކުން
އުންމަތުގެ ޢިއްޒަތާއި ކަރާމަތް ނަގަހައްޓައި އުންމަތުގެ ވަޙްދަތު
ހިފަހައްޓާ އެއްޗަކީ ޖިހާދެވެ. ޖިހާދުކުރުމަކީ،
އިސްލާމްދީން ޙިމާޔަތްކުރުމަށާއި،
އަނިޔާވެރިކަން ނައްތާލުމަށާއި،
ނަފްސުގެ ދިފާޢުގައި ﷲ ފަރުޟުކުރައްވާފައިވާ ވަރަށް މަތިވެރި
އަޅުކަމެކެވެ.
ޤިޔާމަތާ ޖެހެންދެން ޖިހާދު ދެމިގެންވެއެވެ. ޤިޔާމަތް ދުވަހާ
ޖެހެންދެން ފަލަޞްޠީނުގެ ބިމުގައި ޖިހާދުކުރެވޭނޭ ކަމުގެ ޚަބަރު
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކުގައި
ވެއެވެ. ބައިތުލްމަޤްދިސާއި އެތަންވަށައިގެންވާ
ސަރަޙައްދުތަކުގައެވެ.
______________________________________________________
-
ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތް.
ޙައްޖުގެ
މަގުތަކަށް ކެރިކުޅަދާނަ ވެއްޖެމީހާ ޢުމުރުން
އެއްފަހަރު ޙައްޖުވުމަކީ ވާޖިބުކަމެކެވެ.
ހަމައެފަދައިން ޢުމުރުން އެއްފަހަރު
ޢުމްރާވުމަކީވެސް ވާޖިބުކަމެކެވެ.
ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުން
ޢާއްމުގޮތެއްގައި ކުރަނީ ޙައްޖު ތަމައްތުޢުއެވެ.
އެހެންކަމުން ޙައްޖާއި ޢުމްރާއާއި މިދެވާޖިބު
ޙައްޖު ދަތުރުގައި އަދާކުރެވޭނެއެވެ. ޙައްޖު
ތަމައްތުޢުގެ ވާހަކަ އަދި ފަހުން އަންނަ
ހުއްޓެވެ. ޙައްޖުގެ މަގުތަކަށް ކެރިކުޅަދާނަ
ވުމަކީ ޙައްޖުވުމަށް ޚަރަދުކުރުމަށް ކުޅަދާނަ
ވެގެންވުމާއި، ޞިއްޙީގޮތުން ކުޅަދާނަ
ވެގެންވުމާއި މަގުއަމާން ވެގެންވުމެވެ. ޙައްޖު
ވާޖިބުވުމުން ޙައްޖުވުމަށް އަވަސްވެގަތުމަށް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު
ކުރައްވާފައިވެއެވެ.
______________________________________________________
-
އިސްލާމީ ނަޒަރަކުން
ޖަނަވާރުންގެ ޙައްޤުތައް!

މަޢުޟޫއަށް ދިޔުމުގެ ކުރިން،
ޙައްޤުތައް ދިފާޢުކުރުމުގެ ނަމުގައި ހެދުން އަޅައިގެން،
އަޑުގަދަކުރަމުންދާ ހުޅަނގުގެ ޤައުމުތަކުން،
އެބައިމީހުންގެ އެދުންތައް ޙާޞިލުކުރުމަށްޓަކައި،
ޖަނަވާރުތަކުގެ ޙައްޤު ނިގުޅައިގަންނަ ހާދިސާއެއް ފޮޓޯއާއިއެކު
ބައްލަވާ ލައްވާށެވެ. ރަޙުމެއް ހުންނަ ހިތެއްގެ ވެރިޔަކަށް ބައެއް
ފޮޓޯތައް ބެލުމަށް ނުކުޅަދާނަވެދާނެއެވެ. ނަމަވެސް ޙަޤީޤަތް
ބަޔާންކޮށްދިނުމުގެ ގޮތުން މިފަދަ ފޮޓޯވެސް ހިމަނާލީމެވެ. ފޮޓޯއިން
ތިފެނިވަޑައިގަންނަވަނީ ފުރާންސްގައި މަޝްހޫރު ކެއުމުގެ
ބާވަތެއްކަމުގައިވާ "ފޮއި ގުރަސް"(Foi
Gras)
އިނގިރޭސިބަހުންނަމަ "ފެޓީ ލިވަރ" (Fatty
liver)
ކިޔާ ބާވަތެއްގެ ކެއުމެކެވެ. މިކެއުން ތައްޔާރުކުރަނީ،
އަސްދޫނި ނުވަތަ އެއާއިލާގެ "ގޫސް" ކިޔާބާވަތުގެ އަސްދޫންޏަށް
ގަދަކަމުން ކާންދީގެނެވެ. ގިނައިން ކާންދިނުމުގެ ސަބަބުން މޭ ފަލަވެ
ބޮޑުވެއެވެ. މިކެއުން ތައްޔާރުކުރާގޮތް ބައްލަވާ ލައްވާ!
______________________________________________________
-
މުސްލިމުން، ކްރިސްމަސް ދުވަސް ފާހަގަކޮށް އެދުވަހު އެކަކު
އަނެކަކަށް ތަހުނިޔާ ކިޔައި އުޅުމުގެ ޙުކުމް.
