|
އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލެވޭ
އަޑު ގަދަވަނީ!
اللّـهُ أَكْبَرُ.

ﷲ
ސުބްޙާނަހޫ ވަތަޢާލާ އިންސާނުން މިބިންމަތީގައި
ލައްވަވާފައިވަނީ އެބައިމީހުންނަށް އެންމެ
އެކަށޭނޭ އެންމެ ފުރިހަމަ ޝަރީޢަތާއި
އެކީގައެވެ. އެޝަރީޢަތަކީ ދުނިޔެއާއި އާޚިރަތުގެ
ޙަޔާތް ބާއްޖަވެރިކުރަން އެދޭ ކޮންމެ މީހަކަށް
އޮތް ހަމައެކަނި ޙައްލެވެ. އެހެންނަމަވެސް
ހިތާމައަކީ މިއަދު އަޅުގަނޑުމެން މުސްލިމުން
ކަމުގައި ދަޢުވާކުރާ ބަޔަކު މިފަދަ ފުރިހަމަ
ޝަރީޢަތަކަށް ފުރަގަސްދީ އިންކާރުކޮށް،
އިންސާނުން އަތުން ކޮށާ މަށާ ހަދާފައިވާ
އެއްވެސް ދިއުޅިއެއް ނުވާ، ދެކޮޅު ނުޖެހޭ،
މުޖްތަމަޢުގައި ދުވަހަކަށްވުރެ ދުވަހަކަށް
ކަންތައްތައް ހަލާކާއި ފަސާދައިގެ ތެރެއަށް
ގެންދާ ނިޒާމަކަށް މިސްރާބު ޖަހާފައިވާ
ކަމެކެވެ.
ކޮންމެއަކަސް މިއަދު މުޅި އިސްލާމީ ދުނިޔެއަށް
ބަލާލި ކަމުގައި ވިޔަސް ފެންނަން މިއޮތީ، އެތައް
ޒަމާންތަކެއް ނުވަތަ އަހަރުތަކެއް ވަންދެން،
މުސްލިމުން އެމީހުންގެ މައްޗަށް ބާއްވާލާފައިވާ
ޝަރީޢަތް ދޫކޮށް އަމިއްލަ ގޮތްތައް
ޚިޔާރުކުރުމުގެ ސަބަބުން އަޅުގަނޑުމެން
މުސްލިމުން ނިކަމެތި ބަލިކަށި ބައެއްގެ ގޮތުގައި
ވެފައި ވަނިކޮށެވެ. އާރެއް ބާރެއް ނެތް އަމިއްލަ
މިނިވަންކަން ގެއްލިފައިވާ، ކުފުރުގެ ޠާޣޫތީ
ދައުލަތްތަކަށް އަޅުވެތިވެފައިވާ ބައެއްގެ
ގޮތުގައި ވެފައިވާތަނެވެ.
ފަހެ މުސްލިމުން އެމީހުންގެ ގޮތަށް އެނބުރި
ރުޖޫޢަވާނީ ކޮން އިރަކުތޯއެވެ؟ މިއުއްމަތުގެ
އެންމެ ޢަދުލުވެރި އެންމެ މާތް އެއް ބޭކަލަކު
ކަމުގައިވާ
عُمَرُ الفاروق،
އާދެ
عُمَرُ بُنُ الْخَطَّابُ
رضي الله عنه
ވިދާޅުވެފައިވާ މިއަގުހުރި ބަސްފުޅުގައި
އަޅުގަނޑުމެންނަށް ޢިބްރަތެއް ނެތީހެއްޔެވެ؟
މިބަސްފުޅަކީ މިއުއްމަތުގެ އަމީން،
أَبُو
عُبَيْدَة
بُنُ
الْجَرَّاحُ رضي الله عنه،
ޝާމްކަރައަށް ދަތުރުފުޅު ކުރެއްވި ވަޤުތު
عُمَرُ بُنُ الْخَطَّابُ
رضي الله عنه
އެކަލޭގެފާނަށް ވިދާޅުވި ބަސްފުޅެކެވެ.
