|
ﷲގެ
ހަޟްރަތުން ބިލެއް އައިހެއްޔެވެ؟
ތަރުޖަމާ: އަޙްމަދު
އަސްލަމް

ހޮސްޕިޓަލުގައި ބާއްވާފައި އޮތް ހަތްދިހަ ވަރަކަށް އަހަރުގެ މުސްކުޅި
ބޭބެއެކެވެ. މިބޭބޭއަށް ކުޑަކަމުނުދެވޭތީ ޑޮކްޓަރު އެންގީ އޮޕަރޭޝަން
ކުރަން ޖެހޭނެކަމަށެވެ. ބޭބެ އެއޮޕަރޭޝަން ކުރަން ޤަބޫލްވެއްޖެއެވެ.
އަދި އޮޕަރޭޝަންކޮށް ނިމި ބޭބެ ހޭއަރި ވަގުތު ބޭބެއަށް ވަރަށް ތަދު
އިސްސާސްކުރެވެން ފަށައިފިއެވެ.
އިރުކޮޅެއްއްނުވެ ޑޮކްޓަރު މިބޭބެއަށް ފަރުވާކުރުމަށް ޚަރަދުވި ބިލް
ހިފައިގެން އަތުވެއްޖެއެވެ. ބޭބެ އެބިލަށް ބަލާލާފައި ރޯންފެށިއެވެ.
މިތަން ފެނުމުން ޑޮކްޓަރު ބުންޏެވެ. "ތިވަރު އަގުބޮޑިއްޔާ އަހަރެން
ބޭބެއަށް ލާރިދެއްކުމަށް އެހެން ގޮތެއް ވިސްނަފާނަން."
"އަހަރެން މި ރޮނީ މި ބިލްދެއްކޭވަރަށް އަހަރެންގެ އަތުގައި ފައިސާ
ނެތީމައެއް ނޫނެވެ. އަހަރެން މި ރޮނީ އަހަރެންގެ އުމުރުން ހަތްދިހަ
އަހަރު ވަންދެން އަހަރެނަށް ކުޑަކަމުދެވޭ ގޮތް މެދުވެރި ކުރެއްވި ﷲ
އަހަރެންނަކަށް އެއްވެސް ބިލެއް،
އަދި އުޖޫރައެއް ދައްކާކަށް ނުޖައްސައެވެ." އެ މުސްކުޅި ބޭބެ ޖަވާބު
ދިނެވެ.
ﷲގެ
ދީލަތިވަންތަކަމާއިއެވެ. އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތް
ތަކުގެ ގިނަކަމާއިއެވެ. އަހަރެމެންނަކީ އެކަލާނގެ ދެއްވާފައިވާ
ނިޢުމަތް ތަކުގެ އަގުވަޒަންކޮށް ގިނަގިނައިން ޝުކުރު ވެރިވާބަޔަކު
ކަމުގައި އަޅަމެން ލައްވާށިއެވެ.
"وَإِنْ تَعُدُّوا نِعْمَتَ اللَّهِ لا تُحْصُوهَا إِنَّ الأِنْسَانَ
لَظَلُومٌ كَفَّارٌ"
(ابراهيم:
34)
"ތިޔަބައިމީހުން ﷲގެ ނިޢުމަތްއައް ގުނާ އަދަދު ކުރާނަމަ،
ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭ ހުއްޓެވެ.
ހަމަކަށަވަރުން
އިންސާނާއީ،
އަނިޔާވެރިވުން ބޮޑު،
ނިޢުމަތްތަކަށް ކުފުރުވެރިވާ، އުރެދުން ބޮޑު މީހެކެވެ."
(ސޫރަތު އިބްރާހީމް: 34)
-ނިމުނީ- |