"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

غرباء ބީރައްޓެހީން

 

 

އޯޑިއޯ ޑައުންލޯޑް ކުރެއްވުމަށް މިލިޔުންކޮޅަށް ފިއްތަވާލައްވާ.

ليس الغريب هو الذى فارغ الديار ودع الآن

ބީރައްޓެއްސަކީ އެމީހެއްގެ ގެއާއި އަނބިދަރިން ދޫކޮށްފައި ދާމީހެއްނޫނެވެ.


ولكن الغريب هو الذى يجد و الناس من حوله يلعبون

އެހެނެއްކަމަކު ބީރައްޓެއްސަކީ، އެމީހެއްގެ ވަށައިގެން މީސްތަކުން ކުޅިމަޖަލުގައި އުޅޭއިރު (ދީނުގެ) ކަންތައްތަކުގައި ގަދައަޅާ މަސައްކަތްކުރާ މީހާއެވެ.

و يصحو و الناس من حوله ينامون

އަދި އެމީހެއްގެ ވަށައިގެންވާ މީސްތަކުން ނިދާފާވާއިރު ހޭލާ (ރޭއަޅުކަމުގައި) ހުންނަ މީހާއެވެ.


و يسلك درب الخير و الناس في ضلالهم يتخططون

އަދި މީސްތަކުން އެމީހުންގެ އެމަގުފުރެދުމުގައި ބިންވަޅުނެގި ހަލާކުވެ ދާއިރު، އެންމެ ހެޔޮ މަގު ޚިޔާރު ކުރި މީހާއެވެ.


و صدق الشاعر اذ يقول

ފަހެ ޅެންވެރިޔާ ބަޔާންކުރާ ފަދައިން، އެއީ ހުސް ތެދެވެެ.


قال لى صاحب اراك غريبا

އަހަރެންގެ ރަޙްމަތްތެރިއަކު އަހަންނަށް ބުންޏެވެ. "އަހަންނަށްް ތިބާ ފެންނަނީ ބީރައްޓެއްސެއްގެ ގޮތުގައެވެ.


بين هذا الأنام دون خليل

އަދި މިމީސްތަކުންގެ ތެރޭގައި ތިބާ ތިޔަވަނީ ގާތް ރަޙްމަތްތެރިއަކުވެސް ނެތިއެވެ."


قلت كلا! بل الأنام غريب انا في عالم و هذه سبيلى

އަހަރެން ބުނީމެވެ. "ހަމަހިލާ އެހެނެއް ނޫނެވެ. އެހެނެއްކަމަކު މީސްތަކުންނަކީ އެއީ ބީރައްޓެހީންނެވެ. އަހަރެން މިވަނީ ދުނިޔޭގައި (ޙައްޤުގެ މަގުގަ) އެވެ. އަދި މިއީ އަހަރެންގެ މަގެވެ."


هذا هو الغريب

ފަހެ ބީރައްޓެއްސަކީ މިއީއެވެ.

غريب عند العابثين من البشر

މަލާމާތްކޮށް ފުރައްސާރަ ކުރާ މީހުންގެ ކައިރީގައި ބީރައްޓެހީން ކަމުގައިވާ މީހުންނެވެ.


و لكنه عند ربه في مقام كريم

އެހެނެއްކަމަކު އޭނާގެ ރައްބުގެ ޙަޟްރަތުގައި އޭނާ ވަނީ މަތިވެރިވެގެންވާ މަޤާމެއްގައެވެ.

***********//**************//**************//***********

غرباء ... غرباء ... غرباء ... غرباء

ޣުރަބާ ... ޣުރަބާ ... ޣުރަބާ ... ޣުރަބާ (ބީރައްޓެހީން).


غرباء ولغير الله لا نحني الجباه

އަހަރެމެންނަކީ ބީރައްޓެހީންނެވެ. އަހަރުމެން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ބޯނުލަނބާނަމެވެ.


غرباء وارتضيناها شعارا للحياه

އަދި އަހަރެމެންގެ ދިރިއުޅުމުގެ ޙަޔާތުގެ ޝިޢާރެއްކަމުގައި (ނަމެއް ކަމުގައި) 'ބީރައްޓެހިން' ހަދައި އެއަށް ރުހިއްޖައީމެވެ.


إن تسل عنا فإنا لا نبالي بالطغاه

ތިބާ އަހަރެމެން ގާތު އަހައިފިކަމުގައިވާނަމަ (އަހަރުމެން ބުނާނަމެވެ)، ފަހެ އަހަރުމެން ނުބައި ނުލަފާ ވެރީންނަކަށް (އެމީހުން ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކަމަކަށް) ފަރުވާލެއް ނުބަހައްޓަމެވެ.


نحن جند الله دوماً دربنا درب الأباه

ފަހެ އަހަރުމެންނަކީ ﷲގެ މަގުގައި ފޯރިމަރާ އެއިލާހުގެ ޖުނޫދުން (ހަނގުރާމަވެރީން) ނެވެ. އަދި އަހަރުމެންގެ މިމަގަކީ މަތިވެރިވެގެންވާ އަދި ޝަރަފް ލިބިގެންވާ މަގެކެވެ.


لن نبالي بالقيود بل سنمضي للخلود

އަހަރުމެންގެ ގައިގާ ކަސްދޮޅު އަޅުވައި ހައްޔަރު ކުރިއަސް، އެއަކަށް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު އަހަރުމެންގެ ގޮތުގައި އަބަދުވެސް އަހަރުމެން ޘާބިތުވެ ދެމިތިބޭނަމެވެ.

فلنجاهد ونناضل ونقاتل من جديد

ފަހެ މުޅިން އާފެށުމަކުން އަނެއްކާވެސް އަލުން ޖިހާދުކޮށް ހަނގުރާމަކޮށް ޤިތާލުކޮށް ހަދާނަމެވެ.


غرباءٌ هكذا الأحرار في دنيا العبيد

އަޅުންގެ މިދުނިޔޭގައި ބީރައްޓެހިންނަށް މިނިވަންކަންވަނީ މިހެންނެވެ.


كم تذاكرنا زماناً يوم كنا سعداء

އަހަރުމެން އުފާވެރިކަމުގައި ހޭދަކުރި ދުވަސްތައް ހަނދާންވަނީ ކިހާވަރަކަށް ހެއްޔެވެ.


بكتاب الله نتلوه صباحاً ومساء

ފަހެ ހެނދުނާއި ހަވީރު ﷲ ތަޢާލާގެ ފޮތުން އަހަރުމެން އެ ކިޔަވަމެވެ.


غرباء ... غرباء ... غرباء ... غرباء

ޣުރަބާ ... ޣުރަބާ ... ޣުރަބާ (ބީރައްޓެހިޔާ)

 

قال رسول الله صلى الله عليه وسلم :" بدأ الاسلام غريبا وسيعود غريبا كما بدأ فطوبى للغرباء"


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. "އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ކޮށެވެ. އަދި އެދީން ފެށުނު ގޮތަށް، އަލުން އެނބުރި ބީރައްޓެހިކަމަށް ރުޖޫޢަވާނެއެވެ. ދަންނައެވެ. ބީރައްޓެހިންނަށް އުފާވެރިކަން ހުއްޓެވެ."

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)