|
ވިސްނާވަޑައިގެން ތިއްބަވާށެވެ!!!!
(ކިޔުން
ތެރިއެއް)

ﷲ
ތަޢާލާ ވަނީ އަހަރެމެން އެންމެހާ މުސްލިމުންނަށް އެކަލާނގެ ދީނަށް
ނަޞްރު ދިނުމަށް އަމުރުކުރައްވައި އަދި އެދީނުގެ ޢަދާޥާތްތެރި
ދުޝްމިނުންނާ އިދިކޮޅަށް ހަނގުރާމަ ކުރުމަށް އަންގަވާފައެވެ. އަދި
އެކަލާނގެ ލޮބުވެތި ނަބިއްޔާ އިސްލާމުންގެ އެންމެ އިސް ކޮމާންޑަރު
ޞައްލަﷲ ޢަލައިހި ޥަސައްލަމަ އެންމެހާ މުސްލިމުންނަށް ޚަބަރު
ދެއްވާފައިވަނީ ޤިޔާމަތާ ޖެހެންދެން މުސްލިމުންގެ ތެރެއިން ބަޔަކު
ޙައްޤުގޮތުގައި ޖިހާދުކުރުން މަތީ ތިބޭނެކަމަށެވެ. އަދި
އެބައިމީހުންނަކީ މީސްތަކުންގެ މައްޗަށް ވަންހަނާކަމެއް ނެތި
ފާޅުވެގެންވާނޭ ބައެއް ކަމުގައިއެވެ.
ކަންމިހެން އޮތްނަމަވެސް އަޅުގަނމެންގެ ތެރެއިން ވަރަށް ގިނަ
މުސްލިމުން މިއަދު މިވަނީ، ﷲގެ މަގުގައި ޖިހާދުކޮށް އެކަލާނގެއަށް
އީމާންވާ އަޅުތަކުންގެ ދިފާޢުގައި، އެބައިމީހުންގެ މައިން
ބަފައިންނާއި އަނބިދަރީންނާއި ގޯތިގެދޮރު ދޫކޮށް ފުރާނަ އަތްމައްޗައް
ލައިގެން ހަނގުރާމަ ކުރަމުންދާ މުޖާހިދުންނަކީ އެބައިމީހުން
ނަފްރަތުކުރާ ބައެއް ކަމުގައި ހަދާފައެވެ. އާދެ ޒަމާނާއި ނުގުޅޭ ކަޓު
ފިކުރެއްގެ ބަޔަކަށް ހަދާފައެވެ. ކޮންމެއަކަސް މިއަދާއި ހަމައަށް
މުސްލިމުން، ﷲގެ މަގުގައި ޖިހާދު ކުރާ މީހުންނާއި މެދު ދެކެމުން އައީ
އެއީ އެބައިމީހުންގެ ދިފާޢީ އައްޑަނައިގެ ގޮތުގައެވެ. ނަމަވެސް
މިހާރުގެ ގިނަ މުސްލިމުން ދެކެނީ އެބައިމީހުންނަކީ މުސްލިމުންނަށް
ހުރި ނުރައްކަލެއް ކަމުގައެވެ. މުސްލިމުންގެ ފަސްބައިގައި ޖެހިފައިވާ
ލައްގަނޑެއް ކަމުގައެވެ.
އާދެ ސަބަބަކީތޯއެވެ. މުސްލިމުންނާ ޢަދާވާތްތެރި މުސްލިމުންގެ
ބިންތަކަށް އަރާ މުސްލިމުން އަޅުދާސްތުކުރަމުންދާ ޙަރުބީ
ކާފަރުންނާއި ހަނގުރާމަ ކުރާތީއެވެ. އެވެރިންގެ ފާސިދު އެދުންތަކާއި
ވެދުންތަކާއި ގޮވުންތަކަށް އިޖާބަ ނުދޭތީއެވެ.
