|
އޭ
ލޮބުވެތި އުޚްތާއެވެ!.
ތަރުޖަމާ: ޢަލީ
ނިޝާމް

އޭ
ލޮބުވެތި އުޚުތާއެވެ! އަޅެ ތިބާ މުސްލިމް ނޫން މީހެއްގާތުގައި
އަހާބަލާށެވެ. އޭނާ ތިބާގެ ގާތުން އެދެނީ ކޮންކަމެއްތޯއެވެ؟ ފަހެ
އޭނާ ބޭނުންވަނީ ތިބާ މިނިވަނަކަށް ހަދަން ހެއްޔެވެ؟
އެއީ ކޮންކަމަކުން މިނިވަން ކުރަންހެއްޔެވެ؟
ﷲ އާއި އެއިލާހުގެ ރަސޫލާ
(صلي الله
عليه وسلم)
ގެ ކިބައިން ހެއްޔެވެ؟
ނޫނީ ޤުރުއާނާއި ސުންނަތުން ހެއްޔެވެ؟
ނޫނީ ޖަންނަތުން ހެއްޔެވެ؟
ނޫންނަމަ ﷲ ތިބާއަށް އެކަށައަޅުއްވާފައިވާ މިދީނުންހެއްޔެވެ؟
އަދި
އޭގެ ބަދަލުގައި އޭނާ ތިބާ އަށް ދޭނީ ދެންފަހެ އަޅެ ކޮން އެއްޗެއް
ހެއްޔެވެ؟
އުފާވެރިކަން ހެއްޔެވެ؟
ﷲ ގަންދީ ބުނަމެވެ. ތިބާއަށް ދޭނޭ އެއްވެސް އުފާވެރިކަމެއް އޭނާއަށް
މިލްކުވެގެން ނުވެއެވެ. ނޫނީ އޭނާ ތިބާއަށް ދޭނީ ލޯބިހެއްޔެވެ؟
އަދި ކައްވަޅުގެ އަޛާބުންނާއި އަދި ނަރަކައިގެ ދޮރުވާނުންނާއި ނޫނީ
މަރުން އަޅެ އޭނާ ތިބާ ރައްކާތެރި ކޮށްދޭނެހެއްޔެވެ؟
ތިބާ
ކަހަލަ ރީތި އަންހެން ކުދިންނަށް އެބުނާ މިނިވަންކަން ދޭން އެމީހުން
އެއުޅެނީ ކީއްވެހެއްޔެވެ؟
ޢުމުރުން ދުވަސްވެފައި ތިބޭ މީހުނަށް މިނިވަންކަން ހޯދައި ނުދެނީ
ކީއްވެހެއްޔެވެ؟
މިނިވަން ނުވެގެން އުޅޭ ޤައުމުގެ އަހުލުވެރިންނަށް ތިޔަބުނާ
މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟
ޖަލުގައި ތިބޭމީހުނަށް (މުސްލިމް އަސީރުންނަށް) ތިޔަބުނާ
މިނިވަންކަން ހޯދައި ނުދެނީ ކީއްވެހެއްޔެވެ؟
އެމީހުން އެހޯދައިދޭ މިނިވަންކަން،
ޒުވާން ހިކި އަދި ދިގު އަންހެން ކުދީންނަށް އަމާޒުކުރެވިފައި އެވަނީ
ކީއްވެބާއެވެ؟
އެމީހުންގެ އެންމެ ފުރަތަމަ ގޮވާލުމަށް ޙިޖާބު ނެގުމަށް އެބުނަނީ
ކީއްވެބާއެވެ؟
-ނިމުނީ-
_____________________________________________________
ނޯޓް: މިލިޔުމަކީ
http://mohamedshafiu.blogspot.com
އިން ނަގާފައިވާ ލިޔުމެކެވެ.
|