"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ޢާއްމު ލިޔުން

- އަހަރެންގެ ބަސް.

  ގެއެއްގައި އެލުވާފައިހުރި ކޮށްޓެއްގައި ވާހަކަ ދައްކާ ގުރައެއް އިނެވެ. މިގުރާ ކިޔަމުން ދެއެވެ. "އަހަންނަކީ މިނިވަނެކެވެ. އަހަންނަކީ މިނިވަނެކެވެ." އެގުރާގެ ވެރިމީހާ ވަނީ އެގުރައައް އެހެންކިޔަން ދަސްކޮށްދީފައެވެ. ވީމާ އެގުރާ މީހަކު ހަމަ ފެންނަ އިރަށް އެހެން ތަކުރާރުކޮން ކިޔާލަކިޔާލަ އިނދެއެވެ. ސުވާލަކީ، އޭތި ބަޔާންކުރަމުން އެދަނީ އޭތީގެ ޙަޤީޤީ ޙާލު ހެއްޔެވެ؟ ނޫނީ އެއީ ޖައްވުގައި މިނިވަން ކަމާއިއެކު އުދުހުމުގެ ފޮނިކަން ލިބިފަނުވާތީ ބުނާ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ވާހަކަދައްކާ ގުރައެއްވީމާ، ދަސްކޮށްދީފައި ވާ ތަކެތި ކިޔަނީއެވެ. އޭތި ކިތަންމެ ވަރަކަށް އެހެން ކީކަމުގައިވިޔަސް ޙަޤީޤަތުގައި އެއީ މިނިވަން ދޫންޏެން ނޫނެވެ. މި މިސާލާއި އަޅުގަނޑުމެން ދިވެހީންނާއި ގުޅުންހުރީ ކިހާވަރަކަށްތޯއެވެ؟

______________________________________________________

- އައްޑުއަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލްގެ ޖިއޮގްރަފީ ޓީޗަރު، ޖީ ރާޖުކުމާރު، އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އިހާނެތި ބަސްތަކެއް ރައްދުކޮށްފި.

  އައްޑު އަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލްގެ އެކްޓިންގ ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި، އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޖީ ރާޖުކުމާރު، މި އުއްމަތުގެ ހިތްތަކުގެ ވިންދާ ގުޅިފައިވާ، އަހަރެމެންގެ ލޮބުވެތި ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަބުރުފުޅާބެހި އިހާނެތި ބަސްތަކެއް ރައްދުކޮށްފިއެވެ.

______________________________________________________

- "އަހަރެން ކޭ ފަދައޭ!"، ނަމަކަށް ކިޔުނު މިސްކިތް!

  ތުރުކީގެ އެންމެ ބޮޑު ސިޓީކަމުގައިވާ އިސްތަންބޯލުގެ ފާތިޙޭ ކިޔުުނު އަވަށުގައި ހުރި މިމިސްކިތުގެ ނަމަކީ "ޞާންކީ ޔަދުމް" އެވެ. އެއީ ތުރުކީ ބަހުން އޮތް ޖުމުލައެކެވެ. މާނައަކީ އަހަރެން ކޭ ފަދައެވެ. އެބަހީ އަހަރެން އޭތި ކައިފި ކަމުގައި ހީކޮށްލާށެވެ. މި މިސްކިތުގެ ނަމުގެ ވާހަކައާއި ވިދިގެން އުސްތާޛު އޫރުޚާން ވަރަށް ޢަޖައިބުކުރުވަނިވި ޢިބްރަތްތެރި ޙަޤީޤީ ވާހަކައެއް ގެންނަވާފައިވެއެވެ.

______________________________________________________

- ނުޤުތާއެއް މަދުވުމުން މާނަ އަށް އަންނަނީ ކޮން ބަދަލެއް ހެއްޔެވެ؟

  "وَاللَّهُ غَنِيٌّ حَمِيدٌ" (التغابن: 6) މާނަ : "އަދި اللهއީ ފުދިވޮޑިގެންވާ حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ." ނުޤުތާ ނެތުމުން ކިޔޭ ގޮތް غيي ނުވަތަ غي އޭރުން "ފުދިވޮޑިގެންވާ" މިމާނަ ފުރޮޅިގެންދާނީ "މަގުފުރެދުން" ނުވަތަ "މަގުފުރެދިފައިވާ" މިމާނައަށެވެ.

______________________________________________________

- ރައީސް އޮފީހުން ނެރެފައިވާ ޤުރުއާން ތަރުޖަމާގެ އާޔަތްތަކުގައި، ވަރަށް ބައިވަރު ލިޔުމުގެ ކުށް ހުރުމުން އެތަރުޖަމާ އެގޮތަށް ގެންގުޅުން ހުއްދަ ނުވާނެ ކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބަޔާންކޮށްފި.

    ރައީސް އޮފީހުން އެންމެ ފަހުން ނެރުނު ޤުރުއާން ތަރުޖަމާ ޖަމްޢިއްޔަތުއް ސަލަފުން ބަލާ ތަޙްޤީޤު ކުރުމަށްފަހު، އެތަރުޖަމާގެ އާޔަތްތަކުގައި (ޢަރަބި ނައްޞުތަކުގައި) ވަރަށް ބައިވަރު ލިޔުމުގެ ކުށް ހުރުމުން، އެތަރުޖަމާ އެގޮތަށް ގެންގުޅުން ހުއްދަނުވާނެކަމަށް ބަޔާންކޮށްފިއެވެ. ޖަމްޢިއްޔަތުއް ސަލަފްގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުން އެތަރުޖަމާގެ ވަރަށް ގިނަ އާޔަތްތަކުގައި "ن" (ނޫނު) ހިމެނޭ ތަންތަނުގައި، ނޫނުގެ މަތީގައި އޮންނަ ނުޤުތާ ލިޔެވިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.

______________________________________________________

- ސަލަފުން ނެރުނު ޚުލާޞާ ރިޕޯޓާއި ގުޅިގެން ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ދެއްކެވި ވާހަކަތަކަށް ވިސްނާލާއިރު...!

    ޕްރޮފެސަރ ޢަބްދުﷲ ސަޢީދާއި ޑރ. ޙަސަން ސަޢީދު ލިޔެފައިވާ "Freedom of Religion, Apostasy and Islam" (އިސްލާމްދީނާއި މުރުތައްދުވުން އަދި ދީން ދީނުގެ މިނިވަންކަން)، މިފޮތާއިމެދު ޖަމްޢިއްޔަތުއް ސަލަފްއިން ދިރާސާއެއް ކޮށް، އެކަމާއި ގުޅޭ ގޮތުން ނެރުނު ޚުލާޞާ ރިޕޯޓާއި އޭގެ ޤަރާރާއި ވިދިގެން ޕްރޮފެސަރ ޢަބްދުﷲ ސަޢީދު އެއަށް ރައްދު ދެއްވާފައިވާ ވީޑިއޯއެއް، ރޭގައި ބޭއްވި ޑރ.ޙަސަން ސަޢީދުގެ ކެމްޕޭން ބައްދަލުވުމެއްގައި ވަނީ ދައްކާފައެވެ. އެހެންކަމުން އެވާހަކަތަކުގެ މައްޗަށް އަލިއަޅުވާލައި ޙަޤީޤަތް ފާޅުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބަކަށް ވީހިނދު އެކަމާއިގެން ﷲގެ ވާގިފުޅާއިއެކު އަޅުގަނޑުމެންގެ ގަލަން އުފުލާލަމެވެ.

