|
ހުކުރު ނަމާދާއި އެހެން ނަމާދުތައް، ވަކިން ޖަމާޢަތް ހަދައިގެން
ކުރަމުންދާ ފަރާތްތަކަށް.
بسم الله الرّحمـن الرّحيم
الحمد لله الذي مُمْحِقُ غَسَقَ الْجَهَالَةِ بِنُورِ دَلاَلَتِهِ ,
وَأَوْضَحَ طُرُقَ الدِّرَايَةِ بِشَمْسِ هِدَايَتِهِ , فَنَجَى مَنِ
اتَّبَعَ آياتِهِ وَبَيِّنَتِهِ , وَهَلَكَ مَنْ أَصَرَّ عَلَى
عِنَادِهِ وَمُخَالَفَتِهِ , يَرْفَعُ دَرَجَاتِ الْعَامِلِيْنَ ,
وَيُجْزِلُ الثَّوَابَ لِلْمُتَّقِينَ , وَيُنِيرُ الطَّرِيقَ
لِلْمُتَوَسِّمِينَ , وَيَكْشِفُ الضَّرَّ عَنِ الْمُتَوَكِّلِينَ ,
وَيَدْفَعُ السُّوءَ عَنِ الصَّابِرِينَ , وَيَفْضَحُ شُبُهَاتِ
الْمُزَيِّفِيْنَ , وَيَخْفَضْ مَقَامَاتِ الْمُعَانِدِينَ ,
فَسُبْحَانَهُ لاَ إِلَهَ إلاّ هو ما أَعْظَمَ شَأنَهُ , وَمَا
أَوْضَحَ بَيَانَهُ, وَمَا أَتَمَّ بُرْهَانَهُ , وَمَا أَبْلَغَ
حُجَّتَهُ.
وأشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمدا عبده
ورسوله ، بعثه الله رحمة للعالمين ، بشيرا ونذيرا ، وداعيا إلى الله
بإذنه وسراجا منيرا ،.
صلى الله عليه وآله مشارِقُ أَنْوَارِ شُمُوسِ الحقِّ الْمُضِيَّةِ ,
وَمَطَالِعُ أَنْوَارِ الْهِدَايَةِ الوَضِيَّةِ.
قال الله تعالى: (وَأَنَّ
هَذَا صِرَاطِي مُسْتَقِيماً فَاتَّبِعُوهُ وَلا تَتَّبِعُوا
السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ
بِهِ لَعَلَّكُمْ تَتَّقُونَ)(الأنعام:153)
وقال النبيّ صلّى الله عليه وسلّم: "تركتكم
على المحجة البيضاء ليلها كنهارها لا يزيغ عنها إلا هالك".
أما بعد:
السلام عليكم ورحمة الله وبركاته.
ހަމަ ޔަޤީނުންވެސް އެއްވެސް
މުސްލިމަކު، މުސްލިމެއްގެ ގޮތުގައި ހުރެ ކަނޑައެޅިގެން
މަގުފުރެދުމަކަށް ނުވަތަ ނަރަކައަށް ދާކަށް ބޭނުމެއް ނުވާނެއެވެ.
ޙައްޤަށް އެދި މަސައްކަތް ކުރާ ކޮންމެ
މީހެއްގެވެސް ބޭނުމަކަށް ވާނީ، ޤުރުއާނާއި ސުންނަތުގައި ވާގޮތަށް
އެމީހެއްގެ ފައިތިލަ ސީދާކޮށް ޘާބިތުކޮށް، ދެދުނިޔޭގައިވެސް ފަލާޙާއި
ކާމިޔާބު ލިބޭ މީހެއް ކަމުގައި ވުމަށެވެ.
މިގޮތުން
މިދިވެހިރާއްޖޭގައި ތިބި ބައެއް ލޮބުވެތި އަޚުންތަކެއް، ވަކިން
ޖަމާޢަތް ހަދައިގެން ހުކުރު ނަމާދާއި އެހެނިހެން ނަމާދުތައް ކުރަމުން
މިދާ މައްސަލައަކީ އަޅާ ނުލާ ނުވަތަ ވިސްނާނުލާ ދޫކޮށްލެވޭ
ވަރަށްވުރެ މުހިއްމު މައްސަލައެކެވެ.