މިއަދު ގިނަ މުސްލިމުންގެ ބޭރުފުށުގެ
މަލަމައްޗާއި އެމީހުންގެ ޢަމަލުތަކަށް ބަލާލައިފިނަމަ އެއީ
މުސްލިމެއްކަން ހަމަ އެއްގޮތަކަށްވެސް ނޭނގޭނެއެވެ. އަދި
ކިއެއްހެއްޔެވެ، ނުވިތާކަށް އެމީހުން ފެންނަ މީހަކަށް އިޙުސާސް
ކުރެވޭނީ އެއީ އެހެން ކޮންމެވެސް ދީނެއްގެ މީހެއް ކަމުގައެވެ. އަޅާ
ހެދުމުގައާއި ކުރާ ކަންތައްތަކާއި ކައިބޮއެ އުޅޭ ތަކެތީގައި
ޔަހޫދީންނާއި ނަޞާރާއިންނާއި ވައްތަރުވެގެންފިއެވެ. ޙަރާމް ޙަލާލެއް
ބެލުމެއް ނެތިއެވެ. ތިމާގެ އިސްލާމްކަމަކީ ހަމައެކަނި ދުލުން ބުނާ
ބަހެއްކަމުގައި ހަދައި، ބޭރުފުށުގެ މަލަމައްޗާއި ކުރާ ޢަމަލު މިވަނީ
ކާފަރު އެއްޗެއް ކަމުގައި ހަދާފައެވެ. ކޮންމެއަކަސް މިއަދު މިވަނީ
މުޅި އިސްލާމީ އުންމަތައް ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތައް ފެތުރި
ޢާއްމުވެފައެވެ. އެވެރިންގެ ދިރިއުޅުމުގެ އުޞޫލުތަކާއި ސިޔާސަތާއި
ޙަފްލާތަކާއި ޗުއްޓީތަކާއި ހެދުން އެޅުމުގެ ވައްޓަފާޅިއާއި މިފަދަ
އެތައް ކަމެކެވެ. މިގޮތުން މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި
މިއޮތީ އެވެރިންގެ ބޮޑު ޙަފްލާއެއްކަމުގައިވާ 'ކްރިސްމަސް
ދުވަހެވެ.
______________________________________________________
-
އިސްލާމްކަމަކީ ކޮބައިކަން ފަހެ
އެނގޭ ހެއްޔެވެ؟
ދިވެހިރާއްޖެއަކީ ސަތޭކަ ޕަސެންޓް
مسلم
ޤައުމެކޭ ބުނުމަކީ ވަރަށްވެސް
ހިތްދަތި ކަމެކެވެ.
ﷲ އާއި އެއިލާހުގެ ކީރިތި ނަބިއްޔާ
محمّد صلى الله عليه وسلّمގެ
ޙުކުމްފުޅުތަކަށް އިންކާރުމުގައި ހައްދުފަހަނާޅާ ގޮސްފައިވާ، އެތައް
ދަރީންނެއް މިއަދު މިފަސްގަނޑުގައި މިވަނީ އުފެދިފައެވެ. މީގެ
ތެރެއިން އެއް ބަޔަކު އިސްލާމްދީން ދޫކޮށް މުރުތައްދުވެފައިވާ އިރު،
އަނެއް ބަޔަކު އިސްލާމްދީނުގެ ޙުކުމްތަކާއި އިންކާރުކޮށް ފުރައްސާރަ
ކުރާ ޙާލުވެސް ދަޢުވާ ކުރަމުން އެދަނީ ތިމަންމެންނަކީވެސް
"އިސްލާމުން، މުސްލިމުން" ކަމުގައެވެ. ފަހެ ޢަޖާއިބުވެ އަންތަރީސް
ނުވާނޭހެއްޔެވެ. ޢަޤީދާ އޮޔާ ދުއްވާލާ، ތިމާ ހިތުހުރި ގޮތަކަށް އުޅެ،
ހިތުހުރި ކަމެއް ކުރަމުން ދާއިރު މުސްލިމެއް ކަމުގައިވާނީ ފަހެ ކޮން
ބީދައަކުން ހެއްޔެވެ؟
______________________________________________________
-
އަދުގެ ޙާލަތު، ކީރިތި ނަބިއްޔާގެ
ބަސްފުޅުން...؟
މީސްތަކުން ހާސްވެ ކަންބޮޑުވެގެން، ވާނުވާ ނޭނގި އުޅެނީއެވެ. މުޅި
ދުނިޔެ ހުއްޓުމަކަށް އަންނަން އުޅޭ ކަހަލައެވެ. ކަމުގެ މާހިރުންވެސް ވަނީ
ވާނުވާ ނޭނގި ހާސްކަމެއްގެ ތެރޭގައެވެ. ހަމަ ނޭނގި ތިއްބާ ފާޑުފާޑުގެ
ގޮތްނޭނގޭ އެތައް ބަލިތަކެއް ފެތުރިގެން ދަނީއެވެ. ތަކެތީގެ އަގުބޮޑުވެ
އަތްނުފޯރާ ފަށަށް އަގުތައް އުފުލި ދަނީއެވެ. އަނިޔާވެރި ނުބައި
ނުލަފާ ވެރީންތައް ހައްތަހާ އިތުރުވަނީއެވެ. ވާރޭ ނުވެހުމުގެ
ސަބަބުން ހަނަފަސްކަން ފެތުރި، ފެނަށް ޖެހިދާނެތީ އެއްބަޔަކު ބިރުން
ހާސްވެގެން އުޅެނީއެވެ. އަޅުގަނޑުމެން ހަމަ ބަލަން ތިއްބާ،
އަޅުގަނޑުމެންގެ
މައްޗަށް ކާފަރުންގެ ޢަދުއްވުންތައް ވެރިވެގަނެ ތަޅާ ސުންނާފަތި
ކުރަމުންދަނީއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތަޅާފޮޅުން ޢާއްމުވެ
އެއްބަޔަކު އަނެއްބަޔަކު މަރަމުން ދަނީއެވެ. ސުބްޙާނަﷲ އެވެ. ކީރިތި
ނަބިއްޔާ މުޙައްމަދު
الله صلى الله عليه وسلم
މީގެ ސާދަސަތޭކަ އަހަރު ކުރިން މިކަން ވަނީ ބަޔާންޙަދީޘްފުޅު
ކުރައްވާފައެވެ.