"إِنَّا كُنَّا أَذِلَّ قَوْمٍ فَأَعَزَّنَا
اللهُ بِالإِسْلاَمِ فَمَهْمَا نَطْلُبُ
الْعِزَّ بِغَيْرِ مَا أَعَزَّنَا اللهُ بِهِ
أَذَلَّنَا اللهُ " وَ
فِى رِوَايِةٍ
"إِنَّا قَوْمٌ أَعَزَّنَا اللهُ بِالإِسْلاَمِ
فَلَنْ نَبْتَغِى العِزَّ بِغَيْرِه"
(أَخْرَجَهُ الحَاكمْ وصححه الألباني).
މާނައީ:
"އިރެއްގައި އަހުރެމެންނަކީ އެންމެ ނިކަމެތި
މީހުން ކަމުގައި ވީމެވެ. ދެންފަހެ،
އިސްލާމްދީނުގެ ސަބަބުން ﷲ އަހުރެމެން
ޢިއްޒަތްތެރި ކުރެއްވިއެވެ. ދަންނައެވެ. ﷲ
ތަޢާލާ ޢިއްޒަތްތެރި ކުރެއްވި
ކަންތައް ނޫން ކަމަކުން އަހުރެމެން ޢިއްޒަތް
އެދެފިނަމަ، ﷲ އަހުރެމެން ނިކަމެތި
ކުރައްވާނެއެވެ." އަދި އެހެން ރިޥާޔަތެއްގައި
ވެއެވެ. "އަހުރެމެންނަކީ އިސްލާމްދީނުގެ
ސަބަބުން، ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި
ބައެކެވެ. ފަހެ ހަމަ އެފަރާތުން މެނުވީ
އަހުރެމެން ޢިއްޒަތްތެރިކަން ނޭދޭ ހުށީމެވެ."
މިއެވެ.
ހަމަކަށަވަރުން
عُمَرُ رضي الله عنه
އެވިދާޅުވި ބަސްފުޅުގައި އެވަނީ ހަމަ
ތެދުފުޅެވެ. އެހެނީ،
އިސްލާމުން ﷲގެ ޢިއްޒަތްވަންތަކަމުން
ޢިއްޒަތްތެރިކަން ހޯދައިގެން އުޅުނު އިރު
އެމީހުންވީ މުޅި ދުނިޔޭގައި ތިބި އެންމެ
ޢިއްޒަތްތެރިން ކަމުގައެވެ. އަދި އެހެނިހެން
މީސްތަކުންވެސް އެބައިމީހުންނަށް (ޔަޢްނީ
އިސްލާމުންނަށް) މާތްކޮށް ހިތިއެވެ. ބޮޑެތި
ޖައްބާރުން އެބައިމީހުންނަށް ބޯލަނބައި
ކިޔަމަންތެރި ވެއެވެ. ދެން ފަހެ އިސްލާމުން
ތިމާމެންގެ ޢަދާޥާތްތެރިންނަށް އިތުބާރުކޮށް
އެމީހުންގެ އާދަކާދަތަކާއި އަދި އެމީހުންގެ
ތަޤްލީދް ތަކަށް އެދި،
އަދި އެކަންކަން ރީތިވީ ހިނދުން ނިކަމެތިވީއެވެ.
ތިމާމެންގެ މައްޗަށް އެހެންމީހުން އިހާނާތް ވާން
ފެށީއެވެ. އެއްވެސް މީހަކަށް އިންކާރު ނުކުރެވޭ
ހިސާބަށް މިއަދު މިއޮތީ އެކަން ގޮސްފައެވެ.
ކޮންމެއަކަސް މިފަދަ އަނދިރި ހިތްދަތި
ވަޤުތެއްގައި އަޅުގަނޑުމެން އިސްލާމީ އުންމަތް
ހޭދަކުރަމުން ދަނިކޮށް، އިވެންފެށި އަޑުތަކުން
ހިތްތަކަށް ދިރުން ގެނުވައި ހިތްތަކަށް
ބުނަންވެސް ނޭނގޭ ކަހަލަ އުފާވެރިކަމެއް
ވެރިވެއްޖެއެވެ. ނިވެމުންދިޔަ ދީނުގެ ނޫރަށް
އަލިކަމާއި ފުރިހަމަކަން އަންނަކަމުގެ
އިޙްސާސްތައް ކުރެވެން ފަށައިފިއެވެ. ކުރިމަގު
އަމާންވެ އުޖާލާވާނެ ކަމާއިމެދު އުއްމީދުތައް
އާލާވެއްޖެއެވެ.