______________________________________________________

- ޕްރޮފެސަރ ޢަބްދުﷲ ސަޢީދާއި ޑރ. ޙަސަން ސަޢީދު ލިޔެފައިވާ "Freedom of Religion, Apostasy and Islam" މިފޮތާއިމެދު ޖަމްޢިއްޔަތުއް ސަލަފްއިން ދިރާސާއެއް ކޮށް، އެކަމާއި ގުޅޭ ގޮތުން ޚުލާޞާ ރިޕޯޓަކާއި ޤަރާރެއް ނެރެފި.

    މިފޮތަކީ ޑރ. ޢަބްދުﷲ ސަޢީދާއި ޑރ. ޙަސަން ސަޢީދު އާއި ދެބޭފުޅުންވެގެން ޤުރުއާނާއި ސުންނަތުން ކަނޑައެޅިގެން ސާފުކޮށް ފެންނަން އޮތް އަދި މިވިހިވަނަ ޤަރުނާއި ހިސާބަށް އެއްވެސް އޮޅުމެއްނެތި ފޯރާފައިވާ ޙުކުމްފުޅުތައް ކަމުގައިވާ މުރުތައްދުވުމާއި މުސްލިމަކު އިސްލާމްދީން ދޫކޮށް އެހެން ދީނަކަށް އެނބުރުމާއިމެދު، ޤުރުއާނާއި ސުންނަތާއި ޚިލާފަށް އަދި މުޅި އިސްލާމީ އުއްމަތުގެ އިޖްމާޢުއާއިވެސް ޚިލާފަށް، މިއަދުގެ ދުނިޔޭގެ ކާފަރުން ރުއްސުމަށް މުސްތަޝްރިޤުންގެ ފަލްސަފާތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކެހިވެރި، ޝައިޠާނީ ޢަޤީދާގެ ފޮތެކެވެ.

______________________________________________________

- ސައިޓުގެ މަޤްޞަދާއި ބޭނުން.

    ދަންނައެވެ! ﷲ ތަޢާލާ އިންސާނުން ހައްދަވައި އެކަލާނގެ ރުއްސެވުމާ ހަމައަށް ޥާޞިލުވުމަށްޓަކައި އެކަލާނގެ ވަނީ އެބައިމީހުންނަށްޓަކައިވާ އެކަލާނގެ ހައްދެއް ނުވާ ތަނަވަސް ރަޙްމަތުން، ހެވާއި ނުބައި ވަކިކޮށްދެއްވުމަށް ރަސޫލުން ފޮނުއްވައި ފޮތް ބާއްވައިލައްވާފައެވެ. ނަމަވެސް މީސްތަކުން ދަނީ ދުވަހެއް ދުވަހެއް އެއުރެންގެ ޖާހިލުކަމާއި ނޭއްގާނީކަމުގެ ކަނޑުގެތެއަށް ޣަރަޤުވަމުންނެވެ. އެއީ އެބައިމީހުންގެ އަމިއްލަ އެދުމާއި، ޝަހުޥަތްތެރިކަމާއި، ހަވާނަފްސަށް އަޅުވެތިކަން އަދާކުރަމުން ދާތީއެވެ. އެގޮތުން ބައެއްމީހުން ދަނީ އެބައިމީހުންނަށް ބާއްވާލެއްވިފައިވާ ފޮތްތަކާއި ރަސޫލުން ގެނައި ހިދާޔަތާ ސީދާ ދިމާ އިދިކޮޅު ޝަރީޢަތްތަކާއި އައު ގޮތްތައް ގެނެސްގަނެ އެއަށް ތަޤްލީދުކުރަމުންނެވެ. އަދި އަނެއްބަޔަކު ދަނީ އެބައިމީހުންނަށް ބާއްވާލެއްވިފައިވާ މާތް ﷲގެ ޝަރީޢަތާއި ރަސޫލުން ދެއްކެވި ގޮތްތައް، ކޮށައިމަށައި އެއަށް އެބައިމީހުންގެ ހިތަށް އަރާހާ ގޮތްތަކެއް ހަދަމުންނެވެ.

______________________________________________________

- އަހަރެންވެސް ގެންދޭ...

    އަހަރެން ކުދިންކޮޅު ސުކޫލަށް ލައިފާ އެނބުރި ގެއަށް އައިމަގުމަތީ ވަރަށް ގަބޫލުކުރަންދަތި މަންޒަރެއް ފެނުނެވެ. ރޭލު ދުއްވާ މަގު ހުރަސްކުރަމުން ދިޔަ ކާރެއް ރޭލުގައި ޖެހި ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާތަނެވެ. އޭރު ރޭލު މަޑުވެސްނުކޮށް ގޮސް ލޯމަތިން އޮބާލަނީއެވެ. އަހަރެންނަށް މިތަން ފެނުމުން މިހާރު މިކާރުގެ ޑުރައިވަރު އޮންނާނީ ސަލާމަތުން ނޫންކަން ޔަޤީންކުރެވުނެވެ.

______________________________________________________

- މައުމޫން ޢާޔަތެއް ހައްދަވައި ޙުދޫދާއި ޤިޞާޞްގެ މައްސަލަ ރައްޔިތުންނަށް އޮޅުވާލެއްވި.

    ޙުދޫދުއާއި ޤިޞާޞްގެ މައްސަލައިގައި އެންމެ ހެޔޮކަންބޮޑު ގޮތަކީ މާފުކުރުން ކަމުގައި ވިދާޅުވަމުން މައުމޫން ވިދާޅުވީ މިހެންނެވެ. (وَأَنْ تَعْفُواْ خَيْرٌ لَكُمْ) މި ޢިބާރާތުގެ މާނައަކީ ''ތިޔަބައިމީހުންނަށް އެންމެ ހެޔޮކަންބޮޑީ މަޢާފުކުރުމެވެ.'' މިއީ އާޔަތެއްނޫނެވެ. މިއީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ހައްދަވައިގެން މައުމޫން ވިދާޅުވި ޢަރަބި ޢިބާރާތެކެވެ.

______________________________________________________

- މައުމޫން ޢަބްދުލްޤައްޔޫމްއާއި ބެހޭގޮތުން، ރާއްޖޭގެ ދީނީ ޢިލްމުވެރިން ނެރެފައިވާ ބަޔާން.

    މިއީ16  ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީމޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގެ ޙުކުމްތަކާ ބެހޭގޮތުން ޑީއާރުޕީގެ ޒަޢީމު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ރާއްޖޭގެ ސާޅީސް ހަތަރު (44) ޢިލްމުވެރީން ދެއްވާފައިވާ ބަޔާނެކެވެ.

