|
ޠާލިބާނުންނާއި މަސްތުވާ ތަކެއްޗާއި ހުރި ގުޅުން؟
ޝެއިޚް
ޚާލިދް ޔާސީން
ހުޅަނގުގެ މީޑިއާތަކުންނާއި އަދި މުސްލިމް ޤައުމުތަކުގެ
މީޑިއާތަކުންވެސް އަޅުގަނޑުމެން މެދުނުކެނޑި އަޑުއަހަމުން މިގެންދަނީ
ޠާލިބާނުންގެ ނުބައިކަމުގެ ވާހަކައެވެ. އެމީހުން، މީހުން މަރާ
ވާހަކައެވެ. އަންހެނުންނަށް އަނިޔާކޮށް، އެކަނބަލުންގެ ހައްޤުތަކުން
މަޙްރޫމްކޮށްފައިވާ ވާހަކައެވެ. އެމީހުންގެ ވެރިކަމުގެ ދުވަސްވަރު
ޑްރަގްސް (މަސްތުވާ ތަކެތީގެ ބާވަތެއްކަމުގައިވާ އޯޕިއަމް)
ހައްދައިގެން ވިއްކާހެދި ވާހަކައެވެ. ކޮންމެއަކަސް މިވާހަކަތަކުގެ ތެދު ދޮގު ނުބަލާ
އަޅުގަނޑުމެން މިތިބެނީ ހަމަ އެހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް
ޤަބޫލު ކޮށްގެންނެވެ.
އަފްޣާނިސްތާނުގައި އޯޕިއަމް ހައްދާ ރޭޓް، އަދި މިހާތަނަށް
ދުވަހަކުވެސް އިތުރުނުވާ ވަރަށް މިދެތިން ހަތަރު އަހަރު ތެރޭގައި
އިތުރުވެގެން ދިޔަވާހަކަ އަޅުގަނޑުމެންވާނީ ބީބީސީއާއި އަދި
މިނޫންވެސް ހުޅަނގުގެ އެކިއެކި މީޑިއާތަކުން އަޑުއަހާފައެވެ.
އެހެނެއްކަމަކު މިއަދު އެމީހުން އެބުނާ ޠާލިބާނުން ކޮބައި ހެއްޔެވެ؟
ކޮންމެއަކަސް މީގެ ޙަޤީޤަތް އިތުރަށް އޮޅުންފިލުވަން ބޭނުންނަމަ،
މިވީޑިއޯއިން އިތުރަށް އަޑުއައްސަވާށެވެ.
|