|
އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރު ބޭނުންކޮށްގެން ހެއްޔެވެ؟
ޑރ. ޒާކިރު
ނައިކް.
އިސްލާމްދީން ނެތިކޮށްލުމަށްޓަކައި މަސައްކަތް ކުރަމުންދާ
މުސްތަޝްރިޤުންނާއި، މުލްޙިދުންނާއި ޔަހޫދީންނާއި ނަޞާރާއިންނާއި
އަދި މިނޫންވެސް މީހުން، އިސްލާމްދީނުގެ ތަޞައްވަރު ހަޑިކޮށްލައި،
މީސްތަކުންގެ ހިތްތަކުގައި އިސްލާމްދީނާއި މެދު ނަފްރަތު
އުފެއްދުމަށްޓަކައި، އެންމެ ހަރު އަޑުން ގޮވާ ނަގާ އެއްވާހަކަ އަކީ،
އިސްލާމްދީނަކީ ކަނޑީގެ ބާރުން މީސްތަކުން އެދީނަށް ވައްދާފައިވާ
ދީނެއް ކަމުގައެވެ. ކޮންމެއަކަސް މިސުވާލަށް އިސްލާމީ މަޝްހޫރު
ދާޢީއެއް ކަމުގައިވާ، ޑރ.ޒާކިރު ނައިކް ދެއްވާފައި މިވާ ޖަވާބަކީ
ވަރަށްވެސް ފުރިހަމަ، އަދި އެފަދަ މީހުންގެ ބުހުތާނު ދޮގު ވާހަކަތަކުގެ
މައްޗަށް ދެވިފައިވާ ވަރަށްވެސް ވަރުގަދަ ރައްދެކެވެ.
ﷲ
ތަޢާލާ،
އެއިލާހުގެ
ކަލާމްފުޅު ކަމުގައިވާ، ކީރިތި
ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
"
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ
مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ"
(الصف:8)
"އެބައިމީހުން
الله تعالىގެ ނޫރު (އެބަހީ: އިސްލާމްދީން)، އެބައިމީހުންގެ އަނގަތަކުން (ފުމެ)
ނިއްވާލަން ބޭނުންވެއެވެ. އެހެންނަމަވެސް، ކާފަރުން ކިތަންމެ
ނުރުހުންވި ކަމުގައިވިޔަސް
الله تعالى
، އެއިލާހުގެ ނޫރުކޮޅު ފުރިހަމަ ކުރައްވަވާ ހުއްޓެވެ."
|