|
މަދީނާގައި ކުޑަ ކުއްޖަކު ވަގަށް ނަގައި،
ގަދަކަމުން އެކުއްޖާއަށް
ޖިންސީ ގޯނާ ކުރުމަށްފަހު ބޯ ބުރިކޮށްލި
ފަސް
މީހެއްގެ
ވާހަކަ.
ތިރީގައި މިވަނީ ކުޑަ ކުއްޖަކު މަރާލުމުގެ ކުށުގައި 31 އޮކްޓޯބަރ
2007 ގައި މަދީނާގައި ޤިޞާޞް ހިފުނު (މަރަށް މަރުގެ އަދަބު ދެވުނު)
ފަސް މީހެއްގެ ވާހަކައެވެ. މިވާހަކަ ލިޔެވިފައިމިވަނީ މަރާލެވުނު
ކުޑަކުއްޖާގެ ބައްޕައާއި ބައްދަލުކޮށް މިކަން ހިނގާދިޔަގޮތް
އޮޅުންފިލުވާފައިވާ، އަޅުގަނޑުގެ އުސްތާޛެއް (ކުއްޖާގެ ބައްޕަގެ
ރައްޓެއްސެއްވެސްމެ)، މިވާހަކަ ބަޔާންކޮށްދީފައިވާ ގޮތަށެވެ. އަދި
ސުޢޫދީ ޢަރަބިއްޔާގެ ބައެއް ނޫސްތަކުންވެސް މިކަމާއި ގުޅޭ އިތުރު
ބައެއް މަޢުލޫމާތު ނަގާފައިވާނެއެވެ.
ސުޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގައި އޮތް އިސްލާމީ ޤައުމުތަކުގެ ތެރެއިން
އިސްލާމީ ޝަރީޢަތް ތަންފީޒުކުރާ
ހަމައެކަނި
ޤައުމެވެ.
ކޮންމެ އަހަރެއްގައިވެސް،
ސުޢޫދީ ޢަރަބިއްޔާގައި
މިފަދަ ބޮޑެތި ޖަރީމާތައް ހިންގާ އެތައް ބައެއްގެ މައްޗަށް
މަރުގެ ހުކުމާއި އަދި މިނޫންވެސް މިފަދަ އެތައް ޙައްދުތަކެއް ޤާއިމް
ކުރެވެއެވެ.
މިގޮތުން ޒިނޭ ކުރާ
މީހުންގެ
ތެރެއިން ރަޖަމް ކުރަން ޖެހޭ މީހުން
ރަޖަމްކުރުމާއި
އަދި ވައްކަން ކުރާ
މީހުންގެ އަތް ކެނޑުމާއި
އަދި މިނޫންވެސް އެހެން ޙައްދުތައް ޤާއިމް ކުރެވެއެވެ.
އަދި މިނޫނަސް މަގުމަތީގައި އަންހެނުންނާއި ފޮށި އުނދަގޫކޮށް ހަދާ
މީހުން
ތަޢުޒީރު
ކުރުމުގެ
ގޮތުން
ޙައްދުގެ އެތިފަހަރު ޖަހައި ހަދައެވެ. ބައެއް ފަހަރު ވަޤުތުން
މަގުމަތީގައިވެސް މިކަން ކުރާ މީހުން ތަޢުޒީރު ކުރެވެއެވެ.
ސަޢޫދީ ޢަރަބިޔާގެ
ހުރިހާ ރަށެއްގައިވެސް މިގޮތަށް އިސްލާމީ ޝަރީޢަތް ޤާއިމް
ކުރެވެމުންދެއެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރު ތަކުންނާއި
އިންސާނީ ޙައްޤުތަކަށް ގޮވާލާކަމަށް ދަޢުވާކުރާ ޖަމާޢަތްތަކާއި އަދި
މިނޫންވެސް
އެކިއެކި ޖަމްޢިއްޔާތަކުން ދަނީ ސުޢޫދީ
ޢަރަބިއްޔާއަށް
ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
އަދި މިހާރު މިނުފޫޒުގެ އަޘަރު މަޑުމަޑުން ދަނީ
ފެންނަމުންވެސްމެއެވެ.