ނޫސްތަކުންނާއި ޓީވީތަކުން ގޮވާއަޑުއިވެނީ އެމީހުންނަކީ ޓެރަރިސްޓުން
ކަމުގައެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ﷲގެ
މަގުގައި ޖިހާދު ކުރަމުންދާ މުޖާހިދުންނާ މެދު މިފަދަ ނޭދެވޭ
ފިކުރެއް ފާއިތުވެ ދިޔަ ތަނުގައާއި އަދި މިހާރުވެސް އާއްމުންނަށް
ދައްކަމުން ގެންދާތީއެވެ. އެބައިމީހުންނަކީ ހައްދުފަހަނައަޅައިފައި
ތިބި ބައެއްކަމާއި އިންސާނިއްޔަތަށް ހުރި ބިރެއްކަމުގައި ދައްކަމުން
ދާކަމެވެ. މިހުރިހާ ފިކުރަކާއި ވިސްނުމަކީ ހުޅަނގުގެ ޕްރޮޕެގެންޑާގެ
ގޮފިތަކުން ފަޅާފައިވާ ފިކުރުތަކެކެވެ. މިވިސްނުމަކީ އެއްވެސް
އަޞްލެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫންކަމުގައި ވާއިރުވެސް
މިއަދުގެ މުސްލިމުންގެ ސަރުކާރުތަކުން މިދަނީ ކާފިރުންނާއި
މުޝްރިކުންގެ މިމަސައްކަތުގައި ސީދާކޮށާއި ނުސީދާކޮށް
ބައިވެރިވަމުންނެވެ.
ތިޔަބޭފުޅުން އަމިއްލައަށް ވިސްނަވާބައްލަވާށެވެ! ކާފިރުން
އެކަތިގަނޑަކަށްވެ އެއްބަސްކިޔައި އެއްބަޔަކު އަނެއްބަޔަކާ
ވާޤިވެރިވެ އެބައިމީހުންގެ ލަޝްކަރުތަކުން އަސްކަރީ ގޮތުންނާއި
ފިކުރީ ގޮތުން މުސްލިމުންގެ މަރައި ދީނުން ބެރުކުރަމުންދާއިރު
މުސްލިމުން އެކަމާ އިދިކޮޅަށް އެއްވެސް ކަމެއްނުކޮށް ތިބެންވީ
ހެއްޔެވެ؟ އަޅާވެސް ނުލާން ވީހެއްޔެވެ؟
އަދި އެކަމާ އަޅާލައި އިދިކޮޅުހަދައި މުސްލިމުންގެ ދިފާޢުގައި
ޖިހާދު ކުރުމަކީ ނުކޮށް ތިބެވޭނޭ ކަމެއް ހެއްޔެވެ؟
ދީނީ ގޮތުން ބެލިކަމުގައި ވިޔަސް އަދި ދުނިޔެވީ ގޮތުން
ބެލިނަމަވެސް ބަޔަކު އައިސް ތިމާމެންގެ ގެދޮރަށް ވަދެ، އެތައް
ލޫޓުވައި، އެތާ އުޅޭހާ މީހުން މަރައި، ތިމާގެ ކުރިމަތީގައި އަމިއްލަ
މައިމީހާއާއި އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮއާއި، ޙަލާލް
އަނބިމީހާއާއި ދަރީން އޮރިޔާންކޮށް އެބައިމީހުންގެ
ޢިއްފަތްތެރިކަމަށް އަރައިގަނެ ދެންތިބި އެންމެން މަރައި މުޅިތަން
ސުންނާފަތި ކުރާއިރު އެއްވެސް ކަމެއް ނުކޮށް ތިބެވޭނޭ ހެއްޔެވެ؟
ޢިރާޤާއި ފަލަސްޠީނާއި އަފްޣާނިސްތާނާއި ކަޝްމީރާއި އަދި
މިނޫންވެސް ކާފަރުން ވެރިވެފައިވާ މުސްލިމް ގައުމުތަކުގައި ހިނގާ
ކަންކަމީ މިއަދު އެއްވެސް މީހަކަށް ދޮގު ނުކުރެވޭނޭ ކަންކަމެވެ.
އެކަންތައްތައް ވަނީ ޚުދު ކާފަރުންގެ އަމިއްލަ ޚަބަރު ފަތުރާ
ޥަޞީލަތްތަކުންވެސް ފަތުރާ ޢާއްމުކޮށްފައެވެ. އަދި އަހަރެމެން
އެންމެންގެ ލޮލަށް އެކަންކަން މިވަނީ ފެނި ޔަޤީންވެފައެވެ.
