|
ޙަޤީޤީ އަދި ޢިބްރަތްތެރި ވާހަކަ |
|
|
-
ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ
އަޅުވާދޭން އުޅުނު މުއުމިނު އަންހެނާގެ ވާހަކަ.
______________________________________________________
-
ވަރަށް އަސަރުކުރި
ހުވަފެނެއް!
އަހަރެން ހިނގައިގަތީމެވެ. ފަސޭހަމަގުން ކުރިޔަށް ދިޔުމަށެވެ. މަގަށް
ވަދެވުނުތަނާހެން އެއްކަލަ މީހުންތައް އައިސް އަހަރެންގެ "ޑްރެސް
ކޯޑް" ވަގުތުން ބަދަލުކޮށްލިއެވެ. ހަމަ އެހިސާބުން ނުލާހިކު ރީތި
އަންހެންކުދިންގެ ކަޅި އެޅުންތައް އަހަރެންނާ އަމާޒުވާން ފެށިއެވެ.
އެންމެ ފުރަތަމަވެސް ގޮސް ވަދެވުނީ ވަރުގަދަ މިޔުޒިކު ޝޯއެއް އޮތް
ތަނަކަށެވެ. އަހަރެންވެސް ރާފޮދެއް ބޯލައިގެން އެމީހުންނާ
ބައިވެރިވީމެވެ. ދުނިޔަވީ އެތައްތައް އަރާމުތަކެއް ލިބިގަތުމަށްފަހު
އެއްކަލަ މީހުންތައް އަހަރެން ގެންގޮސް ވަރަށް ރީތިކޮށް ހަދާފައިވާ
ބޮޑު ކޮޓަރިއަކަށް ދޫކޮށްލިއެވެ... ކުއްލިއަކަށް ބޮޑު ސިންގާ
ދެމީހުން އައިސް އަހަރެން އުފުއްލާލި އެވެ. އަދި އަހަރެންގާތު
ސުވާލުކުރިއެވެ. ކަލޭއަށް ކުރިމަތީ އެވާ ބޮޑު ވަޅުގަނޑު
ފެނޭހެއްޔެވެ؟ އެތަނުގައި އެތިބަ މީހުންނަށް އެލިބޭ އަނިޔާ
ފެނޭހެއްޔެވެ؟ ކުއްލިއަކަށް އަހަރެންނަށް ހޭލެވުނެވެ. މި ފެނުނީ
ހުވަފެނެއްކަން ޔަޤީންވުމުން މޫނު ފޮހެލައި ރަނގަޅަށް
ހަމަޖެހިލީމެވެ. އިރުކޮޅަކުން މުދިންބެގެ ރީތި އަޑުން ފަތިސްނަމާދު
ބަންގީގެ އަޑު އިވެން ފެށިއެވެ. މީގެކުރިން ދުވަހަކުވެސް ބަންގިޔަށް
ސަމާލުކަމެއް ނުދިންކަމުގައިވިޔަސް މިފަހަރު އެބަންގިއާ ދެތެރޭ
ވިސްނެން ފެށިއެވެ.
______________________________________________________
-
ދޫކޮށްލެވިފައިވާ ދަރިއެއްގެ ވޭނީ
އިޙްސާސްތައް.
އޭ
އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ!
އޭ
އަހަރެންގެ ހިތުގެ ވިންދު ކަމުގައިވާ ބައްޕާއެވެ! އަހަރެން މިސިޓީ
ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ. މިސިޓީ ލިޔަން ވަރަށް
ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި
އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތިޔަ ދެމައިންނަށްޓަކައި
އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ. އަހަރެންގެ ޣަރަޤުވަމުން މިދާ
އެކަނިވެރިކަމާއި ހިތާމައިގެ ފުންކަނޑުން އަހަރެން ސަލާމަތްކޮށް
ރައްކާތެރިކަމުގެ އައްސޭރިއަށް އަހަރެން ގެންގޮސްދޭށެވެ. އަހަރެން
ހަލާކުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ. ގޯސްބަޔަކު އަހަރެންގެ
އަތުގައި ހިފުމުގެކުރިން އަހަރެންގެ އަތުގައި ހިފައި
ސަލާމަތްކޮށްދޭށެވެ.
______________________________________________________
-
މޮޔައީ ކާކު؟؟
ޕާކިސްތާނުގެ އަވަށެއްގައި އުޅުނު ވަރަށް މުއްސަނދި އަދި އެހާމެ ބޮޑާ
މީހެކެވެ. މީނާ އަކީ ލާރިފައިސާ ހޯދުމުގައި އަދި ހޭދަކުރުމުގައިވެސް
ޙަރާމެއް ޙަލާލެއް ބަލާ މީހެއް ނޫނެވެ. ސަލާންޖަހާ މީހަކު އަޔަސް
ވެސް ބޮޑާކަމާ އެކުގައި އޭނާއަށް ފުރަގަސްދެއެވެ. ކުރުގޮތަކަށް
ބުނަނީ ނަމަ އޭނާ ވަނީ އޭނާގެ ދުނިޔެއަށްޓަކައި އާޚިރަތް
ވިއްކާލާފައެވެ. ކުޑަކޮށް ބޯހަމަނުޖެހޭ ދަރިޔަކު މިމުއްސަނދި
މީހާއަށް ލިބިފައިވެއެވެ. އެއްދުވަހަކު މި މުއްސަނދި މީހާ މީނާގެ މި
ދަރިފުޅަށް ގޮވާލާފައި ބުންޏެވެ. "ދަރިފުޅާ ދޭބަލަ ބައްޕައަށް
ކަޅުސައި ތައްޓެއް ހަދައިދޭން". ކުޑަ ވަގުތު ކޮޅަކަށްފަހު އެއްކަލަ
ކުއްޖާ ސައިތައްޓެއް ހަދައިން ގެނެސްދީފިއެވެ.
______________________________________________________
-
އަހަރެމެންގެ މިސާލަކީ ރާނާ މީހެއްގެ މިސާލެވެ.
