''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

މެހި ހެއްދެވި ޙިކުމަތްތަކުގެ ތެރެއިން ޙިކުމަތެއް.

ތަރުޖަމާ: ނަބީލް

    ޢައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިވާ އަބޫ ޖަޢުފަރުލްމަންޞޫރު މެއްސަކާއި ހެދި ތުރާފުޅުވާތީ އުޅުއްވި ވަގުތެކެވެ. ހަށިކޮޅުގެ ކޮންމެވެސް ތަނަކުން ހަމަ ފައްސަވާލައްވާއިރަށް އަނެއްކާ ހަމަ އެމެހި އައިސް ހަށިކޮޅުގެ އެހެން ތަނެއްގައި އިށީންނަނީއެވެ. މިކަމުގެ ސަބަބުން ނުތަނަވަސްވެފައި އިންނަވަނިކޮށް ޚަލީފާގެ އަރިހަށް ޢިލްމުވެރިޔަކު ވަދެވަޑައިގެންނެވިއެވެ.

    އެހިނދު ޚަލީފާ އެޢިލްމުވެރިޔާއަށް ދެންނެވިއެވެ. މާތްކަލާނގެ މެހި ހެއްދެވީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ އެހިނދު ޢިލްމުވެރިޔާ ޖަވާބުދެއްވިއެވެ. މެހި ހެއްދެވުމުގެ އެއް ޙިކުމަތަކީ އޭގެ ސަބަބުން ބޮޑާވެ ކިބުރުވެރިވާ މީހުން ނިކަމެތިކުރެއްވުމެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)