|
އީމާންކަމުގެ ސަވާރީތަކުގައި...
ތަރުޖަމާ: ނަބީލް

ރިވާވެގެންވެއެވެ. އިބްރާހީމް ބިން އަދްހަމް ރަޙިމަހުﷲ ފައިމަގުގައި
ހިންގަވާފައި ކަޢުބަތުﷲ ގެފުޅަށް މައްކާއަށް ދަތުރުކުރައްވަނިކޮށް
ޢައުރާބީންގެ މީހަކަށް ފެނިގެން ސުވާލުދެންނެވިއެވެ. (ޢައުރާބީންނަކީ
ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.) މިދިގު ދަތުރަށް
ނިކުތް އިރު ތިބާ އަރާނެ ސަވާރީއެއް ނެތްތާނގައި ކާނޭ އެއްޗެއް ވެސް
ނުލައި ތިޔަ ނުކުތީ ތިބާއަކީ މޮޔައަކީހެއްޔެވެ؟
އެހިނދު އިބްރާހީމް ބިން އަދްހަމް ވިދާޅުވިއެވެ. އަހަރެންގެ
ސަވާރީތައް ގިނައެވެ. ތިބާއަށް ނުފެންނަނީއެވެ. އެމީހާ ދެންނެވިއެވެ.
އެއީ ކޮން ސަވާރީއެއްހެއްޔެވެ؟
ވިދާޅުވިއެވެ. ބަލާވެރިކަމެއް ޖެހިއްޖެނަމަ އަހަރެން ސަވާރުވާނީ
ކެތްތެރިމަކުގެ ސަވާރީއަށެވެ. ނިޢުމަތެއް ދެއްވައިފިނަމަ
ޝުކުރުވެރިވުމުގެ ސަވާރީއަށެވެ. ކަންކަން މާތްރަސްކަލާނގެ ކޮންމެ
ގޮތަކަަށް ކަނޑައެޅުއްވި ނަމަވެސް ރުހި ބޯލެނބުމުގެ ސަވާރީއަށެވެ.
ނުބައިކަމަކަށް އަހަރެންގެ ހަވާ ނަފުސު ގޮވާލައިފިނަމަ އަހަރެންގެ
ޢުމުރުން ވޭތުވެ ދިޔަ ތަނަށް ވުރެ އަންނާން އޮތްބައި ކުރުކަމުގައި
އަހަރެން ދަންނާނަމެވެ. ދެން އަޢުރާބީ މީހާ ބުންޏެވެ. ތިބާ
މާތްރަސްކަލާނގެ އިޒުނަފުޅާއެކު ކުރިއަށް ވަޑައިގަނަންވާށެވެ.
ސަވާރީގައި ހުންނެވީ މާތްކަލޭގެފާނެވެ. ހިނގާފައި މިދަނީ
އަހަރެންނެވެ.
-ނިމުނީ- |