______________________________________________________
-
މުސްލިމުންގެ ރަށްރަށުގައި ފައްޅިއެޅުމުގެ
ޙުކުމް
"މުސްލިމުންގެ ރަށްރަށުގައި
ފައްޅި ބިނާކުރުމަކީ،
ﷲއަށް ޝަރީކުކުރާ ތަންތަން ހެދުމަކީ
ޙަރާމްކަމެއްކަމާއި،
އަލަށް ފައްޅިއެއް ބިނާކޮށްފިނަމަ އެތަނެއް
ހަލާކު ކޮށްލުމަކީ ވާޖިބުކަމެއްކަމާއި،
އަދި ޚާއްޞަކޮށް ޖަޒީރަތުލް
ޢަރަބުގައި ފައްޅިއެޅުމާއި ﷲއަށް ޝަރީކު ކުރާ ތަންތަން ހެދުމުގެ ފާފަ
މާބޮޑުވެގެންވާ ކަމުގެ މައްޗަށް ހަމަކަށަވަރުން ދަންނަބޭކަލުން
އިޖްމާޢުވެފައި ވެއެވެ."
އެހެންދީންތަކުގެ މީހުންނަށް އެބައިމީހުންގެ ދީނީ
ޝިޢާރު ފާޅުކުރުމުގެ ތަންތަން ރާއްޖޭގައި ހެދުމާއި،
އަދި ދީނީ
މިނިވަންކަން ޤާނޫނީގޮތުން ލިބިގެން އެބައިމީހުން ރާއްޖޭގައި
އުޅެންފަށައި ގަތުމަކީ ދުނިޔޭގައި މިޒަމާނުގައި ކަންތައް
ހިނގަމުންދާގޮތަށް ބަލާއިރު،
ފަންސާހަކަށް އަހަރުވެސް ނުވަނީސް،
ރާއްޖެ ދީނީގޮތުން ބައިބައިވެ ހީވެސް ނުކުރާފަދަ ފިތުނަވެރިކަމެއްގެ
ތެރެއަށް ވެއްޓިގެން ހިގައިދާނެ ކަމެކެވެ. އެފަދަ ޙާލަތެއްގައި،
މިލިޔަން މިލިޔަން ޑޮލަރުގެ އެހީއާއި،
އިންޓަރނޭޝަނަލް މުޢާހަދާތަކުގެ
އެހީގެދަށުން އަދި އިންސާނީ ޙައްޤުތަކުގެ ނަމުގައި އެހެންދީން ދީނުގެ
މީހުން ދިވެހި މުސްލިމުންގެ މައްޗަށް ރާއްޖޭގައި ވެރިވެގަތުމަކީ
ނުވުމަށްވުރެ ވުން ކައިރީގައި އޮތް ކަމެކެވެ.
______________________________________________________
-
ތިބާ މުސްލިމެކޭ ބުނެ ހުރެ ހަވާ ނަފްސަށް
އަޅުކަން ނުކުރާށެވެ.
ﷲ
ތަޢާލާ
އަކީ މިދުނިޔެ ފެށިގެން ނިމެންދެން އަދި އަދި އޭގެ ކުރީގައާއި
ފަހުގައިވެސް ވާނޭ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އިންސާނާތޯއެވެ؟ އެއިލާހުގެ ޚަލްޤުތަކުންގެ ތެރެއިން ނިކަމެތި
މަޚްލޫގެކެވެ. ވިސްނުމާއި ބުއްދި ދެއްވިފައިވީ ކަމުގައި ވީނަމަވެސް
ކޮންމެ އިންސާނަކީވެސް އުނި މީހެކެވެ. އިންސާނާގެ ޠަބީޢަތުގައިވަނީ
އަމިއްލަ ނަފްސު އެދޭ ކަންތައްތައް ޙާޞިލް ކުރުމެވެ. އާދެ ކޮންމެ
ކަމެއްގައިވެސް އަމިއްލަ އެދުން ކުރިއަށް ނެރުމެވެ. ތިމާ ބޭނުން
ކަމެއް ކޮށްލުމަކީ ނުވަތަ ޙާޞިލް ކުރުމަކީ މަޤްޞަދަކަށް
ވެފައިވާއިރު، އޭގެ ސަބަބުން އަނެކުންނަށް ވާނޭ އުނދަގުލަކަށް ނުވަތަ
ގެއްލުމަކަށް، މަދު މީހަކު މެނުވީ ނުބަލައެވެ. ކުރުގޮތަކަށް
ބަޔާންކުރާނަމަ އިންސާނާއަކީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެކެވެ.
______________________________________________________
-
ޙައްޖުގެ މަތިވެރި އަޅުކަން.
އިންސާނާއަކީ ވަރަށް ފަސޭހައިން ފާފަތަކަށް އަރައިގަނެވޭ މީހެއް
ކަމުގައި ވެއެވެ. އެހެންނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަ ކަމުން
އެފަދަ ހުރިހާ ފާފަތަކެއްވެސް ފުއްސަވާ ދެއްވައެވެ.
މިގޮތުން ވަކި މަސްތަކާއި ދުވަސްތައް އަހަރުގެ އެހެން މަސްތަކާއި
ދުވަސްތަކަށްވުރެ މަތިވެރި ކުރައްވައި އެދުވަސްތަކުގައި ކުރާ ހެޔޮ
ޢަމަލުތަކަށް މޮޅު އިތުރުވެގެންވާ ދަރުމައާއި ޘަވާބު ދެއްވަވައެވެ.
