|
''ކަލޭ ދާންވީނުން ގްރީކަށް''
ލިޔުނީ: އެޑީ
މީގެދުވަސްކޮޅެއް ކުރިން ޕާކިސްތާނުގައި ދިވެހިންގެ ނުވަމީހަކު
ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދަނިކޮން އަތުލައިގަތުން
ވެގެންދިޔައީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތުގޮތްގޮތަށް
އެކަމާމެދު ބަހުސްކުރެވިގެންދިޔަ ކަމަކަށެވެ. އެއްބަޔަކު އެކަމަށް
ތާއީދުކުރަމުން ދިޔައިރު އަނެއްބަޔަކު ބުނަމުން ދިޔައީ އެއީ
އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައެވެ.
އެބައިމީހުންނަކީ މުއްލާއިންނޭ، ޓެރަރިސްޓުންނޭ، ހައްދުފަހަނަ
އަޅާފައިވާ މީހުންނޭ ބުނަމުންނެވެ. އަޅުގަނޑު ދެކޭގޮތުގައި
މައްސަލައަކަށް ވެގެންމިއުޅެނީ ހައްޔަރުކުރެވުނު މީހުންގެ މޫނުމަތިން
މާތް ނަބިއްޔާގެ (ސ.އ.ވ)ސުންނަތް ފާޅުވާން ހުރުމެވެ. އެބައިމީހުންގެ
ތުނބުޅިތަށް ދިގުކޮށްފައިހުރުމެވެ. މި ހާދިސާއާގުޅިގެން
އަޅުގަނޑުމެންގެ މިކުޑަކުޑަ ސައްތައިންސަށްތަ އިސްލާމުންކަމަށް
ދައުވާކުރާ މުޖުތަމައުގާ މާތް ނަބިއްޔާގެ (ސ.އ.ވ)ސުންނަތަށް މަލާމާތާ
ފުރައްސާރަކުރުމުގެ ރޫޙް އުފެދިގެންދިޔައެވެ. ތުނބުޅި ދިގުކޮށްފައި
ހުރިމީހަކު ހަމަފެންނަ ކޮންމެތަނަކުން އެމީހަކާ ދިމާކޮށް، ގޯނާކުރުމާ
ފާޑުފާޑުގެ ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރަން ފެށުނެވެ. އެންމެހާ
ކިޔުންތެރިންނަށް އަޅުގަނޑު މިގެނެސްދެނީ އަޅުގަނޑުގެ
ރަޙްމަތްތެރިއަކު ކިޔައިދިން ވާހަކައެކެވެ.
އެއީ
ޕާކިސްތާނުގައި ދިވެހިންގެ ނުވަމީހުން ހައްޔަރުކުރި ވާހަކަ
ޚަބަރުފަތުރާ ވަސީލަތްތަކުން އާއްމުކުރިތާ ދެދުވަސްފަހެވެ.
މާވެޔޮމަގުން ބާރުސްޕީޑްގައި ދުއްވާފައިދިޔަ ވޭނެއް ކޯރުކެނޑިމަގުން
މަޑުކޮށްލަން ޖެހުނީ ކުރިމަތިން ދުއްވާފައިދިޔަ ސައިކަލެއް މަގުގެ
ވާތްފރާތުގައިވާ ބުކްޝޮޕެއްގެ ކުރިމައްޗަށް މަޑުކޮށްލުމުންނެވެ.
ސައިކަލް ހަމަފެނުމާއެކު ވޭންތެރޭގައި ތިބި ތިންމީހުން ވަރަށްބޮޑަށް
ރުޅިއަތުވެއްޖެއެވެ. ސަބަބަކީ ސައިކަލް ދުއްވަން އިން ޒުވާނާވަނީ
އޭނާގެ ތުނބުޅި ދިގުކޮށްފައެވެ. ސައިކަލްކައިރިއަށް ވޭން
މަޑުކުރުމަށްފަހު ވަރަށް ރުޅިއައިސްގެން އެޒުވާނާ އާދިމާއަށް
ބުނެފިއެވެ. ''ކަލޭ ދާންވީނުންހޭ ޕާކިސްތާނަށް''. ހަމަ ބުނުމާއެކު
ޒުވާނާ ސައިކަލުން ފައިބާ އެމީހުންނާދިމާލަށް އަތްއެއްލާ ބުނެފިއެވެ.
''ކަލޭމެން ދާންވީނުންހޭ ގްރީކަށްް. އެންމެފަހުންވެސް ތިގޮތަށް
ތުނބުޅިއޮމާކޮށް ފައިކުރިދޫކޮށްލައިފަ ތިބިބައެކޭ އެތަނުގަ
އަތުލައިގަތީ ދިހައަހަރުވަންދެން ކުދަކުދިންނާއެކު އެއްޖިންސުން
ގުޅުންހިންގަން އުޅެނިކޮށް''ް. ވޭނު ގައި ތިބިތިންމީހުންނަށް
ތިބެވުނު ތަންވެސް ނޭންގުނުކަހަލައެވެ. ބުނާނެ އެއްޗެއްވެސް
ނޭންގުނެވެ.
ތުނބުޅި
ދިގުކޮށްފަ ހުރިމީހަކު ކުރާކަމެއް ތުނބުޅި ދިގުކޮށްފަ ތިބޭ
އެންމެނަށް ރަށްދުވާނަމަ ތުނބުޅި ބާލާފަ ހުންނަމީހަކު ކުރާކަމެއް
ތުނބުލިބާލާފަ ތިބޭއެންމެނަށްވެސް ރަށްދުވާނެއެވެ. އަޅުގަނޑުމެންގެ
މިރާއްޖޭގައިވެސް އެންމެފަހުން 18އަހަރުންދަށުގެ ކުޑަކުދިންނާއެކު
އެއް ޖިންސުން ގުޅުންހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ
ތުނބުޅިބާލާ އޮމާންކޮށްފައި ތިބިމީހުންނެވެ.
-ނިމުނީ-
_____________________________________________________
ނޯޓް: މިލިޔުމަކީ
www.manadhoolive.com
އިން ނަގާފައިވާ ލިޔުމެކެވެ.
|