ކާފަރުން އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ ގޮތުން
ފޯރަމްތައް ހަދައި ވައްމޭޒުތައް ދޮށުގައި ރާފުޅިތައް ހިފައިގެން ތިބެ
ސައްލާކޮށް އެބައިމީހުންގެ ފައުޖުތައް މުސްލިމް ގައުމުތަކަށް
އެކިއެކި އުޒުރުތައް ދައްކަމުން މުސްލިމުންގެ ސިނކުޑިތަކަށް
މިނިވަންކަމުގެ އަވާމެންދުރު ދައްކަމުން އެހެރަގެން އަރުވަނީއެވެ.
ޢިރާޤަށް އެބައިމީހުން އެރީ ނުރައްކާތެރި ހަތިޔާރު ހުރިކަމަށް
ބުނެއެވެ. ނަމަވެސް ފަހުން އެހަތިޔާރުތަކަކީ "ކުޑަކުދިން ގޭތެރޭގައި
ކުޅެން ގެންގުޅުނު ބަޑި ފިސްތޯލަތަކެއްކަން" މުޅި ދުނިޔެއަށް އެންގި
ފަޟީޙަތްވުމުން ދެން ކިޔަން ފެށީ ޚުދުމުޚްތާރު ވެރިއެއް ހުރީތީ
އޭނާގެ ކިބައިން ޢިރާޤާއި އެތަނުގެ ރައްޔިތުން ސަލާމަތް ކުރަން
އެރީކަމަށެވެ. ދެން އަނެއްކާ އެބުނި ޚުދުމުޚްތާރު ވެރިޔާގެ ކަންތައް
"ޙައްލުކުރެވުމުން" ކިޔަން ފެށީ އެއްކަލަ އަފްޣާނިސްތާނަށް އަރަން
ދެއްކި ބަހަނާ ކަމުގައިވާ "އަލްޤާޢިދާގެ މީހުންނާ ގުޅުން ހުރި
ޖަމާޢަތްތައް" ޢިރާޤުން ބާލަން ޖެހޭ ވާހަކައެވެ. އެންމެ ފަހުން
އަމިއްލަ ކަރަށް މަޅިއެއް ފެއްތުނު ކަމުގެ އިޙްސާސް ކުރެވުމުން
މިހާރު އެއުޅެނީ "ޢިރާޤަށް ގެނެސްދެވުނު މިނިވަންކަމުގެ ޝަރަފުގައި"
އެތަނުން ފައިބާށެވެ. ފިލައިގެން ރައްކާވާށެވެ. އެތަން މިހާރު އެވަނީ
އާދަމު ދަރިއަކަށް ނޫޅެވޭވަރަށް ސުންނާފަތިވެފައެވެ. މިހާރު އެތަނަކީ
ހަމަ ސީދާ ފިލަސްޠީނުގެ "ކްލޯން" އެކެވެ. އެހެން ނުވާންވީ
ސަބަބެއްވެސް ނެތެވެ. ފިލަސްޠީނަކީ އެބުނާ މިނިވަން ދީންމުގުރާތީ
ނިޒާމުގެ ދަށުން ވެރިކަން ކުރަމުން އަންނަ ގައުމެކެވެ. ނަމަވެސް
އަމްރީކާ ބޭފުޅުންގެ ހިތްޕުޅު ހަމަނުވާ ބަޔަކަށް ވެރިކަން
ލިބިފައިވާތީ އެތަންވެސް އެހެރަގެން ބިމާ ހަމަކުރަނީއެވެ. އެހެންވީމާ
ޢިރާޤަށް އެކުރިވަރު ކުޑައެވެ!!!!
ކަމުގެ
އަޞްލު މިހާ ހާމަކަން ބޮޑުވެފައި ސާފުކޮށް އޮތްނަމަވެސް
އަޅުގަނޑުމެންނަށްވެސް މިބައިމީހުންގެ މަޅީގައި ޖެހިއްޖައީމެވެ.