އާދެ އެއަޑަކީ އެވާހަކަތަކަކީ، އެނިޒާމެއްގެ
އެހީގައި މިއަދު މުޅި ދުނިޔޭގައި ހަންފަތުރާ
އަޅުވެތިކުރަމުންދާ ޝިރުކުގެ މިޑިމޮކްރަސީ
ނިޒާމް ފޫއަޅުވާލައި އިސްލާމީ ޝަރީޢަތް
އުދަރެހަށް ފާޅުވެ އަލިވިލުނު ވާހަކައެވެ.
ފާއިތުވެ ދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި
އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް އެދި
ގޮވަމުން އެދިޔަ ގޮވުންތަކާއި އަދި އެތައް
މުސްލިމު އަޚުންނާއި އުޚްތުންތަކެއް ވަމުންދިޔަ
ޤުރުބާނީތަކާއި ކުރަމުން ދިޔަ ޖިހާދުގައި
އުއްމީދުގެ ހުޅުކޮޅު ރޯވެ އެކަމަށް ދިރުން
ލިބުނު ވާހަކައެވެ.
اللّـهُ أَكْبَرُ.
އާދެ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީޢަތް
ތަންފީޛު ކުރަމުން ދިއުމުން އެކަމަކީ ދުނިޔޭގައި
މިހާރު އޮތް އެންމެ ބޮޑު ޝައިޠާނީ
ދައުލަތްކަމުގައިވާ އެމެރިކާއަށް ކެތްވާވަރުގެ
ކަމަކަށް ނުވިއެވެ. މުސްލިމުން ބާރު ގަދަވެ
އެމީހުންގެ އަޅުވެތިކަމުން މުސްލިމުން ނިކުމެ
ބާރު ހޯދައިފާނެކަމުގެ ބިރަށް، ދޮގު ބުހުތާނު
ތަކާއި އިލްޒާމުތައް އަޅުވައި އެތަން އެދަނީ
ތަޅާ ސުންނާފަތި ކުރަމުންނެވެ. ޙަޤީޤަތަކީ
އެކަމުގެ ސަބަބުން ވަރަށް ގިނަ މުސްލިމުންގެ
ލޯތައް ޖާހިލުކަމުގެ ނިދިން ހޭލައްވާލުމެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ކުރިއަށްވުރެވެސް
ބޮޑަށް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަށް
ގޮވާލެވޭ ގޮވާލުމުގެ އަޑު ގަދަވެ އެކަމަށް
މަސައްކަތް ކުރާ މީހުން އިތުރުވެގެން ދިއުމެވެ.
މިގޮތުން ދާދި ފަހުން އަޅުގަނޑުމެންނަށް ޚަބަރު
ލިބިގެން ދިޔައީ ޕާކިސްތާނުގެ ސްވާތު ވާދީ
ސަރަޙައްދުގައި އިސްލާމީ ޝަރީޢަތް ތަންފީޛު
ކުރަން ފެށި ޚަބަރެވެ. ހަމަޔަޤީނުންވެސް އެއީ
އެކަމަށްޓަކައި މަސައްކަތްކޮށް ޤުރުބާންވީ
އެތައް ބަޔަކު ކުރި ބުރަ މަސައްކަތުން ލިބުނު
ފޮނި ނަތީޖާއެވެ. އެމީހުން އެކަމަށްޓަކައި ކުރި
ބުރަ މަސައްކަތުންނާއި އެސަރަޙައްދުގެ
މީސްތަކުން އިސްލާމީ ޝަރީއަތަށް އެދި
ފެންބޮވައިގެންފައިވުމުގެ ނަތީޖާއަކަށްވީ
ޕާކިސްތާނުގެ މިހާރުގެ ސަރުކާރަށްވެސް
އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް
ބޭނުންވާގޮތަށް ދީލާލާން ނުކެރި އެކަމާއި
އެއްބަސްވާން ޖެހުމެވެ.