ހުނަރުވެރި ރާނާ މީހެކެވެ. އޭނާ ގިނަދުވަސްތަކެއް ވަންދެން
ވަޒީފާގައި އުޅުމަށްފަހު ޕެންޝަނާއި ނުވަތަ ވަޒީފާ ދޫކޮށްލުމާއި
ކައިރިވެއްޖެއެވެ. އޭނާ އޭނާގެ ވަޒީފާ ނިންމާލަން ބޭނުންވާ ވާހަކަ
ވެރިމީހާގެ ކައިރީގައި ބުނެފިއެވެ. އަދި އޭނާގެ ޢާއިލާއާއެކު ގިނަ
ވަޤުތު ހޭދަކުރުމަށްޓަކައި ވީހާ އަވަހަށް ވަޒީފާއިން ވަކިވާން
ބޭނުންކަމުގައި ބުނެފިއެވެ. ވެރިމީހާ ވަރަށް ދެރަވިއެވެ. އެއީ އޭނާގެ
އެންމެ އިތުބާރުކުރާ އެންމެ ރަނގަޅު އެއް މުވައްޡަފު ވަޒިފާއިން
ވަކިވާތީއެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިވުމުގެ ކުރީން
މުވައްޡަފުގެ ކިބައިން އެންމެ އެދުމެއް އެދުނެވެ. ރާނާމީހާ
ވެރިމީހާގެ އެ އެދުން ޤަބޫލުކުރީ ވަރަށް ބޮޑަށް
އާދޭސްކުރިފަހުންނެވެ.
______________________________________________________
-
ޒިނޭއިން ސަލާމަތްވީ ކިހިނެއް؟
ޠާހިރުވެގެންވާ،
ކުޑަކަމުނުދާ،
ބޮޑުކަމުނުދާ،
ޙައިޟުނުވާ،
އަދި ނިފާސްވެރިވެސް ނުވާ،
އަބަދުވެސް ބިކުރުވެރިކަމުގައި ދެމިތިބޭ،
ލޮލުގެ ކޮއިގެ ކަޅުކަންގަދަ،
ލޮލުގެ ހުދުބައިގެ ހުދުކަންގަދަ،
އެސްފިޔަތައް ދިގު އަދި ކަޅުކަންގަދަ،
ބޮލުގެ އިސްތަށިގަނޑު ރޭގަނޑުފަދަ،
މޫނު މުތްފަދަ،
މޫނުގެ އަލިކަން އިރުގެ އަލިކަމަށްވުރެ އަލި،
ތިބާނޫން އެހެން ފިރިހެނަކާ ދިމާއަށް ނަޒަރުވެސް ނުހިންގާ،
ޢިއްފަތްތެރި އަންހެންކުދީން ތިބާއަށް ލިބެން އޮއްވައި އެފުރުޞަތު
ތިޔަ ނަގާލަނީ މިދުނިޔޭގައި މިތިބަ "އުނި" އަންހެންކުދީންނަށްޓަކައި
ހެއްޔެވެ؟
އެހެންވެއްޖެނަމަ ތިބާއީ ބުއްދިވެރިއެއް ހެއްޔެވެ؟
______________________________________________________
-
ފަސްމިލިޔަން ރުފިޔާ ދޭންވާނެ،
ހުރިހާ ނިޢުމަތެއް ލިބެންވާނެ،
އެހެނަސް....
ކުންފުންޏަކުން އަލަށް ވަޒީފާ ދިން މީހަކާއި އެކުންފުނީގެ މެނޭޖަރ
ބައްދަލުކުރިއެވެ. އެއަށް ފަހު ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު
ދިނުމުން، ވަޒީފާ
ލިބުނު ފަރާތުން ބުންޏެވެ: "މި ވަޒީފާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،
ވަރަށް އުފާވެއްޖެ،
މިހާ މުސާރަ ރަނގަޅު ވަޒީފާއެއް ލިބުނީތީ،
އެކަމަކު ވެސް މިވަޒީފާގައި ކުރަން ޖެހޭ އެއްވެސް ކަމެއް
އަހަންނަކަށް ނުއެއް ކުރެވޭނެ،
އަދި އެއްވެސް ބައްދަލުވުމަކަށް ވެސް މަށަކަށް ހާޒިރެއް ނުވެވޭނެ،
އެހެން ނަމަވެސް ތިޔަ ވަޒީފާގެ މުސާރައަށްވާ ފަސް މިލިޔަން ރުފިޔާ
ކޮންމެ މަހަކު ވެސް ބަރާބަރަށް މަށަށް ދޭންވާނެ." ތިބާގެ ނަޒަރުގައި
އޭނާ އެގޮވި ކޮހަަކީ ގަބޫލުކުރެވިދާނެ އެއްޗެއްހެއްޔެވެ؟
އަހަރެމެންގެ ތެރޭގައި އޭނާ އަށް ވުރެ މޮޔަ ކިތައް މީހުން އުޅޭ
ބާވައޭ ހިތަށް އަރައެވެ.
______________________________________________________
-
އީމާންކަމުގެ ސަވާރީތަކުގައި...
ރިވާވެގެންވެއެވެ. އިބްރާހީމް ބިން އަދްހަމް ރަޙިމަހުﷲ ފައިމަގުގައި
ހިންގަވާފައި ކަޢުބަތުﷲ ގެފުޅަށް މައްކާއަށް ދަތުރުކުރައްވަނިކޮށް
ޢައުރާބީންގެ މީހަކަށް ފެނިގެން ސުވާލުދެންނެވިއެވެ. (ޢައުރާބީންނަކީ
ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.) މިދިގު ދަތުރަށް
ނިކުތް އިރު ތިބާ އަރާނެ ސަވާރީއެއް ނެތްތާނގައި ކާނޭ އެއްޗެއް ވެސް
ނުލައި ތިޔަ ނުކުތީ ތިބާއަކީ މޮޔައަކީހެއްޔެވެ؟
އެހިނދު އިބްރާހީމް ބިން އަދްހަމް ވިދާޅުވިއެވެ. އަހަރެންގެ
ސަވާރީތައް ގިނައެވެ. ތިބާއަށް ނުފެންނަނީއެވެ. އެމީހާ ދެންނެވިއެވެ.
އެއީ ކޮން ސަވާރީއެއްހެއްޔެވެ؟
______________________________________________________
-
ޗައިނާ ދަތުރު.....
އެއްދުވަހަކު ޢިލްމުވެރިޔަކު އޭނާގެ ބައިވެރިންނާއެކު ދީނީ ނަސޭހަތް
ދިނުމަށް ޗައިނާއަށް ދިއައެވެ. މިދަތުރުގައި ދީނީ ނަސޭހަތް ދިނުމަށް
ހަމަޖެހިފައިވަނީ ޗައިނާގެ އެކި ކަންކޮޅުތަކުގައި ހުންނަ
ހޯލުތަކުގައެވެ. އެމީހުން ތިބޭ ތަނާއި ތަންކޮޅެއް ދުރު ހިސާބެއްގައި
ނަސޭހަތްދޭން ހަމަޖެހިފައި އޮތް ދުވަހެއް ކަމުން ކުލީ ކާރެއް
ހަމަޖެއްސިއެވެ. ކާރު އައުމާއިއެކު އެންމެން ކާރަށްއަރާ
ހަމަޖެހިލާފައި އެމީހުން އެބުނާ ހިސާބަކަށް ދެވޭނީ ކިހާއިރަކުންތޯ
ޑުރައިވަރާއި ސުވާލު ކޮށްލިއެވެ.