ވާނީވެސް އެހެންތާއެވެ. 30 އަހަރުވަންދެން އިސްލާމްދީން ނޫން އެހެން
ހުރިހާ ދީންތަކުގެ ކިބައިން ރާއްޖެ ޙިމާޔަތްކުރި ކަމަށް އަމިއްލައަށް
ދައުޥާކުރި ޚުދުމުޚްތާރު ވެރިއެއް މިވަނީ އިނގިރޭސީންގެ އެހީގައި
އަހަރެމެންނަށް ބޭލުވިފައެވެ. އެހެންވީމާ އެހީވެދިން ފަރާތްތަކުގެ
އަގުވަޒަން ކުރަންވާނެތާއެވެ. ހެޔޮކަމަކަށް ތެޔޮހަމެއް ދޭކަށް
ނުވާނެތާއެވެ! މިއަދު މިފެންނަނީ އެއަގު ވަޒަންކުރާތަނެވެ.
ފިލަސްޠީނުގެ އެތައް ބަޔަކު މަރައި އެތަން ސުންނާފަތި ކުރިއިރު
މިޤައުމުގެ ވެރީންނަށް އެންމެ ބަހެއް ބުނެލަންވެސް ނުކެރުނެވެ.
ކުރީގެ ސަރުކާރު ވައްޓާލަން އުޅުނު އިރު ހީވީ އެވަރުގެ މީހެއް
ނެތްހެނެވެ. ހިތްވަރުގަދަ، ކެރޭ،
ވިސްނުން ތޫނު، މިހެންގޮސް
ކިޔާނެކަމެއް ނެތެވެ. ދެވެންއޮތް ހުރިހާ ލަޤަބެއް އޭރު ޙައްޤުވިއެވެ.
ނަމަވެސް ވެރިކަމާ ހަވާލުވެވުމުން މިފެންނަނީ މުޅިން އެހެން
ކަމެކެވެ. ހަމަ ސީދާ އިސްލާމްދީނާ ދިމާ އިދިކޮޅަށް ޢަމަލުތައް
ފަރުމާކުރާތަނެވެ. ރައީސް އޮފީސްކައިރީގައި ހަދާފައި ހުރި ބުދު
ފައްޅިވެސް އެހުރީ ހުރިގޮތަށެވެ. ރަށުތެރޭގައި މީހުން މަރާއިރު
އެކަން ހުއްޓުވުމަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ. ދެދުވަހުން
އެއްދުވަހު އަތުލައިގަންނަ ރާފުޅިތަކަށް ވާގޮތެއްވެސް އެނގޭކަށް
ނޯވެއެވެ.
ކޮންމެއަކަސް ކަންމިހެންއޮއްވާ މިހާރު މިފެންނަނީ ޕާކިސްތާނަށް ދިޔަ
10 ވަރަކަށް ދިވެހިންގެ ވާހަކަ މާ ބޮޑުކޮށްލައިގެން މުޅި ރާއްޖޭގައި
ދައްކާ ތަނެވެ. ކަމުގެ އަޞްލަށް ބަލައިފިއްޔާ އެބަޔަކު އެދިޔައީ
މުސްލިމު ޤައުމުތަކަށް އަރައިގެންފައިވާ ކާފަރުންގެ ލަޝްކަރުތަކާއި
ޖިހާދުކުރަން ކަމުގައިވާނަމަ، އެކަމަކީ ނުބައިކަމެއް ނޫނެވެ. އަދި
ކިއެއްހެއްޔެވެ. ދީން އަމުރު ކުރަނީ އެގޮތަށް ޢަމަލު ކުރުމަށެވެ.