اللّـهُ أَكْبَرُ.
ހަމައެއާއި އެކު ދެން އަޅުގަނޑުމެންނަށް
އަޑުއިވިގެން ދިޔައީ ސޯމާލިޔާގައި އިސްލާމީ
ޝަރީޢަތް ތަންފީޛު ކުރަން އެތަނުގެ ބަރުލަމާނުން
(ޕާލަމެންޓުން) ނިންމި ވާހަކައެވެ. އާދެ
ބަރުލަމާނުގެ ހުރިހައި މެމްބަރުންގެ (340
މެމްބަރުންގެ) އިއްތިފާޤުންނެވެ. އާދެ
އެތަނުގައި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން
މަގުފަހިވެގެން ދިޔައީ ކީއްވެގެންތޯއެވެ؟
ވިސްނާލެއްވުން ހުއްޓެވެ. 2006 ވަނަ އަހަރުގައި
އެތަނުގައި އޮތް ފަސާދަވެފައިވާ ސަރުކާރާއި
އިދިކޮޅަށް ހަތިޔާރު ހިފައިގެން ދީނީ
ޝެއިޚުންނާއި ދީނަށް ލޯބިކުރާ ވަރަށް ގިނަ
ޢަދަދެއްގެ ބަޔަކު ނުކުމެ އެތަނުގެ ވެރިކަން
ކުރާ ރަށާއި އެނޫންވެސް ވަރަށް ގިނަ ރަށްތައް
އެމީހުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގައި
އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން ފެށިއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ދިހަ ބާރަ
އަހަރުވަންދެން ފަސާދަވެފައިވާ އެއްވެސް އާރެއް
ބާރެއް ނެތް ސަރުކާރެއް އޮތުމުގެ ސަބަބުން
ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ލިބި
މިނިވަންކަމާއިއެކު ނުކުމެ އެމީހުންގެ
ބާޒާރުތަކާއި މަގުތަކުގައި އުޅުމުގެ ފުރުޞަތު
ލިބިގެން ދިއުމެވެ. އޭގެ ސަބަބުން އާރާއި ބާރުގެ
ބޭނުންކޮށްގެން އެކިއެކި ޤަބީލާތަކާއި
ޖަމާޢަތްތަކުން ފޭރިގެންފައިވާ ރައްޔިތުންގެ
ޙައްޤުތައް އަނބުރައި ލިބި، ރައްޔިތުން
ދިރިއުޅެމުންދިޔަ ބިރުވެރި ކަމުން
ސަލާމަތްވެގެން ދިޔައެވެ. މިޚަބަރު އެދުވަސްވަރު
ސީއެންއެން ބީބީސީ ބެއްލެވި ބޭފުޅުންނަށްވެސް،
އެޕްރޮޕެގެންޑާގެ މީޑިއާތަކުންވެސް ވާނީ
އަޑުއިވިފައެވެ.