އަދި ހަމައެހެންމެ އެފަދަ ހެޔޮ ޢަމަލުތަކަކީ މީސްތަކުންނަށް
ކުރެވިފައިވާ ކުދި އަދި ބޮޑު އެތައް ފާފަތަކެއްގެ ކައްފާރާއެއްގެ
ގޮތުގައި ލައްވަވާފައިވެއެވެ.
ކޮންމެއަކަސް
މިހާރު އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ މިބަރަކާތްތެރި ޙައްޖު
މޫސުމުގެ ދުވަސްތަކެވެ. މިގޮތުން މިމޫސުމުގައި އަދާކުރެވޭ އެންމެ
މަތިވެރި އެއް އަޅުކަމަކީ ޙައްޖުގެ އަޅުކަމެވެ.
ޙައްޖުގެ މަތިވެރިކަމާއި ބެހޭގޮތުން ރަސޫލު ﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް
ނުވެއެވެ."
______________________________________________________
-
ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ
މަތިވެރިކަން.
އަޅުކަމުގެ މޫސުމްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ޙައްޖުމަހުގެ
ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. އަހަރުގެ އެެހެން ހުރިހާ
ދުވަސަތަކަށްވުރެ، ﷲ ތަޢާލާ އެދުވަސްތަކަށް މަތިވެރި ކުރައްވާފައި
ވެއެވެ.
އަޅުގަނޑުމެންނަކީ މާދަމާވެސް މަރު އައިސް
އަޅުގަނޑުމެންނާއި ބައްދަލުކޮށްފިނަމަ
ސުވަރުގެއަށް ދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް ބައެއް
ނޫނެވެ. އަޅުގަނޑުމެން މިވަނީ
ނުބައިކަންތައްތަކަށް
އަރައިގަތުމަށް
އަވަސްވެގަންނަ އަދި ހެޔޮ ކަންތައްތައް
ކުރުމަށް ލަސްވެގަންނަ
ބައެއްކަމުގައި ވެފައެވެ. އެހެންކަމުން ވަޤުތު ފާއިތުވުމުގެ ކުރިން
އަޅުގަނޑުމެން ހެޔޮކަންތައްތަކަށް އަވަސްވެގަނެ، މިދިހަ ދުވަހުގެ
ފާއިދާ ފުރިހަމައަށް ލިބިގަންނަމާތޯއެވެ.
______________________________________________________
-
އުންމަތުގެ ޢިއްޒަތާއި ކަރާމަތް ދިޔައީ
ޙަޤީޤަތުގައި ވެސް ޖިހާދު ދޫކޮށްލުމުންނެވެ.
އިސްލާމީ އުންމަތް މިއަދު ދުވަސްތައް ހޭދަކުރަމުން މިދަނީ ދިފާޢީ
ޙާލަތެއްގައެވެ. އިސްލާމުންގެ އެތަކެއް ބިމެއް އެވަނީ އިސްތިޢުމާރު
ކުރެވިފައެވެ. މުޤައްދަސް ބިން " ޤުދުސް "
،
ފަލަޞްޠީނުގެ އެހެނިހެން ސަރަޙައްދުތައް،
މަސްޖިދުލްއަޤްޞާ،
އަފްޣާނިސްތާނު،
ޗެޗްނިޔާ،
ކަޝްމީރު،
ހާރޫނުއްރަޝީދުގެ ދާރުލްޚީލާފާ ( ޢިރާޤު ) ފަދަ އިސްލާމުންގެ ބޮޑެތި
ބިންތައް އެވަނީ އިސްތިޢުމާރު ކުރެވިފައެވެ.
މިފަދަ ވަގުތެއްގައި އެތަންތަނަށް ގޮސް ޖިހާދުކުޅައުމަށް
ކުޅަދާނަވެގެންވާ މީހާގެ މައްޗަށް ޖިހާދުކުރުން ފަރުޟުވެގެންވެއެވެ.
މުސްލިމުންގެ ބިންތަކުގެ ތެރެއިން ބިމެއްގެ ކައިވަތެއްހާ
މިންވަރުގެ މައްޗައް ދުޝްމަނުން ގަދަވެގެންފި ނަމަ އެތަނެއް
ޙިމާޔަތްކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ.
______________________________________________________
-
އަޅުކަމާއި އެކުވި އުފާވެރިކަން.
ރަމަޟާން މަސް ދިޔައީއެވެ. އެމަހާއި އެކު އެމަހުގައި ކުރި
އަޅުކަންތަކާއި ހެޔޮ ޢަމަލުތައް ވެސް ދިޔައީއެވެ. މިއީ އެކަމުގެ
އުފަލާއި ހިނިތުންވުމާއި ފޮނިމީރުކަމާއިގެން އައި ޢީދެވެ.
މިޢީދުގައި އެންމެވެސް އުފާކޮށް ހިނިތުންވާށެވެ. އަހަރެމެންގެ ކީރިތި
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ދަސްކޮށްދެއްވާފައިވަނީ މިގޮތެވެ.
އަދި މިއީ އެންމެހައި މުސްލިމުންގެ ހިތްތަކުގެ ފިތުރަތާއި ޠަބީޢަތެވެ.
މިއުފާވެރިކަމުގެ ސިއްރަކީ މާތްރަސްކަލާނގެ ތައުފީޤުގެ މަދަދުން
ރަމަޟާން މަހުގައި އަހަރެމެންނަށް ކުރެވުނު ހެޔޮ ޢަމަލުތައްކަން
ގައިމެވެ.
______________________________________________________
-
މިރަމަޟާން މަސްވެސް އަޅުގަނޑުމެންނާއި
އަލްވަދާޢު ކިޔަނީއެވެ!
ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާއި ބައްދަލު ކުރީ
އަޅުގަނޑުމެންނަށް އެމަހަށް ތައްޔާރު ނުވެވި އުޅެނިކޮށެވެ.
