|
އިއްޔެ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ ޓެރަރިސްޓް ހަަމަލާއެއް
ނޫން، އެކަމަކު ސަލްޓަން ޕާކުގައި ގޮއްވާލި ގޮއްވާލުމަކީ ޓެރަރިސްޓް
ހަމަލާއެއް.
29 ނޮވެމްބަރ 2007
އެހެން ދުވަސްތަކެކޭ އެއްފަދައިން ޚަބަރުތައް ޗެކްކޮށްލުމަށްޓަކައި
ރޭގައި ހަވީރު ވެބް ސައިޓް ހުޅުވާލީމެވެ. ޞަފްޙާގެ އެންމެ މަތީގައި
ފަހުގެ ކުއްލި ޚަބަރުގެ ގޮތުގައި ރީނދޫ ކުލައިން ފަވާލާފައިވާތީ
އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ 'ލަންކާގެ ބޮމުގެ ހަމަލާ'،
މިމައުޟޫއަށް އަށް ލިޔެފައިވާ ޚަބަރެވެ.
ކޮންމެއަކަސް މިޙަމަލާއާއި ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށްޓަކައި
ސްރީ ލަންކާގެ ބައެއް އޮންލައިން ނޫސްތަކާއި ބީބީސީއާއި ސީއެންއެން
ފަދަ ވެބް ސައިޓްތައްވެސް ޗެކްކޮށްލީމެވެ. އަދިހަމަ ދިވެހި
ނޫސްތަކުގައިވެސް މިކަމާއި ބެހޭގޮތުން ލިޔެފައިވާ ޚަބަރުތައް
ފެނުނެވެ. ހުރިހާ ނޫސްތަކުން މިޚަބަރު ކިޔާލުމުންވެސް އެންމެ
އަޅައިގަތް ކަމަކީ އެއްވެސް ނޫހެއްގައި މިއީ ޓެރަރިސްޓް ޙަމަލާއެއް
ކަމަށް ޞިފަ ކޮށްފައި ނުވާކަމެވެ.
ބީބީސީގައި ވަނީ:“Deadly
bomb attacks in Sri Lanka”
މިހެންނެވެ.
މިހެންނެވެ.
“Bomb hits store near Colombo”
ސީއެންއެންގައި ވަނީ:
މިހެންނެވެ. “17
killed, 37 injured in Nugegoda blast”ސްރީލަންކާގެ
ޑެއިލީ ނިއުސްގައިވަނީ:
މިހެންނެވެ.
“LTTE bomb attack kills 18 near Sri Lanka capital”ކޮލަމްބޯ
ޕޭޖްގައިވަނީ:
ހަވީރު ނޫހުގައިވަނީ: "ލަންކާގެ ބޮމުގެ ހަމަލާ" މިހެންނެވެ.
މިއަދު ނޫހުގައިވަނީ: "ނުގޭގޮޑާގައި ދިން ބޮމުގެ ޙަމަލާގައި
ދިވެއްސަކަށް ގެއްލުމެއް ނުލިބޭ" މިހެންނެވެ.
އަދި މިނޫނަސް އިންޓަނެޓް އެތައް ނޫހެއްގައި މިޚަބަރު ލިޔެވިފައިވަނީ
މިބީދައިންނެވެ. އޭގެ ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ ނޫސްތައްވެސް
ހިމެނެއެވެ. ކޮންމެއަކަސް މިހާތަނަށް ޔަޤީންވެފައިވަނީ މިހަމަލާގައި
18 މީހުން މަރުވެފައިވާ ކަމެވެ. އޭގެތެރޭގައި އެއްވެސް ބޭރު
ޤައުމެއްގެ އަދި ޚާއްޞަކޮށް ޔޫރަޕް އަދި އެމެރިކާގެ އެއްވެސް
ރައްޔިތަކު ނުހިމެނޭކަމެވެ.