______________________________________________________
-
އަހަރެންގެ މަންމަ...
އަހަރެންގެ މަންމަ މުޅި ދިރިއުޅުން އަހަންނަށްޓަކައި ޤުރުބާން
ކޮށްލައިގެން އަހަރެން ބަލާ ބޮޑު ކުރަމުން ގެންދިޔައެވެ.
އެހެންނަމަވެސް އަހަރެން މަންމައާއި މެދު ކަންތައް ކުރަމުން ދިޔައީ
ހިތު ހުރި ގޮތަކަށެވެ. މަންމަ މަރު އެނދުމަތީގައި އޮވެ އަހަރެންނާއި
ހަވާލު ކުރަން ދީފައިވާ ސިޓީއެއް
މަންމަގެ އަވައްޓެރިން
އަހަރެންގެ އަތަށް ދިނެވެ. އެސިޓީ ކިޔާލުމުން އަހަރެންގެ ހިތް މުޅިން
ކުދިކުދި ވެގެން ދިޔައެވެ. އަހަރެންގެ އުފަލަށްޓަކައި މަންމަ
ޤުރުބާން ނުކުރަނީ ކޮން ކަމެއްހެއްޔެވެ؟
______________________________________________________
-
މެހި ހެއްދެވި ޙިކުމަތްތަކުގެ ތެރެއިން ޙިކުމަތެއް.
ޢައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިވާ އަބޫ ޖަޢުފަރުލްމަންޞޫރު
މެއްސަކާއި ހެދި ތުރާފުޅުވާތީ އުޅުއްވި ވަގުތެކެވެ. ހަށިކޮޅުގެ
ކޮންމެވެސް ތަނަކުން ހަމަ ފައްސަވާލައްވާއިރަށް އަނެއްކާ ހަމަ އެ
މެހި އައިސް ހަށިކޮޅުގެ އެހެން ތަނެއްގައި އިށީންނަނީއެވެ. މި ކަމުގެ
ސަބަބުން ނުތަނަވަސްވެފައި އިންނަވަނިކޮށް ޚަލީފާގެ އަރިހަށް
ޢިލްމުވެރިޔަކު ވަދެވަޑައިގެންނެވިއެވެ.
______________________________________________________
-
ﷲގެ
ހަޟްރަތުން ބިލެއް އައިހެއްޔެވެ؟
ރިވާވެގެން ވެއެވެ. ރަށްފުށު ހިސާބުގައި ދިރިއުޅޭ އަންހެނަކާ
އަޅައިގަނެގެން އުޅުނު މީހަކު އެއަންހެނާ ސަހަރާތެރެއަށް ނުކުތް
ރެއެއްގައި ފަހަތުން ދިޔައެވެ. ތަންކޮޅެއް ދުރަށް ދެވި ދެމީހުން
އެކަނިވީހިނދު އޭނާގެ ބޭނުން އެކަމަނާއަށް އިހްސާސްވެގެން ފިރިހެން
މީހާއާ ދިމާއަށް އެނބުރިލާފައި ބުނެފިއެވެ. ތިބާ ރަނގަޅަށް ބަލާށެވެ.
މީސްތަކުން ހަމަ ރަނގަޅަށް ނިދައިފިހެއްޔެވެ؟
އެހިނދު ފިރިހެން މީހާ އެކަމަނާ އޭނާގެ އެދުމަށް ޖަވާބުދޭން އުޅެނީ
ކަމަށް ހީކޮށް ނިކަން އުފަލުން އަވަސް އަވަހަށް ކޮޅުކޮޅަށް
ދުވެލާފައި ވަށައިގެން ހޯދާ ބަލާލިއެވެ.
______________________________________________________
-
ކަލާނގެ އަވަހާރަފުޅު ލައްޕަވާފައިހެއްޔެވެ؟
ރިވާވެގެން ވެއެވެ. ރަށްފުށު ހިސާބުގައި ދިރިއުޅޭ އަންހެނަކާ
އަޅައިގަނެގެން އުޅުނު މީހަކު އެއަންހެނާ ސަހަރާތެރެއަށް ނުކުތް
ރެއެއްގައި ފަހަތުން ދިޔައެވެ. ތަންކޮޅެއް ދުރަށް ދެވި ދެމީހުން
އެކަނިވީހިނދު އޭނާގެ ބޭނުން އެކަމަނާއަށް އިހްސާސްވެގެން ފިރިހެން
މީހާއާ ދިމާއަށް އެނބުރިލާފައި ބުނެފިއެވެ. ތިބާ ރަނގަޅަށް ބަލާށެވެ.
މީސްތަކުން ހަމަ ރަނގަޅަށް ނިދައިފިހެއްޔެވެ؟
އެހިނދު ފިރިހެން މީހާ އެކަމަނާ އޭނާގެ އެދުމަށް ޖަވާބުދޭން އުޅެނީ
ކަމަށް ހީކޮށް ނިކަން އުފަލުން އަވަސް އަވަހަށް ކޮޅުކޮޅަށް
ދުވެލާފައި ވަށައިގެން ހޯދާ ބަލާލިއެވެ.
______________________________________________________
-
މީދަލާއި ކާޅުގެ ޕޮލިޓިކްސް.
އެއްދުވަހަކު ނިކަން ކަޅު މަސްފަލަ ބޮޑު މީދަލެއް ދުވެފައި ދަނިކޮށް,
ގަހެއްގައި އިން ވަރަށް މަސްފަލަ ހަމަ އެހާ ކަޅު ކާޅެއް ފެނުނެވެ.
ދެން މީދާ ހިތަށް އެރިއެވެ. މި ކާޅު މީ ހާދަހާވާ މަސްފަލަ ކާޅެކެވެ.
އެސޮރުގެ މަސްގަނޑު ކާލަން ލިބޭ ނަމަ ދުލަށް މީރުވެފައި ބަނޑަށް ހާދަ
އަރާމުވާނެއެވެ.