ކުޑަ ކުއްޖާ ވަގަށް ނެގުން (ކުއްޖާގެ ބައްޕަގެ ރައްޓެއްސެއްގެ
ދުލުން).
މުސްޠަފާއަކީ ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމުގެ ގޮތުން ސުޢޫދީ
ޢަރަބިއްޔާގައި ދަނގަޑުގެ މަސައްކަތާޢި ފެންވައިރު ކުރުމުގެ
މަސައްކަތާއި ކަރަންޓްފަދަ މަސައްކަތް ކުރަމުންދާ ޕާކިސްތާނުގެ
ރައްޔިތެކެވެ. ޢާއިލާއާއި އެކު ދިރިއުޅެމުންދަނީ މަދީނާގެ ޤުބާ
މިސްކިތް ކައިރީގައި ހުންނަ ވަރަށް އާދައިގެ ގެއެއްގައެވެ.
ދިރިއުޅެމުންދަނީ ވަރަށް އާދައިގެ ނިކަމެތި ދިރއުޅުމެކެވެ.
މުސްޠަފާގެ މި
(މަރާލެވުނު)
ދަރިފުޅު
އުފަންވެފައިވަނީ
މަދީނާގައެވެ.
2004 ވަނަ އަހަރުގެ ފެބްރުއަރީ
މަހު އެއްދުވަހެއްގެ
ހެނދުނު،
މުސްޠަފާގެ ގޭގެ ދޮރުގައި ބަޔަކު ޓަކި ޖެހުމުން ދޮރު ހުޅުވީ
މުސްޠަފާގެ 10 އަހަރުގެ ދަރިފުޅެވެ. ދޮރު ހުޅުވުމާއި އެކު
އެމީހުން
އެކުއްޖާ
ގަަދަކަމުން ގެންގޮސް
އެމީހުން ތިބި ކާރަށް
އަރުވައިގެން
އަވަހަށް ފިލީއެވެ. ވަޤުތުން
މުސްޠަފާވެސް
ގެއިން
ނިކުމެ އޭނާގެ ކާރަށް އެރިއެވެ. ނަމަވެސް ކަން ދިމާ
ކުރިގޮތުން އެވަޤުތު އުޅެއުޅެވެސް
މުޞްޠަފާގެ
ކާރު ސްޓާޓްވާގޮތެއް
ނުވިއެވެ.
އެހެންކަމުން
އަވަހަށް ކާރުން ފައިބާ،
ގޭގެ ކައިރީގެ މީސްތަކުންނަށް އެހީއަށް އެދި
ގޮވަން ފެށުމުން ކައިރީގެ ގެއެއްގެ އަވައްޓެރިއަކު އަވަހަށް ނުކުތުމުން
އޭނާގެ ކާރުގައި
ދަރިފުޅު ފެނޭތޯ އަވަހަށް ނިކުތެވެ.
އެހެންނަމަވެސް އޭރު
މުޞްޠަފާގެ
ދަރިފުޅު
ވަގަށްނެގި މީހުން
ތިބި
ކާރު
ގޮސް ގެއްލިއްޖެއެވެ.
އެއަށްފަހު ކަންތައް ހިނގައި ދިޔަގޮތް.
އެކުއްޖާ ވަގަށްނެގުމުގައި ބައިވެރިވި ފަސްމީހުން
ސިފައިން ހައްޔަރު ކުރުމުން،
ތަޙްޤީޤުގައި އެމީހުންވަނީ ކަންތައް ކުރިގޮތް
ކިޔާދީފައެވެ. ކޮންމެއަކަސް އެދުވަހު އެކުއްޖާ ވަގަށް ނެގުމަށްފަހު
އެމީހުން އެކުއްޖާ ގޮވައިގެން ދިޔަކަމަށްވަނީ މީހުން
ދިރިއުޅޭ ހިސާބާއި
ތަންކޮޅެއް
ދުރުގައި އޮންނަ ބައިޟާ ނުވަތަ ވާދީ ޢުރްވާ
އޭ ކިޔާ ސަރަހައްދަކަށެވެ. އެއަށްފަހު އެކުއްޖާއަށް
ބިރު ދައްކައިގެން ގަދަކަމުން ޖިންސީ ގޯނާ ކޮށް ހެދީއެވެ. އަދި
އެކުއްޖާ ރޯން ފެށުމުން ކޮންމެ ފަހަރަކުވެސް ހުއްޓާލެއްވުމަށްޓަކައި ބުރަކަށީގައި ސިނގިރޭޓް
ބުރި ޖައްސަނީއެވެ. މިގޮތުން ބުރަކަށީގެ އެތައް ތަނެއް ފިއްސާލާފައިވެއެވެ.