އެމީހުން ދިޔައީ އިސްލާމްދީނަށް ނަޞްރު ދޭށެވެ. އެއްބަޔަކު
ކިޔަވައިގެންނެވެ. އަދި އަނެއް ބަޔަކު ޖިހާދުކޮށްގެނެވެ. ޖިހާދު
ކުރުމަކީ ހަމައެކަނި އެމީހެއްގެ ގައުމުގައި ކުރަންޖެހޭ ކަމެއް
ނޫނެވެ. މުސްލިމުންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް
އެއްބަނޑު އެއްބަފާ އަޚުންތަކެކެވެ. އެމީހުންގެ މިޘާލަކީ އެއް
ހަށިގަނޑެއްގެ މިޘާލެވެ. އެހެންނަމަވެސް މިއަދު މުސްލިމުންގެ
ޤައުމުތަކުގައި ވެރީންނަށް ތިބި މީހުން މިވަނީ މިއުއްމަތް
ބައިބައިކޮށް ކުދިކުދި ދައުލަތްތަކަށް ބައިއަޅާ މުސްލިމުންގެ
އަޚުވަންތަކަން ކަނޑުވާލާފައެވެ. ކާފަރުން އައިސް މުސްލިމުންގެ
ޤައުމުތައް އަޅުވެތިކޮށްފިނަމަ، ކޮންމެ މުސްލިމަކުވެސް ތިމާގެ އަނެއް
އަޚުންނަށް ޖިހާދުގެ މައިދާނުގައި އެހީތެރިކަން ފޯރުކޮށްދޭން
ޖެހޭނެއެވެ. ޖާނާއި މާލުންނެވެ. ބުއްދިއެއް ހުރި ކޮންމެ މީހަކަށް
މިކަން ވިސްނޭނެއެވެ. އެހެނީ މިއީ ދުނިޔެވީ ގޮތުން ބެލިޔަސް ކަން
ހިނގަންޖެހޭ ގޮތެވެ.
ތެދެކެވެ! އެތަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޙައްޤު
މަންޖަހުން އެއްކިބާވެފައި ތިބި ބަޔަކުވެސް ތިބެދާނެއެވެ. އެހެނޭ
ކިޔާފައި ޢަދުލުވެރި ގޮތަކީ އެކަމުގެ ރޯޅި ހުރިހާ އެންމެނަށް
ބޭލުންތޯއެވެ؟ މިބައިމީހުންގެ އުޞޫލުން ނުވަތަ ވިސްނުމުން ބަލާނަމަ
އެންމެ ފުރަތަމަ ޕާކިސްތާނަށް ދާ މީހުންނަކީ މުޖުތަމަޢުގެ އެހީއަށް
ބޭނުންވާ ބަލި ބައެއްކަމަށް ދެކެންޖެހެއެވެ. އަދި އެބައިމީހުންނަކީ
ކަނޑިބަޑި ދީފައި އެއާކޯން ކޮށްފައި، ބޮޑީ ބިލްޑް ކުރާ ސާމާނާއި
ޓީވީއާއި އެނޫންވެސް އެމީހުން ބޭނުންވާ ހުރިހާ ވައްތަރެއްގެ ސާމާނު
ހުންނަ ރީހެބިލިޓޭޝަން ސެންޓަރެއްގައި ބައިތިއްބަން ޖެހޭ ބައެކެވެ.
ދެން ކުރަންޖެހޭނެ ކަމަކީ ހައްދުފަހަނައަޅާ ފިކުރު އެމީހުންނަށް
ލައިދިން މީހުން ހޯދައި އެބަޔަކަށް އަދަބު ދިނުމެވެ. އެއީ މަސްތުވާ
ތަކެތި ބޭނުންކުރާ މީހުންނާއި މީހުން މަރާ މީހުންނާއި ވައްކަންކުރާ
މީހުންނާ މެދު ކަންކުރާ ބީދައިންނެވެ!!!
