|
މައުމޫނަކީ ކަލެއް ކަމަށް
ދަޢުވާކޮށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާއަށް
ކުރިމަތިލާފައިވާ ޑީއާރުޕީގެ ކެންޑިޑޭޓް ދައްކާފައިވާ ވާހަކަތަކުގެ
ވީޑިއޯ.
އޯޑިއޯ ޑައުންލޯޑް ކުރެއްވުމަށް
މިލިޔުންކޮޅަށް ފިއްތަވާލައްވާ.
މިވީޑިއޯއަކީ، ޅ.ނައިފަރު ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ
މެންބަރުކަމަށް ކުރިމަތިލާފައިވާ ޑީއާރުޕީގެ ކެންޑިޑޭޓް، އަޙްމަދު
މުޙައްމަދުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން، 19 އޭޕްރީލް
2009 ވަނަ ދުވަހުގެ ރޭ ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ
ޖަލާލުއްދީން މާލަމުގައި ބޭއްވި ޖަލްސާގައި، މައުމޫނަށް
ތަޢުރީފުކޮށް، ކަލެއްކަމަށް ދަޢުވާކޮށް (ﷲ ތަޢާލާއަށް ޚާއްޞަ ބައެއް
ކަންކަން މައުމޫނަށް ނިސްބަތްކޮށް)، މައުމޫނުގެވެސް ޙާޟިރުގައި
އަޙްމަދު މުޙައްމަދު ދައްކާފައިވާ ޝިރުކުގެ ވާހަކަތަކާއި،
އެވާހަކަތަކަށް ޝުކުރު އަދާކޮށް މައުމޫނު ދައްކާފައިވާ ވާހަކައިގެ
ވީޑިއޯއެވެ. އަދި ހަމައެހެންމެ މިވީޑިއޯގައި، އެވާހަކަތަކަށް
ރައްދުދެއްވައި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާ
ބަސްފުޅުތަކުގެ އޯޑިއޯވެސް ހިމެނިފައިވާނެއެވެ. އެވާހަކަތަކަށް
ރައްދު ދެއްވާފައިވަނީ އަލްފާޟިލް އާދަމް ނިޝާން، އައްޝައިޚް
އަޙްމަދު ސަމީރު އިބްރާހިމް، އައްޝައިޚް ޙުސައިން ރަޝީދު،
އައްޝައިޚް މުޙައްމަދު ޢިޔާޟް، އައްޝައިޚް އިލްޔާސް ޙުސައިން،
އައްޝައިޚް މުޙައްމަދު ލަތީފް އަދި
އައްޝައިޚް އަބޫބަކުރު އިބްރާހިމް ޢަލީ
އެވެ.
|