ކޮންމެއަކަސް އިސްލާމީ ޝަރީޢަތް ތަންފީޛު
ކުރުންމަތީ އެމީހުންނަށް ތިބެވުނީ އެންމެ
ހައެއްކަ މަސް ދުވަހުއެވެ. އެތަނުގައި ކުރީގައި
އޮތް ފަސާދަވެފައިވާ ސަރުކާރުން ދުނިޔޭގެ ކާފަރު
ދައުލަތްތަކުގެ އެހީއާއި އެކު އެޤައުމުތަކުން
ލަޝްކަރުތައް ގެނެސް އިސްލާމީ ލަޝްކަރު ފަހަތަށް
ޖައްސައި އަލުން އެޤައުމުގެ ބާރު އެމީހުންގެ
އަތްމައްޗަށް ގެނައެވެ. ނަތީޖާއަކަށް
ވެގެންދިޔައީ ކުރީގެ ޙާލަތަށް ރައްޔިތުން
އަނެއްކާވެސް ވެއްޓިގެން ދިއުމެވެ. އެޤައުމަށް
އަރާ ތިބި އިތިއޯޕިއާއާއި އަދި އެނޫންވެސް
ޤައުމުތަކުގެ މީހުން ދިޔައީ ޓެރަރިސްޓުންނާއި
ހަނގުރާމަ ކުރުމުގެ ނަމުގައި ބޮޑެތި ޖަރީމާތައް
ހިންގައި އަންހެނުންނާއި ކުޑަކުދިންގެ
ޢިއްފަތްތެރިކަން ފޭރެމުންނެވެ. ޤައުމުގެ ހުރިހާ
ރައްޔިތުން ކަހަލަ ގޮތަކަށް އެވެރިކަމާއި
އެޤައުމަށް އަރާތިބި ލަޝްކަރުތައް އެޤައުމުގައި
ތިބުމަށް ނޭދޭއިރުވެސް، ވެރިންނަށް ތިބި މަދު
ބައެއްގެ އަމިއްލަ އެދުންތަކެއް ފުރިހަމަ
ކުރުމަށްޓަކައި ފަގީރުކަމާއި ހަނގުރާމައާއި
ކުރިމަތިލާން ޖެހިފައިވާ އެޤައުމު ދިޔައީ
އިތުރަށް ތަޅާ ސުންނާފަތި ކުރަމުންނެވެ. ﷲގެ
ރަޙްމަތުން އެނުބައިވެރީންތަކުގެ ކަސްތޮޅުން
ނެއްޓި މިހާރު އެތަން މިސްރާބު ޖަހާފައި އެވަނީ
އިސްލާމީ ޝަރީޢަތާއި ދިމާލަށެވެ. ކޮންމެއަކަސް
މިއީ އެއްވެސް ގުޑުމެއް ނެތި ޘާބިތުކަމާއިއެކު
އިސްލާމީ ޝަރީޢަތް ތަންފީޘު ކުރުމަށްޓަކައި
ޖިހާދު ކުރަމުން ދިޔަ އަަދި މިހާރުވެސް
ކުރަމުންދާ މުސްލިމު ޒުވާނުންތަކެއްގެ ބުރަ
މަސައްކަތްތަކުގެ ފޮނި މޭވާކަމާއިމެދަކު
އެއްވެސް ޝައްކެއް ނެތެވެ.
އެހެންނަމަވެސް ހިތާމައަކީ މިއަދުވެސް
އަޅުގަނޑުމެންގެ މުސްލިމުންގެ ތެރެއިން އެތައް
ބަޔަކު، ކާފަރުންގެ ޕްރޮޕެގެންޑާ ފަތުރާ ޚަބަރު
ފަތުރާ ވަޞީލަތްތަކުގެ ދަންތުރައިގާ ޖެހި
އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި
ގަދައަޅާ މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ
ހައްދުފަހަނާޅާފައިވާ ޓެރަރިސްޓުން ކަމުގައި
ހަދައި، ނޫންނަމަ ޚަވާރިޖުން ކަމުގައި ހަދަމުން
ދާ ކަމެވެ. އަދި މީގެވެސް އެންމެ ހިތާމަހުރީ
މިދަންތުރައިގާ ދީނީ ޢިލްމުވެރިންގެ ގޮތުގައި
ތިއްބެވި ބައެއް ބޭފުޅުންވެސް ޖެހިފައިވާ
ކަމެވެ. އެފަދަ ހުރިހާ ފަރާތްތަކަށް އަޅުގަނޑު
ގޮވާލާ ބުނަމެވެ. މިއަދު އަޅުގަނޑުމެންގެ
އިސްލާމީ އުއްމަތުގެ ވާޤިޢުއާއި ޙާލަތަށް
ރަނގަޅަށް ނުވިސްނަވައި ކުފުރުގެ ބޮޑުންގެ
ޕްރޮޕެގެންޑާގައި ޖެހިވަޑައި ނުގަންނަވާށެވެ.
