"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް..؟

މިވީޑިއޯއިން ފެނިވަޑައިގަންނަވާނީ ރާއްޖޭގައި މިހާރު ތިއްބެވި މަޝްހޫރު އެތައް ޝެއިޚުންނެއް ލަވަކިޔުމާއި މިއުޒިކް ކުޅުމާއި ބެހޭ ގޮތުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. މިގޮތުން ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީއާއި، ޝެއިޚް އަބޫބަކުރު އިބްރާހީމް ޢަލީއާއި، ޝެއިޚް އާދަމް ނަސީމް (ބީއޭ) އާއި، އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް، ޝެއިޚް އަޙްމަދު ފާރޫޤް މުޙައްމަދު އާއި، އެމަޖިލީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން މޫސާ ފިކުރީއާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ ޝެއިޚުން ކަމުގައިވާ ޝެއިޚް ޢުޘްމާން ޢަބްދުﷲ އާއި، ޝެއިޚް ޢަބްދުލް ޢަޒީޒް ޔޫސުފްއާއި، ހިއުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ޝެއިޚް އަޙްމަދު ޢަބްދުލް ކަރީމްއާއި މިފަދަ އެތައް ޝެއިޚުންނެއް ހިމެނެއެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހިމް، ލަވަކިޔައި މިއުޒިކް މިއުޒިކް ކުޅެ ނަށައި ހެދުމާއި ބެހޭގޮތުން ވިދާޅުވެފައިވާ ބަސްފުޅެއްގެ އޯޑިއޯވެސް ހިމެނެއެވެ.

މިވީޑިއޯ ޑައުންލޯޑް ކުރެއްވުމަށް މިލިޔުންކޮޅަށް ފިއްތަވާ ލައްވާ.

***

"لَيَكُوْنَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّوْنَ الْحِرَ وَالْحَرِيْرَ وَالْخَمْرَ وَالْمَعَازِفَ " (رواه البخاري)

"ހަމަކަށަވަރުން ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިން ފަރުޖާއި (ޒިނޭއާއި)، ފަށުތްވާއި، ބަނގުރަލާއި އަދި މިއުޒިކް ހުއްދަކުރާނޭ ބަޔަކު ވާނޭކަން ކަށަވަރެވެ."

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)