ނޫސްތަކުގައި ޖަހަމުންދާ ވާހަކަތަކުން ދޭހަވަނީ ތިމާގެ ގައުމުނޫން
އެހެން ގައުމުތަކުގައި ހަނގުރާމަ ކުރުމަކީ ހަމައެކަނި ކާފަރުން
ކުރަންޖެހޭ ކަމެއްހެންނެވެ. މުސްލިމަކު އެކަން ކޮށްފިއްޔާ އެއީ
ވަރަށް ބޮޑު ޖަރީމާއެކެވެ. އަމިއްލައަށް ބުނެބަލާށެވެ! އަމްރީކާއާއި
އިނގިރޭސިވިލާތާއި އިޒްރޭލާއި ނޭޓޯގެ ލަޝްކަރުތައް ހަރަކާތްތެރިވަނީ
އެބައިމީހުންގެ އަމިއްލަ ރަށުގައި ހެއްޔެވެ؟
އަދި ކިއެއްހެއްޔެވެ، ދުނިޔޭގައި މިހާތަނަށް އަމިއްލަ
ރަށުގައި ހަނގުރާމަ ކުރަނީ ޢަދާޥާތްތެރިން އިސްވެ ރަށަށް
އަރައިގަތީމައެވެ. އަދި ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަމިއްލަ ރަށަށް
ބަޔަކު ހަމަލާދީފި ކަމުގައި ވާނަމަ ކައިރީގައި އުޅޭ އަވަށްޓެރި
ރަށްތަކުން އެހީތެރިވާނެކަމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި
ޥަސައްލަމަވެސް ކަން ކުރައްވާފައިވާ ގޮތެވެ. އަދި އަޅުގަނޑުމެންގެ
މިރާއްޖެއަށް ނޮވެމްބަރ 3 ގެ ޙަދީޘާގައިވެސް ކަންހިނގާދިޔައީ
އެހެންނެވެ.
ޙަޤީޤަތަކީ މިއީކަމުގައި ވާނަމަވެސް ކުރީގެ ސަރުކާރެކޭ އެއްފަދައިން
މިއަދުގެ ސަރުކާރުވެސް އެބައިމީހުންގެ ގޮނޑީގެ ޢިއްޒަތް ގެއްލިދާނެތީ
މިދަނީ މިފަދަކަންކަން އާއްމުންނަށް އޮޅުވާލަމުންނެވެ.
ނުބައިކުރަމުންނެވެ. މާބޮޑުކުރަމުންނެވެ. އަދި ޚާއްޞަކޮށް ދަނޑިވަޅާ
ދިމާކޮށް މާ ބޮޑުކޮށްލައިގެން މިފަހަރު މި ފެތުރި ވާހައަކީ ހަމަ ސީދާ
ކެންޕެއިނަށް ހެދި މަކަރުވެރި ސިހުރަކަށްވުން ޤާތެވެ. އެހެނީ
ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ދިވެހި ސަރުކާރުގެ އިސްވެރީންގެ
ދަރީން މަސްތުވާ ތަކެތީގެ މައްސަލާގައި ޢުމުރު ދުވަހަށް ޖަލަށް ލާން
ޙުކުމް ކުރި ވާހަކަވެސް އަޅުގަނޑުމެންނަށް ބައެއް ނޫސްތަކުން
ފެނުނެވެ. އަދި އެނޫންވެސް އެތައް ޤައުމުތަކެއްގައި
މަސްތުވާތަކެއްޗާއި މިނޫންވެސް އެހެން މައްސަލަތަކުގައި ދިވެހިން
ހައްޔަރު ކުރެވި އެޤައުމުތަކުގެ ޖަލުތަކަށް ލެވެމުންދާ ވާހަކަ އެބަ
އަޑުއަހަމުއެވެ. އެހެންނަމަވެސް އެއީކީ މާބޮޑެތި މައްސަލަތަކަކަށް
ނުވެއެވެ. އެހެންކަމުން ޤަބޫލު ކުރެވޭ ގޮތުގައި މިފަހަރު މިކުރި
ކަމަކީވެސް، ކުރިންވެސް ބަޔަކު އެބައިމީހުންގެ މަޤުބޫލުކަން
ދެމެހެއްޓުމަށްޓަކައި ބުއްދިނެތް ބަޔަކު ލައްވާ، ރޯމާދުވާލު
މެންދުރުގެ ރަތްގަދަ އަވީގައި ރާއްޖޭގެ ދިފާޢީ މައި މަރުކަޒުގެ
ބުޑުގައި ގޮއްވާލި ބޮން ފަދަ ކަމެކެވެ. މިފަހަރު މިވީގޮތަކީ
ޢާއްމުންގެ މަޤުބޫލުކަން ލިބިފައި ތިބި ދީންވެރި ތުބުނޅި ލީ ބަޔަކު
މަޖިލީހަށް ވަދެ ﷲ ގެ ދީން މިތަނުގައި ޙިމާޔަތްކޮށްފާނެތީ،
އެބައިމީހުންގެ އަގު ވައްޓާލަން މޮޅު ރޮކެޓެއް ޖަހާލީނޫން ބާވައެވެ؟
އޭރުން މިފަހަރު މަޖިލީހަށް ކުރިމަތިލާފައި ތިބި ދީނީ މީހުންނާ މެދު
ޢާއްމުން ދެކެމުން އަންނަ ގޮތް ބަދަލުވާނެތާއެވެ!
