''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ތިބާގެ ބުއްދި ދައްކާށެވެ! އޭރުން ކަލާނގެ ދައްކާނަމެވެ!

                                                              -ތަރުޖަމާ: ނަބީލް

އަލްއިމާމް އަބޫޙަނީފާގެ އަރިހަށް ކާފަރަކު އައިސް ސުވާލުކުރިއެވެ. އޭ އިމާމެވެ. ކަލޭގެފާނަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފެނިވަޑައިގަތްހެއްޔެވެ؟ އިމާމް އަބޫޙަނީފާ ވިދާޅުވިއެވެ. އަހަރެން ހައްދަވާ ގެންގުޅުއްވާ ރަސްކަލާނގެ މަތިވެރިވެގެންވާކަމާއެވެ. ލޯތަކަށް އެކަލާނގެ ފެންނަކަމުގައި ނުވެއެވެ. ދެން ކާފަރުކަލޭގެ ބުންޏެވެ. ކަލޭގެފާނަށް މާތްރަސްކަލާނގެ އަޑުފުޅު އިވިވަޑައިގަތްހެއްޔެވެ؟ އިޙްސާސް ކުރެއްވުނު ހެއްޔެވެ؟ ނޫނީ ވަސް ބެއްލެވުނު ހެއްޔެވެ؟ ނޫންނަމަ ބީހިވަޑައިންނެވުނު ހެއްްޔެވެ؟

އިމާމް އަބޫޙަނީފާ ވިދާޅުވިއެވެ. އަހަރެން ހައްދަވާ ގެންގުޅުއްވާ މާތްރަސްކަލާނގެ މަތިވެރިވެގެންވެއެވެ. އެކަލާނގެއާ އެއްފަދަ އެހެން އެއްޗެއް ނުވެއެވެ. އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. ދެން ކާފަރުކަލޭގެ ބުނެފިއެވެ. ކަލޭގެފާނަށް ކަލޭގެފާނުގެ ކަލާނގެ ފެނުމަކާއި ނުލައި ނުވަތަ އިޙްސާސްވުމެއް، ވަހެއް ދުވުމެއް ނޫނީ ބީހުމެއް ވެސް ނުހިނގާ އެކަލާނގެ ހަމަ ވޮޑިގެންވާ ކަން ޔަޤީންވެލައްވަނީ ކިހިނަކުންހެއްޔެވެ؟

އިމާމް އަބޫޙަނީފާ ވިދާޅުވިއެވެ. ތިބާއަށް ތިބާގެ ބުއްދި ފެނުނު ހެއްޔެވެ؟ އެބުއްދީގެ އިޙުސާސް ކުރެވުނުހެއްޔެވެ؟ އެބުއްދި ވާހަކަދައްކާ އަޑު އިވުނުހެއްޔެވެ؟ އެ ބުއްދީގައި ބީހެވުނު ހެއްޔެވެ؟ މިއިން ކޮންމެ ސުވާލަކަށް އޭނާ ނޫނެކޭ ބުނަމުން ގެންދިޔައެވެ. އެންމެފަހުން އިމާމް ސުވާލުކުރެއްވިއެވެ. ތިބާއަކީ މޮޔައަކީމުހޭ؟ ނޫނީ ހޭބުއްދިހުރި މީހަކީމު ހެއްޔެވެ؟ ހަމަހޭގައި ހުރި މީހެކޭ ބުނެ އޭނާ ޖަވާބު ދިނެެވެ. އިމާމް ވިދާޅުވިއެވެ. އެހެންވިއްޔާ ތިބާގެ ހޭބުއްދި ކޮބާހެއްޔެވެ؟ އޭނާ ބުންޏެވެ. އެބައޮތެވެ.

ދެން އިމާމް އަބޫޙަނީފާ ވިދާޅުވިއެވެ. ހަމަ އެފަދައިން މާތް ﷲ ވެސް ވޮޑިގެންވެއެވެ. ﷲ ވޮޑިގެންވަނީ ހުރިހާ ތަކެއްޗަކަށް ވުރެ މަތީގައެވެ. އަދި އެކަލާނގެ ދަށުގައި އެއްޗެއް ނުވެއެވެ. އެކަލާނގެ ޢިލްމުފުޅު އެންމެހާ ތަނެއްގައި ވެއެވެ. އެކަލާނގެ ވޮޑިގެންވަނީ އެއްޗެއްގެ ތެރޭގައިވާ އެއްޗެއް ފަދައަކުން ނޫނެވެ. އެކަލާނގެއާ އެއްފަދަ އެހެން އެއްޗެއް ނުވެއެވެ. އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)