މިކަމުގައި
ޢަމަލީ ގޮތުން ބައިވެރިވީ އޭގެ ތެރެއިން 4 މީހެކެވެ. އަނެކަކު
ކާރުގައި އެތަން ބަލަން އިނީއެވެ. އެއަށްފަހު އެކުއްޖާގެ ބޯ
ބުރިކޮށްލީއެވެ. މިކަމުގައި ފަސްވަނަ މީހާވެސް ވަނީ
ބައިވެރިވެފައެވެ. ބޯ ބުރިކޮށްލުމަށްފަހު އޭގެ ތެރެއިން އެކަކު ބުނި
ކަމުގައި ވެއެވެ. "ތިމަންނައަށް އެނގިފައިވާ
ގޮތުން
މީހަކު މަރުވުމަށްފަހު އެމީހެއްގެ ލޮލުގެ
ކަޅީގައި ފެންނަން ހުންނާނީ،
އެމީހަކަށް
އެންމެ ފަހުން ފެނުނު އެއްޗެއްގެ ސޫރައެވެ." އެހެންކަމުން އެމީހުން
އެކަން ކުރިކަން ފަޅާ އަރާފާނެތީ ބޯ ބުރިކޮށްލުމަށްފަހު، އެތަނާއި
މާދުރުގައި އޮންނަ ވާދީއެއްކަމުގައިވާ ވާދީ ޢަޤީޤުގައި
މީހުން ކުނިއަޅާ އުޅޭ
ހިސާބަކަށް ބޯ އެއްލާލީއެވެ.
މިފަސް މުޖުރިމުން ހައްޔަރު ކުރުން.
ކޮންމެއަކަސް މިކުއްޖާ ވަގަށް ނެގުމާއިއެކު މިކަން ސިފައިންނަށް
ރިޕޯޓް ކުރުމުން ވަޤުތުން
އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފެށުނެވެ.
އަދި
ބޯ ބުރިކޮށްލާފައިވާ ހަށިގަނޑު ބައިޟާއޭ ކިޔާސަރަހައްދުން ހޯދިއެވެ.
އެއަށްފަހު މުސްޠަފާގެ އަވައްޓެރިއަކު ދިން މަޢުލޫމާތުގެ އެހީގައި
އޭގެ ތެރެއިން އެކަކު ހައްޔަރު ކުރެވުނެއެވެ. އެއީ މިހައްޔަރު
ކުރެވުނު މީހާއަކީ މަޢުލޫމާތު ދިން މީހާ ކޮންމެވެސް ވަރަކަށް ދަންނަ
މީހަކަށްވެފައި،
އެދުވަހު އެކަން ކުރުމުގެ ކުރިން އެހިސާބުން
އޭނާ ފެނިފައި ވުމުންނެވެ.
ކޮންމެއަކަސް ތަޙްޤީޤުގައި އެންމެ ފުރަތަމަ އޭނާ
އެކަމަށް އިންކާރު ކުރިއެވެ.