ހަމައެހެންމެ އެމަސް ނިމިގެން މިދަނީވެސް އެމަހުގެ މަތިވެރިކަމާއި
ދަރުމައާއި ޘަވާބު ހޯދައިގަތުމަށް އަޅުގަނޑުމެންނަށް ރަނގަޅަށް
ތައްޔާރު ނުވެވި އުޅެނިކޮށެވެ. ފަހެ މިރަމަޟާން މަހުގެ ފައިދާ
ލިބިގަތީ އަޅުގަނޑުމެންގެ ތެރެއިން ކިތައް އަޚުންނާއި
އުޚްތުންނެއްތޯއެވެ؟ ކޮންމެއަކަސް މިހާރު އަޅުގަނޑުމެން ހޭދަކުރަމުން
މިދަނީ މިބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ.
އެރެއެއްގައި ކުރާ އަޅުކަންތައް އެއްހާސް މައްސަރަށްވުރެވެސް
ހެޔޮކަން ބޮޑުވެގެންވާ، ލައެލަތުލް ޤަދްރި ވިލޭރޭ ހިމެނެނީ
މިދުވަސްތަކުގެ ތެރެއިން އަންނަ އޮނަހިރި ރެއެއްގައެވެ.
______________________________________________________
-
ރޯދައިން ލިބޭ ބައެއް ފިލާވަޅު.
އެހެނިހެން އަޅުކަންތަކާ އަޅާބަލާއިރު ރޯދައަކީ ވަރަށް ތަފާތު
އަޅުކަމެކެވެ. ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމެއްވެސް އަދާ
ކުރެވެނީ ޢަމަލަކުންނެވެ. ނަމަވެސް ރޯދައަށް ހުރުމަކީ ވަކި
ކަންތައްތަކެއް ނުކޮށް ދޫކޮށްލައިގެން ހުންނަ ހުރުމެކެވެ. ތިމާ ހުރީ
ރޯދައަށޭ ބުނެ ސިއްރުން ކައިބޮއި ހެދިކަމުގައި ވިޔަސް ދެންތިބޭ
މީހުންނަށް އެކަން އޮންނާނީ ވަންހަނާ ވެފައެވެ. ނަމަވެސް ރޯދަވެރިޔާ
ކެއުމާއި ބުއިން އަދި އެނޫންވެސް ރޯދަގެއްލޭ އެންމެހާ ކަންތައްތަކުން
ދުރުހެލިވެ ހުންނަނީ ﷲ ގެ ރުއްސަވާ ވޮޑިގަތުން ލިބުމަށެވެ.
ރޯދަވެރިޔާއަށް ވަކި ޚާއްޞަ ދަރުމައަކާއި ޘަވާބެއް ދެއްވުމަށް މާތް ﷲ
ވަޢުދު ކުރައްވާފައިވަނީ އެހެންވެއެވެ.
______________________________________________________
-
ތާސް
ކުޅުމާއި ރާޒުވާ ކުޅުން؟
އަޅުގަނޑުމެން ރާއްޖޭގައި ތާސް ކުޅުމާއި އަދި
ރާޒުވާ ކުޅުމަކީ ވަރަށް ކުރީއްސުރެ ކުރަމުން
އަންނަ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް
ރަމަޟާން މަހު މިދެ ކުޅިވަރަކީ ކުދި ބޮޑު
އެންމެންހެން ވަރަށް ފޯރިއާއި އެކު ކުޅެމުން
އަންނަ ކުޅިވަރެކެވެ. އެހެންނަމަވެސް ހިތާމައަކީ
ގިނަމީހުންނަށް ތާސް ކުޅުމާއި ރާޒުވާ ކުޅުމަކީ
ދީނީގޮތުން ކިިހިނެއް އޮންނަ ކަމެއްކަން ނޭނގޭ
ކަމެވެ.
______________________________________________________
-
ރޯދަ ހިފަނީ ކީއްވެ؟
ރޯދައަށް ހުންނައިރު ކެއިން ބުއިމާއި އަނބިފިރިކަމުގެ ގުޅުން
ހިންގުމުން ދުރުހެލިވެ ތިބެނީ ކީއްވެ ހެއްޔެވެ؟
އެކަންތައްތަކަކީ އެހެން ވަޤުތުތަކުގައި ހުއްދަ ކަންތައްތަކެވެ. އަދި
ރޯދައަށް ހުރުމުން ބަނޑުހައިވެ ފެންބޮވާ ވަރުބަލިވާއިރުވެސް
އެކަންކަމުން ދުރުހެލިވެ ތިބުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟
އަދި ތަފާތު ވައްތަރުގެ މީރު ބުއިންތަކާއި ކެއުންތައް ތިބާގެ ލޮލުގެ
ކުރިމަތީގައި ވާއިރުވެސް އެއްޗެހީގެ ބޭނުންކުރުމަށް ޝައުޤުވެރި
ނުވަނީ ކީއްވެހެއްޔެވެ؟
އަދި ﷲ އަހަރެމެންނަށް ރޯދަހިފަން އަމުރުކުރެއްވީ ކީއްވެތޯއާއި އަދި
ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވީ ކީއްވެތޯވެސް
ސުވާލުކޮށްފާނެއެވެ. މިފަދަ ސުވާލުތައް ތިބާގެ ނަފްސު, ތިބާއާ ކުރުން
އެކަށީގެންވެއެެވެ.
______________________________________________________
-
ރޯދަ
މަހާއި ރޯއްޖާއެވެ.