މީދާ ދުވެފައި އަންނަ ތަން ކާޅަށް ފެނުނު ހިނދު ކާޅު ހިތީ ކިހިނަކުން
ކަމަށްތޯއެވެ. މިހިރަ އަންނަ މީދާގަނޑު ނޮޅާލެވިއްޖިއްޔާ ހާދަ މީރު
މަސްގަނޑަކަށް ވާނެއެވެ. އެކާޅު ޝިކާރަކުރާނެ ގޮތަކާ މެދު ފިކުރު
ހިންގަމުން ދުވަމުން އައިސް ކާޅާ ވަރަށް ގާތްވީމާ، މީދާ ހިތަށް
އަރައިފިޔޭ! އެކަމަކުވާ ކުރަން މިއުޅެވެނީ އަނެއްކާ ކޮން ޒާތެއްގެ
ކަމެއް ބާވައެވެ؟
______________________________________________________
-
ތިބާގެ
ބުއްދި ދައްކާށެވެ! އޭރުން ކަލާނގެ ދައްކާނަމެވެ!
އަލްއިމާމް އަބޫޙަނީފާގެ އަރިހަށް ކާފަރަކު އައިސް ސުވާލުކުރިއެވެ.
އޭ އިމާމެވެ. ކަލޭގެފާނަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ
ފެނިވަޑައިގަތްހެއްޔެވެ؟
އިމާމް އަބޫޙަނީފާ ވިދާޅުވިއެވެ. އަހަރެން ހައްދަވާ ގެންގުޅުއްވާ
ރަސްކަލާނގެ މަތިވެރިވެގެންވާކަމާއެވެ. ލޯތަކަށް އެކަލާނގެ
ފެންނަކަމުގައި ނުވެއެވެ. ދެން ކާފަރުކަލޭގެ ބުންޏެވެ. ކަލޭގެފާނަށް
މާތްރަސްކަލާނގެ އަޑުފުޅު އިވިވަޑައިގަތްހެއްޔެވެ؟
އިޙްސާސް
ކުރެއްވުނު ހެއްޔެވެ؟
ނޫނީ ވަސް ބެއްލެވުނު
ހެއްޔެވެ؟
ނޫންނަމަ ބީހިވަޑައިންނެވުނު
ހެއްްޔެވެ؟
______________________________________________________
-
ހަތަރު ގެރީގެ ވާހަކަ.
އެންމެހާ އަޚުންނާއި އުޚުތުންނޭވެ! ބަޔާންކޮށްދޭން މިއުޅެނީ
ޢިބްރަތްތެރި ފިލާވަޅުތަކެއް އަޅުގަނޑުމެނަށް ލިބޭނޭ ވާހަކައެކެވެ.
އެވާހަކަ އަންނަނީ މިފަދައިންނެވެ.
"ހަތަރު
ގެރި އުޅުނެވެ. އޭގެތެރެއިން އެއް ގެރި ހުދެވެ. އަދި އަނެއް ތިން
ގެރި ކަޅެވެ. މިގެރިތައް އުޅެމުންދަނީ ވަލުކުއްތާތަކުން ފުރިފައިވާ
ސަރަހައްދެއްގައެވެ. މިކުއްތާތަކުގެ ޝިކާރައިން މިގެރިތައް
ސަލާމަތްވާ ހަމައެކަނި ގޮތަކީ މިހަތަރު ގެރި އަބަދުވެސް އެކުއެކީގައި
އުޅޭކަމެވެ. އެގެރިތައް އަބަދުވެސް އެއްގެރި އަނެއް ގެރީގެ
ސަލާމަތަށް ވިސްނައި،
ދިމާވެދާނެ ނުރައްކަލަކަށް އަބަދުވެސް ހުޝިޔާރުވެއެވެ. މިކަމުގެ
ސަބަބުން މިގެރިތައް އެވަލުކުއްތާތަކުގެ ކިބައިން ސަލާމަތްވެއެވެ.
ނަމަވެސް އެއްދުވަހު ކަޅު ތިން ގެރި ބައްދަލުވުމެއް ބޭއްވިއެވެ.
______________________________________________________
-
އަހަރެންގެ ބަސް.
ގެއެއްގައި އެލުވާފައިހުރި ކޮށްޓެއްގައި
ވާހަކަ ދައްކާ ގުރައެއް އިނެވެ. މިގުރާ
ކިޔަމުން ދެއެވެ. "އަހަންނަކީ މިނިވަނެކެވެ.
އަހަންނަކީ މިނިވަނެކެވެ."
އެގުރާގެ ވެރިމީހާ ވަނީ އެގުރައައް
އެހެންކިޔަން ދަސްކޮށްދީފައެވެ. ވީމާ އެގުރާ
މީހަކު ހަމަ ފެންނަ އިރަށް އެހެން
ތަކުރާރުކޮން ކިޔާލަކިޔާލަ އިނދެއެވެ.
ސުވާލަކީ، އޭތި ބަޔާންކުރަމުން އެދަނީ
އޭތީގެ ޙަޤީޤީ ޙާލު ހެއްޔެވެ؟
ނޫނީ އެއީ ޖައްވުގައި މިނިވަން ކަމާއިއެކު
އުދުހުމުގެ ފޮނިކަން ލިބިފަނުވާތީ ބުނާ
އެއްޗެއް ހެއްޔެވެ؟
ނޫނެކެވެ. އެއީ ވާހަކަދައްކާ ގުރައެއްވީމާ،
ދަސްކޮށްދީފައި ވާ ތަކެތި ކިޔަނީއެވެ. އޭތި
ކިތަންމެ ވަރަކަށް އެހެން ކީކަމުގައިވިޔަސް
ޙަޤީޤަތުގައި އެއީ މިނިވަން ދޫންޏެން
ނޫނެވެ. މި މިސާލާއި އަޅުގަނޑުމެން
ދިވެހީންނާއި ގުޅުންހުރީ ކިހާވަރަކަށްތޯއެވެ؟
______________________________________________________
-
"އަހަރެން ކޭ ފަދައޭ!"، ނަމަކަށް ކިޔުނު
މިސްކިތް!
ތުރުކީގެ އެންމެ ބޮޑު ސިޓީކަމުގައިވާ
އިސްތަންބޯލުގެ ފާތިޙޭ ކިޔުުނު އަވަށުގައި
ހުރި މިމިސްކިތުގެ ނަމަކީ "ޞާންކީ ޔަދުމް"
އެވެ. އެއީ ތުރުކީ ބަހުން އޮތް
ޖުމުލައެކެވެ. މާނައަކީ އަހަރެން ކޭ
ފަދައެވެ. އެބަހީ އަހަރެން އޭތި ކައިފި
ކަމުގައި ހީކޮށްލާށެވެ. މި މިސްކިތުގެ
ނަމުގެ ވާހަކައާއި ވިދިގެން އުސްތާޛު
އޫރުޚާން ވަރަށް ޢަޖައިބުކުރުވަނިވި
ޢިބްރަތްތެރި ޙަޤީޤީ ވާހަކައެއް
ގެންނަވާފައިވެއެވެ.
