|
މައުމޫނު ކުފުރުގެ އާ
އުސްމިންތަކަކަށް!
ޓީވީއެމް
އިން ރޭގައި ދެއްކި ސިޔާސަތު ޕްރޮގްރާމްގައި މައުމޫން ޢަބްދުލް
ޤައްޔޫމް އިސްލާމްދީނުގެ ޙައްދުތައް ޤާއިމް ކުރުމާއި ބެހޭގޮތުންނާއި
އަދި އަންހެނުންގެ ޢައުރަ ނިވާ ކުރުމާއި ބެހޭގޮތުން ދެއްކި
ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން އެއްވެސް އޮޅުމެއް ނުވާ ސާފު
ކުފުރެވެ. ޙައްދުތަކާއި ބެހޭގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ
އެއީ ކޮންމެހެން ޤާއިމް ކުރަން ޖެހޭނޭ ކަމެއް ނޫންކަމާއި އަދި އެއީ
ބޭނުންވެއްޖެ ނަމަ ޤާއިމް ކުރެވި ނުވަތަ ނުކޮށް ދޫކޮށްލެވިދާނޭ
ކަމެއް ކަމުގައެވެ. ފަހެ މިއީ އެހެން ބުނާ މީހަކު ހަމަ ކަނޑައެޅިގެން
މުރުތައްދުވެ ކާފިރުވާނޭ ކަމެކެވެ. މީގެ ދަލީލު ތިރީގައި މިވާ
ލިޔުމުގައި ބަޔާންވެފައި އެވަނީއެވެ. އަދި ހަމައެހެންމެ ޢައުރަ
ނިވާކުރުމުގެ ގޮތުން އަންހެނާ ޙިޖާބުވުމާއިމެދު އިންކާރު
ކުރުމަކީވެސް ކަނޑައެޅިގެން ﷲ ތަޢާލާގެ ޙުކުމަކާއި އިންކާރުކޮށް މީހާ
ދީނުން ބޭރުވެ މުރުތައްދުވާނޭ ކަމެކެވެ.
ރާއްޖޭގައި ދީން އުނގެނިގެން ތިބި އެންމެހައި ޝެއިޚުންނަށް އަޅުގަނޑު
ކުރާ އިލްތިމާސަކީ އަޅުގަނޑުމެންގެ ދީނާއި ޢަޤީދާގެ ދިފާޢުގައި، ﷲ
ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ ބިރު ނުގަނެ އަދި ފަސްނުޖެހި
މިމުހިއްމު ދަނޑިވަޅުގައި އެންމެހައި ލޮބުވެތި ދިވެހި އަޚުންނާއި
އުޚްތުންނަށް ޙައްޤު ބަސް (މައުމޫނުގެ ކާފަރު ކަމުގެ ޙުކުމް)
ބަޔާންކޮށްދިނުމެވެ.
ﷲ
ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފަށް ޙުކުމްތައް ހަދައި، އެއަށް
ޙުކުމް ކުރުމަކީ ކާފިރުވާނޭ ކަމެކެވެ.
ﷲ ތަޢާލާ
ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ:
"ކަލޭގެފާނަށް ބާވައިލެވުނު ފޮތަށާއި ކަލޭގެފާނުގެ ކުރިން
ބާވައިލެވުނު ފޮތްތަކަށް އީމާންވެގެންވާކަމަށް ދަޢުވާކުރާ ބަޔަކު
ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟
އެބައިމީހުންގެ މައްސަލަ ޠާޣޫތަށް ހުށައަޅައި ޠާޣޫތު
ލައްވައި ޙުކުމް ކުރުވުމަށް އެބައިމީހުން އެދެތެވެ. އެކަމަކު
އެބައިމީހުންނަށް އަމުރުކުރެވިގެންވަނީ އެ ޠާޣޫތަށް ކާފަރުވުމަށެވެ.
އަދި ޝައިޠާނާ އެދެނީ އެބައިމީހުން ދުރުވެގެންވާ މަގުފުރެދުމަކުން
މަގުފުރައްދައިލުމަށެވެ."
ހަމަކަށަވަރުން
رسول
الله
صلّى
الله
عليه
وسلّم
ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުންކުރެ އެކަކުވެސް، އެމީހަކު
ހިތްއެދޭ ހުރިހާކަމެއް ތިމަންކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތާ
ތަބާވެއްޖައުމަށް ދާންދެން، އީމާންވިކަމުގައި ނުވެއެވެ."
އިތުރަށް ވިދާޅުވޭ...
ދީނުގައި
ޝަރުޢުކުރެވިފައިވާ ޙުކުމްފުޅުތައް ޤާއިމް ކުރުމުގެ މުހިއްމުކަން
ތިރީގައިމިވާ ޙާދިޘާއިން ވިދާޅުވެލައްވާ
މަދީނާގައި ކުޑަ ކުއްޖަކު ވަގަށް
ނަގައި،
ގަދަކަމުން އެކުއްޖާއަށް
ޖިންސީ ގޯނާ ކުރުމަށްފަހު ބޯ ބުރިކޮށްލި
ފަސް
މީހެއްގެ
ވާހަކަ.
މިއީ ކުޑަ ފިރިހެން ކުއްޖަކު މަރާލުމުގެ
ކުށުގައި 31 އޮކްޓޯބަރ 2007 ގައި މަދީނާގައި
ޤިޞާޞް ހިފުނު (މަރަށް މަރުގެ އަދަބު ދެވުނު)
ފަސް މީހެއްގެ ވާހަކައެވެ. މިވާހަކަ
ލިޔެވިފައިމިވަނީ މަރާލެވުނު ކުޑަކުއްޖާގެ
ބައްޕައާއި ބައްދަލުކޮށް މިކަން ހިނގާދިޔަގޮތް
އޮޅުންފިލުވާފައިވާ، އަޅުގަނޑުގެ އުސްތާޛެއް
(ކުއްޖާގެ ބައްޕަގެ ރައްޓެއްސެއްވެސްމެ)،
މިވާހަކަ ބަޔާންކޮށްދީފައިވާ ގޮތަށެވެ. އަދި
ސުޢޫދީ ޢަރަބިއްޔާގެ ބައެއް ނޫސްތަކުންވެސް
މިކަމާއި ގުޅޭ އިތުރު ބައެއް މަޢުލޫމާތު
ނަގާފައިވާނެއެވެ.
އިތުރަށް ވިދާޅުވޭ...
ތިރީސް އަހަރުން މައުމޫނު ކުރެއްވި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން.

سورة الأحزاب: 36
-ނިމުނީ- |