|
ގުރައިދޫ ސްކޫލްގެ ލައިބްރަރީން ކްރިސްޓިއަން ދީނުގެ ވާހަކަ ފޮތެއް
ފެނިގެން ލައިބްރަރީ ބަންދުކޮށްފި.
ޖަޒީރާ ޑެއިލީ
(04 މެއި 2008)

ކ.
އަތޮޅު ގުރައިދޫ މަދަރުސާގެ ލައިބުރަރީން ކުރިސްޓިއަން ދީނުގެ
ވާހަކަތަކުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަ ފޮތެއް ފެނިގެން
ލައިބުރަރީ ބަންދުކޮށްފި އެވެ.
ގުރައިދޫ މަދަރުސާގެ ލައިބުރަރީން ފެނުނު ވާހަކަ ފޮތުގައި ބުނެފައި
ވަނީ ކުރިސްޓިއަން ދީނުގެ މޮޅުވާހަކަ އެވެ.
މިފޮތުގައި ބުނެފައި ވަނީ ކުޑަ ކުއްޖަކު ސުކޫލަކަށް ވަންނަށް
ދިއުމުން ނުވެއްދި ވާހަކަ އާއި އަދި އޭނާ ތައުލީމް އުގެނިފައި ވަނީ
ކުރިސްޓިއަން ޗާރޗަކުން ކަމަށެވެ.
ގުރައިދޫ މަދަރުސާގެ އެސިސްޓެންޑް ހެޑްމާރސްޓަރ ހުސެއިން ހަބީބު
ވިދާޅުވީ މީގެ ދުވަސް ކޮޅެއް ކުރިން ކުރިސްޓިއަން ދީނުގެ ލޯގޯ
(ސަލީބު) ޖަހާފައި އެދީނުގެ ވާހަކަތަކުގެ މައްޗަށް
އަލިއަޅުވާލާފައިވާ ވާހަކަ ފޮތެއް އެސުކޫލުގެ ލައިބުރަރީން ފެނިފައި
ވުމުން މިހާރު ލައިބުރަރީ ބަންދުކޮށްފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މިހާރު ވަނީ ލައިބުރަރީގެ ހުރިހާ ފޮތެއް
ބަލައިޗެކުކޮށްފައި އެފޮތް ފިޔަވައި އެހެން އެއްވެސް ފޮތެއް
ފެނިފައެއް ނުވޭ.“ ހަބީބު ވިދާޅުވި އެވެ.
ހަބީބު
ވިދާޅުވީ މިފޮތަކީ ސުކޫލުގެ އިދާރާއަށް އެނގިގެން ހުރިފޮތެއް ނޫން
ކަމަށާއި މިކަން އެނގުމާ އެކު އެކަމަށް ފިޔަވަޅު އަޅާފައިވާނެ
ކަމަށެވެ.
”އަޅުގަނޑުމެންގެ ލައިބުރަރީއަށް ފޮތްލިބެމުން ދަނީ މާލޭގެ ބައެއް
ސުކޫލުތަކުންނާއި ޔުނިސެފުން.“ ހަބީބު ވިދާޅުވި އެވެ.
ހަބީބު
ވިދާޅުވި ސްކޫލުގައި މިހާރު ކިޔަވަމުންދާ ދެ ކުއްޖެއްގެ ދަބަހުގައި
ސަލީބުގެ ލޯގޯ ހުރިކަމުގެ މައުލޫމާތު ސުކޫލުގެ އޮފީހަށް ލިބިގެން
އެދެކުދިންގެ ދަބަހުން މިހާރު އެލޯގޯ ފިލުވާލެވިފައި ވެސް ވާނެ
ކަމަށެވެ.
ގުރައިދޫން މައުލޫމާތު ދިން މީހަކު ބުނީ މިފޮތަކީ އާއްމުކޮށް
އެސުކޫލުގެ ކުދިން ކިޔާފޮތެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި
އަދި ކުރިސްޓިއަން ދީނުގެ ވާހަކަތައް ބައެއް ކުދިންނަށް ބިދޭސީ
ބައެއް ޓީޗަރުން ކްރިއަސްޓިއަން ދީނުގެ ވާހަކަތައް ކިޔައި ދެމުންދާ
ކަމަށެވެ.
މިމައްސަލަ ފެންމަތިވުމާ ގުޅިގެން ޖަމިއްޔަތުލް ސަލަފުންވަނީ
އެމައްސަލަ ހިނގާ ދިޔަ ގޮތެއް ބަލައި ތަހުގީގު ކުރުމަށް ޓީމެއް
އެރަށަށް މިއަދު ފޮނުވާފަ އެވެ.
ސުނާމީ
ހާދިސާގައި ބޭރުގެ އެހީ ބަހަމުން ދިޔުމުގެ ތެރޭގައިވެސް އެރަށް ވަނީ
ކުރިސްޓިއަން ބައިބުލްތަކެއް ވެސް ބަހާފަ އެވެ.
މިޚަބަރާއި
ގުޅޭ އިތުރު ލިޔުންތައް:
-
އެމެރިކާގެ ސުނާމީ އެހީއާއި
އެކީގައި
ކްރިސްޓިއަންދީނާއި ދިވެހި "ބައިބަލް"
ދިވެރާއްޖެއަށް... (ކ.ގުރައިދޫއިން)
|