ރަނގަޅެވެ. އަޅުގަނޑުވެސް އެއްބަހެވެ. އިސްލާމީ
ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލައި އެކަމަށް
މަސައްކަތް ކުރަމުންދާ މީހުންގެ ކިބައިގާވެސް
މައްސަލަތަކެއް އެބަ ހުއްޓެވެ. އެއީ އެކަން
ވާނޭވެސް ގޮތެވެ. އިލާހީ ޤާނޫނަކީވެސް އެއީއެވެ.
ފަހެ ތިޔަބޭފުޅުން މިއަންނަނި ސުވާލުތަކަށް
އަޅުގަނޑަށް ޖަވާބު ދެއްވަދޭށެވެ.
-
ކުށް ނުވަތަ ބޮޑެތި ފާފަތައް ހުރިކަމުގައި
ވީނަމަވެސް ރަނގަޅީ، އިސްލާމީ ޝަރީޢަތް ތަންފީޛު
ކުރުމަށް ގޮވާލާ މަސައްކަތް ކުރާ މީހުން
ހެއްޔެވެ؟ ނޫންނަމަ ﷲ ތަޢާލާގެ ޙުކުމްފުޅުތައް
ހިތުހުރިގޮތަކަށް ބަދަލުކޮށް މިޒަމާނުގައި
މިގޮވާ ޝިރުކުގެ ނިޒާމް ކަމުގައިވާ
ޑިމޮކްރަސީއަށް ގޮވާލާ މީހުން ހެއްޔެވެ؟
-
ވެރީންނަށް ތިބި މީހުން އިސްލާމީ ޝަރީޢަތް
އުވާލާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް
ރުހޭނޭހާއި ގޮތަކަށް ދީނާއި ޚިލާފް ޙުކުމްތައް
ހަދައި މުސްލިމުންގެ މައްޗަށް ތަންފީޛު
ކުރަމުންދާއިރު އެފަދަ ވެރީންތައް ވެރިކަމުން
ބޭލުވުމަށްޓަކައި
އެފަދަ މީހުންނާއި އިދިކޮޅަށް ޖިހާދު ކުރެވިދާނޭ
ހެއްޔެވެ؟
-
ކާފަރު ޠާޣޫތީ ޝައިޠާނީ ދައުލަތްތަކުން،
މުސްލިމު ޤައުމުތަކަށް އަރައިގަނެ،
އެޤައުމުގަކުގައި ނަޞާރާދީނާއި އެނޫންވެސް
ދީންތައް ފަތުރަން މަސައްކަތްކޮށް
ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި
މުސްކުޅިންގެ ޢިއްފަތްތެރިކަން ފޭރިގަނެ،
އެމީހުން މަރާ އެމީހުންގެ ގެދޮރު ތަޅާ
ސުންނާފަތި ކުރަމުންދާއިރު، އެފަދަ ކާފަރު
ދައުލަތްތަކަށް މިހަނގުރާމައިގާ އެހީތެރިވެދޭ
ޤައުމުތަކުގެ ވެރީންނަށް ރުހި އެމީހުން ބުނިހައި
ގޮތެއް ހަދައިގެން އެމީހުންގެ ވެރިކަން
ދިފާޢުކޮށް
ކާފަރު ދައުލަތްތައްވެސް ރުހޭނޭހައި ގޮތަކަށް
ފަތުވާދީ ހަދަން އަދިވެސް އަޅުގަނޑުމެން
ތިބެންވީތޯއެވެ؟
-
ފަހެ މިނިކަމެތި ކަމުގައި އާރެއް ބާރެއް ނެތި،
އަދި ބާރު ހޯދަންވެސް މަސައްކަތް ނުކޮށް
އިސްލާމީ ޝަރީޢަތް މިބިންމަތިން ފޮހެލަން
އެމެރިކާއާއި ހުޅަނގުން ތައްޔާރުކޮށްފައި
ތިބި، ދޮވެލެވިފައިވާ ސިކުނޑިތަކުގެ ވެރި
ވެރީންތަކަށް ކިޔަމަންވެ ކުރުނީސްކުރުމުގައި
އަޅުގަނޑުމެން ކިހާދުވަހެއް ވަންދެކަށް
ތިބެންވީތޯއެވެ؟
ކުރަން ހުރި ސުވާލުތައް ކިތަންމެހައިވެސް
ގިނައެވެ. އެހެންނަމަވެސް މިވަރުންވެސް
ބުއްދިވެރިއަކަށް ފުދޭނެއެވެ. ފަހެ ދުނިޔެ
އަޅުގަނޑުމެންގެ ލޯމައްޗަށް ދައްކަމުން މިދާ
ޙަޤީޤަތް ޤަބޫލުކޮށް، އިސްލާމްދީނަށް ލިބެމުން
