|
"އަހަރެން ކޭ ފަދައޭ!"، ނަމަކަށް ކިޔުނު މިސްކިތް!
ތަރުޖަމާ: ނަބީލް

އަލްއުސްތާޛު އޫރުޚާން މުޙަންމަދު ޢަލީ އޭނާގެ ފޮތް "އައްޝުއްޔަޤް"
ގައި ޢުޘްމާނީ ތާރީޚްގެ ވާހަކަތައް ލިޔުއްވާފައިވާއިރު އޭނާ ދުށް
އެންމެ ޢަޖައިބު ނަމެއް ކިޔާ މިސްކިތުގެ ވާހަކަ ލިޔުއްވާފައިވެއެވެ.
ތުރުކީގެ އެންމެ ބޮޑު ސިޓީކަމުގައިވާ އިސްތަންބޯލުގެ ފާތިޙޭ ކިޔުުނު
އަވަށުގައި ހުރި މިމިސްކިތުގެ ނަމަކީ "ޞާންކީ ޔަދުމް" އެވެ. އެއީ
ތުރުކީ ބަހުން އޮތް ޖުމުލައެކެވެ. މާނައަކީ އަހަރެން ކޭ ފަދައެވެ.
އެބަހީ އަހަރެން އޭތި ކައިފި ކަމުގައި ހީކޮށްލާށެވެ. މި މިސްކިތުގެ
ނަމުގެ ވާހަކައާއި ވިދިގެން އުސްތާޛު އޫރުޚާން ވަރަށް
ޢަޖައިބުކުރުވަނިވި ޢިބްރަތްތެރި ޙަޤީޤީ ވާހަކައެއް
ގެންނަވާފައިވެއެވެ.
އެވާހަކައިގައިވެއެވެ. ފާތިޙޭ ކިޔުނު އެއަވަށުގައި ޚައިރުއްދީން
ކަޖަޖީ އަފަންދީ ކިޔާ ވަރަށް ވަރަޢަވެރި
އަޅުވެރިޔަކު އުޅުނެވެ. ކޮންމެއަކަސް މި އަޅުވެރިޔާ ބާޒާރަށް ދާ
ފަހަރުތަކުގައި އެއްގަމު މަހުގެ އިތުރަށް މީރު މޭވާތަކާއި ހަލުވާތައް
ފެނި ގަންނަ ހިތްވާ ކޮންމެ ފަހަރަކު ބުނެއުޅޭ ކަމުގައިވެއެވެ.
"ޞާންކީ ޔަދުމް" (އަހަރެން އެ ކައިފި ފަދައެވެ.) އެއަށް ފަހު އޭނާ
ގެންގުޅޭ ކުޑަ ފޮއްޓަކަށް އެއެއްޗެއްގެ އަގަށްވާ ފައިސާ ކޮޅު
ވައްޓާލައެވެ.
މި
ގޮތުގައި މީރުހާ ކާތަކެތިން އަމިއްލަ ނަފުސު މަނާކޮށްގެން ވަރަށް
ދެރަ ކާނާގެވެސް، ކުޑަ އެތިކޮޅެއް ނޫނީ ބޭނުން ނުކުރާ ހާލު
އުޅެއުޅެހުއްޓާ މަސްތަކާއި އަހަރުތައް ވޭތުވެ ހިނގައްޖެއެވެ. އަދި
އެއްކަލަ ފޮއްޓަށް އެކި ފަހަރުމަތީން ލާ ލާރިކޮޅު ގިނަވަމުން
ދިޔައެވެ. އެހެން ގޮސް ކުޑަ މިސްކިތެއް ބިނާކުރެވޭހާ ލާރި
އެއްކުރެވުމުން މިސްކިތެއް ބިނާކޮށްފިއެވެ. ދެން މިފަޤީރު އެހެނަސް
ވަރަޢަވެރި އަޅުވެރިޔާގެ ޚަބަރު މީސްތަކުންނަށް އެނގުމާއި އެކު
އެމީހުން އެ މިސްކިތަށް "ޖާމިޢު ޞާންކީ ޔަދުމް" (އަހަރެން ކައިފި
ފަދައޭ، މިސްކިތް) މިނަމުން ނަންދީފިއެވެ.
______________________________________________________
-ނިމުނީ- |