ކޮންމެއަކަސް ނިންމާލަމުން އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައަކީ،
އިހަކަށް ދުވަހު ޕޮލިސް ސަރވިސްއާއި އެމް.އެން.ޑީ.އެފް އާއި ގުޅިގެން
ޖަލުގައި ހިންގި އޮޕަރޭޝަނުން ފެނުނު ބޮން ހަދަން ބޭނުންކުރާ
ބާވަތުގެ ސާމާނާއި ޖިހާދުކުރުމަށް ބާރުއަޅާ ފޮތްތަކުގެ ވާހައަކީ
ނިމިދިޔަ ވެރިކަމުގެ ދުވަސްވަރު އެމް.ޑީ.ޕީން ހެދިގޮނޑުދޮށުގައި
މުޒާހަރާ ކުރަން އުޅުމުން، ސްޓަރފޯސް ލައްވައި މައުމޫނު ކުޅުވި
ޑްރާމާއާ އެއްވެސް ތަފާތެއް ނެތް ޑުބްލިކޭޓެކެވެ. އެއީ އެމް.ޑީ.ޕީ
އާމެދު ރައްޔިތުންގެ ހިތުގައި ކިލަނބު އުފެއްދި ގޮތަށް މިފަހަރުގެ
މަޖިލީހަށް ކުރިމަތިލާފައި ތިބި ދީނީ މީހުންނާ މެދު ޢާއްމުންގެ
ވިސްނުން ތަޣައްޔަރު ކުރުމަށްޓަކައި ހަމަ ކަނޑައެޅިގެން ކުޅުވި
ޑްރާމާއެކެވެ. މިހެން މިދެންނެވީ، އެމީހުންނަށް އެތަނުން އެފެނުނު
ތަކެތި އެ ތާނގައި ފޯރިމަރަން ތިބޭ ސަރުކާރުގެ މުވައްޒަފުންނަށް
ނޭނގި ވަނުމަކީ މުސްތަޙީލު ކަމެކެވެ. އަދި ކުރިން ޖަލުން ފެންނަ
މިފަދަ ތަކެއްޗާ މެދު ކަންކުރާ ގޮތާ ޚިލާފަށް މިފަހަރު ރާއްޖޭގެ
މީޑިއާއިންވެސް އެތަނަށް އެތަކެތި ވަތް ގޮތަކާއިމެދު އެއްވެސް
އިޝާރާތެއް ކޮށްފައި ނުވުމުން އެނގެނީ މިއީ ޔަހޫދީންގެ
ރޭވުންތެރިކަމުން އެދުރުވެގެން އެބައިމީހުން ކަންކުރާ ބީދައިން
ކޮށްފައިވާ މަކަރުވެރި ރޭވުމެއްކަމެވެ.
ވީމާ
މިއަދު މިފެންނަ ކަންތައްތަކަކީ ކުރިއެކޭވެސް އެއްފަދައިން
ދިވެހިރާއްޖޭގައި އެހެން ދީންތައް ފެތުރުމަށްޓަކައި ޔަހޫދީންނާއި
ނަޞާރާއިންގެ ރޭވުންތެރިކަމުގެ ދަށުން ހިންގޭ ބޮޑެތި މަޝްރޫޢުތަކެވެ.
ނަމަވެސް މިހާރު މިކަންކަން މިހިންގެނީ އިހަށްވުރެ ތަންކޮޅެއް
ގާތުންނެވެ. ވިސްނާވަޑައިގެން ތިއްބަވާށެވެ!!!!
-ނިމުނީ-
|