އޭ
މާތްވެގެންވާ އިސްލާމް ތަކުންނޭވެ! އެތައް ގޮތަކުން މެދުވެރި
ވެފައިވާ ދަތިކަމާއި ތަދުކަމެއް ހާސްކަމެއްގައި ތިޔަބައިމީހުން
ފިލައި ނުދެތެވެ. ހަަމަ ތެދު ތެދެވެ. އެއްވެސް އޮޅުމެއް ނެތް
ސާފުގޮތުން ތިޔަބައިމީހުންގެ ހިތުގެ އެދުންތަކުގެ މޫނު މިއަދު
އަނބުރާލައިގެންވަނީ،
އެފަރާތް ފިޔަވައި ދެން ދެވަނަ ފަރާތެއް ނެތް މަތިވެރި ފަރާތަށެވެ.
ހުރި އުހައުވެރިކަމެއްގެ ބޮޑުކަމާއިއެވެ! ނިޔަނެތި ނަޞީބު ވަރަށް
އޯގާވެރި ގޮތަކުން،
މިއަދު ތިޔަބައިމީހުންނަށް ބަލާލައިފިއެވެ. މިއޮއް އައީ ބަރަކާތްތެރި
ވެގެންވާ ރަމަޟާން މަހެވެ. ޢަމަލުގެ ޘަވާބު ގިނަގުނަވާ މަހެވެ.
ރަޙުމަތާއި ޢަފޫ ބާވައިލެއްވުމުގެ ޚާއްޞަ މައްސަރެވެ. ރޯދަމަހާ
ރޯއްޖާއެވެ.
______________________________________________________
-
ރޯދަމަހުގެ އިސްލާމުން!
–
ތިބާ އަކީ ވެސް އޭގެ މީހެއްތަ؟
އަނެއްކާވެސް އައު ރޯދަ މަހަކަށް ހަނދު
ބަލަނީއެވެ. މި ރޯދަމަސް ތިބާ ހޭދަކުރައްވަން
ޤަޞްދު ކުރައްވަނީ ކިހިނެއްތޯއެވެ؟
ރޯދަމަހުގައި މުސްލިމުންގެ ކަންތައްތައް
ހުންނަގޮތުން ފަސް ބަޔަކަށް އެމީހުން
ބެހިދާނެއެވެ. ފުރަތަމަ ބައިގެ މީހުންނީ
ރޯދަމަހަށްޓަކައި ކެތްތެރިކަމެއްނެތި
އިންތިޒާކުރާ،
އެމަހަށް ތައްޔާރުވާ މީހުންނެވެ. ދެވަނަ ބައިގެ
މީހުންނީ މި ރޯދަމަސް އައިސް އަދި ފައިބައިގެން
ދިޔަކަމުގައި ވިޔަސް އެމީހުންގެ ހެޔޮ ޢަމަލުތައް
އިތުރުކުރުމަށް ވަކިން އިތުރު މަސައްކަތް ނުކުރާ
މީހުންނެވެ. ތިންވަނަ ބައިގެ މީހުންނީ މިމަހު
ނޫނީ ﷲ އެންގެވި ގޮތަށް އަޅުކަން ކުރުމުގައި
ފަރުވާ ނުބަހައްޓާ މީހުންނެވެ. މިމީހުންނީ
"ރޯދަމަހުގެ އިސްލާމުން" ނެވެ.
______________________________________________________
-
ސައްތައިންސައްތަ އިސްލާމްކަން؟
އިންސާނެއްގެ ޚަލްޤު ފެށިގެން އަންނަނީ މައިމީހާގެ ރަހިމުގެ
ތެރެއިންނެވެ. އޭގެ ކުރިން އެ އިންސާނާވަނީ އޭނާގެ ނަންވެސް ވަސްވެސް
ނެތް އަދި ބަޔަކު ދަންނަ އެއްޗެއްކަމުގައިވެސް ނޫނެވެ.
އެހެނެއްކަމަކު، ﷲ
ސުބުޙާނަހޫޥަތަޢާލާ އެ އިންސާނާ އެއްވެސް އުނދަގުލަކާ ނުލައި
އުފައްދަވައެވެ. އަދި އޭނައަށް ޞޫރައެއް ދެއްވައި އޭނާގެ ނިޔާތައް
ކަނޑަ އަޅުއްވައެވެ. އަދި އޭނާގެ މަރުވުމާއި އަލުން ދިރުއްވުން
މިލްކުވެގެންވަނީ އެއިންސާނާ އެންމެ ފުރަތަމަ އުފެއްދެވި ފަރާތަށެވެ.
ﷲ ތަޢާލާ އިންސާނާ އުފައްދަވައި މި ދުނިޔެއަށް ފޮނުއްވަނީ އެމީހަކު
ހިތުހުރި ގޮތަކަށް މިތަނުގައި ވޭތިކުރުމަކަށްނޫނެވެ. އަގު ބޮޑު
ޖިސްމަކާ ފުރާނައެއްގެ މާނައެއްވެސް އޮންނާނެތާއެވެ؟
______________________________________________________
-
އިސްލާމްދީނާއި ޖިހާދު.