______________________________________________________
-
އަހަރެންވެސް ގެންދޭ...
އަހަރެން ކުދިންކޮޅު ސުކޫލަށް ލައިފާ އެނބުރި ގެއަށް އައިމަގުމަތީ
ވަރަށް ގަބޫލުކުރަންދަތި މަންޒަރެއް ފެނުނެވެ. ރޭލު ދުއްވާ މަގު
ހުރަސްކުރަމުން ދިޔަ ކާރެއް ރޭލުގައި ޖެހި ކާރު ވަރަށް ބޮޑަށް
ހަލާކުވެފައިވާތަނެވެ. އޭރު ރޭލު މަޑުވެސްނުކޮށް ގޮސް ލޯމަތިން
އޮބާލަނީއެވެ. އަހަރެންނަށް މިތަން ފެނުމުން މިހާރު މިކާރުގެ
ޑުރައިވަރު އޮންނާނީ ސަލާމަތުން ނޫންކަން ޔަޤީންކުރެވުނެވެ.
______________________________________________________
-
މެދު ނުކެނޑި އިވޭ އަޑެއް!
ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ހައިބަވަންތަކަމަށާއި
އެއިލާހުގެ ޖައްބާރުވަންތަކަމަށް އަދި
މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަކީ
ރަސޫލެއްކަމަށް ގޮވާލެވޭ އަޑަކީ އަހަރެމެން
ދިރިއުޅެމުން މިދާ ދުނިޔޭގެ އެކި
ކަންކޮޅުތަކުގައި ހުއްޓުމެއްނެތި އަބަދުވެސް
ގުގުމާލާފައި ހުންނަ އަޑެކެވެ. މިއީ ތިބާ
ހައިރާންވާފަދަ ވާހަކައަކަށް ވެދާނެއެވެ.
ނަމަވެސް މިއީ މުސްލިމް ދުނިޔެ ދަންނަ
ޙަޤީޤަތެކެވެ. ޢަޖައިބެއްފަދަ ހޯދުމެކެވެ.
______________________________________________________
-
އެބަލި
މީހާ ބޭނުންވަނީ ކޮންކަމެއްހެޔެވެ؟
އެއީ ހޮސްޕިޓަލުގައި އެދުމަތިކުރެވިފައި އޮތް
ދެއަތް ވާވެފައިވާ މީހެކެވެ. އޭނާގެ ކުރިމަތީ
ކާއްޔެއްގައި ޚަތިމެއް ބާއްވާފައި އޮތެވެ. އޭނާ
އާ ސުވާލުކުރެވުނެވެ. ތިބާ ބޭނުންވަނީ ކޮން
ކަމެއްހެޔެވެ؟
ބަލިމީހާ: އަހަރެންގެ އެދުންތައް ވަރަށް
ގިނައެވެ. އޭގެ ތެރެއިން އެއްކަމަކީ:
ﷲ
ތަޢާލާ އަހަރެންގެ އަތަށް ޙަރަކާތްކުރުމަށް
މިންވަރުކުރައްވައިފިއްޔާ މިޚަތިމުގެ ޞަފްޙާތައް
އަހަރެންގެ އަމިއްލަ އަތުން ހުޅުވާ ހެދުމެވެ.
އެއީ މިހާރު އަހަރެން މިހެން އޮވެ ޤުރްއާން
ކިޔަވަމުން ގޮސް ޞަފްޙާ ނިމޭއިރު ޞަފްޙާ
އެއްލައިދޭނެ މީހަކު ނުހުރެއެވެ. ދެން
އަހަންނަށް މަޖުބޫރުވަނީ ކޮންމެވެސް
ނަރުސްކުއްޖަކަށް ގޮވާށެވެ. އެއީ ފަހަރުގައި
ނަޞާރާއަކަށް ވެސް ވެދާނެއެވެ.
______________________________________________________
-
މުދިމެއްގެ މަރު.
ދުވަހަކީ
ސާދަސަތޭކަ ހަތާވީސްވަނަ އަހަރުގެ ރަމަޟާން
މަހުގެ ދެވަނަ ދުވަހެވެ. ތަނަކީ ސުޢޫދީ
ޢަރަބިއްޔާގެ ރިޔާޟް އޭ ކިޔުނު ރަށެވެ.
މީސްތަކުން އިންތިޒާރުކުރަމުން ދިޔައީ
ރޯދަވީއްލާ ވަގުތަށެވެ. ވަގުތު ޖެހުމާއެކު
މުދިމު ތެދުވެ ބަންގި ގޮވާލިއެވެ.
އެއަށްފަހު ރޯދަވީއްލައިގެން ޤަމަތްދޭން
ވަންދެކަށް މުޞްޙަފް ނަގައިގެން ޤުރްއާން
ކިޔަވަންފެށިއެވެ. އިވޭ ފަށުގައި ތިބި މީހުން
ބުނި ގޮތުގައި ބަޤަރާ ސޫރަތުގެ ވަކި ހިސާބަކުން
ފަށައިގެން ގޮސް އެސޫރަތުގެ ފަހު އާޔަތާ
ހަމައަށް މުދިމު ކިޔެވިއެވެ.
______________________________________________________
-
މަދީނާގައި ކުޑަ ކުއްޖަކު ވަގަށް
ނަގައި،
ގަދަކަމުން އެކުއްޖާއަށް
ޖިންސީ ގޯނާ ކުރުމަށްފަހު ބޯ ބުރިކޮށްލި
ފަސް
މީހެއްގެ
ވާހަކަ.
މިއީ ކުޑަ ފިރިހެން ކުއްޖަކު މަރާލުމުގެ
ކުށުގައި 31 އޮކްޓޯބަރ 2007 ގައި މަދީނާގައި
ޤިޞާޞް ހިފުނު (މަރަށް މަރުގެ އަދަބު ދެވުނު)
ފަސް މީހެއްގެ ވާހަކައެވެ. މިވާހަކަ
ލިޔެވިފައިމިވަނީ މަރާލެވުނު ކުޑަކުއްޖާގެ
ބައްޕައާއި ބައްދަލުކޮށް މިކަން ހިނގާދިޔަގޮތް
އޮޅުންފިލުވާފައިވާ، އަޅުގަނޑުގެ އުސްތާޛެއް
(ކުއްޖާގެ ބައްޕަގެ ރައްޓެއްސެއްވެސްމެ)،
މިވާހަކަ ބަޔާންކޮށްދީފައިވާ ގޮތަށެވެ. އަދި
ސުޢޫދީ ޢަރަބިއްޔާގެ ބައެއް ނޫސްތަކުންވެސް
މިކަމާއި ގުޅޭ އިތުރު ބައެއް މަޢުލޫމާތު
ނަގާފައިވާނެއެވެ.
