"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދެންވެސްކިޔަނީ އިސްލާމުންނޭ !!!
 

އެންމެން ކިޔެވީ އެއްފޮތަކުންނޭ ފެންނަގޮތުން ދިހަބާރަ ފޮތުންނޭ
ނެއް ނުކުރާކަ ކަމެއް މަދަރިންނޭ ދެންވެސް ކިޔަނީ އިސްލާމުންނޭ

ބަދު އަޙްލާޤުން ހޯދާ ޝުހުރަތު ލަދުތަދު ފިސްކޮއް ނައްތާ ޣީރަތު
މަދުއެތިކޮޅަކަށް ވިއްކާ ޢިސްމަތު ދެންވެސް ކިޔަނީ އިސްލާމުންނޭ

ދީނުގެ އަސްލެއްނޭގި އުސޫލެއް އީމާންވާނޭ ނޭގި ރަސޫލެއް
ސީދާމަގުނުމެ ކޮންމެ ޤަބޫލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

ތަރުހީބުދެނީ އޮތްލަޢުނަތަކަށް މަރުދީބަލަނީ އޮތް ބިދުޢަތަކަށް
ކަރުމަރު ހިފަނީނަމަ ރިޝްވަތަކަށް ދެންވެސް ކިޔަނީ އިސްލާމުންނޭ

ނިވަލެއް ނެތި ތިބެ ދޭދޭ ޖިންސުން ނިވަނީ ހިތުގެ އެދުންތައް މީހުން
ދުވަނީ މިކަމާމެދު ތެޅި ފޮޅެމުން ދެންވެސް ކިޔަނީ އިސްލާމުންނޭ

ހެޔޮނެތެ ކުރެވޭ އެއްވެސް ޢަމަލެއް ހެޔޮކަމަކަށް ނަމަ ކުރަނީ ޖަދަލެއް
އެއުރެނަކަށް ނެތެ ހަމަވުން އަޖަލެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

އުދަގޫ ކަމެކޭ އަޅުކަން ކުރުމީ މުދަލުން ދޭންވާ ސަދަޤާތް ދިނުމީ
ނުދަތުމުގައިވެސް ޒިިކުރެއް ކުރުމީ ދެންވެސް ކިޔަނީ އިސްލާމުންނޭ
 
ފަސް ވަގުތޭ ތޯ ކޮންފަސްވަގުތެއް އަސްތާނުލިބޭ ގޮސްލަންވަގުތެއް
މަސްއޫލިއްޔަތަކީ ބޮޑުމަސްތެއް ދެންވެސް ކިޔަނީ އިސްލާމުންނޭ

ބޭރުން މީހުން ގުޅެނީ ދީނާ ފޭވާން މިއުރެން އުޅެނީ ދީނާ
ހޭގާ ތިބެ ފޮށެނީ މާތްދީނާ ދެންވެސް ކިޔަނީ އިސްލާމުންނޭ

 

ނޯޓް: މިއީ ދިވެހި ޝާޢިރަކު ހައްދަވާފައިވާ ޅެމެކެވެ. މިޅެން ނަގާފައި މިވަނީ އިންޓަނެޓް ފޯރަމަކުންނެވެ.

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)