|
މުދިމެއްގެ މަރު.
ތަރުޖަމާ: ނަބީލް

ދުވަހަކީ ސާދަސަތޭކަ ހަތާވީސްވަނަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ
ދުވަހެވެ. ތަނަކީ ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟް އޭ ކިޔުނު ރަށެވެ.
މީސްތަކުން އިންތިޒާރުކުރަމުން ދިޔައީ ރޯދަވީއްލާ ވަގުތަށެވެ. ވަގުތު
ޖެހުމާއެކު މުދިމު ތެދުވެ ބަންގި ގޮވާލިއެވެ.
އެއަށްފަހު ރޯދަވީއްލައިގެން ޤަމަތްދޭން ވަންދެކަށް މުޞްޙަފް
ނަގައިގެން ޤުރުއާން ކިޔަވަންފެށިއެވެ. އިވޭ ފަށުގައި ތިބި މީހުން
ބުނި ގޮތުގައި ބަޤަރާ ސޫރަތުގެ ވަކި ހިސާބަކުން ފަށައިގެން ގޮސް
އެސޫރަތުގެ ފަހު އާޔަތާ ހަމައަށް މުދިމު ކިޔެވިއެވެ.
"رَبَّنَا
لا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا
ۚ"
(سورة البقرة: 286)
މާނަ:
"އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅަމެން
ހަނދާންނެތިގެން
ނުވަތަ އޮޅިގެން ކުރެވޭ ފާފަތަކަށް، އަޅަމެންގެ ކިބައިން ބަދަލު
ނުހިއްޕަވާންދޭވެ."
ފަހެ
އެވަގުތު އެހިނދުގައި ﷲ ތަޢާލާ އޭނާގެ ޠާހިރު ފުރާނަ އެކަލާނގެ
ޙަޟްރަތަށް ގެންދަވައިފިއެވެ. އާނއެކެވެ. މުދިމު މަރުވީއެވެ. ކީރިތި
ޤުރްއާން ކިޔަވަމުން ދަނިކޮށެވެ.
ހުރި
އުފާވެރިކަމާއި ހިއްގައިމު ކަމުގެ ބޮޑުކަމާއެވެ. މިފަދަ ނިމުމެއް
ލިބުނު މީހަކާއި ހިލޭ އަންހެނުންގެ އައުރަތަކުގައި ލޯ އެލުވައިގެން
ފުރާނަ އަޅުވައިގެން އެނޫނީ އެހެންވެސް ނުބައިކަމެއްގެ މަތީ ހުއްޓާ
މަރުވި މީހަކާއި އެއްވަރުވާނެހެއްޔެވެ؟
ނޫނެކެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ނުވާނެއެވެ. އެއްވަރެއް
ނުވާނެއެވެ.
"أَمْ
حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَجْعَلَهُمْ
كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ
وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ"
(سورة الجاثية: 21)
މާނަ:
"ނޫންނަމަ
ފާފަތައް ކުރި މީހުން، އެމީހުން ދިރިތިބުމުގައާއި އަދި މަރުވުމުގައި ވިޔަސް، އީމާންވެ ހެޔޮ ޢަމަލުތައް ކުރި މީހުންނާއި އެއްފަދަ
ބައެއް ކަމުގައި، ތިމަން ﷲ އެބައިމީހުން ލައްވަވާނޭ ކަމުގައި،
އެބައިމީހުން ހީކުރަނީ ހެއްޔެވެ؟ ފަހެ އެމީހުން އެޙުކުމް ކޮށްއުޅޭ
ގޮތުގެ (އެބަހީ ހީކޮށްއުޅޭ ގޮތުގެ) ހުރި ނުބައިކަމާއިއެވެ."
-ނިމުނީ- |