އެހެން ނަމަވެސް ފަހުން ކަންތައް ހިނގައި ދިޔަގޮތް ކިޔައިދިނުމުން
އޭނައާއި އެކީ އެކަމުގައި ބައިވެރިވި އަނެއް 4 މީހުންވެސް ހައްޔަރު
ކުރެވުނެވެ. އަދި އެނގުނު ގޮތުގައި މިމީހުންނަކީ ރާބުއިމާއި
މަސްތުވާތަކެތި ބޭނުން ކުރުމާއި
ކާރު ފަދަ ތަކެތި ވަގަށް ނަގައި އުޅޭ ގުރޫޕެކެވެ. ކޮންމެއަކަސް
އެމީހުން
އެކުއްޖާގެ
ބޯ އެއްލާލި ސަރަހައްދު ކިޔައިދިނުމުން އެހިސާބަށް ގޮސް
އެތައްވަރަކަށް ހޯދިހޯދުމުންވެސް
އެކުއްޖާގެ ބޯފެނިފައި ނުވާކަމަށް ޚަބަރު ލިބިފައިވެއެވެ.
މަރަން ޙުކުމް ކުރުން.
މިމީހުން މިހިންގި ބޮޑު ޖަރީމާގެ ސަބަބުން މުސްޠަފާ ބޭނުންވީ
އެމީހުންގެ ކިބައިން ޤިޞާޞް (މަރަށް
މަރުގެ ޙުކުމް) ހިފުމަށެވެ. އެމީހުން މަރުގެ
ދިޔަ ދީގެން ސަލާމަތް ކުރެވޭތޯ
މުސްޠަފާއާއި ވާހަކަ ދައްކައިގެން
އެތައް ބަޔަކު މަސައްކަތްވެސް
ކުރިއެވެ. މިގޮތުން ފަސް މިލިޔަން ރިޔާލް
(އެއް މިލިޔަން ތިން ލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ އައްޑިހަ ތިން
ޔޫއެސް ޑޮލަރު) މަރުގެ ދިޔައިގެ ގޮތުގައި ދިނުމަށް ހުށަހެޅިކަމަށްވެސް
މުސްޠަފާ ބުންޏެވެ.
ކޮންމެއަކަސް
ނިކަމެތި މުސްޠަފާއަށް
މިކަމުގެ ސަބަބުން
ކޮށްފައިވާ
އަޘަރު ބަޔާން ކޮށްދެވޭވަރަށް ވުރެވެސް މާބޮޑެވެ.
އޭނާ ބުނިގޮތުގައި ދަރިފުޅު މަރާލި ފަހުން އެންމެ ރެއަކުވެސް
އޭނާއަށް ލޮލުގެ ފިޔަ ޖަހާ ނުލެވެއެވެ.
އޭނާ ބުނިގޮތުން އެދަރިފުޅު އެއީ
އޭނާގެ
ހުރިހައި ދަރީންގެ ތެރެއިންވެސް
އޭނާއާއި
އެންމެ ގާތުގައި އެހީތެރިކަން
ފޯރުކޮށްދީ
ހަދާއުޅޭ
ދަރިފުޅެވެ.
މައިން ބަފައިން ދަރީންދެކެ ވާ ލޯތްބަކީ މިހެން ލިޔުމަކުން
އަޅުގަނޑުމެންނަށް ބަޔާންކޮށްދެވޭ ވަރަށް ވުރެ މާ ކުލުނު ހުރި
ފުރިހަމަ ލޯތްބެކެވެ.
މިކަން ކުރި ފަސްމީހުންގެ މައްޗަށް ޤިޞާޞް ހިފުމުގެ ގޮތުން
އެމީހުންގެ ބޯ ބުރިކުރެވިފައިވަނީ 31 އޮކްޓޯބަރ 2007 ވީ
ބުދަ ދުވަހު،
މަދީނާގެ މަސްޖިދުއް ނަބަވީގެ ކައިރީގައިވާ
ބަޤީޢު އޭ ކިޔުނު ސަރަޙައްދުގައެވެ. މިމަންޒަރު ބެލުމަށްޓަކައި
އެތައް ބަޔަކު އެތަނަށް ޖަމާވެފައި
ވެއެވެ.
އެމީހުންގެ ބޯ ކަނޑާފައިވަނީ ކަނޑިންނެވެ.