______________________________________________________

- މައުމޫނު ކުފުރުގެ އާ އުސްމިންތަކަކަށް!

    ޓީވީއެމް އިން ދެއްކި ސިޔާސަތު ޕްރޮގްރާމްގައި މައުމޫން ޢަބްދުލް ޤައްޔޫމް އިސްލާމްދީނުގެ ޙައްދުތައް ޤާއިމް ކުރުމާއި ބެހޭގޮތުންނާއި އަދި އަންހެނުންގެ ޢައުރަ ނިވާ ކުރުމާއި ބެހޭގޮތުން ދެއްކި ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން އެއްވެސް އޮޅުމެއް ނުވާ ސާފު ކުފުރެވެ. ޙައްދުތަކާއި ބެހޭގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ކޮންމެހެން ޤާއިމް ކުރަން ޖެހޭނޭ ކަމެއް ނޫންކަމާއި އަދި އެއީ ބޭނުންވެއްޖެ ނަމަ ޤާއިމް ކުރެވި ނުވަތަ ނުކޮށް ދޫކޮށްލެވިދާނޭ ކަމެއް ކަމުގައެވެ. ފަހެ މިއީ އެހެން ބުނާ މީހަކު ހަމަ ކަނޑައެޅިގެން މުރުތައްދުވެ ކާފިރުވާނޭ ކަމެކެވެ. އަދި ހަމައެހެންމެ ޢައުރަ ނިވާކުރުމުގެ ގޮތުން އަންހެނާ ޙިޖާބުވުމާއިމެދު އިންކާރު ކުރުމަކީވެސް ކަނޑައެޅިގެން ﷲ ތަޢާލާގެ ޙުކުމަކާއި އިންކާރުކޮށް މީހާ ދީނުން ބޭރުވެ މުރުތައްދުވާނޭ ކަމެކެވެ.

______________________________________________________

______________________________________________________

 

- ތިބާއަށް އެނގޭތަ؟

  ތިބާގެ އުމުރު ކުރުވެ، އާޚިރަތާއި ދިމާއަށް ދަތުރުކުރަމުންދާކަން ތިބާއަށް އެނގޭހެއްޔެވެ؟ ތިބާގެ އުމުރުގައި ބާކީ އޮތީ ކިތައްދުވަސްކަން ތިބާއަށް އެނގޭހެއްޔެވެ؟ ތިބާއަށް ތިބާ މަރުވާނެ ވަގުތު  އެނގޭހެއްޔެވެ؟ އަހަރެމެން މަރުވާނޭ ކަމާއި އަހަރެމެންގެ ޢަމަލުތަކުގެ ހިސާބު ބައްލަވާނޭކަން އަހަރެމެން ޤަބޫލުކުރަނީ ނަމަ  އަހަރެމެން ތިބޭނީ ފަރުޟު ފަސްނަމާދު އަޅައިފައި ފިނިއަށިތަކުގައި ކުޅެން ހެއްޔެވެ؟ އަހަރެމެން ތިބޭނީ ﷲ ހަނދުމަކުރުމުން ދުރުވެ ޓީވީތަކުން ފޮނުވަމުންދާ ޝައިތާނީ ޗެނަލްތަކުގެ ތެރެއަށް ގެއްލިފައި ހެއްޔެވެ؟

______________________________________________________

- ރޯދަ މަހާއި ރޯއްޖާއެވެ.

  އޭ މާތްވެގެންވާ އިސްލާމް ތަކުންނޭވެ! އެތައް ގޮތަކުން މެދުވެރި ވެފައިވާ ދަތިކަމާއި ތަދުކަމެއް ހާސްކަމެއްގައި ތިޔަބައިމީހުން ފިލައި ނުދެތެވެ. ހަަމަ ތެދު ތެދެވެ. އެއްވެސް އޮޅުމެއް ނެތް ސާފުގޮތުން ތިޔަބައިމީހުންގެ ހިތުގެ އެދުންތަކުގެ މޫނު މިއަދު އަނބުރާލައިގެންވަނީ، އެފަރާތް ފިޔަވައި ދެން ދެވަނަ ފަރާތެއް ނެތް މަތިވެރި ފަރާތަށެވެ. ހުރި އުހައުވެރިކަމެއްގެ ބޮޑުކަމާއިއެވެ! ނިޔަނެތި ނަޞީބު ވަރަށް އޯގާވެރި ގޮތަކުން، މިއަދު ތިޔަބައިމީހުންނަށް ބަލާލައިފިއެވެ. މިއޮއް އައީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހެވެ. ޢަމަލުގެ ޘަވާބު ގިނަގުނަވާ މަހެވެ. ރަޙުމަތާއި ޢަފޫ ބާވައިލެއްވުމުގެ ޚާއްޞަ މައްސަރެވެ. ރޯދަމަހާ ރޯއްޖާއެވެ.

______________________________________________________

- "ރޯދަމަހުގެ އިސްލާމުން" – ތިބާ އަކީ ވެސް އޭގެ މީހެއްތަ؟

  އަނެއްކާވެސް އައު ރޯދަ މަހަކަށް ހަނދު ބަލަނީއެވެ. މި ރޯދަމަސް ތިބާ ހޭދަކުރައްވަން ޤަޞްދު ކުރައްވަނީ ކިހިނެއްތޯއެވެ؟ ރޯދަމަހުގައި މުސްލިމުންގެ ކަންތައްތައް ހުންނަގޮތުން ފަސް ބަޔަކަށް އެމީހުން ބެހިދާނެއެވެ. ފުރަތަމަ ބައިގެ މީހުންނީ ރޯދަމަހަށްޓަކައި ކެތްތެރިކަމެއްނެތި އިންތިޒާކުރާ، އެމަހަށް ތައްޔާރުވާ މީހުންނެވެ. ދެވަނަ ބައިގެ މީހުންނީ މި ރޯދަމަސް އައިސް އަދި ފައިބައިގެން ދިޔަކަމުގައި ވިޔަސް އެމީހުންގެ ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ވަކިން އިތުރު މަސައްކަތް ނުކުރާ މީހުންނެވެ. ތިންވަނަ ބައިގެ މީހުންނީ މިމަހު ނޫނީ ﷲ އެންގެވި ގޮތަށް އަޅުކަން ކުރުމުގައި ފަރުވާ ނުބަހައްޓާ މީހުންނެވެ. މިމީހުންނީ "ރޯދަމަހުގެ އިސްލާމުން" ނެވެ.

______________________________________________________

- މެދު ނުކެނޑި އިވޭ އަޑެއް!