ދެން ހަނދާނަށް އަންނަނީ ފާއިތުވެ ދިޔަ ރޯދަމަހުގައި ސަލްޓަން
ޕާކުގައި ދިން ހަމަލާއަށެވެ. އެހަމަލާގައި އެއްވެސް މީހަކު
މަރުވެފައެއް ނުވެއެވެ. ޒަހަމްވިކަމަށްވަނީ 10 މީހުންނެވެ. 2 މީހުން
ފިޔަވައި ދެންތިބި މީހުންނަށް ލިބިފައިވަނީ ވަރަށް ކުދިކުދި
އަނިޔާތައް ކަމަށް ޚަބަރު ލިބިފައިވެއެވެ. އެހެންނަމަވެސް މިޚަބަރު
ނޫސްތަކަށް އަރާފައިވަނީ ހައްދުފަހަނާޅާފައިވާ ފިނޑި ޓެރަރިސްޓް
ޢަމަލެއް ކަމަށެވެ. ޢަޖާއިބުވެ ހަމަ އަންތަރީސްވާވަރު ވެއެވެ. ފަހެ
ނޫސްވެރިންނާއި ހުޅަނގުން ޓެރަރިޒަމް މިމާނަ ކުރަނީ ކިހިނަކުން
ހެއްޔެވެ؟
ކޮންމެއަކަސް ލަންކާގެ ހަމަލާގައި މަރުވި މީހުންގެ އަދަދު އެވަނީ 18
އަށް އަރާފައެވެ. އެކަމަކު ރާއްޖޭގައި ދިން ޙަމަލާގައި އެއްވެސް
މީހަކު މަރުވެފައެއް ނުވެއެވެ. ލަންކާގައި ޙަމަލާ މިދިނީ ޖާނުން ފިދާ
ވެގެންނާއި ޕާރުސަލް ބޮމަކުންނެވެ. ރާއްޖޭގައި އާދައިގެ ކުޑަ
ގޮއްވާލުމެކެވެ. އެކަމަކު ނޫސްތަކުގައި ބޮޑު އަކުރުން ފަވާލާފައި،
ޓެރަރިސްޓް ހަމަލާއަކަށް ނިސްބަތްކުރީ ރާއްޖޭގައި ދިން ހަމަލާއެވެ.
ސަބަބުތަކަކީތޯއެވެ. ފުރަތަމައިނުން ރާއްޖެގައި ދިން ހަމަލާގައި
މީހަކު މަރު ނުވިޔަސް ހަމަލާ އަމާޒު ކުރެވުނީ ޔޫރަޕުގެ ބަޔަކާއި ދޮން
މީހުންނަށް ކަމުގައި ވާތީއެވެ. ދެވަނަކަމަކީ މިކަން ކޮށްފައިވަނީ
ތުނބުޅިލާފައި ތިބި މުސްލިމުންގެ ބައެކެވެ. އެހެންކަމުން އެޙާދިސާ
ޓެރަރިޒަމްގެ ފުރިހަމަ މާނައިގެ ތެރެއަށް ވަދެގެން ދިޔައީތޯއްޗެކެވެ.
މިނިވަންކަމޭ، ހަމަހަމަކަމޭ، ޢަދުލު އިންސާފޭ، އިންސާނީ ޙައްޤުތަކޭ
ކިޔާ އަޑު އުފުލަމުން ދުވެ ލިޔެ ނަގާ މީހުން ޓެރަރިޒަމް މިޞިފަކުރާ
ގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނެއެވެ. މީގެ ޖަވާބު
ތިޔަބޭފުޅުންނަށް ދޫކޮށްލަމެވެ. ކޮންމެއަކަސް ޚުލާޞާއަކީ، މުސްލިމަކު
ފަޓާހެއް ގޮއްވާލި ކަމުގައިވިޔަސް އެވާނީ ޓެރަރިސްޓް ޙަމަލާއެއް
ކަމުގައެވެ. |