މިއަދު މުސްލިމުން މިވަނީ ނިކަމެތިވެ ކާފަރު
ދައުލަތްތަކުގެ ބާރުގެ ދަށުގައި
އަޅުވެތިވެފައެވެ. ﷲ ތަޢާލާގެ ކަލިމަފުޅަކީ
އެންމެ މަތިވެރި ކަލިމަފުޅު ކަމުގައި ހަދައި
މުސްލިމުންގެ އަތުން ބީވެ ގޮސްފައިވާ އިސްލާމީ
ޝަރީޢަތް އަލުން އަނބުރާ ގެނެސް އެތަންފީޛު
ކުރުމަށްޓަކައި ޖިހާދު ކުރަމުންދާ މީހުންނަކީ
ހައްދުފަހަނާޅާފައިވާ ބައެއް ކަމުގައި
ވެއްޖެއެވެ. މިއަދު ދީން އުނގެނިގެން ތިބި ގިނަ
ބަޔަކުވެސް، ޖިހާދާއި ބެހޭގޮތުން
ވާހަކަދެއްކުމަށް ވަނީ ފަސްޖެހިފައެވެ. އަދި
ކިއެއްހެއްޔެވެ. އޭގެ ތެރެއިން އެއްބަޔަކު
ނުކުމެ މިތިބީ އިސްލާމީ ޝަރީޢަތާއި އިދިކޮޅު
ހަދައި، ޑިމޮކްރަސީގެ ގޮތްތަކަށް ޙުކުމް
ކުރުމަށް ގޮވާލާ ވެރިންތަކާއި އެކު އެމީހުން
ރުހޭނޭހައި ގޮތަކަށް ޖިހާދާއި ބެހޭގޮތުން
ފަތުވާތައް ދޭށެވެ. އެމީހުންނަށް ވެގެންވާނަމަ
ޤުރުއާނުގައި އެކަމާއި ބެހޭގޮތުން
ވާރިދުވެފައިވާ އާޔަތްތައް ފޮހެލައި ކީރިތި
ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ
ޙަދީޘްފުޅުތައްވެސް ފޮހެލީހެވެ.
______________________________________________________
-
ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ
މަތިވެރިކަން.
ﷲ ތަޢާލާ
ކީރިތި ޤުރުއާނުގައި
ވަޙީ ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ﷲ
ތަޢާލާ، މުއުމިނުންގެ ނަފްސުތަކާއި މުދާތައް ގަނެލެއްވިއެވެ. އެއީ
އެބައިމީހުންނަށް އޭގެ ބަދަލުގައި ސުވަރުގެ ޖަޒާއެއްގެ ގޮތުގައެވެ.
އެބައިމީހުން ﷲގެ މަގުގައި ހަނގުރާމަކޮށް ހަދާނެއެވެ. ފަހެ
އެބައިމީހުން ޢަދުއްވުން ޤަތުލުކޮށް މަރާ
ހަދާނެއެވެ.
އަދި އެބައިމީހުން ޤަތުލުވެ (އެބަހީ ޝަހީދުވެ) ދާނެއެވެ."
(التوبة: 111).
______________________________________________________
-
ނަމާދުގެ ފިނިކަން.
އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެން މިކުރާ
ނަމާދުތަކަކީ، ޤިޔާމަތް ދުވަހުން ވަޔަށް ބުރުއްސާލެވޭ ކުނޑިތަކަކަށް
ވެދާނޭގޮތަށް މިސްކިތަށް އަރައި ނިތް ތަޅާޅުމުގެ ބަދަލުގައި، ﷲގެ
ޙަޟްރަތަށް އުފުލިގެންދާ ކޮލެޓީ ނަމާދަކަށް ހެދޭތޯއާއި އެނަމާދުގެ
ސަބަބުން އަޅުގަނޑުމެންނަށް ހިތް ހަމަޖެހުން ލިބޭތޯއެވެ. އެހެނީ
ނަމާދުގެ ފޮނިކަމާއި ލައްޒަތު އިޙްޞާޞްކުރެވިއްޖެނަމަ އެއްނަމާދު
ކުރުމަށްފަހު އަނެއް ނަމާދަށް އިންތިޒާރު ކުރެވޭނެއެވެ. އަދި
އެއްވެސް ނަަމާދެއް ދޫކޮށްލަން ހިތްހަމައެއް ނުޖެހޭނެއެވެ. އަދި
ނަމާދު އަޅާފައި އެއްވެސް ކަމެއް ނުކުރާނެއެވެ. ނަމާދުގެ ސަބަބުން
ލިބޭ ޙަޤީޤީ ފޮނިކަމާއި ލައްޒަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހާ
އެއްޗަކަށްވުރެ މާ މީރު އަދި މާ އަގުހުރި ފޮނިކަމަކާއި ލައްޒަތެކެވެ.
މުއުމިނުންގެ ހިތުގެ ފަރުވާއަކީ އަދި މުއުމިނުންގެ ދުނިޔެމަތީގެ
ސުވަރުގެއަކީ ނަމާދެވެ.
______________________________________________________
-
އެމީހުން އެނުރުހެނީ ﷲގެ މަގުގައި ޖިހާދު
ކުރާތީއެވެ.
އަޅުގަނޑުމެން ބޮޑު މައްސަލައަކަށް މިހަދަނީ
މުސްލިމުން ޖިހާދު ކުރުމަށްޓަކައި ޖިހާދުގެ
ކޮންމެވެސް މައިދާނަކަށް ގޮސް މުސްލިމުންގެ
ލަޝްކަރަކާ ގުޅުމުންނެވެ. މިކަން
މައްސަލައަކަށް މިވަނީ މުސްލިމުން
ކުރީމައެވެ. އެމެރިކާއާއި އެމީހުންގެ
އަޢުވާނުން، އެމީހުން އަމިއްލައަށް
ހަދާފައިވާ ޔޫއެންގެ ޤާނޫނުތަކާއިވެސް
ޚިލާފަށް މުސްލިމުންގެ ބިންތަކަށް
އަރައިގަނެ އެތަންތަން އަޅުވެތިކޮށް
އެމީހުންގެ އިސްތިޢުމާރުގެ ދަށަށް ގެންގޮސް
އެމީހުންނާއި އެއްބައިވާ ހުރިހާ
ޤައުމުތަކަކުން އެތަންތަނަށް ލަޝްކަރުތައް
ގެންގޮަސް އެޤައުމުތަކުގެ ފިރިހެނުންނާއި
ކުޑަކުދިންތައް މަރާ، އަންހެނުންގެ
ޢިއްފަތްތެރިކަމަށް އަރައިގަނެ ހަދާއިރުވެސް
އެމީހުން ކަންތައް އެކުރާ ގޮތް މިވަނީ
އަޅުގަނޑުމެންނަށްވެސް އެންމެ ރަނގަޅުގޮތް
ކަމުގައި ވެފައެވެ.