  ސުބުޙާނަހޫ ވަތަޢާލާގެ ހައިބަވަންތަކަމަށާއި އެއިލާހުގެ ޖައްބާރުވަންތަކަމަށް އަދި މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަކީ ރަސޫލެއްކަމަށް ގޮވާލެވޭ އަޑަކީ އަހަރެމެން ދިރިއުޅެމުން މިދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި އަބަދުވެސް ގުގުމާލާފައި ހުންނަ އަޑެކެވެ. މިއީ ތިބާ ހައިރާންވާފަދަ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް މިއީ މުސްލިމް ދުނިޔެ ދަންނަ ޙަޤީޤަތެކެވެ. ޢަޖައިބެއްފަދަ ހޯދުމެކެވެ.

______________________________________________________

- އެބަލި މީހާ ބޭނުންވަނީ ކޮންކަމެއްހެޔެވެ؟

  އެއީ ހޮސްޕިޓަލުގައި އެދުމަތިކުރެވިފައި އޮތް ދެއަތް ވާވެފައިވާ މީހެކެވެ. އޭނާގެ ކުރިމަތީ ކާއްޔެއްގައި ޚަތިމެއް ބާއްވާފައި އޮތެވެ. އޭނާ އާ ސުވާލުކުރެވުނެވެ. ތިބާ ބޭނުންވަނީ ކޮން ކަމެއްހެޔެވެ؟ ބަލިމީހާ: އަހަރެންގެ އެދުންތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއްކަމަކީ: ތަޢާލާ އަހަރެންގެ އަތަށް ޙަރަކާތްކުރުމަށް މިންވަރުކުރައްވައިފިއްޔާ މިޚަތިމުގެ ޞަފްޙާތައް އަހަރެންގެ އަމިއްލަ އަތުން ހުޅުވާ ހެދުމެވެ. އެއީ މިހާރު އަހަރެން މިހެން އޮވެ ޤުރްއާން ކިޔަވަމުން ގޮސް ޞަފްޙާ ނިމޭއިރު ޞަފްޙާ އެއްލައިދޭނެ މީހަކު ނުހުރެއެވެ. ދެން އަހަންނަށް މަޖުބޫރުވަނީ ކޮންމެވެސް ނަރުސްކުއްޖަކަށް ގޮވާށެވެ. އެއީ ފަހަރުގައި ނަޞާރާއަކަށް ވެސް ވެދާނެއެވެ.

______________________________________________________

- މިއީ މިނިވަންކަންތަ ނުވަތަ އަނިޔާތަ؟

  މިހާރަކަށް އައިސް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެކަނބަލުންނަށް މިނިވަންކަން ދިނުމަކީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް ވަރަށް އަހަންމިއްޔަތުކަންދޭ ކަމެކެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އަންހެނުންގެ ފައިދާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން އިތުރުވަމުންދާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަހުރެމެންގެ މިދިވެހި މުޖުތަމަޢުގައިވެސް، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި އެކަނބަލުންނަށް ދަނީ ތަފާތު އަނިޔާތައް ކުރެވެމުންނެވެ. މިގޮތުން ކުރެވޭ އަނިޔާ ތަކުގެ ތެރޭގައި އަންހެނުންގެ ހަށިވިއްކުން ފާހަގަ ކުރެވެއެވެ. މިތަނުގައި އަޅުގަނޑު ހަށިވިއްކުން މި މާނަ ކުރަނީ ތިޔަބޭފުޅުން ތިޔަހީކުރައްވާ ވަރަށްވުރެ މާ ފުޅާ މާނައެއްގައެވެ. ހަށިވިއްކުމޭ ބުނުމުން ހުރިހާ މީހުންގެ ސިކުނޑިތައްވެސް ގޮސް ހުއްޓެނީ އެއް ދިމާލަކަށެވެ.

______________________________________________________

- ފްރީޑަމް އޮފް ރިލިޖަން، އެޕޮސްޓަސީ އެންޑް އިސްލާމް (ދީނީ މިނިވަންކަމާއި މުރުތައްދުވުމާއި އިސްލާމްދީން)، މިފޮތުގެ ޙަޤީޤަތް.

  ފޮތުގެ ދެމުޞައްނިފުން ކަމުގައިވާ ޕްރޮފެސަރ ސަޢީދުއާއި ޑރ،ސަޢީދުގެ ދީނީ ވިސްނުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މިފޮތުގައި، ދެ ސަޢީދުން މަސައްކަތް ކޮށްފައިވަނީ މުސްލިމުންގެ ނަން "ޒަމާނީ މުސްލިމުން"ނަށް ބަދަލުކޮށް، މުސްލިމުން ޢަމަލުވެސް "ޒަމާނީ"ކޮށްލުމެވެ. އަމިއްލަ ޚިޔާލާއި އަމިއްލަ ގޮތްތަކުން ދީން "ބައްޓަން" ކޮށްލުމެވެ. ތެދެއްމެއެވެ. މިއީ ޖާހިލިއްޔަ ޒަމާނެއް ނޫނެވެ. މިޢީ ޢިލްމާއި ޓެކްނޮލޮޖީގެ ޒަމާނެވެ. އެހެންކަމުން ޒަމާނާ އެއްގޮތަށް އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާއި އުޞޫލުތަކާއި ހަމަތައް ބަދަލުކުރަން ޖެހޭނެކަމަށް ބުނުމަކީ ވަރަށް ބޮޑު ބަހެކެވެ. މިއަދު ގިނަ "ވެރިން" މިބުނާ ގޮތަަށް "ޒަމާނާއި އެކު ދީންވެސް ބަދަލުކޮށްލަން ޖެހޭނެ"އެވެ. އެހެނަސް މިވެރިންނަކަށް، އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށް ފޮނުއްވެވި ދީނެއްކަމެއް ނޭނގޭ ކަހަލައެވެ.

______________________________________________________

- މުދިމެއްގެ މަރު.

ދުވަހަކީ ސާދަސަތޭކަ ހަތާވީސްވަނަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ ދުވަހެވެ. ތަނަކީ ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟް އޭ ކިޔުނު ރަށެވެ. މީސްތަކުން އިންތިޒާރުކުރަމުން ދިޔައީ ރޯދަވީއްލާ ވަގުތަށެވެ. ވަގުތު ޖެހުމާއެކު މުދިމު ތެދުވެ ބަންގި ގޮވާލިއެވެ. އެއަށްފަހު ރޯދަވީއްލައިގެން ޤަމަތްދޭން ވަންދެކަށް މުޞްޙަފް ނަގައިގެން ޤުރްއާން ކިޔަވަންފެށިއެވެ. އިވޭ ފަށުގައި ތިބި މީހުން ބުނި ގޮތުގައި ބަޤަރާ ސޫރަތުގެ ވަކި ހިސާބަކުން ފަށައިގެން ގޮސް އެސޫރަތުގެ ފަހު އާޔަތާ ހަމައަށް މުދިމު ކިޔެވިއެވެ.

______________________________________________________

- މަދީނާގައި ކުޑަ ކުއްޖަކު ވަގަށް ނަގައި، ގަދަކަމުން އެކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށްފަހު ބޯ ބުރިކޮށްލި ފަސް މީހެއްގެ ވާހަކަ.