މިކަން ކުރި ފަސްމީހުންނަކީވެސް
ސުޢޫދީ
މީހުންނެވެ. އެމީހުންނަކީ ޚާލިދް އިބްނު ޙުމައިދް އައް-ސަހްލީ، ޢަލީ
އިބްނު ޢަޙްމަދު ޢަޔާޝީ، ޖާޒީ އިބްނު ސަމާޔިލް އަލް-މަރާޝީ، ހާނީ
އިބްނު ޢަބްދުﷲ އަލް-ޢައުފީ އަދި ޢާއިޟް
އިބްނު ސާލިމް އަލް-މުޙައްމަދީއެވެ.
ﷲ ތަޢާލާ މުސްޠަފާގެ ޢާއިލާއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އަދި
އެދަރިފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.
އާމީން.
ނިންމާލުން.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިފަދަ ނުބައި
ނުލަފާ ބޮޑެތި ޖަރީމާތައް ހިންްގާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ
ހުޅަނގާއި އެމެރިކާއިން އެބުނާ އިންސާނީ ޙައްޤުތަކާއި
ޚިލާފުވުންތޯއެވެ؟ ތިޔަބޭފުޅުންނަށް މިފަދަ ކަމެއް ދިމާވެއްޖެނަމަ (ﷲ
ތަޢާލާ އެފަދަ
ގޮތެއް
މެދުވެރި ނުކުރައްވާށި)،
އެފަދަ ބަޔަކު
ހަމައެކަނި
ޖަލަށްލުމަށް
ޙުކުމް ކޮށްލުމުން
ނުވަތަ ޖޫރިމަނާއެއް ކޮށްލުމުން
ރުހޭނަން ތޯއެވެ؟
މިތަނުގައި ފާހަގަ ކޮށްލަން ޖެހޭ މުހިއްމު އެއް ނުޤުތާއަކީ
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް އޮޅުން އަރާފައިވާ
ކަމެކެވެ. އެއީ މައްކާއާއި މަދީނާގައި
ނުބައި
ކަންތައްތައް ނުކުރާނޭ ކަމަށް ޤަބޫލު ކުރާ ކުރުމެވެ. އަދި ޢަރަބީން
ފާފަތަކަށް އަރައި ނުގަންނާނޭ ކަމާއި އަދި މިފަދަ ބޮޑެތި ޖަރީމާތައް
ނުކުރާނޭ ކަމަށް ދެކޭ ދެކުމެވެ.
އެހެންނަމަވެސް ދަންނާށެވެ. އިސްލާމީ އުންމަތް ދުށް އެންމެ ނުބައި
މީހުންވެސް މައްކާއާއި މަދީނާގައި އުޅެ އަދި އެތަނުގައި އެތަކެއް
ނުބައި ޢަމަލުތަކެއް ހިންގާފައިވެއެވެ. މިގޮތުން
رسول الله صلى الله عليه وسلم
ގެ
ޒަމާނުގައި އުޅުނު އަބޫ ޖަހުލާއި އަބޫ ލަހަބާއި
އަދި ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލުމެން ފަދަ މީހުން ހިމެނެއެވެ.
އަދި ހަމައެހެންމެ
މިހާރުވެސް އެދެބިމުގައި ބޮޑެތި ފާފަތަކާއި ޖަރީމާތަކަށް
އަރައިގަންނަ މީހުން އެބައުޅެއެވެ. އެހެންނަމަވެސް ފާހަގަކޮށްލަން
ޖެހެނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު މިފަދަ ނުބައި
ޢަމަލުތައް އެތަނުގައި ހިނގާލެއް މަދު ކަމެވެ. އޭގެ އެންމެ ބޮޑު އެއް
ސަބަބަކީ އަދިވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް އެތަނުގައި ތަންފީޛު
ކުރެވެމުން ދިއުމެވެ.
ކޮންމެއަކަސް
ކާމިޔާބު
އޮތީ ކޮންމެ ތަނެއްގެ މީހެއް ކަމުގައި ވިޔަސް،
ﷲ އާއި އެއިލާހުގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިވެ
އެންމެހައި ފާފަތަކާއި ނުބައި ޢަމަލުތަކުން ދުރުހެލިވެގެންނެވެ.
-ނިމުނީ-
|