|
މެދު ޒިޔާރަތަށް، ޒިޔާރަތް ކުރުމާއި ބެހޭގޮތުން ހުކުރު
ޚުޠުބާގައި ޝެއިޚް މުޙައްމަދު ނަޝީދު އާދަމް ދެއްކެވި ވާހަކަފުޅު.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ
ގޮތުން ސަރުކާރުގެ ބައެއް އިދާރާތަކުން،
ރާއްޖެ އިސްލާމް ކުރެއްވި އަބުލްބަރަކާތުލް
ޔޫސުފުލް ބަރުބަރީ ނުވަތަ ތިބްރީޒުގެފާނުގެ
ޒިޔާރަތަށް އެދުވަހު ޒިޔާރަތް ކުރެވޭ ގޮތް
ހަދައި އެތަނުގައި ދިދަ ނަގައި އެޤަބުރަށް
ޝަރަފާއި އިއްޒަތް އެރުވުމަށްޓަކައި
ރާވާފައިވާ ކަންތައްތައް ކުރުމަކީ
ކޮންކަހަލަ ކަމެއްކަން ބަޔާންކުރައްވައި
އިއްޔެގެ (27 މާރޗް 2009ގެ) ހުކުރު
ޚުޠުބާގައި، ޝެއިޚް މުޙައްމަދު ނަޝީދު
އާދަމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެވާހަކަކޮޅުގެ ތަފްޞީލް މިވީޑިއޯއިން
ބައްލަވާ ލައްވާށެވެ.
______________________________________________________
ނޯޓް:
ސަރުކާރުގެ ބައެއް އިދާރާތަކުން
ރާއްޖެ
އިސްލާމްވި ދުވަހު ކުރުމަށް ހަމަޖައްސާ ރާވަމުންދާ
ކަންތައްތަކާއިމެދު،
އެކަންތައްތައް އެގޮތަށް ނުކުރެއްވުމަށް އިސްލާމިކް
މިނިސްޓްރީއިންވެސް ވަރަށް ވަރުގަދައަށް އިލްތިމާސްކޮށް
އަންގަވާފައިވާ ކަމަށް، ވަރަށް މުޢުތަބަރު ފަރާތަކުންވަނީ ޚަބަރު
ލިބިފައެވެ. އަދި ހަމައެހެންމެ ޢަދާލަތު ޕާޓީގެ ފަރާތުންވެސް އެކަން
ނުކުރުމަށް ގޮވާލާ، ނޫސް ބަޔާނެއް ވަނީ ނެރެފައެވެ.
|