މިއީ ކުޑަ ފިރިހެން ކުއްޖަކު މަރާލުމުގެ ކުށުގައި 31 އޮކްޓޯބަރ 2007 ގައި މަދީނާގައި ޤިޞާޞް ހިފުނު (މަރަށް މަރުގެ އަދަބު ދެވުނު) ފަސް މީހެއްގެ ވާހަކައެވެ. މިވާހަކަ ލިޔެވިފައިމިވަނީ މަރާލެވުނު ކުޑަކުއްޖާގެ ބައްޕައާއި ބައްދަލުކޮށް މިކަން ހިނގާދިޔަގޮތް އޮޅުންފިލުވާފައިވާ، އަޅުގަނޑުގެ އުސްތާޛެއް (ކުއްޖާގެ ބައްޕަގެ ރައްޓެއްސެއްވެސްމެ)، މިވާހަކަ ބަޔާންކޮށްދީފައިވާ ގޮތަށެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ ބައެއް ނޫސްތަކުންވެސް މިކަމާއި ގުޅޭ އިތުރު ބައެއް މަޢުލޫމާތު ނަގާފައިވާނެއެވެ.

______________________________________________________

- ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރެވެނީ؟

އަހަރެންނަށް ޔަގީން އޭނާއަށް ނަމާދުގައި ކިޔާތަކެތި ނޭނގޭނެކަން. ކުޑަމިނުން ހިނައިގަންނަން ނޭނގޭނެ. ގުރުއާން ބަލައިގެން ކިޔަވަން ނޭނގޭނެ.“ މިއަހަރު އަމީނިއްޔާ ނިންމި ދަރިވަރަކަށް ނިސްބަތްކޮށް އަމީނިއްޔާ ޓީޗަރަކު ބުންޏެވެ. މިއީ ހައިރާންވާވީ ކަމެއް ނޫނެވެ. މިފަދަ އެތައް ކުދިންނެއް މުޖްތަމައުގައި އެބައުޅެވެ. ދީނީކަންކަން ރޯނުފިލާ, ކޮންމެހެން އެނގެންޖެހޭ ކަންކަން ނޭނގޭ އެތައް ކުދިންނެއް އެބަ ތިއްބެވެ. އެނގޭ ކަމަކީ އަދުގެ ކިޔަވާކުދިން ދީނީ ކަންކަމަށް ދޭ ސަމާލުކަން ކުޑަކަމެވެ.

______________________________________________________

- ލުއި ފަސޭހަކަމާއި ކަންފަސޭހަކަން.

ދީނުގެ ވާހަކަ ދައްކާއިރު މިއަދު އެންމެ ގިނައިން އިވެމުންދާ އަޑަކީ "އިސްލާމް ދީނަކީ ލުއިފަސޭހަކަމުގެ ދީނެވެ." މިހެން ކިޔާ އަޑެވެ. ނަމަވެސް ސުވާލަކީ އިސްލާމް ދީނަކީ ލުއިފަސޭހަކަމުގެ ދީނޭ ގޮވާ މީހުންގެ ތެރެއިން ގިނަ މީހުން ލުއި ފަސޭހަކަން މާނަ ކުރަނީ ހަމަ ޙަޤީޤަތުގައިވެސް މާތް ﷲ އިސްލާމްދީނުގައި ލައްވާފައިވާ ލުއިފަސޭހަކަމުގެ މާނައިގައިބާވައެވެ؟ ނޫނީ މިހެން ގޮވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ހިތްތަކުގައި ފޮރުވިފައިވާ އެހެން މާނައެއް އޮވޭބާވައެވެ؟ އާދެ! ދީނީކަންކަމާމެދު ފަރުވާ ކުޑަކޮށް ތިމާ ހިތުހުރިހާ ގޮތަކަށް އުޅެފައި އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނޭ ބުނާނަމަ މީގެ މާނައަކީ އެމީހަކު ލުއިފަސޭހަކަން މާނަ އެކުރަނީ ކަންފަސޭކަމުގެ މާނައިގައެވެ. ވީމާ ލުއި ފަސޭހަކަމުގެ މާނައަކީ ކޮބައިތޯ ބަލާލަން އެބަ ޖެހެއެވެ.

______________________________________________________

- ތިމާވަރުގެ މީހަކު ނެތްކަމަށް ޤަބޫލުކުރުމުގެ ކުރީގައި.....!

އިރުގެ އެކިއެކި އަލި ދޯދިތައް 93 މިލިޔަން މޭލު ކަޑައްތު ކޮށްފައި 8 މިނެޓް ތެރޭ ދުނިޔެއާ ހަމައަށް  ވާސިލްވުމުން، އައްޔަކީ އޭގެ ދުވެލި ވަރަށް ބާރު އެއްޗެއްކަން ދޭހަވެއެވެ. އަލި ދަތުރުކުރާ ބާރުމިނަށް ދަތުރު ކުރެވޭ އެއްވެސް އެއްޗެއް މިވުޖޫދުގައި ނުވާކަމަށް ގިނަ އިލްމުވެރިން އެއްބަސްވެއެވެ. ދުނިޔޭގައި އެންމެ ބާރަށް ދަތުރުކުރާ މަތިންދާބޯޓް ކަމުގައިވާ ކޮންކޯޑު، އަޑަށްވުރެ ބާރަށް ދަތުރު ކުރި ކަމުގައިވިއަސް އަލި ދަތުރު ކުރާ ބާރުމިނާއި ކައިރިވެސް ނުކުރެއެވެ.

______________________________________________________

- އޭނާ މަރުވީ ހުކުރު ނަމާދުގެ ސަޖިދައިގައި އޮއްވައެވެ.

ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އަހަރެން ގޭގައި ހުއްޓާ އެކުވެރިޔަކު ފޯނުކޮށްފައި ބުންޏެވެ. "ޝައިޚް އެވެ، އަހަރެންގެ ވަރަށް ގާތް އަޚަކު މަރުވެއްޖެއެވެ. އަދި އޭނާ މިހާރުވަނީ ހޮސްޕިޓަލުގެ ފިނިކޮޓަރީގައެވެ. ތިބާގެ ކިބައިން އަހަރެމެން ބޭނުންވަނީ އޭނާ ހިނެވުމާއި ކަފުންކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްދިނުމެވެ. އެހެންވީމާ މާދަމާ ހެދުނު ނުވައެއް ޖަހާއިރަށް ހޮސްޕިޓަލަށް އަންނާށެވެ. ގަސްދުކުރެވިފައިވަނީ މެންދުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށެވެ." ދެން ޖެހިގެން އައިދުވަހުގައި ކަނޑައެޅިފައިވާ ގަޑިއަށް އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. ހޮސްޕިޓަލުގެ ކައިރީގައި ވަރަށް މީހުން ގިނައެވެ.

______________________________________________________

- އުރެދުމަކަށް އަރައިގަތުމުގެ ކުރިން...

ފާފަތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި ވަރަށްވެސް ކުޑަކުޑަ ކަމެކެވެ. އެއީ ނޭފަތުގައި ޖައްސާލާ މެއްސެއް ފައްސާލުމަށް ވުރެ ފަސޭހަކަމެއް ކަމުގައި އެބައިމީހުން ދެކެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކުރީގައި އިސްވެދިޔަ ޞާލިޙު އަޅުން ފާފަތަކާއިމެދު ދެކެވަޑައިގެންނެވީ އެފަދައަކުން ނޫނެވެ. އެހެނެއްކަމަކު އެބޭކަލުން ފާފަތައް ދެކެވަޑައިގެންނެވީ އެބޭކަލުންގެ ބޯތައް މަތީގައިވާ ބިޔަ ފަރުބަދައެއްގެ ގޮތުގައެވެ. އިބްރާހީމް ބުނު އަދްހަމްގެ އަރިހަށް މީހަކު އައެވެ. އަދި ދެންނެވިއެވެ. އޭ އިބްރާހީމެވެ! އަހަރެން ވަނީ ފާފައާއި އުރެދުމުގެ ތެރޭގައި ފީނައި، އަމިއްލަ ނަފްސަށް އަނިޔާވެރިވެފައެވެ. ފަހެ އަހަންނަށް ނަސޭހަތެއް ދެއްވާށެވެ! އިބްރާހީމް ވިދާޅުވިއެވެ. އަހަރެން ތިބާއަށް 5 ކަމަކަށް ނަސޭހަތް ދެމެވެ.

______________________________________________________

- ﷲ އާއިމެދު، ދުނިޔެ މިހާތަނަށް ދުށް މަޝްހޫރު ދެސައިންސްވެރިންގެ ރައުޔު. - (އައިންސްޓައިންއާއި ސްޓެފަން ހޯކިންގ).

ﷲ މިކައުނުގައި ލައްވަފައިވާ އެއްވެސް އެއްޗަކީ ކުޅިވަރެއްގެ ގޮތުގައި ލައްވާފައިވާ އެއްޗެއް ނޫންކަން އެކަލާނގެ ފޮތުން ވަރަށް ސާފުކޮށް އެނގެއެވެ. އަލްބާޓް އައިންސްޓައިން މިކައުނު ދިރާސާކުރުމުގެ ތެރޭގައި ބުނެފައިވެއެވެ. "މިކައުނު ހެއްދެވި ފަރާތް އެއްވެސް ވަރަކަށް މިކައުނާއިމެދު ކުޅިވަރު ކުޅުއްވާފައެއް ނުވެއެވެ. މިކައުނުގައިވާ ކޮންމެ އެއްޗަކީވެސް އޭގައި ޙިކްމަތްތަކެއް ލައްވާފައިވާ އެއްޗެކެވެ."

______________________________________________________

- މަންމައަކު ރޮއްވާލި، ދަރިއެއްގެ ކުރެހުން!

ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި މަސައްކަތްކުރާ ބައްޕައެކެވެ. ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. އެއްދުވަހެއްގައި ކުދީންގެ މަންމަ، މާމައަށް ކާންދިނުމަށްޓަކައި މާމަގެ ކޮޓަރިއަށް ދަމުން ކުރެހުމުގެ މަސައްކަތެއް ކުދީންނާ ހަވާލުކުރިއެވެ. އެނބުރި އައިރު ކޮންމެ ކުއްޖަކު ވެސް ވަނީ ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ.

______________________________________________________

- ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު.

ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި ތައުލީމު ހާޞިލް ކުރަން އުޅުނު ޒުވާނަކު އެނބުރި ގައުމަށް އައެވެ. އެއަށްފަހު އޭނާ، އޭނާގެ މައިންބަފައިންގެ ކިބައިން އެދުނީ، އޭނާ ކުރާ ތިން ސުވާލަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ މޮޅު މީހަކު ހޯދައިދިނުމަށެވެ. ކޮންމެއަކަސް އޭނާގެ މައިންބަފައިން، ރަނގަޅު މުސްލިމް ޝެއިޚަކު ހޯދައިފި އެވެ!

-ފުރަތަމަ ސުވާލަކީ: ކަލަކު ވޮޑިގެން ވޭހެއްޔެވެ؟؟ ވާނަމަ އަހަރެންނަށް އެކަލާނގެ ޞިފަ ދައްކާދީބަލަ!

-ދެވަނަ ސުވާލަކީ: ތަޤްދީރަކީ ކޮބާ؟

-ތިނަވަނަ ސުވާލަކީ: ޝައިތާނާ އުފެއްދީ އަލިފާނުން ކަމަށްވާއިރު، އޭނާގެ ނިމުމުގައި ހަމަ އަލިފާނުން އުފެދިފައިވާ ނަރަކަ އަކަށް އެއްލާލެވެނީ ކީއްވެހެއްޔެވެ؟ އޭނަވެސް އަދި ނަރަކަ ވެސް އުފެދިގެން ވަނީ އަލިފާނުން ކަމަށް ވާއިރު އޭނައަށް ގެއްލުމެއް ވާނެހެނެއް ހިޔެއްނުވޭ! މަތިވެރި ﷲ އަށް އެވަރު ވިސްނިވަޑައި ނުގަތީހެއްޔެވެ؟

______________________________________________________

- މަޝްހޫރު ލިއުންތެރިޔާ މާޅޮހު ނަޞީރަށް ސަމުގާއެއް ބޭނުންނުވޭބާ!

ނަޞީރުގެ ލިއުންތަކަށް ބަލާއިރު ނަޞީރު ފާޑުނުކިއުއްވާ ހަމަ އެކަކުވެސް ދުނިޔޭގެ ޖައްވަށް ނޭވާލާފައި ނެތޭ ދެންނެވިދާނެއެވެ. ދުނިޔޭގެ ލީޑަރުން ފެށިގެން ރާއްޖޭގެ އިހާއި ފަހުގެ ވެރިންގެ ތެރެއިން ލާފައި ގޮސް މާތް ﷲ ޢާލަމްތަކަށް ކައުކުރެއްވި ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުން ވެސް ނަޞީރުގެ ޤަލަމުގެ ކަޅުދެލިން ސަލާމަތެއް ނުވިއެވެ. އަދި ރަސޫލުބޭކަލުންގެ ފަތިފުށްވެސް ގުނާލެވިގެން ނޫނީ ނަޞީރުގެ ލިއުން ފުރިހަމަވާކަމަކަށް ނުވެއެވެ. މައުމޫނުގެ ސަރުކާރަށް ފާޑުކިޔަމުން ގޮސް އިސްލާމީ ތާރީޚުގެ ތެރެއަށް ވަންނަވައިގެން ދީނުގެ ޢަދާވާތްތެރިންގެ ލިއުންތަކުން އެތިއެތިކޮޅު ނަންގަވައިގެން އިސްލާމީ މަތިވެރި ލީޑަރުން ޒަޚަމުކޮށް އެބޭކަލުންގެ ލެއިފޮދުން ތިމާގެ ޢަޤީދާ ހަޑިކޮށްލުމަކީ ނަޞީރަށް މާބޮޑުކަމަށް ނުވެއެވެ.

