|
ޢާޝޫރާ ދުވަހާއި ޝިޔަޢީން.
ޢާޝޫރާ ދުވަހަކީ މޫސާ
عليه السلام
އާއި އެކަލޭގެފާނުގެ ޤައުމު ކަމުގައިވާ ބަނޫ
އިސްރާއީލް، ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ
ކިބައިން ސަލާމަތް ކުރެއްވެވި ދުވަހެވެ.
އެގޮތުން ފިރުޢައުނާއި އޭނާގެ ލަޝްކަރު އެދުވަހު
ކަނޑަށް ޣަރަޤުކޮށްލެވުނެވެ. އެދުވަހުގެ
މަތިވެރިކަމުން އަޅުގަނޑުމެން މުސްލިމުން
އެދުވަހު ރޯދަ ހިފުމަށް ކީރިތި ނަބިއްޔާ
އަންގަވާފައިވެއެވެ. އޭގެ އިތުރަށް
އެކަލޭގެފާނުގެ ކިބައިން ޘާބިތު ނުވާ އެއްވެސް
އިތުރު އަޅުކަމެއް ކުރުމަކީ ހުއްދަކަމެއް
ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެކަމެއްވާނީ
މަގުފުރެދިގެންވާ ބޮޑު ބިދުޢަތަކަށެވެ.
އާދެ ޝިޔަޢީންގެ ކައިރީގައި އަދި އެދުވަހަކީ
މުޅީން ތަފާތު ދުވަހެކެވެ. އެމީހުން ބުނާ ގޮތުން
އެދުވަސް އެމީހުން ފާހަގަ ކުރަނީ ޢަލީގެފާނުންގެ
ދަރި ޙުސައިންގެފާނު ޝަހީދުވުމުގެ ހިތާމަ
ފާޅުކުރާ ދުވަހެއްގެ ގޮތުގައެވެ. މިގޮތުން
އެދުވަހު ކަނޑިންނާއި ވަޅިން އަދި މިނޫނަސް ތޫނު
ތަކެތިން އެމީހުންގެ ހަށިގަނޑުގެ އެތަން މިތަން
ޒަޚަމްކޮށް ލޭއޮހޮރުވައި ހަދައެވެ.
އެހެންނަމަވެސް ދަންނާށެވެ. އެމީހުންގެ
މިދަޢުވާއަކީ ދޮގު ދަޢުވާއެކެވެ. އަދި އެމީހުން
މިކުރާ ޝިރުކުގެ ޢަމަލާއި، އިސްލާމްދީނާއިވާ
އެއްވެސް ގުޅުމެއް ނެތެވެ. ޙުސައިންގެފާނު
ޝަހީދު ކޮށްލެވުނީ ޢިރާޤުގެ ކަރުބަލާގައެވެ.
އެކަލޭގެފާނުގެ ބޯކޮޅު ބުރިކޮށްލީ އެމީހުންގެ
މީހެއް ކަމުގައިވާ
شمر بن ذي الجوشن
ކިޔާ މީހެކެވެ. އެހެންކަމުން އެމީހުން އެދުވަހު
އެހިތާމަ ކުރަނީ ޙުސައިންގެފާނު
ޝަހީދުކޮށްލެވުމުން ކަމާއިމެދު ޝައްކު
އުފެދެއެވެ. އެމީހުންގެ ޢަމަލުތަކާއި ކަންތައް
ހުރިގޮތުން އެދުވަހު އެމީހުން އެފާޅުކުރާ
ހިތާމައަކީ ފިރުޢައުނު މަރުވުމުން ކުރާ
ހިތާމައެއް ކަމުގައި ހީވެއެވެ. އާދެ
ކޮންމެއަކަސް އެމީހުން އެދުވަހު އެކުރާ
ކަންތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން
ޙަރާމްކޮށް ނަހީކޮށްފައިވާ ކަންތައްތަކެވެ.
އެމީހުން އެދުވަހު ކުރާ ކަންތައް ތިރީގައި މިވާ
ތަސްވީރު ތަކުން ބައްލަވާ ލައްވާށެވެ.
(ޕްލޭ ކުރެއްވުމަށް ސްކްރީންގައި އެވާ ނޫ ގޮޅީގެ
ތެރޭގައިވާ
"تشغيل العرض"
ލިޔެފައިވާ ހުދު ލިޔުންކޮޅަށް
ފިއްތަވާލައްވާ)
|