|
ޅެން - މަސްތީ އިންސާނާ
ހެދީ:
އަބޫ އަބްދުﷲ

ގަސްތާ ހެދުނީ ބިމުގައި ދިރުމަކަށް
މަސްތާ ދިރުނީ ފެނުގައި އުޅުމަށް
އަސްތާ އެކަމަކު ނުދިރުނީ އިންސާނާ ޙައްޤަށް
ފަސްބައިތާ އެކަމަކު ނެގީ ގަސްތަކުގެ މައްޗަށް
މަސްތާއި އެކުގައި ހޭދަކޮށްލީ ވަޤުތުތައް
ދަސްތާ ނުކުރީ ދީނުގެ ހަމަ އެއްވެސް ޢިލްމެއް
ފަސްތާ ޖެހުނީ ހެޔޮހާވީ ޢަމަލެއް ކުރުމަށް
ޤަޞްދާއި އެކުގައިމެ އަރައި މިގަތީ ފާފަތަކަށް
ވިސްނާ ފިކުރު ކުރިނަމަތާދޯ ކުރިޔަށް
ގިސްލާ ރޯން ޖެހުނީ ކުރެވުނުހާ ކަމަކަށް
ފަސްތާނު ލެވުމުގެ ކުރިން ގެންނަންވީ ވިސްނުމަށް
ފަސްފަހަތުން މަރު އައިސްޖެހުމުން ދާން އޮތީ ކޮންތާކަށް
ގޯސްތާ މިވީ ޙައްޤުގެ ބަސް ބުނުމުން ތެދަކަށް
އަސްތާ ގެންގޮސް އެއެޅުވީ ކަސްތޮޅު އަދަބަކަށް
|