______________________________________________________

- ޔަހޫދީންނާއި ޓެރަރިޒަމްގެ ސިޔާސަތު.

ޔަހޫދީންނާއި ބެހޭ ގޮތުން ލިޔުމަށް އަހަރެންގެ ގަލަން އިންކާރުކުރިއެވެ. އެގޮތަކީ އަހަރެންގެ ގަލަމުން ފޮޅުވަތްކުރާ ވަރަށް ވުރެ އެމީހުންގެ ޖަރީމާތަކާއި ޢަމަލުތައް މުޑުދާރީއެވެ. އެހެނަސް ޤުރްއާނާއި ސުންނަތުގައި ވެސް ޔަހޫދީންގެ ވާހަކަ ވާރިދުވެފައިވާ ވާހަކަ، އަހަރެން އަހަރެންގެ ގަލަމަށް ބުނީމެވެ. އެހިނދު ގަލަން ލިޔަންފެށިއެވެ. ޔަހޫދީންނަކީ ޙަޔާތުގެ އަލިކަމަށް ހުރި އަނދިރިގަނޑެކެވެ. އުންމީދުގެ ނޫރާނީކަމަށް ހުރި ކަޅުކަމެކެވެ. އެމީހުންގެ ތާރީޚްގައި އަނިޔާވެރިކަމާއި އިންސާނީ ޢާލަމުގެ މައްޗަށް ނޭއްގާނީވުމުގެ ވައްތަރުތައް ހިންގާފައިވަނީ ކިހާވަރަކަށް ހެއްޔެވެ؟ އެމީހުންނަކީ ޓެރެރިސްޓުންގެ ލީޑަރުންނެވެ. ޖަރީމާވެރި ހަނގުރާމަތަކުގެ ކޮމާންޑަރުންނެވެ.

______________________________________________________

- ފަހެ އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟

ރިވާވެގެންވެޔޭ އެއްދުވަހެއްގައި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ އެކަލޭގެފާނުގެ ބައެއް އެކުވެރިންނާއެކު ޞަޙަރާގައި ހިންގަވަމުން ވަޑައިގެން މަދީނާއާ ވަރަށް ގާތް ހިސާބެއްގައި ފަރިއްކުޅުއްވުމަށް ހުރިހާ ބޭކަލުން އިށީނދެވަޑައިގެންނެވިއެވެ. މިހެން ތިއްބަވަނިކޮށް ބަކަރި ހުއިހައްޕަން އުޅޭ ނިކަން ޅަ ޒުވާނަކު އެބޭކަލުންނަށް ފެނިވަޑައިގަތެވެ. އަދި އެޒުވާނާ އެބޭކަލުންނަށް ސަލާމް ގޮވާލިއެވެ. ދެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެބޭކަލުންގެ ކެއުމުގައި ބައިވެރިވުމަށް އެޒުވާނާއަށް ދަޢުވަތުދެއްވިއެވެ. ވިދާޅުވިއެވެ. އޭ ބަކަރިހުއިހައްޕާ ޒުވާނާއެވެ! އަހަރެމެންގެ މި ސުފުރާގައި ބައިވެރިވެލާން އަންނާށެވެ! އެޒުވާނާ ބުންޏެވެ. ތިމަންނާ މިހުރީ ރޯދައަށެވެ.

______________________________________________________

- މަސްތުވެގެން ހުރި މީހަކު ނ.މިލަދޫ މިސްކިތަށް އަރައި ނަމާދަށް ތިބި މީހުންނަށް އުނދަގޫކޮށްފި.

މަސްތުވާ ތަކެތީގެ ވަބާމިވަނީ މުޅި ރާއްޖެއަށް ފޯރާފައެވެ. ރައްޔިތުން މިވަނީ ހަމަ ޖެހިލައިގެން ލޮލު ފިޔައެއް ޖަހާލަން ނުކެރިގެންނެވެ. ގެއިން ބޭރަށް ނިކުމެއްޖެނަމަ މިތިބެން ޖެހެނީ ކަޓަރު އަޅައި ނުވަތަ ތަޅައިގަނެ ފުރާނައަށް ގެއްލުމެއް ލިބިދާނެތީ ބިރުން ސިހިސިހިއެވެ. ފަހެ ޑިމޮކްރަސީގެ މިގޮވާލާ މިނިވަންކަމަކީ މިއީ ހެއްޔެވެ؟ މުޖުތަމަޢުގައި ފެތުރިފައިވާ ނުބައި ކަންތައްތަކާއި ނުބެހި ހަމަޖެހިލައިގެން ދިރި އުޅެން ބޭނުންވާ މީހާއަށްވެސް އެއްވެސް ރައްކާތެރި ކަމެއް ނެތެވެ.

______________________________________________________

- އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި ދިމާލަށް ވައްހާބީންނޭ ކިޔާ ފުރައްސާރަ ކުރަމުން ދާއިރު!؟...

ޝެއިޚުލް އިސްލާމް މުޙައްމަދު ބިން އަބްދުލް ވައްހާބް އަކީ މީގެ ދެޤަރުނު ކުރިން އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް މުޞްލިޙެވެ. ބޮޑު އިމާމެކެވެ. މުޖައްދިދެކެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ ހެޔޮކަންތަކަށް އަމުރުކުރައްވައި މުންކަރާތްތައް ނަހީކުރެއްވި މާތް ޢިލްމުވެރިބޭކަލެކެވެ. އެކަލޭގެފާނު ގޮވާލެއްވީ ﷲގެ ޝަރީޢަތް ޤާއިމު ކުރުމަށާއި ތަޢުޙީދު ދިރުވުމަށެވެ. ބިދުޢަތަކާއި ޝިރުކު ނައްތާލެއްވުމަށެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ އުންމަތުގެ ރަމްޒެކެވެ. ފަޚުރެކެވެ.

______________________________________________________

- ގުރައިދޫ ސްކޫލްގެ ލައިބްރަރީން ކްރިސްޓިއަން ދީނުގެ ވާހަކަ ފޮތެއް ފެނިގެން ލައިބްރަރީ ބަންދުކޮށްފި.

އަތޮޅު ގުރައިދޫ މަދަރުސާގެ ލައިބުރަރީން ކުރިސްޓިއަން ދީނުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަ ފޮތެއް ފެނިގެން ލައިބުރަރީ ބަންދުކޮށްފި އެވެ. ގުރައިދޫ މަދަރުސާގެ ލައިބުރަރީން ފެނުނު ވާހަކަ ފޮތުގައި ބުނެފައި ވަނީ ކުރިސްޓިއަން ދީނުގެ މޮޅުވާހަކަ އެވެ. މިފޮތުގައި ބުނެފައި ވަނީ ކުޑަ ކުއްޖަކު ސުކޫލަކަށް ވަންނަށް ދިއުމުން ނުވެއްދި ވާހަކަ އާއި އަދި އޭނާ ތައުލީމް އުގެނިފައި ވަނީ ކުރިސްޓިއަން ޗާރޗަކުން ކަމަށެވެ.