______________________________________________________
-
ތިމާވަރުގެ މީހަކު ނެތްކަމަށް
ޤަބޫލުކުރުމުގެ ކުރީގައި.....!

އިރުގެ އެކިއެކި އަލި ދޯދިތައް 93 މިލިޔަން މޭލު
ކަޑައްތު ކޮށްފައި 8 މިނެޓް ތެރޭ ދުނިޔެއާ
ހަމައަށް ވާސިލްވުމުން، އައްޔަކީ އޭގެ ދުވެލި
ވަރަށް ބާރު އެއްޗެއްކަން ދޭހަވެއެވެ. އަލި
ދަތުރުކުރާ ބާރުމިނަށް ދަތުރު ކުރެވޭ އެއްވެސް
އެއްޗެއް މިވުޖޫދުގައި ނުވާކަމަށް ގިނަ
އިލްމުވެރިން އެއްބަސްވެއެވެ. ދުނިޔޭގައި އެންމެ
ބާރަށް ދަތުރުކުރާ މަތިންދާބޯޓް ކަމުގައިވާ
ކޮންކޯޑު، އަޑަށްވުރެ ބާރަށް ދަތުރު ކުރި
ކަމުގައިވިއަސް އަލި ދަތުރު ކުރާ ބާރުމިނާއި
ކައިރިވެސް ނުކުރެއެވެ.
______________________________________________________
-
އޭނާ މަރުވީ ހުކުރު ނަމާދުގެ
ސަޖިދައިގައި އޮއްވައެވެ.

ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އަހަރެން
ގޭގައި ހުއްޓާ އެކުވެރިޔަކު ފޯނުކޮށްފައި
ބުންޏެވެ. "ޝައިޚް އެވެ، އަހަރެންގެ ވަރަށް ގާތް
އަޚަކު މަރުވެއްޖެއެވެ. އަދި އޭނާ މިހާރުވަނީ
ހޮސްޕިޓަލުގެ ފިނިކޮޓަރީގައެވެ. ތިބާގެ ކިބައިން
އަހަރެމެން ބޭނުންވަނީ އޭނާ ހިނެވުމާއި
ކަފުންކުރުމުގެ ކަންތައް ކުރިއަށް
ގެންގޮސްދިނުމެވެ. އެހެންވީމާ މާދަމާ ހެދުނު
ނުވައެއް ޖަހާއިރަށް ހޮސްޕިޓަލަށް އަންނާށެވެ.
ގަސްދުކުރެވިފައިވަނީ މެންދުރު ނަމާދަށް ފަހު
ކަށުނަމާދު ކުރުމަށެވެ."
ދެން ޖެހިގެން އައިދުވަހުގައި ކަނޑައެޅިފައިވާ
ގަޑިއަށް އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ.
ހޮސްޕިޓަލުގެ ކައިރީގައި ވަރަށް މީހުން
ގިނައެވެ.
______________________________________________________
-
އުރެދުމަކަށް އަރައިގަތުމުގެ ކުރިން...
ފާފަތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ
ނަޒަރުގައި ވަރަށްވެސް ކުޑަކުޑަ ކަމެކެވެ. އެއީ ނޭފަތުގައި ޖައްސާލާ
މެއްސެއް ފައްސާލުމަށް ވުރެ ފަސޭހަކަމެއް ކަމުގައި އެބައިމީހުން
ދެކެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކުރީގައި އިސްވެދިޔަ
ޞާލިޙު އަޅުން ފާފަތަކާއިމެދު ދެކެވަޑައިގެންނެވީ އެފަދައަކުން
ނޫނެވެ. އެހެނެއްކަމަކު އެބޭކަލުން ފާފަތައް ދެކެވަޑައިގެންނެވީ
އެބޭކަލުންގެ ބޯތައް މަތީގައިވާ ބިޔަ ފަރުބަދައެއްގެ ގޮތުގައެވެ.
އިބްރާހީމް ބުނު އަދްހަމްގެ އަރިހަށް މީހަކު އައެވެ. އަދި
ދެންނެވިއެވެ. އޭ އިބްރާހީމެވެ! އަހަރެން ވަނީ ފާފައާއި އުރެދުމުގެ
ތެރޭގައި ފީނައި، އަމިއްލަ ނަފްސަށް އަނިޔާވެރިވެފައެވެ. ފަހެ
އަހަންނަށް ނަސޭހަތެއް ދެއްވާށެވެ! އިބްރާހީމް ވިދާޅުވިއެވެ.
އަހަރެން ތިބާއަށް 5 ކަމަކަށް ނަސޭހަތް ދެމެވެ.
______________________________________________________
-
ﷲ އާއިމެދު، ދުނިޔެ މިހާތަނަށް ދުށް
މަޝްހޫރު ދެސައިންސްވެރިންގެ ރައުޔު. -
(އައިންސްޓައިންއާއި ސްޓެފަން
ހޯކިންގ).
ﷲ މިކައުނުގައި ލައްވަފައިވާ އެއްވެސް އެއްޗަކީ ކުޅިވަރެއްގެ
ގޮތުގައި ލައްވާފައިވާ އެއްޗެއް ނޫންކަން އެކަލާނގެ ފޮތުން ވަރަށް
ސާފުކޮށް އެނގެއެވެ. އަލްބާޓް އައިންސްޓައިން މިކައުނު
ދިރާސާކުރުމުގެ ތެރޭގައި ބުނެފައިވެއެވެ. "މިކައުނު ހެއްދެވި ފަރާތް
އެއްވެސް ވަރަކަށް މިކައުނާއިމެދު ކުޅިވަރު ކުޅުއްވާފައެއް ނުވެއެވެ.
މިކައުނުގައިވާ ކޮންމެ އެއްޗަކީވެސް އޭގައި ޙިކްމަތްތަކެއް
ލައްވާފައިވާ އެއްޗެކެވެ."
______________________________________________________
-
މަންމައަކު ރޮއްވާލި،
ދަރިއެއްގެ ކުރެހުން!
ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ.
ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި
މަސައްކަތްކުރާ ބައްޕައެކެވެ. ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ
ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް
ބަލި މާމައެކެވެ. އެއްދުވަހެއްގައި ކުދީންގެ މަންމަ،
މާމައަށް ކާންދިނުމަށްޓަކައި މާމަގެ ކޮޓަރިއަށް ދަމުން ކުރެހުމުގެ
މަސައްކަތެއް ކުދީންނާ ހަވާލުކުރިއެވެ. އެނބުރި އައިރު ކޮންމެ
ކުއްޖަކު ވެސް ވަނީ ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް
ނިންމާފައެވެ.
______________________________________________________
-
ﷲ ތަޢާލާ
ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު.
ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި ތައުލީމު ހާޞިލް
ކުރަން އުޅުނު ޒުވާނަކު އެނބުރި ގައުމަށް އައެވެ. އެއަށްފަހު އޭނާ،
އޭނާގެ މައިންބަފައިންގެ ކިބައިން އެދުނީ، އޭނާ ކުރާ ތިން ސުވާލަށް
ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ މޮޅު މީހަކު
ހޯދައިދިނުމަށެވެ. ކޮންމެއަކަސް އޭނާގެ މައިންބަފައިން، ރަނގަޅު
މުސްލިމް ޝެއިޚަކު ހޯދައިފި އެވެ!
-ފުރަތަމަ
ސުވާލަކީ: ކަލަކު ވޮޑިގެން ވޭހެއްޔެވެ؟؟ ވާނަމަ އަހަރެންނަށް އެކަލާނގެ ޞިފަ
ދައްކާދީބަލަ!
-ދެވަނަ
ސުވާލަކީ: ތަޤްދީރަކީ ކޮބާ؟
-ތިނަވަނަ
ސުވާލަކީ: ޝައިތާނާ އުފެއްދީ އަލިފާނުން ކަމަށްވާއިރު، އޭނާގެ
ނިމުމުގައި ހަމަ އަލިފާނުން އުފެދިފައިވާ ނަރަކަ އަކަށް އެއްލާލެވެނީ
ކީއްވެހެއްޔެވެ؟ އޭނަވެސް އަދި ނަރަކަ ވެސް އުފެދިގެން ވަނީ
އަލިފާނުން ކަމަށް ވާއިރު އޭނައަށް ގެއްލުމެއް ވާނެހެނެއް
ހިޔެއްނުވޭ! މަތިވެރި ﷲ އަށް އެވަރު ވިސްނިވަޑައި ނުގަތީހެއްޔެވެ؟
______________________________________________________
-
ފަހެ އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟
ރިވާވެގެންވެޔޭ އެއްދުވަހެއްގައި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ
ޢަންހުމާ އެކަލޭގެފާނުގެ ބައެއް އެކުވެރިންނާއެކު ޞަޙަރާގައި
ހިންގަވަމުން ވަޑައިގެން މަދީނާއާ ވަރަށް ގާތް ހިސާބެއްގައި
ފަރިއްކުޅުއްވުމަށް ހުރިހާ ބޭކަލުން އިށީނދެވަޑައިގެންނެވިއެވެ.
މިހެން ތިއްބަވަނިކޮށް ބަކަރި ހުއިހައްޕަން އުޅޭ ނިކަން ޅަ ޒުވާނަކު
އެބޭކަލުންނަށް ފެނިވަޑައިގަތެވެ. އަދި އެޒުވާނާ އެބޭކަލުންނަށް
ސަލާމް ގޮވާލިއެވެ. ދެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެބޭކަލުންގެ
ކެއުމުގައި ބައިވެރިވުމަށް އެޒުވާނާއަށް ދަޢުވަތުދެއްވިއެވެ.
ވިދާޅުވިއެވެ. އޭ ބަކަރިހުއިހައްޕާ ޒުވާނާއެވެ! އަހަރެމެންގެ މި
ސުފުރާގައި ބައިވެރިވެލާން އަންނާށެވެ! އެޒުވާނާ ބުންޏެވެ. ތިމަންނާ
މިހުރީ ރޯދައަށެވެ.
______________________________________________________
-
އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި ދިމާލަށް ވައްހާބީންނޭ ކިޔާ
ފުރައްސާރަ ކުރަމުން ދާއިރު!؟...
ޝެއިޚުލް އިސްލާމް މުޙައްމަދު ބިން އަބްދުލް ވައްހާބް އަކީ މީގެ
ދެޤަރުނު ކުރިން އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ
އެއް މުޞްލިޙެވެ. ބޮޑު އިމާމެކެވެ. މުޖައްދިދެކެވެ. އިމާމު
މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ ހެޔޮކަންތަކަށް އަމުރުކުރައްވައި
މުންކަރާތްތައް ނަހީކުރެއްވި މާތް ޢިލްމުވެރިބޭކަލެކެވެ.
އެކަލޭގެފާނު ގޮވާލެއްވީ ﷲގެ ޝަރީޢަތް ޤާއިމު ކުރުމަށާއި ތަޢުޙީދު
ދިރުވުމަށެވެ. ބިދުޢަތަކާއި ޝިރުކު ނައްތާލެއްވުމަށެވެ. އިމާމު
މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ އުންމަތުގެ ރަމްޒެކެވެ.
ފަޚުރެކެވެ.
______________________________________________________
-
އަހަންނަށް މާފުކުރާށެވެ!
އަހަރެން އަންހެނުންގެ އަތުގައި ބޮސްދިން ހިނދު އޭނާގެ ދެލޯ
ކަރުނައިން ފުރުނެވެ. އަދި ކޯތާފަތްމަތި ކަރުނައިން ތެމުނެވެ.
އަހަރެން ބުނީމެވެ. އަހަންނަށް މާފުކުރާށެވެ. އަހަނަންނަށް ކުށެއް
ކުރެވިއްޖެއެވެ. އަހަރެމެން އެންމެންނަކީ ވެސް އިންސާނުން
ނޫންހެއްޔެވެ؟ ފުރިހަމަކަމުގެ ސިފަ ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ
އަށް ނޫންހެއްޔެވެ؟ އަހަރެންގެ ޢުޛުރު ޤަބޫލުކުރާށެވެ. ތިބާ
ޢަހުދުވެފައިވީ ފަދައިން ވިސްނުންތޫނު ކެތްތެރިއެއްގެ ގޮތުގައި
އަބަދުވެސް ހުރެދޭށެވެ!
______________________________________________________
-
އަޅުގަނޑުމެންގެ ޙަޔާތުގެ ދުވަސްތައް ޤުރުއާން ނުކިޔަވާ ބޭކާރު
ގޮތުގައި މިހޭދަ ކޮށްލަނީ ކީއްވެ
ހެއްޔެވެ؟
އަހަރެންގެ
ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ.