އެހެނީ އެއީ ޙައްޤުގޮތް ކަމުގައިވާނަމަ،
ހަމަޤައިމުވެސް އަޅުގަނޑުމެން އެންމެންވެސް އެގޮތަށް ތަބަޢަވެ އަދި
އެކަމަށް ދަޢުވަތުދީ ގޮވާލަން ބޭނުންވެއެވެ.
މިގޮތުން މިކަމުގައި، ވަކިން ޖަމާޢަތް ހެދޭނެކަމަށް ބުނާ މީހުންގެ
ދަލީލުތައް ބަލައި އެމީހުން އެދައްކާ ވާހަކަތަކުގައި ހުރި ބުރަދަނެއް
ބެލުމުގެ ގޮތުންނާއި އަދި އަޅުގަނޑަށްވެސް އެނގިފައި ހުރި އެއްޗެއް
ބަޔާންކޮށްދިނުމުގެ ގޮތުން، ފާއިތުވެ ދިޔަ އަހަރަކަށްވުރެ ގިނަ
ދުވަހުގައި އަޅުގަނޑުވާނީ، އެމީހުންގެ އިސްކޮށް ތިބި ބައެއް
މީހުންނާއި ބައްދަލުކުރަން ފަސް ހަ ފަހަރެއްގެ މަތިން ރާވާފައެވެ.
އެހެންނަމަވެސް މީގެ ތެރެއިން ކޮންމެ ފަހަރެއްގައިވެސް އެކުދިންނަށް
ދިމާވި ބައެއް ޢުޛުރުތަކެއްގެ ސަބަބުން އަޅުގަނޑަށް އަދިވެސް މިވަނީ
އެފުރުޞަތު ނުލިބިއެވެ. އޭގެ ތެރެއިން ބައެއް ކުދިން، އެމީހުންނަށް
ވަޤުތުވުމުން އަންގާނެކަމަށްބުނެ، އެހެންނަމަވެސް މިހާރު އަޅުގަނޑު
މަދީނާއަށް ފުރަން ކުޑަ ދުވަސްކޮޅަކަށްވެފައި ވުމާއިއެކު، އަދިވެސް
އެފަރާތްތަކުން އެއްވެސް ޚަބަރެއް ލިބިފައި ނުވުމާއިއެކު އަޅުގަނޑު
ޤަޞްދު މިކުރަނީ، މާލޭގައި އެމީހުން ވަކިން ޖަމާޢަތް ހަދައިގެން
ހުކުރު ކުރަމުންދާ މިސްކިތްކަމުގައިވާ، "ދަރުމަވަންތަ މިސްކިތަށް"
ގޮސް އެތަނަށް ދާ އަޚުންނާއި ބައްދަލުކޮށް މިކަމާއި ވާހަކަ
ދެއްކުމަށެވެ.
ވީމާ
ރާއްޖޭގައި މިހަދާ ނަމާދުގެ ޖަމާޢަތްތައް ޞައްޙަ ނުވާނެކަމަށް ބުނެ،
އަދި ވަކިން ހުކުރު ނަމާދާއި އެހެނިހެން ނަމާދުތައްވެސް ކުރަމުންދާ
ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަޢުވަތު އަރުވަނީ، މިކަމުގައި
ދެފަރާތުގެ ދަލީލުތަކާއި ޙުއްޖަތްތައް ބަދަލުކޮށް
ވާހަކަދެއްކުމަށްޓަކައި، މިމަހުގެ 25 ވާ ހުކުރު ދުވަހުގެ މެންދުރު
11:30 އަށް، ދަރުމަވަންތަ މިސްކިތައް ވަޑައިގަތުމަށެވެ. މީގައި
އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ އެމީހުންގެ ތެރެއިން އެންމެ
އިސްކޮށްތިބި އަދި ނަގާ ކިޔާ ކުދިން ކުރީ ސަފުގައި ތިބެ، މިިކަމުގައި
އަޅުގަނޑާއި ވާހަކަދެއްކުމަށް އައުމެވެ.
ވީމާ މިކަމަކީ ޙައްޤު ހޯދުމުގެ މަތިވެރި މަޤްޞަދުގައި ކުރާ
ކަމަކަށްވާއިރު، މިކަމަށް އެފަރާތްތަކުން ފުރިހަމައަށް އިޖާބަދޭނޭ
ކަމަށް އުއްމީދު ކުރަމެވެ.
جزاكم الله خيرا.
04 شوّال
1430 هـ.
23
ސެޕްޓެމްބަރ 2009މ.
أخوكم
آدم
نشان المالديفي |