______________________________________________________

- އަހަންނަށް މާފުކުރާށެވެ!

އަހަރެން އަންހެނުންގެ އަތުގައި ބޮސްދިން ހިނދު އޭނާގެ ދެލޯ ކަރުނައިން ފުރުނެވެ. އަދި ކޯތާފަތްމަތި ކަރުނައިން ތެމުނެވެ. އަހަރެން ބުނީމެވެ. އަހަންނަށް މާފުކުރާށެވެ. އަހަނަންނަށް ކުށެއް ކުރެވިއްޖެއެވެ. އަހަރެމެން އެންމެންނަކީ ވެސް އިންސާނުން ނޫންހެއްޔެވެ؟ ފުރިހަމަކަމުގެ ސިފަ ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށް ނޫންހެއްޔެވެ؟ އަހަރެންގެ ޢުޛުރު ޤަބޫލުކުރާށެވެ. ތިބާ ޢަހުދުވެފައިވީ ފަދައިން ވިސްނުންތޫނު ކެތްތެރިއެއްގެ ގޮތުގައި އަބަދުވެސް ހުރެދޭށެވެ!

______________________________________________________

- އަޅުގަނޑުމެންގެ ޙަޔާތުގެ ދުވަސްތައް ޤުރުއާން ނުކިޔަވާ ބޭކާރު ގޮތުގައި މިހޭދަ ކޮށްލަނީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ. އެތާނގައި ތަފާތު މީހުން ތިއްބެވެ. ޅަކުދިންނާއި ޒުވާނުންނެވެ. ހަރު މީހުންނާއި މުސްކުޅިންނެވެ. އެކަމަކު އެންމެން ތިބީ ހަނު ހިމޭނުންނެވެ. އެއްބަޔަކު ކިޔަން ބަހައްޓާފައި ހުރި ލީފްލެޓްތައް ކިޔައެވެ. އެއްބަޔަކު ލޯމަރާލައިގެން ތިބި އިރު އަނެއްބަޔަކު ވަށައިގެން ހޯދަނީއެވެ. ގިނަ އިރުވާތީ ފޫހިވެފައެވެ. މިހެން އިންދާ އެތާ އިން ޒުވާނަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އޭނާ އިނީ ޖީބަށް ލެވޭވަރުގެ ކުޑަ މުސްޙަފެއް (ޚަަތިމެއް) ނަގައިގެން އިސްދަށަށް ޖަހައިގެން قرآن ކިޔަވާށެވެ.

______________________________________________________

- ޑޮކްޓަރ ޒާކިރު ނާޔަކް ކިހާވަރަކަށް ދަންނަމުތަ؟

ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ކާކުކަން ދަންނަ މީހުން ދިވެހިންގެ ތެރޭގައި ފަހަރެއްގައި ވަރަށް މަދުވެދާނެއެވެ. އަދި އޭނާއަކީ ކާކުކަން އެނގޭ މީހުންނަށްވެސް، އޭނާގެ ފުރިހަމަ ނަން ނޭނގުމަކީ ގާތްކަމެކެވެ. އޭނާގެ ޙަޤީޤީ ފެންވަރާއި ހުރި ހުނަރުތައް ނޭނގިވެސް ހިނގައިދާނެއެވެ. ނަމަވެސް ޕީސް ޓީވީގެ ޒަރީޢާއިން ޑޮކްޓަރ ޒާކިރު ނާޔަކް ދިވެހިންގެ ތެރެއަށް ތަޢާރަފުވާން މިހާރު ވަނީ ފަށާފައެވެ. ކުރުގޮތަކަށް ބުނާނަމަ ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ފަހުގެ ތާރީޚުގައި ދުނިޔެދުށް އެންމެ ހަނދާންގަދަ މީހާ ކަމުގައި ބުނެވިދާނެއެވެ. ދީނީ ފޮތްތަކުގެ އެންމެ ފުރިހަމަ ތަރުތީބު ޑޭޓާ ބޭސް ކަމުގައި ބުނެވިދާނެއެވެ. އަދި އެ މަޢުލޫމާތު ބޭނުންކުރުމުގައި އެފަދަ ދެވަނައެއް ނެތް މީހެއްކަމުގައި ބުނެވިދާނެއެވެ.

______________________________________________________

- ﷲގެ މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ ﷲ ދެއްވާނެއެވެ.

ޒިނޭކުރަމުން އައި އަންހެނެއް...، ވައްކަން ކުރަމުން އައި ވަގެއް..., މުއްސަނދި ބަޚީލުމީހެއް...

ވަރަށް ކުރީ ޒަމާނެއްގައި، އެއްސަހަރެއްގައި އިސްމާޢީލް އެވެ، ކިޔުނު މީހަކު އުޅުނެވެ. އޭނާ އުޅުނީ ކަނޑުގެ އައްސޭރީގައި މީހުން އުޅޭ ހިސާބާއި ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ. އޭނާއާއި އޭނާގެ އަނބިމީހާ އުޅެމުން އައީ ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ. މިހެން އުޅެމުން އެކި ދުވަސްމަތިން ލާރި އެއްކުރަމުން އެއްކުރަމުން އައިސް، އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ. އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ. ދެން މިތިން ރުނބާ ގޭގެ ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ.

______________________________________________________

- މީދަލާއި ކާޅުގެ ޕޮލިޓިކްސް.

އެއްދުވަހަކު ނިކަން ކަޅު މަސްފަލަ ބޮޑު މީދަލެއް ދުވެފައި ދަނިކޮށް, ގަހެއްގައި އިން ވަރަށް މަސްފަލަ ހަމަ އެހާ ކަޅު ކާޅެއް ފެނުނެވެ. ދެން މީދާ ހިތަށް އެރިއެވެ. މި ކާޅު މީ ހާދަހާވާ މަސްފަލަ ކާޅެކެވެ. އެސޮރުގެ މަސްގަނޑު ކާލަން ލިބޭ ނަމަ ދުލަށް މީރުވެފައި ބަނޑަށް ހާދަ އަރާމުވާނެއެވެ. މީދާ ދުވެފައި އަންނަ ތަން ކާޅަށް ފެނުނު ހިނދު ކާޅު ހިތީ ކިހިނަކުން ކަމަށްތޯއެވެ. މިހިރަ އަންނަ މީދާގަނޑު ނޮޅާލެވިއްޖިއްޔާ ހާދަ މީރު މަސްގަނޑަކަށް ވާނެއެވެ. އެކާޅު ޝިކާރަކުރާނެ ގޮތަކާ މެދު ފިކުރު ހިންގަމުން ދުވަމުން އައިސް ކާޅާ ވަރަށް ގާތްވީމާ، މީދާ ހިތަށް އަރައިފިޔޭ! އެކަމަކުވާ ކުރަން މިއުޅެވެނީ އަނެއްކާ ކޮން ޒާތެއްގެ ކަމެއް ބާވައެވެ؟

______________________________________________________

- މަން