އެތާނގައި ތަފާތު މީހުން ތިއްބެވެ. ޅަކުދިންނާއި ޒުވާނުންނެވެ. ހަރު
މީހުންނާއި މުސްކުޅިންނެވެ. އެކަމަކު އެންމެން ތިބީ ހަނު
ހިމޭނުންނެވެ. އެއްބަޔަކު ކިޔަން ބަހައްޓާފައި ހުރި ލީފްލެޓްތައް
ކިޔައެވެ. އެއްބަޔަކު ލޯމަރާލައިގެން ތިބި އިރު އަނެއްބަޔަކު
ވަށައިގެން ހޯދަނީއެވެ. ގިނަ އިރުވާތީ ފޫހިވެފައެވެ.
މިހެން އިންދާ އެތާ އިން ޒުވާނަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ.
އޭނާ އިނީ ޖީބަށް ލެވޭވަރުގެ ކުޑަ މުސްޙަފެއް (ޚަަތިމެއް) ނަގައިގެން
އިސްދަށަށް ޖަހައިގެން
قرآن
ކިޔަވާށެވެ.
______________________________________________________
-
ޑޮކްޓަރ
ޒާކިރު ނާޔަކް ކިހާވަރަކަށް ދަންނަމުތަ؟
ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ކާކުކަން ދަންނަ މީހުން ދިވެހިންގެ
ތެރޭގައި ފަހަރެއްގައި ވަރަށް މަދުވެދާނެއެވެ. އަދި އޭނާއަކީ
ކާކުކަން އެނގޭ މީހުންނަށްވެސް، އޭނާގެ ފުރިހަމަ ނަން ނޭނގުމަކީ
ގާތްކަމެކެވެ. އޭނާގެ ޙަޤީޤީ ފެންވަރާއި ހުރި ހުނަރުތައް ނޭނގިވެސް
ހިނގައިދާނެއެވެ. ނަމަވެސް ޕީސް ޓީވީގެ ޒަރީޢާއިން ޑޮކްޓަރ ޒާކިރު
ނާޔަކް ދިވެހިންގެ ތެރެއަށް ތަޢާރަފުވާން މިހާރު ވަނީ ފަށާފައެވެ.
ކުރުގޮތަކަށް ބުނާނަމަ ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ފަހުގެ ތާރީޚުގައި
ދުނިޔެދުށް އެންމެ ހަނދާންގަދަ މީހާ ކަމުގައި ބުނެވިދާނެއެވެ. ދީނީ
ފޮތްތަކުގެ އެންމެ ފުރިހަމަ ތަރުތީބު ޑޭޓާ ބޭސް ކަމުގައި
ބުނެވިދާނެއެވެ. އަދި އެ މަޢުލޫމާތު ބޭނުންކުރުމުގައި އެފަދަ
ދެވަނައެއް ނެތް މީހެއްކަމުގައި ބުނެވިދާނެއެވެ.
______________________________________________________
-
ﷲގެ
މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ ﷲ
ދެއްވާނެއެވެ.
ޒިނޭކުރަމުން
އައި އަންހެނެއް...،
ވައްކަން ކުރަމުން އައި ވަގެއް...,
މުއްސަނދި ބަޚީލުމީހެއް...
ވަރަށް ކުރީ ޒަމާނެއްގައި،
އެއްސަހަރެއްގައި އިސްމާޢީލް އެވެ،
ކިޔުނު މީހަކު އުޅުނެވެ. އޭނާ އުޅުނީ
ކަނޑުގެ އައްސޭރީގައި
މީހުން އުޅޭ ހިސާބާއި
ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ. އޭނާއާއި އޭނާގެ އަނބިމީހާ
އުޅެމުން އައީ
ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ. މިހެން އުޅެމުން އެކި ދުވަސްމަތިން
ލާރި އެއްކުރަމުން އެއްކުރަމުން އައިސް،
އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ. އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް
ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ. ދެން މިތިން ރުނބާ ގޭގެ
ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ.
______________________________________________________
-
މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް އެދުނު
އަންހެންކުއްޖާ.
އަންހެންކުއްޖަކު އޭނާގެ މަންމަ ގާތުން ޒިނޭކުރުމުގެ ހުއްދައަށް
އެދުނެވެ. އެހިނދު މަންމަ ނުހަނު ލޯތްބާއި ކުލުނާއެކު އެއީ ދީނީ
ގޮތުން ވަރަށް ބޮޑު ޙަރާމްކަމެއްކަމާއި ކިހާވަރެއްގެ ހަޑިމުޑުދާރު
ޢަމަލެއްކަން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް
އަންހެންކުއްޖާ އޭނާގެ ޚިޔާލު ދޫކުރާ ގޮތެއް ނުވިއެވެ. އެންމެ
ފަހުން މަންމަ ބުނީ ވަކި ޝަރުތެއްގެ މަތީން ހުއްދަދެވިދާނޭ
ކަމުގައެވެ. އެ ޝަރުތަކީ މަންމަ ބުނާ ކަންތައްތަކެއް ކޮށްދިނުން
ކަމުގައި ބުންޏެވެ. ދެން އަންހެންކުއްޖާ ވަރަށް އުފަލުން އެކަމާ
ޤަބޫލުވެ ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލުކުރިއެވެ. މަންމަ އެދުނީ
މާދަމާ ހެދުނުހެދުނާ ރަސްގެފާނު ގަނޑުވަރުން ނުކުމެވަޑައިގަންނަވާ
ވަގުތު ގަޑުވަރުގެ ދޮރުކުރިމަތީ ހުރުމަށެވެ. އަދި ރަސްގެފާނު
ނުކުމެވަޑައިގަންނަވާން ފެށުމުން ހޭނެތުނީ ކަމަށް ހެދިފައި
ބިންމައްޗަށް ވެއްޓިގަތުމަށެވެ.
______________________________________________________
-
ދިވެހި އުޚްތެއްގެ ހިތުގެ އުދާސްތައް...!
-
ކުރީގެ ތާޖުއްދީން ހުރި ހުސްބިމުގައި ހިކިފަތުން ﷲގެ އިސްމުފުޅު
ލިޔެވިފައި އޮއްވާ ފެނިއްޖެ.
-
ދިވެހިންނާއި ދީން –
ބުރުޤާއާއި ފައިކުރީގެ މައްސަލައަކީ ރާއްޖޭގެ ކުރީގެ ޢިލްމުވެރިންގެ
ކިބައިންވެސް އެނގެން އޮތް ކަމެއް.
|