______________________________________________________
-
ކުރީގެ ޢަރަބީން...
އިސްލާމްދީން އައުމުގެ ކުރީގައި ޢަރަބީންގެ ޙާލަތަށް ބަލާލާއިރު
ސިޔާސީ ގޮތުން ޢަރަބީންނަކީ ދައުލަތެއް ނޫނެވެ. ޢަރަބީންގެ ތެރޭގައި
ދައުލަތެއް ޤާއިމްވެފައި ނުވިކަމުގައި ވިޔަސް ރޫމީންނާއި ފާރިސީންގެ
ތެރޭގައި ވަރުގަދަ ވެރިކަމުގެ ސިލްސިލާއެއް ގެތެމުން ދިޔައެވެ.
ޢަރަބީންގެ މުޖްތަމަޢު ބިނާވެފައި އޮތީ ވަކި ވަކި އެތައް ހާސް
ޤަބީލާތަކެއްގެ މައްޗަށެވެ. އެއްބަޔަކު އަނެއް ބަޔަކަށްވުރެ
ބާރުގަދަކަމަށް ދަޢުވާ ކުރާ މިޤަބީލާތަކުގެ މެދުގައި އޮތީ
ދެކޮޅުވެރިކަމާއި،
ހަނގުރާމަ ކުރުމާއި ތަޅާފޮޅުމާއި،
ޤަތުލުކުރުމެވެ. މި ތަޅާފޮޅުންތަކުގެ އަޞްލަކީ ފެނަށްޓަކައި
މިމީހުންގެ މެދުގައި އޮންނަ ވާދަވެރިކަމާއި ގެރިބަކަރި ޖަމަލު
ގެންގުޅުމުގައި އެތަކެއްޗަށް ކާންދޭނޭ ކާތަކެތި ހޯދުމުގައި
މިމީހުންގެ މެދުގައި އޮންނަ ވާދަވެރިކަމާއި ޤަބީލާތަކުގެ ވެރިކަމާއި
މަތީ މަޤާމު ހޯދުމަށްޓަކައި އޮންނަ ދަހިވެތިކަމެވެ.
______________________________________________________
-
ވަޤުތު ފާއިތުވުމުގެ ކުރިން.
މިހާރު
އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގައި ކޮންމެ ދުވަހަކުމެ ހޭދަކުރަމުން
މިދާ ސައުވީސް ގަޑިއިރަކީވެސް އެއިންސާނާއަށް ކުޑަ މަދު ވަޤުތުކޮޅެއް
ކަމުގައި ވެއްޖެއެވެ. ކިޔެވުމާއި މަސައްކަތުގައާއި އުފާކޮށް
ކުޅިމަޖަލުގައި ދުވާލުދާ ހަތަރުދަން ހޭދަ ކުރަމުންދަނީއެވެ. އާދެ
އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު އެމީހުން ކުރަން ހުންނަ
ކަންތައްތައް ގިނަ ކަމުން، އިރުގެ ދައުރުވުން އިރުކޮޅަކަށް ނުވަތަ
ވަޤުތުކޮޅަކަށް ނަމަވެސް ހުއްޓުވާލެވޭނަމަ އެކަންވެސް ކުރީހެވެ.
ކޮންމެއަކަސް އިންސާނާ މިވަނީ އެހާމެ ބޮޑަށް މަޝްޣޫލުވެފައެވެ.
______________________________________________________
-
ނައިސް ނުދާނޭ ދުވަސް!
ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ
މިދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ އަބަދަށް
ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް
ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް
ލައްވާފައިވަނީ ނެތިވެ ފަނާވެގެންދާނެ
އެއްޗެއްގެ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ
މިއިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ
އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ.
މިފަނާވެދަނިވި ޙަޔާތް ހެއްދެވި ދިރިދެމިގެންވާ،
ކާއިނާތުގެ މިލްކުވެރި އިލާހު ވަނީ އެއިލާހުގެ
ޙިކްމަތްވަންތަކަމުން މި ޙަޔާތުގައި އަހަރެމެން
ހޭދަކުރާނެ ވަޤުތު ކަނޑައަޅުއްވާ
ނިންމަވާފައެވެ. އެވަޤުތު އަވަސްކުރުމުގެ އަދި
ލަސްކުރުމުގެ ބާރެއް އެއްވެސް ފަރާތަކަށް
ލިބިގެނެއް ނުވެއެވެ. އެވަޤުތު ހަމަޖެހޭއިރަށް
މި ޙަޔާތާ އަލްވަދާޢު ކިޔަންޖެހޭނެއެވެ.
______________________________________________________
-
ކީރިތި
ރަސޫލާ
صلى الله عليه وسلم
ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ހުއްދަކަމެއް ހެއްޔެވެ؟
ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައަކާއި އަދި ޣައިރު
މުސްލިމުންނާއި އެއްގޮތްވުންކަމުގައި ވުމުގެ އިތުރުން މިފަދަ
އިޙްތިފާލްތަކުގެ ޒަރީއާއިން ﷲ ނުރުއްސަވާފަދަ ބޮނޑެތިފާފަތަކާއި
ޝިރުކުތަކަށް މަގުފަހިވާތީ މި ދުވަސް ފާހަގަކުރުމަކީ
ހުއްދަވެގެންވާނެ ކަމެއްނޫނެވެ. މިފަދަ ޢަމަލުތަކުގެ ތެރޭގައި ރަސޫލު
|