މިދާ ނަޞްރުގައި ކޮންމެވެސް މިންވަރަކަށް
ޝާމިލްވެ ބައިވެރިވާ މީހެއްކަމުގައި ވާން
އަދިވެސް ނުވަނީހެއްޔެވެ؟ ކޮންމެއަކަސް މިކަމުގެ
ޙަޤީޤަތް ދުވާލުގެ އިރުފަދައިން ސާފުކޮށް،
ކީރިތި ޤުރުއާނުގައި ބަޔާންވެފައިވެއެވެ. ﷲ
ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"يَسْأَلونَكَ عَنِ الشَّهْرِ الْحَرَامِ
قِتَالٍ فِيهِ قُلْ قِتَالٌ فِيهِ كَبِيرٌ
وَصَدٌّ عَنْ سَبِيلِ اللَّهِ وَكُفْرٌ بِهِ
وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ
مِنْهُ أَكْبَرُ عِنْدَ اللَّهِ وَالْفِتْنَةُ
أَكْبَرُ مِنَ الْقَتْلِ وَلا يَزَالُونَ
يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ
دِينِكُمْ إِنِ اسْتَطَاعُوا وَمَنْ يَرْتَدِدْ
مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ
فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي
الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ
النَّارِ هُمْ فِيهَا خَالِدُونَ"
(البقرة:217)
މާނައީ:
"ޙުރުމަތް ވެގެންވާ މައްސަރުތަކުގައި ހަނގުރާމަ
ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން
ކަލޭގެފާނާއި ސުވާލު ކުރެތެވެ. ކަލޭގެފާނު
ވިދާޅުވާށެވެ. އެމައްސަރުތަކުގައި ހަނގުރާމަ
ކުޅައުމަކީ ބޮޑުވެގެންފާ ފާފައެކެވެ. އެކަމަކު
ﷲގެ މަގުން މީސްތަކުން ދުރުކުޅައުމާއި،
އެކަލާނގެއަށް ކާފިރުވުމާއި،
ޙުރުމަތްތެރިވެގެންވާ މިސްކިތަށް
ވަނަނުދިނުމާއި، އެތާނގެ އަހުލުވެރީން އެތަނުން
ނެރެލުމުގެ ފާފަވެރިކަން ﷲގެ ޙަޟްރަތުގައި މާ
ނުބައިކަން ބޮޑުވެގެންވެއެވެ.
އަދި ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ
(އެބަހީ ޝިރުކުގެ) ނުބައިކަން މާބޮޑެވެ. އަދި
އެއުރެންނަށް ވެގެން ވަނީނަމަ، ތިޔަބައިމީހުންގެ
ދީނުން ތިޔަބައިމީހުން ބޭރުކޮށްފުމަށް ދާންދެން
ތިޔަބައިމީހުންނާއި ހަނގުރާމަ ކުރުމުގައި
އެއުރެން ނެތިނުދާނެއެވެ.
(އެބަހީ ހަނގުރާމަ ކުރުމުގައި ދެމި ތިބޭނެއެވެ.)
ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ،
ކާފަރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ
ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް
ބާޠިލްވެ ގޮސްފައިވާ މީހުންނެވެ. އަދި
އެއުރެންނީ ނަރަކައިގެ އަހުލުވެރީންނެވެ.
އެއުރެން އެނަރަކައިގާ އަބަދަށް ދެމިތިބޭ
ހުއްޓެވެ."
-ނިމުނީ-
_____________________________________________________
|